ކައިވެންޏަށް އަހަރެއްވެސް ނުވާ ދެމަފިރިންގެ ދިރިއުޅުން އިސްލާމީ ޚިލާފަތުގެ ހިޔާވަހިކަމުގެ ދަށަށް ބަދަލުކުރީއެވެ.

އިސްލާމީ ޚިލާފަތަށް ހިޖުރަކުރި މުހާޖިރަކު ދަރިފުޅު ގޮވައިގެން އުފާ ފާޅުކުރުމުގައި
އިސްލާމީ ޚިލާފަތަށް ހިޖުރަކުރި މުހާޖިރަކު ދަރިފުޅު ގޮވައިގެން އުފާ ފާޅުކުރުމުގައި

ޏ. ފުވަމުލަކަށް ނިސްބަތްވާ ދެމަފިރިން ކަމުގައިވާ އަޙްމަދު މުންސިއުއާ މަރިޔަމް ސުމާ އެދެމަފިރިންގެ ދިރިއުޅުން ދައުލަތުލް އިސްލާމަށް ބަދަލުކޮށްފިއެވެ. އެދެމަފިރިންގެ ދިރިއުޅުން ދައުލަތުލް އިސްލާމަށް ބަދަލު ކުރުމުގެ ގޮތުން ހިޖުރަކޮށްފައިވަނީ ދާދި މިދާކަށް ދުވަހުއެވެ. އެދެމަފިރިންނަށް ﷲ ގެ ފަޟުލުވަންތަވެރިކަމުން ލިބުނު ހިދާޔަތަށް ފަހު އެދަމިފިރިން ފެށި ޒަވާޖީހަޔާތުގައި މުޅިން އާ މަރުޚަލާއަކަށް ދަތުރު ކުރީއެވެ. އެއީ މުސްލިމުންނަށް އަމާންކަމާ ރައްކާތެރިކަން އެތަނެއްގައި ވާނެ، އެތަނެއްގައި އިސްލާމީ ޝަރީއަތުގެ ހިޔާވަހިކަން ޤާއިމްވެފައިވާ ދައުލަތުލް އިސްލާމްގެ ބިމަށެވެ. މިއީ ކޮންމެ މުސްލިމަކަށްވެސް ހައްޤުވެގެންވާ ކަމެކެެވެ. އަމަންއަމާންކަމާއި ރައްކާތެރިކަމެކެވެ. ސުލްހަމަސަލަސްކަމާއި، އިސްލާމީ ޝަރީއަތުގެ ފޮނި މީރުކަމާއި އަދުލްވެރިކަމާއި އިންސާފެވެ.

އަޙްމަދު މުންސިއު ނުވަތަ މޮޗޯ އަކީ، ހިދާޔަތުގެ އަލިކަން ލިބުމުގެ ކުރީގައި ވިއްސިވިހާލިވެފައިވާ ދިރިއުޅުމެއް ވޭތުކުރި ހަމެކަނި އިންސާނާއެއް ނޫނެވެ. ނުވަތަ އެމަގުފުރެދުމާއި ހަލާކުގައިވީ ހަމައެކަނި ދިވެހި ޒުވާނާ ނޫނެވެ. މޮޗޯގެ ޅަފަތުގެ ޅަދޮޅުދުވަސްތައް ވޭތުވެފައިވަނީ ވަރަށް ބަނަކަމާއި އަދިރި ކަމުގެ ތެރޭގައެވެ. އަލިފާނެއް ފެެނެއް ވަކި ނުވެއޭ ބުނާފަދަ ޖާހިލުކަމެއްގެ ތެރޭގައެވެ. އެއީ މޮޗޯ އެމުޖްތަމަޢުއަކަށް އުފަންވެފައިވާ، ފަސާދަޔާ ފާހިޝްކަމާއި ނޭއްޤާނިއްޔަ ޢަމަލުތަކުން ފުރިފައިވާ މުޖްތަމަޢުގެ ގިނަ ޒުވާނުންގެ ޙާލަތެވެ. އޭގެ ތެރެއިން ﷲ ތަޢާލާ ރަޙްމަތްލެއްވި ކޮންމެ މީހަކަށް ދަނީ ތެދުމަގު ފެންނަމުންނެވެ.

އަޅުގަނޑުމެންގެ ތެރޭގައި މޮޗޯ ނޫނަސް އެއަށްވުރެ މަޝްހޫރު މީހުން އެމީހުންގެ ޖާހިލިއްޔަތުގެ ނުބައި ފާހިޝް ކަންކަން ދޫކޮށް ތެދުމަގު އިޚްތިޔާރުކޮށްފައިވެއެވެ. އެގޮތުން ޢާލީ ރަމީޒު، ޝާފިއު، ޝިމާލް (ކުޅޭބޭބެ)، ބާރީ އަދި މިނޫންވެސް މީހުން ހިމެނެއެވެ. އެމީހުންވެސް ކުރީގައިވީ މުނިފޫހިފިލުވުމުގެ ނަމުގައި ކުރެވޭ ލަވަކިޔުމާ ނެށުމާއި، ނާޗަރަންގީ ކުޅުމާ، ދެޖިންސުންގެ މަސްހުނިކަން ހިންގަމުންދިޔަ ފާހިޝް ލަވަތަކުގައި މަޝްހޫރު ތަރިން ކަމުގައެވެ. މިމީހުންވެސް ވަނީ އެފާހިޝް ޢަމަލުތައް ދޫކޮށްލާ ހެޔޮގޮތް އިޚްތިޔާރުކޮށްފައެވެ. މިކަމާ އަޅުގަނޑުމެން އުފާކޮށް ފަޚުރުވެރިވެ އުޅެމުއެވެ. މޮޗޯ އަކީވެސް ޒުވާން ޖީލުގެތެރޭ މަޝްހޫރު މީހެކެވެ. އެބާޠިލް މަޝްހޫރުކަން ﷲއަށްޓަކައި ދޫކުރުމަކީ އެއިލާހުގެ ތެދުމަގު ޙާޞިލްވުމަކީ އުފާކުރުން ހައްޤުކަމެކެވެ. ޖާހިލުކަމުގެ އަނދިރީގައި އުޅެވުނު ރަނގަޅުނޫން ގޮތްތަކުގެ ވާހަކަ ދެއްކުމެއް އަހަރުމެންނަކަށް ނުވެއެވެ.

މިޒުވާނާޔާ ބެހޭ އިތުރު މަޢުލޫމާތު ހޯދުމަށް އަޅުގަނޑު ކުރި މަސައްކަތުން އޭނާ ތެދުމަގު އިޚްތިޔާރު ކުރުމަށްފަހު އޭނާގެ ވަރަށް ގާތް އެކުވެރިޔަކާ ދިމާވިއެވެ. އޭނާވެސް ކިޔާދިން ގޮތުގައި މޮޗޯއަކީ ކުރީގައި ވަރަށް ބަދުނަސީބު ދިރިއުޅުމެއް އުޅެމުން އައި ޒުވާނެކެވެ. އެޖާހިލުކަމުގެ ތެރޭގައި ކުރެވުނު ޢަމަލުތަކެއްގެ ސަބަބުން އޭނާ ޖަލަށްވެސް ލެވުނެވެ. ހަޤީޤަތުގައި މީ މޮޗޯއަށް ތެދުމަގު ލިބުމަށް މެދުވެރި ސަބަބެކޭވެސް ބުނެވިދާނެއެވެ. އެހެނީ މޮޗޯ ޖަލުގައި ވަނިކޮށް އޭނާޔަށް ވަރަށް އާދަޔާޚިލާފު ހުވަފެނެއް ފެނުނުކަމަށް މޮޗޯގެ އެކުވެރިޔާ ކިޔާދިނެވެ. އަދި އޭނާޔަށް ނިދިން ހޭލެވުނު އިރު ހިތަށް ބިރެވެތިކަން ވެރިވެފައިވީކަމަށް ބުންޏެވެ. އަދި އޭނާޔަށް އުޅެވިފައިވާ ވިޔާނުދާގޮތްތައް ދޫކޮށް ތެދުމަގު އިޚްތިޔާރު ކުރުމުގެ ރޫހު އޭނާގެ ހިތާހަށިގަނޑުގެ ތެރޭގައި ހިނގައިގަތްކަމަށް ކިޔާދިނެވެ. އުފެދުނު ވަރުގަދަ އަޒުމާއެކު މޮޗޯ ﷲ ގެ ހަޟްރަތަށް ރުޖޫޢަވެ ތައުބާވިއެވެ.

މޮޗޯއަކީ އޭނާގެ އަނދިރި މާޒީގައި، އަނދިރި ގޮތްގޮތުން ފައިސާ ހޯދާފައިވާ ޒުވާނެކެވެ. އޭރު އޭނާއަކީ ފައިސާވެރިކަމުގެ ގޮތުން ތަނަވަސް މީހެކެވެ. އޭނާއަތުގައި މިގޮތުން ގިނަޢަދަދެއްގެ ފައިސާ ހުރިކަމަށް އޭނާގެ އެކުވެރިޔާ ކިޔާދިނެވެ. އެހެނަސް ތެދުމަގު ލިބުމާއެކު ކުރިން އޭނާއަށް ލިބުނު ބައިވަރު ފައިސާތައް އޭނާ ދޫކޮށްލިއެވެ. އަދި އޭނާ އިޚްތިޔާރުކުރީ ﷲ ތަޢާލާގެ ފާފަފުއްސެވުން ހޯދުމަށް މަސައްކަތް ކުރުމަށެވެ. މިއީ އޭނާއަށް އީމާންވުމަށްފަހު ކުރިމަތިވި އެންމެ ބޮޑު ފިތުނަވެސްމެއެވެ. އެކުވެރި ރަހުމަތްތެރީންވެސް މިކަމަށްޓަކައި ދޫކޮށްލަންޖެހުނެވެ. މޮޗޯ ކިޔައިދިންކަމަށް އޭނާގެ އެކުވެރިޔާ ބުންޏެވެ: [ބުރޯއަށްވެސް އެނގޭނެ އަހަރެންގެ އެންމެ ގާތް އެކުވެރިއަކީ (…) ކަން، އަހަރެން އޭނާއާއި ވަކިވާން ވަރަށް އުދަގޫވި، ވަރަށް ނަޞޭހަތްތެރިވީން، އެހެނަސް މާކަށްބޮޑު ބަދަލެއް ނައުމުން އެކަމާއި ހިތާމަކުރިން. ދެން އަހަރެން ޤުރްއާން ތަރުޖަމާ ކިޔައި، ޤިޔާމަތްދުވަހުން ދުނިޔޭގައި ﷲ އެއްލާލައިފި ބަޔަކު ޤިޔާމަތްދުވަހުން އަހަރެންވެސް އެއްލާލާނޭކަން އެނގުނު، ދެން ﷲ އަށްޓަކައި ގުޅުން ކަނޑާލީ].

އެގޮތުން އޭނާ ފަސާދަވެރިކަމާއި، ފާހިޝްކަންކަމުން ފުރިފައިވާ މިމާލެ ދޫކޮށް އޭނާގެ އުފަންރަށަށް ދިޔައެވެ. މޮޗޯ ރަށަށް ދިއުމަށްފަހު ކައިވެނިކުރުމަށް އަވަސްވެގަތެވެ. އެއީ އޭނާގެ ޒުވާންކަމުގެ މައްޗަށް ޝައިތާނާގެ ވަސްވާސްތައް ގަދަވެގަނެ ފާހިޟް ޢަމަލަކަށް އަރައިގަނެވިފާނެ ކަމުގެ ބިރު ހީވާތީއެވެ. އެގޮތުން އީމާންތެރިކަމުގެ ފޮނިމީރުކަން ކެކި އުތުރެމުންދިޔަ ޒުވާނާގެ ހާޔާތުގެ ބައިވެރިޔަކަށް ވުމުގެ އުފާވެރި ބާއްޖަވެރި ނަސީބުވެރިޔަކަށްވީ މަރިޔަމް ސުމާއެެވެ. މަރިޔަމް ސުމާއަކީ ވެސް ޒުވާން ކުއްޖެކެވެ. ކައިވެންޏަށްފަހު ދެޒުވާނުންގެ ހަޔާތުގެ ދުވަސްތައް ވޭތުކުރަމުން ދިޔައީ މޮޗޯގެ މައިންބަފައިންގެ ކައިރީގައެވެ. ހިދާޔަތުގެ ތެދުމަގު ލިބުމުގެ އުފާވެރިކަން އިހުސާސު ކުރެވެމުން ދިޔަވަރަކަށް، މިފަސާދަވެފައިވާ މުޖްތަމަޢުގެ ފަސާދަޔާ ނުބައިކަމުގެ ހިތިކަންވެސް ޒުވާން ދެމަފިރިންނަށް އިހުސާސްވަމުން ދިޔައެވެ. މިފަދަ ނުބައިކަން ޢާންމުވެފައިވާ މުޖްތަމަޢުއެއްގައި އެފަދަ މުސްލިމު ޒުވާނުންނަށް ޙަޤީޤީ އުފާވެރިކަން ޙާޞިލް ނުކުރެވޭނެކަން އިޙްސާސު ކުރެވެމުން ދިޔައެވެ. ކައިވެނި އޭގެ ޅަފަތުގައިވީ މުސްލިމު ދެމަފިރިންނަށް އެމީހުންގެ ޙަޔާތުގެ އުފާވެރިކަމަށް މިމުޖްތަމަޢުގެ ފަސާދަވެރިކަމާ ނުބައިކަން ހުރަސްއަޅަމުން ދާކަން ވިސްނެން ފެށިއެވެ. އެބާއްޖަވެރި ކައިވެނީގެ ބަރާކާތުން އެދެމަފިރިން އިންދާއޮށުން ފަޅާގަސް އެއީ މިފަދަ ފަސާދައިން ފުރިފައިވާ ބިމަކުން ފަޅާ ގަހަކަށް ވުމަށް އެދެހިތެއް ނޭދުނެވެ. ކިތަންމެ ސާފުފެނެއް އެގަހަށް ދިންކަމުގައި ވިޔަސް، ތަޣައްޔަރުވެފައިވާ ބިމަކުން އެގަހައް ލިބޭ ނުބައި ކާނާޔާ، ވިހަ ޖައްވަކުން އެގަހަށްލިބޭ ވިހަވައިގެ ސަބަބުން އެގަހަކީ ޅަފަތުގައި މަރުވެފައިވާ ގަހަކަށްވެދާނެކަމުގެ ބިރު އެދެމަފިރިންނަށް ހީވަމުން ދިޔައެވެ. އަދި އެފަދަ ޙަޔާތެއްގެ ހިތި ތަޖުރިބާކޮށްފައިވާ ބަޔަކަށް މެނުވީ އޭގެ ހިތިކަން އިޙުސާސުވެވޭނެހެއްޔެވެ؟ އެދެމެފިރިންގެ ކައިވެނީގެ މޭވާ، އޭގެ ތުއްތު ތުއްތު ޙަޔާތް ހަމަ ހިލާ މިއަނދިރިކަމަށް ދޫނުކުރުމަށް ޢަޒުމް ކަނޑައެޅިއެވެ.

އެހެންކަމުން، ކައިވެންޏަށް އެންމެ އަހަރެއްވެސް ނުވާ ދެމަފިރިން ދިރިއުޅުން ދައުލަތުލް އިސްލާމަށް ބަދަލު ކުރީއެވެ. އަމިއްލަ ވަޒަނާއި، މައިންބަފައިންނާ އާއިލާޔާ ގާތްތިމާގެ މީހުން ދޫކޮށް އެދެމަފިރިން ދަތުރުފަށާފައިވަނީ ނުހަނު ފޮނި އުންމީދުތަކަކާއެކުގައެވެ. އެދެމަފިރިންގެ ޙަޔާތަށް އައުމަށް އެދޭ މެހެމާނާޔަށް، އެންމެ ރިވެތި އަދި އެންމެ ހެޔޮ މެހެމާންދާރިއެއް ދެވޭނެފަދަ މެހެމާން ޚާނާއެއް ހޯދުމަށެެވެ. އެއުފާވެރި ބާއްޖަވެރި ޙަޔާތަކީ ދެދުނިޔޭގެވެސް ބާއްޖަވެރިކަން ޙާޞިލްކުރާ ޙަޔާތަކަށް ހެދުމުގެ ވަރުގަދަ ޢަޒުމުގައެވެ. އެދެމަފިރިން ޅަފަތުގެ ދުވަސްތައް އެކަމަކުން މަޙްރޫމްވެފައިވީ، އިސްލާމީ ޝަރީޢަތުގެ މަތިވެރި ހިޔާވަހިކަން އެދެމަފިރިންގެ ދަރިންނަށް ހޯދާ ދިނުމަށެވެ. އެދެމަފިރިން އެދެނީ އެދެމަފިރިންގެ އަލަތު ދަރިފުޅުވެސް އެފަދަ ބާއްޖަވެރި ބަރަކާތްތެރި ބިމަކަށް އުފަންވުމަށެވެ. މައިންބަފައިންނަށް ދަރިޔަކަށް ދެވޭނެ މިޔަށްވިރެ އަގުހުރި ހަދިޔާއެއް ވާނެތޯއެވެ؟

މޮޗޯ އާއި ސުމާއަށް ﷲ ތަޢާލާ މަގުފަސޭހަކޮށްދެއްވާ މަގުތަނަވަސްކޮށްދެއްވާންދޭވެ. އަދި މިރިވެތި މިސާލުގައި ހިފުމުގެ ހެޔޮތައުފީޤު އަހަރުމެން އެންމެނަށް ދެއްވާށި!، އާމީން…

ޙިޔާލު ހުށަހެޅުއްވުމަށް....

ޙިޔާލު