މިއީ ﷲގެ ވަޢުދުފުޅެވެ

ފުރަތަމަ އެޑިޝަން

މިފޮތް – ޑިޖިޓަލް ފޮތެއް ނޫނީ އޯޑިއޯއެއްގެ ގޮތުގައި، ނޫނީ ޗާޕުކުރެވިފައިވާ ފޮތެއްގެ ސިފައިގައި، ނުވަތަ މިފޮތުގެ ބަޔެއް ނޫނީ މިފޮތުން މަޢުލޫމާތެއް ނަގައި، އެއްވެސް ސިފައެއްގައި ޝާއިޢުކޮށް ބޭނުން ކުރުމުގެ ހުއްދަ، އަންނަނިވި ޝަރުޠުތަކުގެ މަތީން އެންމެހައި މުސްލިމުންނަށް ޢާންމު ގޮތެއްގައި ލިބިގެންވެއެވެ: އެއީ މިފޮތުގެ އަޞްލު ޝާއިޢު ކުރި [ޙައްޤު މީޑިއާ] އަދި މުއައްލިފު [ޝެއިޚް އަބޫ މުޙައްމަދު އަލްޢަދްނާނީ އައްޝާމީ] އަށް ނިޞްބަތްކުރުމެވެ. އަދި މިއީ އަޞްލުގެ [ތަރުޖަމާ] އެއްކަން ބަޔާންކުރުމެވެ.

wa'd_cover

[ ތައުހީދާއި ޖިހާދުގެ ވިންދު ]
ޙައްޤު މީޑިއާ
ތިޔައަޚުންގެ ހެޔޮ ދުޢާ ތަކުގައި
އަހަރެމެން ހަނދުމަ ނެތިކޮށްނުލާށެވެ.
އިސްލާމީ ދައުލަތުގެ ރަސްމީ ތަރުޖަމާނު،
ޝެއިޚް އަބޫ މުޙައްމަދު އަލްއަދްނާނީ އައްޝާމީ |
ގެ ތަޤްރީރު:

[މިއީ ﷲ ގެ ވަޢުދުފުޅެވެ.]

ބާރުވެރި ގަދަފަދަ މާތް ﷲ އަށް ޙަމްދުހުއްޓެވެ. އަދި ކަނޑިއާއިގެން މުޅި އުއްމަތަށް ރަޙުމަތެއްގެ ގޮތުގައި ފޮނުއްވުނު ފަރާތައް ސަލާމާއި ޞަލަވާތް ލައްވާށިއެވެ. ދެން ފަހެ :

މާތް ﷲ ތަޢާލާ ވަހީކުރައްވާފައި ވެއެވެ:

وَعَدَ ٱللَّهُ ٱلَّذِينَ ءَامَنُواْ مِنكُمۡ وَعَمِلُواْ ٱلصَّٰلِحَٰتِ لَيَسۡتَخۡلِفَنَّهُمۡ فِي ٱلۡأَرۡضِ كَمَا ٱسۡتَخۡلَفَ ٱلَّذِينَ مِن قَبۡلِهِمۡ وَلَيُمَكِّنَنَّ لَهُمۡ دِينَهُمُ ٱلَّذِي ٱرۡتَضَىٰ لَهُمۡ وَلَيُبَدِّلَنَّهُم مِّنۢ بَعۡدِ خَوۡفِهِمۡ أَمۡنٗاۚ يَعۡبُدُونَنِي لَا يُشۡرِكُونَ بِي شَيۡ‍ٔئًاۚ وَمَن كَفَرَ بَعۡدَ ذَٰلِكَ فَأُوْلَٰٓئِكَ هُمُ ٱلۡفَٰسِقُونَ ٥٥ (النور: 55)
[ތިޔަބައިމީހުންގެ ތެރެއިން އީމާންވެ ޞާލިޙު ޢަމަލުތައްކޮށް އުޅުނުމީހުނަށް، އެއުރެންގެ ކުރިން އުޅުނު މީހުން ޚަލީފާވެރިކުރެއްވިފަދައިން، ހަމަކަށަވަރުން، އެއުރެން ބިމުގައި ޚަލީފާވެރިކުރައްވާނެ ކަމަށާއި، އެއުރެންނަށްޓަކައި އެކަލާނގެ ރުއްސެވި އެއުރެންގެ ދީން، ހަމަކަށަވަރުން، އެއުރެންނަށްޓަކައި ތަމްކީންކުރައްވާނެ ކަމަށާއި، އެއުރެންގެ ބިރުވެރިކަމަށްފަހު، ހަމަކަށަވަރުން، އަމާންކަމަށް އެއުރެން ބަދަލުކުރަންވާނެކަމަށް، ﷲ ވަޢުދު ކުރައްވާފައިވެއެވެ. އެއުރެން ތިމަންއިލާހަށް އެއްވެސް އެއްޗެއް ޝަރީކުނުކޮށް، ތިމަންއިލާހަށް އަޅުކަން ކުރެތެވެ. އެއަށްފަހު ކާފިރު ވެއްޖެމީހާ (ދަންނާށެވެ!) ފަހެ އެއުރެންނީ، ހަމަ ފާސިޤުންނެވެ.[

ޚަލީފާވެރިކަމާއި، ތަމްކީން (އެބަހީ: ބިންމަތީ ޤާއިމްވުމުގެ ބާރާއި)، ސަލާމަތްތެރިކަން – މިއީ މުސްލިމުންނަށްޓަކައި މާތް ﷲ ގެ ހަޟްރަތުން މަޛްޚޫރު ކުރެވިގެންވާ ވަޢުދެކެވެ. ނަމަވެސް ޝަރުޠަކާއި ލައިގެންނެވެ. އެއީ

يَعۡبُدُونَنِي لَا يُشۡرِكُونَ بِي شَيۡ‍ئًاۚ… ٥٥ (النور: 55)
[އެއުރެން ތިމަންއިލާހަށް އެއްވެސް އެއްޗެއް ޝަރީކުނުކޮށް، ތިމަންރަސްކަލާނގެއަށް އަޅުކަން ކުރެތެވެ.]

މާތް ﷲ އަށް އީމާން ވުމާއި، ޝިރުކާއި ޝިރުކުގެ ވައްތަރުތަކަށް މަގުކޮށައިދޭ ހުރިހާ މަގަކުން ދުރުވުމާއި، ކުދިބޮޑު ހުރިހާ ކަމެއްގައި މާތް ﷲ ގެ އަމުރުފުޅު ތަކަށް ބޯލަނބައި ކިޔަމަންވުމާއި، ތިމާގެ އެދުންވެރިކަމާއި ލެނބުންތައް މާތް ރަސޫލާ ; ގެންނެވިގޮތާއި ތަބައުވާފަދަ ގޮތަކަށް ހުންނާނޭވަރަށް އެކަލާނގެ އަށް ކުއްތަންވުން – (މާތް ﷲ ގެ) ވަޢުދުފުޅު ފުރިހަމަވުންވަނީ މިޝަރުތުތައް ފުރިހަމަ ވުމަށްފަހުގައެވެ. އަދި މިޝަރުތުފުރިހަމަވުމުން އެއާއެކު ވެރިކަން ހިންގުމާއި އިޞްލާޙްކުރުމުގެ ކުޅަދާނަކަން ލިބިގެންވުމާއި، އަނިޔާވެރިކަން ނައްތާލުމާއި، އަދުލްއިންސާފު ފެތުރުމާއި، ރައްކާތެރިކަމާއި ހަމަޖެހުން ގެނެސްދެއެވެ. މާތް ﷲ އެއިލާހުގެ މަލާއިކަތުންނަށް އެންގެވި ޚިލާފަތު އައުންވަނީ ހަމައެކަނި މިޝަރުޠު ފުރިހަމަވުމުންނެވެ.

މިޝަރުޠު ފުރިހަމަވުމާއި ނުލައި އަމުރުވެރިކަން ރަސްކަމަކަށްވުރެ އިތުރުއެއްޗަކަށް ވެގެނެއްނުދެއެވެ. ހަލާކާއެކު ގަދަވެގަތުމާއި ވެރިކަންކުރުން، ފިތުނަވެރިކަމާއި އަނިޔާވެރިކަން، އަޅުވެތިކަމާއި ބިރުވެރިކަން އަދި އިންސާނާގެ ފާހިޝްކަމާއި ޖަނަވާރުންގެ ދަރަޖައަށް ވެއްޓިގެންދިއުމަށްވުރެ، އިތުރުއެއްޗަކަށް ވެގެނެއްނުދާނެއެވެ.

މާތް ﷲ އަހަރެމެން ޙަލްޤުކުރެއްވި ޚަލީފާވެރިކަމުގެ ޙަޤީޤަތަކީ އެއީއެވެ. އެއީ ހަމައެކަނި ރަސްކަމެއް، އަޅުވެތިކަމެއް، ގަދަވެގަތުމެއް ނުވަތަ ވެރިކަންކުރުމެއް ނޫނެވެ.

ނަމަވެސް ޚަލީފާވެރިކަމަކީ މިދެންނެވުނު ހުރިހާކަމެއް މީސްތަކުންގެ ދުނިޔަވީ އަދި އުޚްރަވީ ހަޔާތާގުޅޭ ހުރިހާ ކަމެއް ޝަރީޢަތާއި އެއްގޮތަށް (މާތް ﷲ ގެ މަގުން) ކުރިއަށް ގެންދިއުމަށް ބާރުއެޅުވުމަށް ބޭނުން ކުރުމެވެ. މިކަން ހަމައެކަނި ހާސިލުވާނީ މާތް ﷲ ގެ އަމުރުފުޅު ތަކަށް ޢަމަލުކޮށް، (އެއިލާހުގެ) ދީން ޤާއިމުކޮށް، އެއިލާހުގެ ޝަރީޢަތައް ހުކުމް ކަނޑައެޅުމުގައި ރިއާޔަތްކުރުމުންނެވެ.
މިޚަލީފާވެރިކަމާއި މަތީގައި ބަޔާންވެވުނު ޙަޤިޤަތަކީ، މާތް ﷲ އެއިލާހުގެ ރަސޫލުން ފޮނުއްވާ އެއިލާހުގެ ފޮތްތަށް ބާވައިލެއްވި މަޤުޞަދެއެވެ. އަދި ޖިހާދުގެ ކަނޑި އޭގެ އުރައިން ދަމައިގަނެވުނީވެސް މިއަށްޓަކައެވެ.

ހަމަކަށަވަރުން މާތް ﷲ ތަޢާލާ މުޙައްމަދު ; ގެ އުއްމަތް ޝަރަފުވެރި ކުރުވާ ނިޢުމަތް ދެއްވިއެވެ. އެއިލާހު މީސްތަކުންގެ މެދުގައި އެންމެ ހެޔޮ އުއްމަތް ކަމުގައި އެއުއްމަތް ލެއްވިއެވެ.

كُنتُمۡ خَيۡرَ أُمَّةٍ أُخۡرِجَتۡ لِلنَّاسِ تَأۡمُرُونَ بِٱلۡمَعۡرُوفِ وَتَنۡهَوۡنَ عَنِ ٱلۡمُنكَرِ وَتُؤۡمِنُونَ بِٱللَّهِۗ … ١١٠ (آل عمران: 110)
[މީސްތަކުންނަށްޓަކައި ނެރުއްވި، އެންމެ ހެޔޮ އުއްމަތް ކަމުގައި ތިޔަބައިމީހުން ވީމުއެވެ. (އެހެނީ) ތިޔަބައިމީހުން ހެޔޮކަންތަކަށް އަމުރުކުރަމުއެވެ. އަދި، ނުބައި ކަންތައް ނަހީކުރަމުއެވެ. އަދި، ތިޔަބައިމީހުން ﷲ އަށް އީމާން ވަމުއެވެ… ]

އަދި އެކަލާނގެ މިއުއްމަތައް އަމުރުވެރިކަމުގެ ޚަލީފާވެރިކަން ދެއްވުމަށް ވަޢުދު ވެވަޑައިގަތެވެ.

وَعَدَ ٱللَّهُ ٱلَّذِينَ ءَامَنُواْ مِنكُمۡ وَعَمِلُواْ ٱلصَّٰلِحَٰتِ لَيَسۡتَخۡلِفَنَّهُمۡ فِي ٱلۡأَرۡضِ كَمَا ٱسۡتَخۡلَفَ ٱلَّذِينَ مِن قَبۡلِهِمۡ… ٥٥ (النور: 55)
[ތިޔަބައިމީހުންގެ ތެރެއިން އީމާންވެ ޞާލިޙު ޢަމަލުތައްކޮށް އުޅުނުމީހުނަށް، އެއުރެންގެ ކުރިން އުޅުނު މީހުން ޚަލީފާވެރިކުރެއްވިފަދައިން، ހަމަކަށަވަރުން، އެއުރެން ބިމުގައި ޚަލީފާވެރިކުރައްވާނެ ކަމަށް، … ﷲ ވަޢުދު ކުރައްވާފައިވެއެވެ.]

އަދި އެއިލާހު ދުނިޔޭގެ ޤިޔާދަތާއި އަދި ބިމުގެ ސިޔާދަތު މިއުއްމަތަށްދެއްވިއެވެ. އެއީ މި ޝަރުތު ފުރިހަމަ ކުރާހާ ހިނދަުއެވެ. އެޝަރުތަކީ:

يَعۡبُدُونَنِي لَا يُشۡرِكُونَ بِي شَيۡ‍ئًاۚ…٥٥ (النور: 55)
[އެއުރެން ތިމަންﷲ އާއި އެއްވެސް އެއްޗެއް ޝަރީކުނުކޮށް، ތިމަން އިލާހަށް އަޅުކަން ކުރެތެވެ.]

ޝަރުޠު ފުރިހަމަވަނީކަމުގައި ވަނީނަމަ މުޅި ދުނިޔޭގެ ވެރިކަމާއި ބިމުގެ މިލްކުވެރިކަން (މި) އުއްމަތަށް ދެއްވިއެވެ. މާތް ﷲ ތަޢާލާ މި އުއްމަތް ޢިއްޒަތްތެރި ކުރެއްވިއެވެ.

وَلِلَّهِ ٱلۡعِزَّةُ وَلِرَسُولِهِۦ وَلِلۡمُؤۡمِنِينَ…٨ (المنافقون: 8)
[(ހުރިހާ) ޢިއްޒަތެއް ވަނީ ﷲ އަށެވެ. އަދި އެއިލާހުގެ ރަސޫލާއަށާއި މުއުމިނުންނަށެވެ.]

އާއެކެވެ. ޢިއްޒަތް ވަނީ މިއުއްމަތަށެވެ. އެއީ ﷲ ތަޢާލާގެ އިއްޒަތްވަންތަކަމުންނެވެ. (އެއިލާހުގެ) އެޢިއްޒަތް މުއުމިނުތަުންގެ ހިތުތެރޭގައިވާ އީމާންކަމާއި އެކުވެއެވެ. އެހެންކަމުން، އީމާންތެރިކަން ހިތުގައި ޘާބިތުވެއްޖެނަމަ ޢިއްޒަތްވެސް އެއާއެކު ޘާބިތުވެދެއެވެ.

އެއީ ގުދުނުވެ މޯޅިނުވެ ބޭޒާރުވުމެއްނެތި ދެމިއޮންނަ ޢިއްޒަތެކެވެ. އެއީ ރުޅިވެރިކަމާއި މުޞީބަތްތައް ކިތަންމެ ބޮޑުވިނަމަވެސް އެވެ. އެއީ އެންމެ މާތް އުއްމަތަށް އެކަށީގެންވާ ޢިއްޒަތެވެ – މުޙައްމަދު ; ގެ އުއްމަތެވެ – މާތް ﷲ ފިޔަވާ އެހެން އެއްވެސް ފަރާތަކަށް ބޯލެބުމަށް އިންކާރުކުރާ އުއްމަތެވެ. އެ (އުއްމަތް) ޖައްބާރު އަނިޔާވެރިކަން ބަލައެއް ނުގަނެއެވެ.

وَٱلَّذِينَ إِذَآ أَصَابَهُمُ ٱلۡبَغۡيُ هُمۡ يَنتَصِرُونَ ٣٩ (الشورى: 39)
]އަދި އެއުރެންނީ، އެއުރެންނަށް އަނިޔާވެރިވުމެއް އަންނަހިނދު، ނަޞްރު ލިބިގަންނަ މީހުންނެވެ.]

މިއުއްމަތަކީ ޢިއްޒަތާއި ޝަރަފުވެރި އުއްމަތެކެވެ. (މިއުއްމަތަކީ) އަނިޔާވެރިކަމަށް އަޅާނުލާ ނިދާފައި އޮންނަ އުއްމަތެއް ނޫނެވެ. (މިއުއްމަތް) ނިކަމެތިކަމެއް ބަލައެއް ނުގަނެއެވެ.

وَلَا تَهِنُواْ وَلَا تَحۡزَنُواْ وَأَنتُمُ ٱلۡأَعۡلَوۡنَ إِن كُنتُم مُّؤۡمِنِينَ ١٣٩ (آل عمران: 139)
[ތިޔަބައިމީހުން (ފިނޑިވެ) ނިކަމެތި ނުވާށެވެ! އަދި، ތިޔަބައިމީހުން ހިތާމަވެސް ނުކުރާށެވެ! މަތިވެރިކަން ބޮޑުވެގެންވާ ބަޔަކީ ތިޔަބައިމީހުންނެވެ. (އެއީ) ތިޔަބައިމީހުން މުއުމިނުން ކަމުގައި ވާނަމައެވެ.]

އެއީ ބާރުގަދަ ގަދަފަދަ އުއްމަތެކެވެ. ޚުދު މާތް ﷲ އެއަށް (އެބަހީ: އެއުއްމަތައް) ވާގިވެރިވޮޑިގެންވެ ނަޞްރުދެއްވާއިރު، އެހެން ނުވާންވީ ފަހެ ކީއްވެގެންހެއްޔެވެ؟

ذَٰلِكَ بِأَنَّ ٱللَّهَ مَوۡلَى ٱلَّذِينَ ءَامَنُواْ وَأَنَّ ٱلۡكَٰفِرِينَ لَا مَوۡلَىٰ لَهُمۡ ١١ (محمد: 11)
[އެއީ އީމާންވި މީހުންނަށް އެހީތެރިވެ، ނަޞްރުދެއްވާ ފަރާތެއްކަމުގައި ﷲ ވޮޑިގެންވާކަމުންނެވެ. އަދި ކާފިރުވި މީހުންނަށް އެހީތެރިވާނޭ އެއްވެސް ފަރާތެއް ނުވެއެވެ.]

މިއީ މުޙައްމަދު ; ގެ އުއްމަތެވެ. މާތް ﷲ އާއެކު ޙައްޤުގޮތުގައި ވާހާހިނދަކު، އެއިލާހު، އެއިލާހުގެ ވަޢުދުފުޅު ގެނެސްދެއްވައެވެ(ފުއްދަވައެވެ).
މާތް ﷲ ތަޢާލާ އެއިލާހުގެ ރަސޫލާ މުޙައްމަދު ; ޢަރަބިންގެ ތެރެއަށް ފޮނުއްވާފައިވަނީ އެބައިމީހުން އަނދިރި ކަމެއްގެ ތެރޭގައި ކަނުވެ ޖާހިލުކަންމަތީ ޣަރަޤުވެފައި ވަނިކޮށެވެ. އެބައިމީހުންވީ އެންމެ އޮރިޔާންކަންބޮޑު، އެންމެ ހައިހޫނު އަދި އެންމެ ނާތަހުޒީބީ މީހުންތެރެއިން ފުން ނިކަމެތި ކަމަކަށް ގެނބެމުން ދިޔަބަޔަކަށެވެ. އެއްވެސް ބަޔަކު އެމީހުންނަކާ އަޅާލުމެއް ފަރުވާލެއް ނުބަހައްޓަތެވެ. އެބައިމީހުންނީ ކިސްރާއާއި ޤައިސަރަށް އަޅުވެތިކަން އަދާކުރި މީސްތަކުންނެވެ. އަދި އެބައިމީހުންނީ އެބައިމީހުންގެ މައްޗަށް ގަދަފަދަވެގަތް މީހުންނަށް ނިކަމެތިކަމާއި އެކު ބޯލެނބި މީސްތަކުންނެވެ.

މާތް ﷲ ތަޢާލާ ވަހީ ކުރެއްވިއެވެ:

… وَإِن كَانُواْ مِن قَبۡلُ لَفِي ضَلَٰلٖ مُّبِينٖ ٢ (الجمعة: 2)
[… އޭގެކުރިން އެއުރެންތިބީ ފާޅުވެ ބަޔާންވެގެންވާ އުރެދުމެއްކަމުގައިކަން ކަށަވަރެވެ.]

އަދިވެސް މާތް ﷲ ތަޢާލާ ވަހީކުރައްވާފައިވެއެވެ:

وَٱذۡكُرُوٓاْ إِذۡ أَنتُمۡ قَلِيلٞ مُّسۡتَضۡعَفُونَ فِي ٱلۡأَرۡضِ تَخَافُونَ أَن يَتَخَطَّفَكُمُ ٱلنَّاسُ…٢٦ (الأنفال: 26)
[ބިމުގައި ތިޔަބައިމީހުން އަދަދު މަދު، ނިކަމެތި ބަޔަކު ކަމުގައި ވީހިނދު، ހަނދުމަކުރާށެވެ! (އެހިނދު) ތިޔަބައިމީހުންތިބީ (ޢަދާވާތްތެރިން) ތިޔަބައިމީހުން ޖަހައިގަނެގެން ގެންގޮސްފާނެކަމަށް ބިރުގެންފައެވެ.]

މިއާޔަތުގެ ތަފްސީރުގައި ޤަތާދަ (ރަހިމަހުއްﷲ) ވިދާޅުވެފައިވަނީ، [ޢަރަބިންގެ ޙާލުކަމުގައިވީ މިހެންނެވެ. އެބައިމީހުންނީ މީސްތަކުންގެ ތެރެއިން އެންމެ މަލާމާތް ލިބިގެންވި މީހުންނެވެ. އެބައިމީހުންނީ މީސްތަކުންގެ ތެރޭގައިވި އެންމެ ބަޑުހައިހޫނުކަމުގައި ތިބި މީހުންނެވެ. އެބައިމީހުންނީ މިސްތަކުންގެތެރޭގައިވި އެންމެ ޖާހިލުކަންމަތީ ތިބި މީހުންނެވެ. އެބައިމީހުންނީ މިސްތަކުންގެ ތެރޭގައިވި އެންމެ އޮރިޔާންހާލުގައި ތިބިމީހުންނެވެ. އެބައިމީހުންނީ އެބައިމީހުން ކައިލެވޭ އެހެނެއްކަމަކު އެބައިމީހުންނަށް ކެއުމެއްނުވާ މީސްތަކުން ކަމުގައެވެ. އެމީހުންތެރޭގައި ދިރިއުޅުނު ބަޔަކު ވެއްޖެޔާ ދިރިއުޅުނީ ނިކަމެތިހާލުގައެވެ. އަދި އެމީހުންގެ ތެރެއިން މަރުވެގެންދާ ބަޔަކު ނަރަކައިގެ އަލިފާނަށް ވެއްޓެއެވެ.] އެބޭފުޅާގެ ބަސްތައް މިހާހިސާބުން ނަކަލުކޮށް ނިމުނީއެވެ. މާތް ﷲ އޭނާއަށް ރަޙުމަތް ލައްވާށިއެވެ.

ޞަހާބީންގެ ވަފުދެއް އަލްޤާދިސިއްޔާގެ ދުވަހު ކިސްރާއާއި ޔަޒްދަޖަރްދަށް އިސްލާމްދީނަށް ގޮވާލުމަށް ވަޑައިގެންނެވިއެވެ. އޭނާ (އެބަހީ: ކިސްރާ) އެބޭކަލުންނަށް ބުންޏެވެ: [އަހުރެންނަކަށް ތިޔަބައިމީހުންގެ ޤައުމަށްވުރެން ނިކަމެތި، މީސްކޮޅުމަދު އަދި ބައިބައިވެފައިވާ އެހެން ޤައުމެއް ނުދެނެހުރީމެވެ. އަހުރެމެން ތިޔަބައިމީހުން ފަހަތަށްޖެއްސުމަށް (އާދައިގެ) ރަށްފުށު ހިސާބުގެ މީހުން ފުއްދަމެވެ. ފާރިސްކަރަ ތިޔަބައިމީހުންނާ ދެކޮޅަށް ހަނގުރާމައެއް އިޢުލާނެއް ނުކުރެތެވެ. އަދި ތިޔަބައިމީހުން އެމީހުންނާ (ފާރިސްކަރައާ) ކުރިމަތިލުމަކަށްވެސް އުއްމީދެއް ނުކުރެތެވެ.]

ދެން އެބޭކަލުން ބަސްހުއްޓުނެވެ. ދެންފަހެ އަލްމުޣީރާ އިބްނު ޝުޢުބާ (>) ޖަވާބެދެއްވިއެވެ. ވިދާޅުވިއެވެ: [އަހަރެމެންގެ ނިކަމެތި ޙާލަތާއިމެދު ތިޔަދެއްކި ވާހަކައާއި ބެހޭގޮތުން ބުނަމެއެވެ. އަހަރެމެންގެ ޙާލަތަށްވުރެ ފަޤީރު ޙާލަތެއް ނުވެއެވެ. އަހަރެމެންގެ ބަނޑުހައި ހޫނުކަން އެހެން އެއްވެސް ބަނޑުހައިހޫނު ކަމަކާއެއްފަދައެއް ނޫނެވެ. އަހަރެމެން އަލްޚަނާފުސް (ސްކަރަބް)، ރުކުމަޑި، ނަގުލަންދާށި އަދި ހަރުފަ ކައިއުޅުނީމެވެ. އެފަދަ ތަކެއްޗަކީ ކާނާ ކަމުގައި އަހަރެމެން ދެކެމެވެ. އަހަރެމެންގެ ގެދޮރުކަމުގައި ބިންމަތި ފިޔަވާ އިތުރު އެއްޗެއް ނުވެއެވެ. އަހަރެމެން އަންނައުނުގެ ގޮތުގައި އަހަރެމެންގެ ޖަމަލާއި ކަންބަޅީގެ ކެހެރިހަންގަޑު ފިޔަވާ އިތުރު އެއްޗެއް ބޭނުމެއް ނުކުރަމެވެ. އަހަރެމެންގެ ދީނަކީ އެކަކު އަނެކަކު މަރާ އަނެކާގެ މައްޗަށް އަނިޔާވެރިވަމެވެ. އަހަރެމެން ތެރެއިން ބައަކު އަންހެން ދަރީން އޭނާގެ ކާތަކެތިން ކައިފާނެކަމާމެދު ނަފްރަތު ކުރާހާލު ދިރިހުއްޓާ ވަޅުލައެވެ.]( )

އިސްލާމްކަން އައުމުގެ ކުރިން ޢަރަބިންގެ ޙާލަތަކީ މިއީއެވެ. އެމީހުންވީ އަރާރުމާއި ހަލާކުގެ ޤަބީލާތަކެއްކަމުގައެވެ. އެމީހުންވީ ބައިބައިވެ އެކަކު އަނެކަކާ ހަނގުރާމަކޮށް ހަމަލާދިނުމުގައި، ހައިހޫނުކަމާއި، އެއްބައިވަންތަކަމުން މަހުރޫމުވެފައެވެ. އެއަށްފަހު، މާތް ﷲ އެމީހުންނަށް އިސްލާމްކަމުގެ ނިޢުމަތްދެއްވުމުން އެމީހުން އެޤަބޫލު ކުރިއެވެ. މާތް ﷲ އެބައިމީހުން އިސްލާމްދީނުގެ ޒަރީއާއިން އެއްބައިވަންތަ ކުރައްވާ އެމީހުންގެ ސަފުތައް އެއްކުރައްވާ ނިކަމެތިކަމަށްފަހު އިއްޒަތްދެއްވާ ފަޤީރުކަމަށްފަހު ރިޒުޤުދެއްވާ އެބައިމީހުންގެ ހިތްތައް އެއްކުރެއްވިއެވެ. އެހެންކަމުން މާތް ﷲ ގެ ފަޟުލުވަންތަކަމުން އެބައިމީހުން އަޚުންކަމުގައި ލެއްވިއެވެ. މާތްﷲ ވަޙީ ކުރެއްވިއެވެ:

وَأَلَّفَ بَيۡنَ قُلُوبِهِمۡۚ لَوۡ أَنفَقۡتَ مَا فِي ٱلۡأَرۡضِ جَمِيعٗا مَّآ أَلَّفۡتَ بَيۡنَ قُلُوبِهِمۡ وَلَٰكِنَّ ٱللَّهَ أَلَّفَ بَيۡنَهُمۡۚ …٦٣ (الأنفال: 63)
[އަދި އެކަލާނގެ އެއުރެންގެ ހިތްތައް(އެބަހީ: މުޢުމިނުންގެ ހިތްތައް) އެކުވެރި ކުރެއްވިއެވެ. ކަލޭގެފާނު ބިމުގައިވާ ހުރިހާ އެއްޗެއް ހޭދަކުރެއްވިޔަސް އެއުރެންގެ ހިތްތައް އެކުވެރިއެއް ނުކުރެއްވުނީހެވެ. އެހެނެއްކަމަކު، ﷲ އެއުރެން އެކުވެރި ކުރެއްވިއެވެ.]

އެހެންކަމުން އެބައިމީހުންގެ މެދުގައި އެކަކުއަނެކަކާމެދު އޮތް ރުޅިވެރިކަމާއި ނަފުރަތު އެބައިމީހުންގެ ހިތްތަކުން ފިލައިގެން ދިޔައެވެ. އެބައިމީހުން އީމާންކަމުގެ ސަބަބުން އެއްބައިވެ ތަޤުވާވެރިކަން އެބައިމީހުން މިނާ މިންގަޑަކަށްވިއެވެ. އެބައިމީހުން ޢަރަތްބަކާއި ޢަޖަމީއެއް ތަފާތެއްނުކުރެއެވެ. ދެކުނާއި އުތުރުގެ މީހުންގެ މެދުގައިވެސް ތަފާތެއް ނުކުރެތެވެ. އަދި ކަޅުމީހުންނާއި ދޮންމީހުންނާއި ފަޤީރުންނާއި މުއްސަދިންގެ މެދުގައިވެސް ތަފާތެއް ނުކުރެތެވެ.

އެބައިމީހުން ޤައުމިއްޔަތާއި ޖާހިލިއްޔަތުގެ ގޮވާލުންތައް ދޫކޮށް [لا إله إلا الله] ގެ ދިދައުފުލައި ﷲ ގެ މަގުގައި ތެދުވެރިކަމާއި އިޚްލާޞްތެރިކަމާއިއެކު ޖިހާދުކުރިއެވެ. އެހެންކަމުން މިދީނުގެ ޒަރީއާއިން ﷲ އެބައިމީހުންގެ ދަރަޖަ މަތިވެރި ކުރައްވާ އެއިލާހުގެ ރިސާލަތު އެބައިމީހުންގެ ކިބައިން އުފުލުވާ އެބައިމީހުން ޢިއްޒަތްތެރި ކުރެއްވިއެވެ. އެއިލާހު އެބައިމީހުން މާތްކުރައްވާ، އެބައިމީހުންނީ ދުނިޔޭގެ ރަސްކަލުންކަމުގައި ލައްވައި، މުޅި ޢާލަމްގެ ސާދަތުން ކަމުގައި، ވެރިންކަމުގައި ލެއްވިއެވެ.

އޭ އަހަރެމެންގެ ލޮބުވެތި އުއްމަތެވެ! އޭ މީސްތަކުންގެ ތެރެއިންވާ އެންމެ ހެޔޮ އުއްމަތެވެ! މާތް ﷲ ތަޢާލާ އެހެންމީހުންނަށް އެތައްއަހަރަކުން ނުވަތަ އެތައް ގަރުނަކުން ނުދެއްވާ ނަޞްރު މިއުއްމަތަށް އެއްއަހަރުތެރޭ އިރާދަ ކުރައްވައިފިއެވެ. މިއުއްމަތްވަނީ 25 އަހަރު ތެރޭގައި އެންމެ ބޮޑު ދެ ރަސްކަން ވައްޓާލުމުގައި ކުރިއަރާފައެވެ. އަދި އެއަށްފަހު އެރަސްކަންތަކުގެ ކަންޒުތަށް ﷲ ގެ މަގުގައި ޖިހާދަށް ބޭނުން ކޮށްފައެވެ.

އެބައިމީހުންވަނީ އަލިފާނަށް އަޅުކަންކުރާ މީހުންގެ ހުޅުކޮޅު އަބަދަށް ނިވާލާފައެވެ. ޞަލީބަށް އަޅުކަންކުރާ މީހުންގެ ނޭފަތްތައް އެންމެ ބަލިކަށި އަދަދެއްގެ އެންމެ ނިކަމެތި ހަތިޔާރުން ބިމަށް ތިރިކުރުވާފައެވެ.

އިބްނު އަބީ ޝައިބާ އެކަލޭގެފާނުގެ [އަލް މުޞައްނަފް] ގައި ހުޞައިން ގެ ފަރާތުން އަބޫ ވާއިލް ވިދާޅުވިކަމަށް ރިވާކުރެއްވިއެވެ: ސަޢުދު އިބްނު އަބީ ވައްޤާސް، އަލްޤާދިސިއްޔާއަށް މީސްތަކުންނާއެކު އައިސް މަޑުކުރެއްވި ހިނދު ވިދާޅުވިއެވެ: [އަހަރެންނަކަށް އަހަރެމެންގެ އަދަދު 7 ހާސް ނުވަތަ 8 ހާސްއަށް ވުރެ އިތުރު ވާނެކަމެއް ޔަޤީނެއް ނޫނެވެ. މުޝްރިކުން ގެ އަދަދު ގާތްގަނޑަކަށް 60 ހާހާއި އެއްވަރެވެ. އެބައިމީހުންނާއެކު އަސްތަކެއްވެސްވެއެވެ. އެމީހުން އައިހިނދު އެމީހުން އަހުރެމެންނާ ދިމާލަށް ބުންޏެވެ. [ތިޔަބައިމީހުން (ތިޔަބައިމީހުންގެ ބިމަށް) އެނބުރިދާށެވެ. ތިޔަބައިމީހުންނާއިއެކު އަދަދެއް، ބާރެއް, ހަތިޔާރެއް ނުފެނެއެވެ. ވީމާ އެނބުރިދާށެވެ.] އަހަރެމެން އެމީހުންނަށް ޖަވާބު ދިނީމެވެ. [އަހަރެމެންނެއް އެނބުރިއެއް ނުދާނަމެވެ.] ދެން އެބައިމީހުން އަހުރެމެންގެ ދުނިދަނޑިތަކަށް މަލާމާތްކުރުމުގެ ގޮތުން ]ދޫކް ދޫކް[ (ފާރިސީ ބަހެއް) ކިޔާ އަހަރެމެންގެ ދުނިދަނޑިތައް ތިނޯހާއި އަޅައިކިއެވެ.]( )

އޭއަހަރެންގެ އުއްމަތެވެ! އާއެކެވެ. އެ އޮރިޔާންހާލު ހުސްފަޔާ އުޅުނު ހެވާއި ނުބައި އަދި ޙައްޤާއި ބާތިލް ވަކިކުރަން ނުދަންނަ ބަކަރި ހުއިހައްޕާ މީހުން އަނިޔާވެރިކަމާއި އަނދިރިކަމުން ފުރިގެންވި ދުނިޔެ އިންސާފުންފުރާލާ ދުނިޔޭގައި އެތައްޤަރުނެއް ވަންދެން ވެރިކަންކުރިއެވެ.

މިއީ އެބައިމީހުންނަށް ލިބިފައިވި ބާރެއްގެ ސަބަބަކުން ނުވަތަ އެބައިމީހުންގެ އަމުރުގެ ދަށުގައިވި ގިނަ އަދަދެއެއްގެ މީހުންގެ ސަބަބަކުން ނުވަތަ އެބައިމީހުންގެ ތޫނުފިލިކަމަކުންވެސް ނޫނެވެ. އެހެންނެއްކަމަކު އެއީ އެބައިމީހުން މާތް ﷲ ތަޢާލާއަށްވި އީމާންކަމާއި އެއިލާހުގެ ރަސޫލާ ; ، ގެނެސްދެއްވި ހިދާޔަތާ އެއްގޮތަށް އުޅުމުގެ ސަބަބުންނެވެ.

އޭ މުޙައްމަދު ; ގެ އުއްމަތެވެ. ތިޔަބައިމީހުންނީ އަދިވެސް އެންމެ ރަގަޅު އަދި ޢިއްޒަތް ލިބިގެންވާ އުއްމަތެވެ. ވެރިކަން އެނބުރި ތިޔަބައި މީހުންނަށް އަންނާނެތެވެ. މިއުއްމަތުގެ އިއްޔެގެ އިލާހަކީ މިއަދުވެސް މިއުއްމަތުގެ އިލާހެވެ. އަދި މިއުއްމަތަށް އިއްޔެ ނަޞްރުދެއްވިފަރާތަކީ މިއަދުވެސް މިއުއްމަތަށް ނަޞްރު ދެއްވާނޭ ފަރާތެވެ.

އެވަޤުތު އައިސް ޖެހިއްޖެއެވެ: ބޭޒާރުކަމުގެ ކިރުޖެއްސި، އިންސާނުންގެ ތެރެއިން އެންމެ ނުބައި މީހުންގެ ވެރިކަމުގައި، ނިކަމެތިކަމުގެ ކަނޑުތަކުގައި ގެނބެމުންދިޔަ ޖީލުތައް – ޣާފިލުކަމުގެ އަނދިރީގެ ދިގު ނިންޖަށްފަހު ތެދުވުމުގެ ވަޤުތު އައިސް ޖެހިއްޖެއެވެ. މުޙައްމަދު ނަބިއްޔާގެ އުއްމަތް މިނިދިން ތެދުވުމުގެ ވަޤުތު އައިސް ޖެހިއްޖެއެވެ. މަލާމާތުގެ ފޭރާންނަގާ، ނިކަމެތިކަމާއި ދެރަކަމުގެ ހިރަފުސް ފޮޅާލުމުގެ ވަޤުތު އައިސް ޖެހިއްޖެއެވެ. ހިތާމައާއި ރުއިމުގެ ދުވަސްތައްނިމި ޢިއްޒަތުގެ ފަޖުރު އަލުންލައިފިއެވެ. ޖިހާދުގެ އިރުއަރާ ހެޔޮރަހުމަތުގެ ވިދުވަރު ވިލައިފިއެވެ. މޮޅުކަން އުދަރެސްމަތިން ދުލިލައިފިއެވެ. ނަޞްރުގެ އަސަރުތައް ފާޅުވެއްޖެއެވެ.

މިތާގައި އިސްލާމީ ޚިލާފަތުގެ ދިދަ، ތައުހީދުގެ ދިދަ އު%

ޙިޔާލު ހުށަހެޅުއްވުމަށް....