އިސްލާމީ ދަޥްލަތުން ހައްޔަރުކުރި އުރުދުންގެ މުރުތައްދު ޕައިލަޓު މުޢާޒު ދިރިހުއްޓާ އަންދާލައިފި

ޙުކުމް ތަންފީޛުކުރުމަށްޓަކައި އުރުދުންގެ ޕައިލަޓް ގެނެވިފައި
ޙުކުމް ތަންފީޛުކުރުމަށްޓަކައި އުރުދުންގެ ޕައިލަޓް ގެނެވިފައި

އިސްލާމީ ޚިލާފަތުގެ ދަޥްލަތުން ވައްޓާލި އުރުދުންގެ ޢަސްކަރީ ޖެޓުގެ ޕައިލަޓް ކަމުގައިވާ މުޢާޒު ޞާފީ ޔޫސުފް އަލްކަސާސްބިހް ގެ މައްޗަށް މަރުގެ ޙުކުމް އިއްވާ ދިރިހުއްޓާ އަންދާލައި ޙުކުމް ތަންފީޛުކޮށްފިއެވެ. އަންގާރަ ދުވަހު އިންޓަރނެޓަށް ދޫކޮށްލި [ޝިފާއުއް ޞުދޫރް] (ހިތްތަކުގެ ފަރުވާ) މި ވީޑިއޯގައި މި މުރުތައްދުގެ މައްޗަށް މަރުގެ ޙުކުމް ތަންފީޛުކުރުމުގެ ކުރިން، އިސްލާމީ ދަޥްލަތާއި ދެކޮޅަށް ހަނގުރާމަކުރުމަކީ ގޯހެއް ކަމަށާއި، ދެންތިބި ޕައިލަޓުންވެސް އޭނާއަށް ކުރިމަތިވިގޮތް ވުމުގެ ކުރިން އަވަހަށް އެނބުރި ދިއުމަށް އޭނާ ގޮވާލައެވެ.

އޭނާ ދުއްވަމުންދިޔަ ޖެޓު ވައްޓާލެވުނީ، އިސްލާމީ ޚިލާފަތުގެ ވެރިރަށް [އައް-ރައްޤާ] ގައި ދިރިއުޅޭ މުސްލިމުންގެ ބޯ މައްޗަށް ބޮންތައް އޮއްސަން ދުއްވަނިކޮށް ކަމަށް އޭނާ އެއްބަސްވިއެވެ. އަދި އެހެންމެ، އުރުދުންގެ ސަރުކާރަކީ އެމެރިކާއާއި އިޒްރޭލުގެ އެޖެންޓެއް ކަމަށާއި، އަދި ޙަޤީޤަތުގައި އޭނާގެ މައްޗަށް އޮތީ އިސްލާމީ ޚިލާފަތުގެ ދަޥްލަތުގެ މުސްލިމުންގެ މައްޗަށް ބޮން އެޅުމުގެ ބަދަލުގައި، ބައްޝާރުގެ ނުޞައިރީ ސަރުކާރުގެ މައްޗަށާއި އަދި މަސްޖިދުލް އަޤްޞާ އަށް ވެރިވެގަނެގެން އުޅޭ އިޒްރޭލުގެ މައްޗަށް ބޮން އެޅުންކަމުގައި އޭނާ ޚުދު ވީޑިއޯގައި އިޢުތިރާފުވިއެވެ.

މީގެ އިތުރުން، އިސްލާމީ ދަޥްލަތުގެ މުސްލިމުންގެ މައްޗަށް ބޮންތައް އެޅުމަށްޓަކައި އުރުދުންގެ ވައިގެ ބަނދަރުތަކުން ބޯޓުތައް ނައްޓާލައި ތަންތަނާއި، އަދި އެކަމުގައި އެމީހުންނާއި ބައިވެރިވާ ޢަރަބި ޤައުމުތަކަކީ ކޮބައިކަމާއި އެމީހުން ބޭނުންކުރާ ބޯޓުތަކާއި ޢަސްކަރީ މަރުކަޒުތައްވެސް މުޢާޒު ކިޔައިދިނެވެ. އެޤައުމުތަކުގެ ތެރޭގައި އުރުދުން، ސުޢޫދީޢަރަބިއްޔާ، ބަޙްރައިން، ޢަރަބިޢިމާރާތް، ކުވައިތު، މޮރޮކޯ، ޤަޠަރު އަދި އޮމާން ހިމެނެއެވެ. އަދި އެހެންމެ ޞަލީބީންގެ ލަޝްކަރުތަކުގެ ޢަސްކަރީ ވައިގެ ޙަމަލާތައް ދިނުމަށް ނައްޓާލައި ޕޮއިންޓުތައްވެސް ކިޔައިދިނެވެ. އެއީ އުރުދުންގެ ވައިގެ މަރުކަޒަކާއި، ޢިރާޤުގެ ބަޣްދާދުގެ އިންޓަރނޭޝަނަލް ވައިގެބަނދަރާއި، ޤަޠަރު، އޮމާން އަދި ތުރުކީއާއި ސޫރިޔާ ބޯޑަރު ކައިރީގައި އޮންނަ އެއަރ ޕޯޓުކަންވެސް އޭނާ ކިޔައިދިނެވެ.

މިހުރިހާ އިޢުތިރާފަކަށްފަހު، އޭނާއާއި އޭނާގެ އަޢުވާނުން ބޮން އަޅާ ފުނޑުުފުނޑުކޮށްފައި ހުރި ސަރަޙައްދަކުން ހިނގާފައި އަންނަ މަންޒަރު ފެނިގެންދެއެވެ. އަދި އިސްލާމީ ދަޥްލަތުގެ ސިފައިން މުޅި ސަރަޙައްދުގައި ފުލްކިޓުގައި ތިބޭތަން ފެނެއެވެ. ގުއަންޓަނާމޯބޭގެ މުސްލިމު އަސީރުންގެ ހެދުމުގައި ދެން އޭނާ ފެނިގެންދަނީ ގަޔަށް ތެޔޮ އަޅައިފައި ކޮށްޓެއްގެ ތެރޭގައި ބަންދުކޮށްފައި ހުއްޓައެވެ. އަދި އިސްލާމީ ޚިލާފަތުގެ ސިފައިންގެ ކޮމާންޑަރުންގެ ތެރެއިން ޖެޓު ވައްޓާލި ފަހުލަވާނުންގެ އަމީރަކު ބިންމަތިން ކޮށްޓަށް ފޯރާގޮތަށް ދަމާފައިވާ ތެޔޮ ފަށުގައި ހުޅުޖަހައެވެ. އަދި މުރުތައްދު އަނދާ ހުލިވާ މަންޒަރު ފެނިގެންދެއެވެ. މި ނުބައި މުޖުރިމުންގެ ޝިކާރައަކަށްވެ އަނދާ ހުލިވަމުންދާ މުސްލިމު މައިންނާއި ތުއްތު ކުދިންގެ ނުފެންނަކަމަށް ހެދިގެންތިބެ ފަޠުވާ ނުނެރިތިބި މުނާފިޤުންގަނޑު މިކަމަށް ފާޑުކިޔުމުގެ ކުރިން، އިސްލާމީ ޚިލާފަތުގެ ދަޥްލަތުން މިކަމުގެ ޙުކުމް ބަޔާންކޮށް ކަމާއިބެހޭ ޝަރުޢީ އިދާރާ [ދީވާނުލް ބުޙޫޘު ވަލްއިފްތާ] އިން ފަޠުވާއެއް ވަނީ ނެރުއްވާފައެވެ.

މުޢާޒާއި އޭނާފަދަ އެހެން ޕައިލަޓުންގެ ވައިގެ ޙަމަލާތަކުގެ ސަބަބުން، ދިރިތިއްބާ ބޮންއަޅާ ފިއްސާ އަންދާލާ ކުދިކުދިކޮށްލެވެމުންދިޔަ މުސްލިމު މައިންނާއި ދަރިންނަށް ކުރާ އަސަރު ނުކުރާމީހަކު، އޭނާގެ ހޭރުމަށް ހަމްދަރުދީވާނެއެވެ. މުސްލިމުންނާއި ދެކޮޅަށް ކާފަރުންނާއި އެކުވެރިވެ ވާގިވެރިވެ ހަނގުރާމަކުރަމުން އަންނަ [އިސްލާމީ ޤައުމުތަކުގެ] ނަމުގައިތިބި ޠާޣޫތީ ސަރުކާރުތަކުގެ ސިފައިންނާއި ފުލުހުން، އެބައިމީހުން ތިބި ބައިގަނޑުން ނުކުތުމުގެ ވަގުތު އަދިވެސް ނުޖެހެނީތޯއެވެ؟

ޙިޔާލު ހުށަހެޅުއްވުމަށް....

ޙިޔާލު

  1. އަލިފާނުން އަޒާބު ދެއްކުމަކީ ހަމަ އެކަނި ޖައްބާރުވަންތަ ﷲ ޞުބުޙާނަހޫ ވަތަޢާލާއަށް ލިބިގެންވަ ޙައްޤެއް
    narrated by Aboo Hamzah al-Aslamee (#2673) and Aboo Hurayrah (#2674) – may Allaah be pleased with them
    لا يعذب بالنار إلا رب النار

    “No one may punish using fire other than the Lord of the Fire (Allaah).”

  2. އަޅާ:..ޤިޞާސް ހިފުމުގަ އަލިފާނުން އަދަބު ދެވޭނެ..ނޭނގެންޏާމު ފުރަތަމަ ޤިޞާސް އަކީ ކޯންޗެއްތޯ ބަލަ..އަދި ޖުމްހޫރީ ޢިލްމުވެރިންގެ ފަތުވާއަކީވެސް ހަމަ އެއީ ..އަދި ބުނެލަން..ޢަލީ (ރޢ)ވެސް ވަނީ ބަޔަކަށް އަލިފާނުން އަދަބުދީފަ..އެހެންވީމާ ތިމާއަށް ޙަދީޘް އެއް އަދި ފެނިގެން އެއްކޮށް ނިންމާނުލާތި އެއީއޭ އެކަން އޮންނަ ގޮތަކީކިޔާފަ..

    1. ޤިޞާޞް ހިފުމަށްޓަކައި މި ޚަބަރު ގެނެސްދީފައިވާ ގޮތުން އެ ޕައިލެޓް މީހާ އެއްވެސް މީހެއްގެ މައްޗަށް ބޮން އަޅާފައިވާ ކަމެއް ވެސް ނުވަތަ މީހަކު ދިރިހުއްޓައި އަލިފާނުން އަންދާލައިވާ ކަމެއްވެސް އެނގޭކަށް ނެތް . އެނގެން އޮތީ އައްރައްޤާ މަތިން ބޮންތައް އޮއްސަން ދުއްވަނިކޮށް ޖެޓް ވައްޓާލީކަމަށް. ދެން ޤިޞާސް ހިފުންކަމަށްވާނެތޯ ބޮން އަޅައިގެން މެރި މީހަކަށް އަލިފާން އޭނާގައިގައި ރޯކޮށްގެން އެގޮތަށް މަރާލުމުން. . . ދެކޮޅުވެރިވަނީކީ ނޫން. . ހަމަ ސުވާލު އުފެދޭތީ ސާފުކުރަން ބޭނުންވަނީ . . . . އަޅުގަނޑުގެ އެދުމަކީ ވެސް ހަމަ ޙައްޤުގޮތުގައި ތިބި މީހުންނަށް ނަޞްރު ދެއްވުން . .

  3. އަޅާއަށް ބުނެލަންއޮތީ ތިޔަ ހަދީޘަކީ ބޭރުފުށުން މާނަނަގައިގެން ނިންމެން އޮތް ހަދީޘެއް ނޫން. އިބުނު ހަޖަރުމެންފަދަ ބޮޑެތި އިލްމުވެރިންނަށް ތިހަދީޘް ފަހުމްވިގޮތަކަށްނޫން އަޅާއަށް ތިއުޅެނީ ފަހުމްވެގެން. އެހެންވީމަ ކަންކަން ނޭނގެންޏާ ބަލައި ހޯދާ ދަސްކުރައްވާ. އިސްލާމްދީނުގަ ހަށިގަނޑުތައް އައިބުކޮށްހެދުންވެސް އާއްމުކޮށް މާނާ އައިސްފައިވޭ. އެކަމަކު އެކަންވެސް ޙާލަތްތަކުގަ ކުރައްވާފަ ހުރީ. ދެލޮލަށް ދޮންދަގަނޑު ޖަހާ ލޯ ކޮނެލާއިރު އައިބު ނުވާނެތޯ؟ ދަގަނޑު ދޮންކުރަނީ ގަނޑުފެނުންތޯ؟

  4. Can someone please explain to me wats goin on. I use to love all of the beheading things but here um confused and scared. Is this ok to burn a human alive . I would recommend my beloved brothers and sisters to explain it in another article cuzz honestly it’s giving me goosebumps

  5. And if you punish (your enemy, O you believers in the Oneness of Allah), then punish them with the like of that with which you were afflicted. But if you endure patiently, verily, it is better for As-Sabirin (the patient ones, etc.).

    {So whoever has assaulted you, then assault
    him in the same way that he has assaulted you}
    [Al-Baqarah: 194].
    further used as evidence the hadīth of the
    ‘Uranī men whose eyes were gouged out by
    the Prophet (sallallāhu ‘alayhi wa sallam) with
    heated iron [Al-Bukhārī and Muslim].

  6. މީސްމީހުން ބުނާގޮތުންނަމަ އަލިފާނުން އަދަބު ދެވޭނީ ހަމަ އެކަނި ﷲއަށް ކަން އެމީހުން ކޮންމެވެސް ދަލީލެއްވެސް ގެނޭ. މިގޮތަ ނަމާދު ކުރާމީހުނަށް ހަލާކުހުއްޓޭ އެއޮތްބައި ގެނެސްފަ ދެންއޮތްބައި ގެނެސް ނުދީފިނަމަ ދެންވެގެންދާނީ މިފަދައިން އަދިވެސް އެއްބައި އިތުރު ކޮށްލާނަން ހުކުން ވަނީ ހަމަ އެކަނި ﷲއަށް ކަން ބުނެދީފަ އޭގެ އަސްލު ކިޔައި ނުދީފިނަމަ އެއްވެސް އިންސާނަކަށް ﷲގެ ހުކުމަށް ހުކުމް ނުކުރެވޭނެނޫންތޯ
    މުރުޖިއައިންގެ ސަބަބުން މުޅި އިސްލާމީ ދަރިފަސްކޮޅަށް ކިހާބޮޑު ފިތުނަވެރިކަމެއް މިއޮތީލައިގަނެގެންފަ!