އުޚުތާއެވެ! ތިބާގެ އިސް އުފުލާލާށެވެ. އަދި ސާބިތުކަންމަތީ ދެމިހުންނާށެވެ!

al_121214_UkhthaaThibaaއުޚުތާއެވެ! ތިބާގެ އިސް އުފުލާލާށެވެ. އަދި ސާބިތުކަންމަތީ ދެމިހުންނާށެވެ!

ތިބާއާއި ބެހޭގޮތުން ލިޔުމަށް އަހަރެން ބިރުގަތެވެ. ޙަޤީޤަތަށް ބުނާނަމަ، ތިބާއަށް އަޅާ ނުލެވި ދޫކޮށްލެވުނީތީ އެކަމާ ލަދުވެތިވަމެވެ. ބިރަށް ބަދަލުވި ލަދުވެތިކަމެވެ. އަހަރެންގެ ލޯބިވާ އުޚުތުންނޭވެ! ނަމަވެސް ދެން އިތުރަށް މަޑެއް ނުކުރެވޭނެ އެވެ. އާއެކެވެ! ޖަލުތަކުގައި ނިކަމެތި ކުރެވިފައިވާ އުޚުތުންނޭވެ! އަހަރެން މި ނިސްބަތް ކުރަނީ ތިޔަ އުޚުތުންނަށެވެ. އަދި ޖަލުން މިނިވަންވެ ނަމަވެސް އިޖްތިމާއީ ލައްގަނޑާއި ލަދުވެތިކަމުގެ ތެރޭގައި، މި ރަޙްމެތްނެތް މުޖުތަމަޢުގައި އުޅެންޖެހިފައިވާ ތިޔަ އުޚުތުންނެވެ. ކީއްވެހެއްޔެވެ؟ ތިބާ އެއްވެސް ފާފައެއް ނުކުރެއެވެ…… ތިބާ އެއްވެސް ގޯސް ޢަމަލެއް ނުހިންގައެވެ. ނަމަވެސް، ތިޔަ ޞާލިހް ނަފްސުތަކުން، ނިކަމެތިކަމާއި ދަށްކަމުގެ ކުލަވަރުތައް ފިލައިގެނެއް ނުދެއެވެ.

އަހަރެމެންގެ މުޖުތަމަޢުތައް ކުށްވެރި ކުރަންވީ ބާވައެވެ؟ ނުވަތަ ތިޔަ އުޚުތުންނަށް ކުރިމަތިވެފައިވާ ހިތާމަ ފިލުވުމަށް އެހީވާންވީ ހެއްޔެވެ؟ އަހަރެމެންގެ މި ހަނުހުރުމުގެ ޝިކާރައަކަށްވެފައިވާ ތިޔަ އުޚުތުންނަކީ އަހަރެމެންގެ ތެރެއިން ބާކީތިބި އެހެން މީހުންގެ ޤުރުބާނީތަކެވެ. ނަޞްރުގެ މަގަށްވާ ކުރިއެރުންތަކެވެ. ތިބާ ނުބައިކަން ކުރަނިކޮށް އެއްވެސް މީހަކަށް ފެނުނީ ކޮން އިރަކު ހެއްޔެވެ؟ ތިބާ އެހެން ފިރިހެނަކާއި ދިމާލަށް ބެލިތަން އެމީހުންނަށް ފެނުނީ ކޮން އިރަކު ހެއްޔެވެ؟ ހަމަ މިމުޖުތަމަޢުތަކުން، ތިބާގެ ޢިއްފަތްތެރިކަމާމެދުގައި ހެކިނުވޭހެއްޔެވެ؟ ޞާލިޙް މީހަކަށްވީތީ އެމީހުން ތިބާއަށް ތަޢުރީފެއް ނުކުރޭ ހެއްޔެވެ؟ އަދި މި އުދަނގޫ ހާލަތުގައި، ތިބާގެ ކިބައިން ތިބާގެ ނަފްސު ނިގުޅައިގަނެވި، ތިބާ އަމިއްލަވަންތަ މީހަކަށްވުމަށް ހުރަސްއަޅާ، އަދި ތިބާގެ ނުފޫޒުން ބޭރުން ތިބާއާމެދުގައި ޢަމަލުކުރެވި، ފުލުހުންގެ މަރުކަޒުތަކާއި ޖަލުތަކުން ތިބާގެ ރުއިމުގެ އަޑާއި ހަޅޭއްތަކުގެ އަޑުތައް ގުގުމަ ގުގުމާލާ ހުންނަ އިރުގައި، މީސްތަކުން އެބައިމީހުންގެ ގެތަކުގައި އަރާމު ނިދި ނިދަމުން ދާހިނދުގައި، ތިބާއާމެދުގައި ތަފާތު ނަޒަރަކުން ދެކެނީ ކީއްވެހެއްޔެވެ؟

ތިބާއާމެދުގައި ދެކެންޖެހޭނީ ފުރިހަމަ ޝަޙްސިއްޔަތެއްގެ ގޮތުގައެވެ. ތިބާގެ ބިކުރުވެރިކަން ވާންވާނީ ޝަހީދެއް ފަދައިންނެވެ. ތިބާގެ ވާހަކަ ދެއްކެންޖެހޭނީ، އަހަރެމެންގެ ފިނޑިކަމުގެ ސަބަބުން ވޭން ތަޙައްމަލު ކުރަންޖެހިފައިވާ މީހެއް ފަދައިންނެވެ. ތިބާގެ ޤަދަރު އުފުލެންޖެހޭނެ އެވެ. ތިބާއަށް ލޯބި ދެވި އަޅާލެވެންޖެހޭނެ އެވެ. ތިބާއާމެދުގައި ކަންތައް ކުރަންޖެހޭނީ އެފަދައިންނެވެ. ނަމަވެސް، އަހަރެމެންނަށް ތިބާއަށްޓަކައި ކޮށްދެވުނީ ކޮންކަމެއް ހެއްޔެވެ؟

ތިޔަ އުޚުތުންގެ ތެރެއިން، ގިނަ އުޚުތުން އަހަރެމެންގެ ތެރެއަށް އެނބުރި ނުވެސް އާދެ އެވެ. އެ މަންޒަރަށް ލަދުންނެވެ. ކުރިމަތިލާން ލަދުންނެވެ. އަދި އެނބުރި އަތުވެއްޖެނަމަ، ތިބާގެ މޫނުދެއްކުމަށް ޖެހިލުންވެއެވެ. ތިބާއަށް ދަރިއަކު ލިބުމުން، އަނދިރިވެގެންވާ ހާލުގައި މީސްތަކުންގެ މޫނުތައް ތިރިކުރެއެވެ.

ތިބާގެ ކުށަކީ ކޮބައިހެއްޔެވެ؟

އެއީ ތިބާއާއި، ގަދަކަމުން ބަދުއަޚްލާޤީ ޢަމަލު ހިންގިފައިވާތީ ހެއްޔެވެ؟

އެއީ ތިބާއަށް އަނިޔާކުރެވިފައިވާތީ ހެއްޔެވެ؟

އެއީ ތިބާގެ އަތްތައް ބަނދެވި ތިބާގޭ ފޭރާން އިރާލެވުނީމަ ހެއްޔެވެ؟

ތިބާ ދަމާ ކޫއްތާފައި ކާރަށް އަރުވަން ގެންދިޔަ މަންޒަރު ބަލަން ހަމަ އެމުޖުތަމަޢުތަކުން ހަނުހިމޭނުން ތިބީމަ ހެއްޔެވެ؟

ތިބާ މަދަދަށް އެދި ގޮވާލުމުން ދުނިޔެ ބީރުކަންފަތެއް ދިނީމަ ހެއްޔެވެ؟

މިހުރިހާ ކަމަކާއި އެކުގައިވެސް، އެ މުޖުތަމަޢުތަކުން ތިބާ އަނބުރާ ޤަބޫލެއް ނުކުރެއެވެ! ތިބާއާއި ކައިވެނިކުރުމަށް އެމީހުން ބިރުގަނެ އެވެ. އަދި ފަހަރެއްގައި ތިބާގެ ޢާއިލާގެ މީހަކާއި ކައިވެނިކުރުމަށްވެސް ބިރުގަނެފާނެ އެވެ. އެހެންކަމުން، ތިބާ އެހެން ތަނަކަށް ދިއުމަށް ޚިޔާރު ކުރެއެވެ. އެނިކަމެތިވެގެންވާ ޙަޔާތަށް އެނބުރި ދިއުމަށްވުރެ، ކުއްތާތަކާއި ހިޔަޅުތަކެއް ތިބާ ކައިހެދުން ތިބާ ޚިޔާރުކުރެއެވެ.

ހަމަޔަޤީނުންވެސް، އަހަންނަށް އެނގޭގޮތުގައި، ނަމާދެއް ދޫކޮށްނުލާ ނަމާދު ކުރި މީހަކީ ތިއީ އެވެ. އަދި ފުރިހަމައަށް އައުރަ ނިވާކުރި މީހަކީ ތިއީއެވެ. އަދި އަހަރެމެންގެ ވެރި ރައްބުގެ ކުރިފުޅުމަތީގައި ކަރުނަތައް އޮހޮރި ލޮލަކީ ތިއީ އެވެ. ތިބާގެ ނަމާދުކުރުން ރޭގަނޑު ހެކިވެއެވެ. ތިބާ ކިޔެވުން ފަޖުރަށް އެނގެއެވެ. އަދި ތިބާ، ﷲ މަތިން ކުރި ހަނދުމަތަކާމެދުގައި އަޞްރުވަގުތު ހެކިވެއެވެ. އީމާންކަމުގެ ނޫރުން ތިބާ ދިއްލި އުޖާލާވެފައިވިއެވެ. އަދި ޖަންނަތުގެ ވާހަކަތައް އަޑުއިވުމުން ތިބާގެ މޫނު ރަތްވެގެންދެއެވެ. އަދި ޖަހަންނަމައިގެ ވާހަކަތައް ދެއްކުމުން ތިބާގެ ލޮލުން އޮހޮރޭ ކަރުނަތަކުން، އެތައް ބަޔަކު ރޮއްވާލައެވެ. ޖިހާދުކުރުމާއި ބެހޭގޮތުން ތިބާގެ އަޚުންނާއި ބަހުސްކުރި އެވެ. ނިކަމެތިންގެ ހައްޤުގައި ތިބާ ތެދުވިއެވެ……

ނަމަވެސް، ތިބާއާމެދުގައި އަނިޔާވެރިކޮށް ކަންތައް ކުރެވުމުން، ތުންފަތް ތަކުގައި ޒިބު އެޅުވުނެވެ. އަދި ތިބާ ގެންދެވުނު ތަން އަހަރެމެން އެންމެން ބަލަން ތިބީމުއެވެ. އަދި ތިބާއަށް ދުޢާކޮށްދިނީ ކުޑަ ހިނދުކޮޅަކުއެވެ. ތިބާގެ އަތުގައިވަނީ ކަސްތޮޅު އެޅުވިފައެވެ. ނަމަވެސް، އަހަރެމެން އަތްތަކުގައި ކަސްތޮޅު ނޭޅުވެއެވެ. ތިބާގެ ލޯ ކަނުކޮށްލެވުނެވެ. އަހަރެމެންގެ ލޯތައް އެފަދައެއް ނޫނެވެ. ތިބާ ވަށާލެވިގެންވަނީ އެބައިމީހުންނެވެ. އަދި އަހަރެމެންގެ ވަށާލެވިގެނެއް ނުވެއެވެ. އެހެނެއްކަމަކު، އަހަރެމެން ތިބީ ބަލަ ބަލައެވެ. އަދި ރޮއެ ރޮއެ އެވެ. އަދި ތިބާ ހިނގައްޖެއެވެ. އަދި ތިބާ އެނބުރި އައުމުން، ތިބާގެ ވަށައިގެންވީ މުޅި ދުނިޔެވެސް ހިނގައްޖެއެވެ.
އެހެނެއްކަމަކު، މިއަދު އަހަރެން ތިބާގެ އަތުގައި ހިފާ، ތިބާ ކޮޅަށް ނަގަމެވެ. އުޚުތާއެވެ، ތެދުވާށެވެ! ތިބާގެ އިސް އުފުލާށެވެ. އެހެނީ، ތިބާގެ ވެރި ރައްބު ވަހީކުރެއްވިއެވެ:

¢وَلْيَسْتَعْفِفِ الَّذِينَ لا يَجِدُونَ نِكَاحًا حَتَّى يُغْنِيَهُمُ اللَّهُ مِنْ فَضْلِهِ وَالَّذِينَ يَبْتَغُونَ الْكِتَابَ مِمَّا مَلَكَتْ أَيْمَانُكُمْ فَكَاتِبُوهُمْ إِنْ عَلِمْتُمْ فِيهِمْ خَيْرًا وَآتُوهُمْ مِنْ مَالِ اللَّهِ الَّذِي آتَاكُمْ وَلا تُكْرِهُوا فَتَيَاتِكُمْ عَلَى الْبِغَاءِ إِنْ أَرَدْنَ تَحَصُّنًا لِتَبْتَغُوا عَرَضَ الْحَيَاةِ الدُّنْيَا وَمَنْ يُكْرِهُّنَّ فَإِنَّ اللَّهَ مِنْ بَعْدِ إِكْرَاهِهِنَّ غَفُورٌ رَحِيمٌ.£
[އަދި ކާވެނިވުމުގެ މަގެއް ނުފެންނަ މީހުން عفة ތެރިވެ ތިބޭހުށިކަމެވެ! اللَّه، އެކަލާނގެ فضل ވަންތަކަމުގެ ތެރެއިން، އެއުރެން މުއްސަނދިކުރައްވައި، އެކަން ފުއްދަވައި ދެއްވައިފުމަށް ދާނދެނެވެ. އަދި ތިޔަބައިމީހުންނަށް މިލްކުވެގެންވާ އަޅުންގެ ތެރެއިން މިނިވަންވުމުގެ ލިޔުން އެދޭ މީހުންނާމެދު، (ދަންނާށެވެ!) ފަހެ، އެފަދަ ލިޔުން ތިޔަބައިމީހުން އެމީހުންނަށް ލިޔެދޭށެވެ! އެއުރެންގެކިބައިން ހެޔޮގޮތެއް ތިޔަބައިމީހުންނަށް އެނގިއްޖެނަމައެވެ. އަދި ތިޔަބައިމީހުންނަށް ދެއްވާފައިވާ اللَّه ގެ މުދަލުން، ތިޔަބައިމީހުން އެއުރެންނަށްދޭށެވެ! އަދި އެކަނބަލުން عفة ތެރިވެ ރައްކާތެރިވެ ތިބުމަށް قصد ކޮށްގެން ތިބޭނަމަ، ދުނިޔޭގެ ދިރިއުޅުމަށް ހޯދާ މުދަލެއް އެދިގަތުމުގެގޮތުން ތިޔަބައިމީހުންގެ ޒުވާން އަންހެން އަޅުން، ޒިނޭކުރުމުގެ މައްޗަށް مجبور ނުކުރާށެވެ! އެކަނބަލުންނަށް، އެކަމަށް مجبور ކުރާމީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އެކަނބަލުން مجبور ވެވުމަށްފަހު، اللَّه އީ، ގިނަގިނައިން ފާފަފުއްސަވާ، رحيم ވަންތަ ރަސްކަލާނގެއެވެ.](ނޫރު:33)

ލަދުގަންނަންވީ ކަމެއް ނެތެވެ. ތިބާވަނީ ނިކަމެތިކުރެވި އަނިޔާކުރެވިފައެވެ. އަދި ތިބާ އަނެއްކާވެސް ތެދުވީއެވެ. ތިބާވަނީ ޝަހީދުކުރެވިފައެވެ. އަދި ތިބާ އަނެއްކާވެސް ތެދުވީއެވެ. ތިބާގެ އިސް އުފުލާލާށެވެ. އަދި މުޅި ދުނިޔެ، ތިބާ ދޫކޮށްލިޔަސް، ކާއިނާތުގެ ވެރި އިލާހް، ނިކަމެތި އަނިޔާ ލިބިފައިވާ މީސްތަކުން ދޫކޮށެއް ނުލައްވާނެ އެވެ.

ތިބާގެ ހިތްވަރު އަނެއްކާވެސް އަހަރެމެންނަށް ދޭށެވެ. ތިބާގެ އީމާންކަން، އަނެއްކާވެސް އަހަރެމެންނަށް ދޭށެވެ. އެހެނީ، އަހަރެމެންގެ ލޯމަތީގައި ތިބާއަކީ އެންމެ ޤަދަރުލިބިގެންވާ އިންސާނާއެވެ. އަހަރެމެން ކުރިމަތީގައި، ތިބާއަކީ އެ ސަރުކާރުތަކުގެ ކުއްތާތަކާއި، މީޑިއާގެ ކުއްތާތަކާއި އަދި އެހެނިހެން ހުރިހާ ކުއްތާތަކަށްވުރެ ހިތްވަރުގަދަ، ކެރޭ ވަރުގަދަ މީހެކެވެ.

ތިބާއަކީ، ޔާޤޫތެކެވެ. އަދި ތިބާ އެގޮތުގައި ވާނެއެވެ. ތިބާއަކީ އަލިކަމެކެވެ. އަދި ތިބާ އެގޮތުގައި ވާނެއެވެ. ތިބާއަކީ އަހަރެމެންގެ ލޯބިވާ އުޚުތާއެވެ. އަދި ތިބާ އެގޮތުގައި ވާނެއެވެ.

ހަމަޔަޤީނުންވެސް، މުޅި ދުނިޔެ އަހަރެމެންގެ ގަޔަށް ކުޅުޖެހިޔަސް، އަހަރެމެން އެމީހުންގެ ގަޔަށް ކުޅު ޖަހާނަމެވެ. އެހެނީ، އަހަރެމެންނީ ﷲ ގެ ހަނގުރާމަވެރިންނެވެ.

ކަލޭމެންނަށް ހީވޭހެއްޔެވެ، ގަހެއް ކެނޑުމުން
އެއްވެސް ހާލަތެއްގައި އެގަސްތައް އުފެދުން މަދުވާނެހެން
އޭގެއިން އަނބުރާ ގަސް ހެދޭނެއެވެ. އަދި އެއީ ލަސްވިކަމުގައި ވިޔަސްމެއެވެ.
ސަތޭކައިން ހެދިގެން ދާނެއެވެ. އަދި އިތުރުވެގެން ދާނެއެވެ.

މަޞްދަރު: އަޚް އަންބާރު ބިކްރު، ދާރުލް މުރާބިޠީން ޕަބްލިކޭޝަންސް

ޙިޔާލު ހުށަހެޅުއްވުމަށް....