އިސްލާމީ ޚިލާފަތާއި ދެކޮޅުކަން އިޢުލާނުކުރި ދިވެހިރާއްޖޭގެ ވެރިރަށް ފެނަށްޖެހި ރައްޔިތުން ހާންތިވެފައި

ރާއްޖޭގެ ނޫސްތަކުގެ ސުރުޚީތަކުން
ރާއްޖޭގެ ނޫސްތަކުގެ ސުރުޚީތަކުން

އިސްލާމީ ޚިލާފަތު ފާޅުވެ، އިސްލާމީ ޝަރީޢަތުން ޙުކުމްތައް ކުރެވެމުންދާ މަންޒަރު ބަލަން ހިތްދަތިވެ، އެކަމާއި ދެކޮޅަށް ކާފަރުންނާއިއެކު އެއްޞަފެއްގައި ތިބިކަން އިޢުލާނުކުރި ދިވެހިރާއްޖޭގެ ވެރިކަންކުރާރަށް [މާލެ] އިން ފެނުގެ ޚިދުމަތް ކެނޑި އެތައް ރައްޔިތުންނެއް ފެނަށްއެދި ސަލާންޖަހަން މަގުތަކަށް ނުކުމެއްޖެއެވެ.

ޚަބަރުތައް ބުނާގޮތުގައި، ވީނުވީއެއް ނޭނގި މާލޭގެ ފެން އުފައްދާ ކުންފުނީގެ ޕެނަލްބޯޑެއް ރޯވުމާއި ގުޅިގެން ފެން ކެނޑުނުފަހުން މިހާރު 2 ދުވަސް ވެއްޖެއެވެ. ރާއްޖޭ ސަރުކާރުގެ [އެކުވެރި] މުޝްރިކު ޤައުމުތަކާއި ކާފަރު ޤައުމުތަކުގެ އެހީތެރިކަން އަންނަނީ ލިބެމުންކަމަށް ރާއްޖޭގައި ވެރިކަންކުރަމުން އަންނަ ޠާޣޫތުގެ ނަމުގައި މެސެޖުތައް އަންނަނީ ރައްޔިތުންނަށް ލިބެމުންނެވެ. އޭގެތެރޭގައި މުސްލިމުންގެ ބޮޑު ދުޝްމަނުންކަމުގައިވާ އެމެރިކާ އަދި އިންޑިޔާ ހިމެނޭކަމަށް ޚަބަރުތަކުން ބުނެއެވެ.

މީގެ އިރުތުން، ސަރުކާރު ބަންދުކުރުމާއި، މާލޭގެ ބޮޑުބަޔަކުން ކަރަންޓު ކެނޑިގެން ދިއުމާއި، އެއަރޕޯޓް ކުއްލިގޮތަކަށް ބަންދުކުރަން ޖެހުން ފަދަ ކަންތައް ކުރިމަތިވުމާއި، ނަޞްލީ ތަފާތުކުރުމުގެ މައްސަލަތައްވެސް ފެންމަތިވި ކަމަށް ޚަބަރުތަކުން ބުނެއެވެ. ފާޅުކަން ބޮޑުގޮތެއްގައި ފާފަކުރުން ޢާއްމުވެ، އެކަންކަން ފަތުރާ ބިން ފަސާދަކުރަމުން އަންނަ މައި މަރުކަޒެއްގެ ގޮތުގައި ހިމެނޭ މާލެއަށް ޖެހުނު މުޞީބާތަކީ މީގެ ކުރިން މިފަދަގޮތަކަށް ދިމާވިކަމެއް ނޫނެވެ.

ރާއްޖޭގެ ޠާޣޫތީ ސަރުކާރަކީ އިސްލާމީ ޝަރީޢަތުގެ ނަމުގައި އަމިއްލައަށް ގަޑުބަޑުކޮށްގެން ޙުކުމްކުރާ ސަރުކާރެކެވެ. ޙާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިވުމަށްޓަކައި، ޚިލާފަތާއި ދެކޮޅު ޠާޣޫތީ ސަރުކާރުގެ މުރުތައްދު ސިފައިންނާއި ފުލުހުން ވަނީ ނެރެފައެވެ. އަދި އެމީހުންނަށް ތަޢުރީފުގެ ބަސްތައްދަނީ ޚަބަރު މީޑިއާތަކުން އިއްވަމުންނެވެ. ކަމެއްނެތި، އަތްއުރާލައިގެން ތިބޭ ބަޔަކު ކަމެއް ޖެހިގެން ކަންކަމުގައި އުޅެގަތުމުން، ބައެއްމީހުންނަށް އެ މަންޒަރުފެންނަނީ ރަންގަނޑެއްގެ ސިފައިގައެވެ.

ރާއްޖޭގެ ސިފައިންނާއި ފުލުހުންގެ ތެރޭގައިވެސް އިސްލާމީ ދަޥްލަތަށް ތާޢީދުކުރާ ގިނަ ބަޔަކު އުޅެއެވެ. ނަމަވެސް، އެބައިގަނޑުގެ ތެރޭގައި ހުރިހާ ހިނދަކު ޖުމްލަގޮތެއްގައި ޙުކުމްކުރެވޭނީ މުޅިބައިގަނޑުގެ ޙުކުމުންކަން އެމީހުންވެސް ދަނެއެވެ. އެއީ ބަދުރު ހަނގުރާމައިގައި ކާފަރުންގެ ލަޝްކަރުގައި މުސްލިމުން ތިއްބެއްކަމަކު، ޙުކުމް އިއްވުނު ފަދައިންނެވެ. ﷲގެ ޢަދުއްވުން ބަލިކުރައްވާތޯ އަބަދުވެސް މުސްލިމުން އަންނަނީ ދުޢާކުރަމުންނެވެ. މިފަދަ ކާރިޘާތަކުން ޢިބްރަތް ޙާޞިލްކުރާ ބަޔަކަށް މަންފާކުރާނެއެވެ.

ޙިޔާލު ހުށަހެޅުއްވުމަށް....

ޙިޔާލު

  1. މިސާލަކަށް ތިޔަވިދާޅުވާފަދަ ދީނަށް ލޯބިކުރާ ދިވެއްސަކު ތިޔަބިމަށް ހިޖުރަ ކޮށްގެން ކުރާނީ ކީއްތޯ؟ އަޅުގަނޑުމެންގެ ގިނަ މީހުންނަކަށް އަރަބި ބަހެއް ނޭނގޭނެ. އަދި މާގިނަ އިލްމީ ފާސްތަކެއްވެސް ނުހުންނާނެ.

    1. އެފާސްތަކާ އަރަބަބަސް ނޭގުނީމަ މައްސަލަޔަކަށްވަނީ ސައުދީކަހަަލަ ތަންތަނަށްގޮސް ވަކި ލެވަލްއެއްގަ ކިޔަވަން ޔުނިވާސިޓީއަކަށް ވަންނަންވީމަދޯ. ހިލާފަތުން ފާސްތަކާ އަރަބިބަސް ނޭނގިގެން މީހަކު ބަލައިނުގަނެ ފޮނުވާލިކަމެއް އަދި މިހާތަނަށް އަޑެއް ނާހަން.

    2. ރަޝީދު އަށް:
      1. ހިޖުރަ ކުރުމަކީ މުސްލިމުންގެ މައްޗަށް ﷲ ފަރުޟު ކުރެއްވިކަމެއް، ބައްލަވާ ނިސާ ސޫރަތުގެ 100 ﷲ ވަނީ އެއިލާހުގެ މަގުގައި ހިޖުރަ ކުރާ މީހަކަށް ވާޤިވެރިވާނެކަމާއި، ހުރިހާ ކުރީގެ ފާފަތަކެއްފުއްސަވާނޭކަމަށް ވަޢުދުވެލައްވާފަ.
      2. އިސްލާމީ ދައުލަތުގައި ހުރިހާ ބަހުރުވައެއްވެސް ބޭނުންކުރެވޭ، ދިވެހި ބަސްވެސް އަދި އިނގިރޭސިބަސްވެސް. ދެން ޢަރަބި ބަސް ކިޔަވައިވެސް ދޭ، މަދަރުސާތަކާއި ޔުނިވާސިޓީތަށްވެސް ހުރޭ. ޕުރައިމަރީ ސެކަންޑަރީ ތަޢުލީމު ފޮތްސެޓާއި އެކު ހިލޭ. ދީނީ މަދަރުސާތައް މުޅިން ހިލޭ.
      3. ބަޔެއްގެ ތެރޭގައި އުޅެ އެބަސް ދަސްކުރުން މާފަސޭހަވާނެ ފޮތްތަކަށް އެކަނި ބަރޯސާ ކުރުމަށްވުރެ.

  2. ރަށީދު ސަލާމް އާދެ ޚިލާފަތަކީ އަރަބިންގެ އެށްޗެށް ނޫން އަދި އިސްލާމީ ޚިލާފަތުގައި އިސްކޮށް ހަރަކާތްްތެރިވަނީކީވެސް އަރަބިންނެށް ނޫން އަދި ހިޖުރަކުރާ މީހުންނަށް ވަކިގޮތް ތަކެށް ހުރޭ ހަމަޖެހިފަ އެތާ އެބަ އުޅޭ ދިވެހިންގެ އެތަށް ބައެށް….ދީން ދަސްކުރީނީ އެތަނަށް ގޮށްސަ މިތާ ދާރުލް ކުފުރް ގަ ތިބިގެނެށް ނޫން!!!