އަނބިދަރިން ރާއްޖޭގައި ބޭތިއްބުމަށްފަހު އިސްލާމީ ދައުލަތަށް ހިޖުރަކުރެވިދާނެތޯ؟

al_170215_hijrahالحمد لله، والصلاة والسلام على رسول الله، وعلى آله وصحبه ومن والاه، أما بعد:

ދެންފަހެ، މިރާއްޖޭގައި ތަންފީޒުކުރަނީ އިސްލާމީ ޝަރީޢަތް ނޫންކަމާއި އަދި މިތަނުގައި ހިނގަނީ އެއީ ކުފްރުގެ ޤާނޫނުތައްކަމާއި މެދު ހަމަބުއްދި ފިލާގޮސްފައިވާ ދެބަންދިހާރަކު މެނުވީ އިންކާރެއް ނުކުރާނެއެވެ. ދެބަސްނުނެވޭނެ ޙަޤީޤަތަކީ މިއީކަމުގައިވާއިރު ރާއްޖެއަކީ ދާރުލްކުފްރެއްކަން ނުވަތަ ކުފުރުގެ ދައުލަތެއްކަމާއިމެދު އެއްވެސް ޝައްކެއް ނެތެވެ. އެހެނީ ޝަރްޢީ އިޞްތިލާޙުގައި ދާރުލް ކުފްރުގެ ނަންދެވެނީ އެބިމެއްގައި ކުފްރުގެ ޙުކުމްތައް ހިނގާތަނެއްގައެވެ.

ރާއްޖެއަކީ ދާރުލް ކުފްރެއްކަމުގައިވެފައި، ދާރުލް އިސްލާމެއް މިހާރު ޢިރާޤާއި ޝާމްގައި ޤާއިމްވެފައިވާއިރު، މިރާއްޖެ ދޫކޮށް އެތަނަށް ހިޖުރާކުރާ އަޚުންތައް އެއަޚުންގެ އަނބިދަރިން، އެއީ އެއްއަހަރުނުވާ ދަރިން ކަމުގައިވިޔަސް، ގޮވައިގެން ދާދިއުމަކީ މުނާފިޤުންނަށް ހަޖަމުކޮށް ވިސްނައިގަންނަން އުނދަގޫކަމެއް ކަމުގައިވިޔަސް އެއީ ޝަރްޢުގައި ޙަރާމްކަމެކޭ ނުވަތަ އެއީ ކަންބޮޑުވާންޖެހޭ މައްސަލައަކަށް ވާންވީއެއްވެސް ޖާގައެއް ނެތެވެ. އެހެނީ ދާރުލް ކުފްރެއްގައި ޤާއިމްވެގެން ހުރި ކޮންމެ މުސްލިމަކަށްމެ ދާރުލް އިސްލާމްއަށް ހިޖުރަކުރުމީ، މުޝްރިކުންނާއި ވަކިވެ، އެބައިމީހުންނާއި އެކު ދިރިއުޅުން ދޫކޮށްލުމީ އެއީ ވާޖިބެކެވެ. އެހެނީ ޖަރީރް ބިން ޢަބްދިﷲ އަލްބަޖަލީގެ ޙަދީޘްގައިވާފަދައިން ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވެއެވެ.(أنا بريءٌ من كلِّ مسلمٍ يُقيم بين أَظْهُرِ المشركين)މާނައީ،“މުޝްރިކުންނާއި އެކު ޤާއިމްވެގެން ހުރި ކޮންމެ މުސްލިމެއްގެ ކިބައިން ތިމަންކަލޭގެފާނުވަނީ ބަރީއަވެގެންނެވެ.”

ފަހެ ދާރުލްކުފްރު ދޫކޮށް ދާރުލް އިސްލާމަށް ހިޖުރަކުރުމީ އެއްވެސް އިސްތިސްނާއެއްނެތި ކޮންމެ މުސްލިމެއްގެ މައްޗަށް ނައްޞުން ވާޖިބުވެގެންވާ ބޮޑުވެގެންވާ މާތް އަޅުކަމެކެވެ. އަދި ހިޖުރަކުރުމީ ހަމައެކަނި ދީނުގެ ޝިއާރުތައް ފާޅުކުރުމަށް ނުކުޅެދިފައިވާ މުސްލިމުންނަށް ވާޖިބު ވެގެންވާ އަދި ފާޅުކުރެވޭ މުސްލިމުންގެ މައްޗަށް މުސްތަޙައްބުވެގެންވާ އަޅުކަމެއްކަމުގައި ބުނުމަށް އެއްވެސް ޞަރީޙަ ދަލީލެއް ނެތެވެ. އަދި ހިޖުރަ ވާޖިބު ވުމުގެ ޢިއްލަތަކީ އެއީ މުސްލިމާއަށް އޭނާގެ ދީން ފާޅުކުރުމުގެ ކުޅަދާނަކަމުގެ މައްޗަށް ބިނާވެފައިވާ އެއްޗެއް ނޫނެވެ. އާދޭހެވެ! އެއީ އެމަތިވެރިވެގެންވާ އަޅުކަމުގެ ޙިކްމަތްތަކުގެ ތެރެއިންވާ އެއް ޙިކްމަތެވެ. އަދި އޭގެ ޙިކުމަތްތައް ގިނަގުނަވެފައި ބައިވަރެވެ. އޭގެ ތެރޭގައި ސައްދުއް ޛަރިއްޔާ، ނުބައިކަންތަކަމަށް އޮތް މަގު ބަންދުކުރުންވެސް ހިމެނެއެވެ. އަޞްލަކީ އޭއީ އަލްވަލާ ވަލްބަރާ، މި މަތިވެރިވެގެންވާ ޢަޤީދާގެ ތެރެއިން ވާކަމެކެވެ. އަދި އެހެންމެ ދާރުލް ކުފްރެއްގައި ހުރުމުގެ ފަސާދަތައް ބޮޑުވެގެންވެއެވެ. އުޅެން މިޖެހެނީ ކާފިރުންގެ ޙުކުމުގެ ދަށުގައެވެ. އެބައިމީހުންގެ ބާރުގެ ދަށުގައެވެ. ފަހެ މިއީ މުއުމިނަކަށް އެކަށީގެންވާ، އޭނާގެ ޢިއްޒަތާއި ޝަރަފަށް ލާއިޤުވެގެންނުވާ ކަމެކެވެ.
ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.

¢وَلَن يَجْعَلَ اللَّهُ لِلْكَافِرِينَ عَلَى الْمُؤْمِنِينَ سَبِيلًا£
އަދި، مؤمن ންގެ މައްޗަށް كافر ންނަކަށް އެއްވެސް މަގެއް اللَّه ނުލައްވާނެތެވެ.(އައްނިސާ:141)

ފަހެ، ހިޖުރަކުރާ އެއްވެސް ފިރިހެނަކަށް އޭނާގެ އަނބިންނާއި އޭނާގެ އައުލާދުން ގެންދިއުމުގެ ކުޅަދާނަކަން ލިބިގެންވާ ޙާލު، ދާރުލް ކުފްރުގައި ބަހައްޓާފައި، ދާރުލް އިސްލާމަށް ދިއުމަކީ އެއީ ހުއްދަވެގެންވާ ކަމެއް ނޫނެވެ. އެހެނެއްކަމަކު، އޭނާ އަށް ވާޖިބު ވެގެންވަނީ އޭނާއާއި އެކު އޭނާގެ އަނބިދަރިން ގެންދިއުމެވެ. އެހެނީ ފިރިމީހާއާއި އޭނާގެ އަނބިދަރިންގެ މަސްއޫލުވެރިޔާއެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވެއެވެ.(كلكم راع وكلكم مسئول عن رعيته)“ކޮންމެމީހަކީވެސް މަސްއޫލިއްޔަތު ތަކެއްހަވާލުކުރެވިފައިވާމީހެކެވެ. އަދި ކޮންމެމީހަކީވެސް އެމީހަކު ހަވާލުކުރެވިފައިވާ މަސްއޫލިއްޔަތާއިމެދު ސުވާލުވެވޭނޭ މީހެކެވެ.”

والله تعالى ވަޙީ ކުރައްވާފައިވެއެވެ.

¢يَا أَيُّهَا الَّذِينَ آمَنُوا قُوا أَنفُسَكُمْ وَأَهْلِيكُمْ نَارًا وَقُودُهَا النَّاسُ وَالْحِجَارَةُ عَلَيْهَا مَلَائِكَةٌ غِلَاظٌ شِدَادٌ لَّا يَعْصُونَ اللَّهَ مَا أَمَرَهُمْ وَيَفْعَلُونَ مَا يُؤْمَرُونَ£
އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ އަމިއްލަ نفس ތަކާއި، ތިޔަބައިމީހުންގެ أهل ވެރިން، ނަރަކައިން ސަލާމަތްކުރާށެވެ! އެ ނަރަކައިގެ ދަރަކީ، މީހުންނާއި ހިލައެވެ. އެ ނަރަކައިގެ މައްޗަށް (ބަނޑޭރިންކަމުގައި) ހަރުކަށި، އަދި ގަދަފަދަ ملائكة ންވެއެވެ. اللَّه، އެބޭކަލުންނަށް ކުރައްވާ أمر އަކަށް އެބޭކަލުން ނުއުރެދޭނެތެވެ. އަދި އެބޭކަލުންނަށް أمر ކުރައްވާކަންތައް އެބޭކަލުން ކުރައްވާނެތެވެ.(އައްތަޙްރީމް:6)

ދެންފަހެ، އަޅުގަނޑުމެންގެ ރިޖާލުންނަށް އޮތީ ﷲ ތަޢާލާ އަށް ޙައްޤުގޮތުގައި ތަޤްވާވެރިވުމެވެ. އަދި އޭނައާއި އޭނާގެ އަނބި ދަރިންނާއި އެކު ދާރުލް އިސްލާމަށް ހިޖުރަކުރުމަށް މަގު ކޮށުމަށް އޮތް ސަބަބުތަކުގައި ހިފުމެވެ. އެއީ މާލީގޮތުންނާއި، ޖިސްމާނީގޮތުންނާއި އަދި ރޫހާނީގޮތުންވެސް އެމަތިވެރި އަޅުކަން އަދާކުރުމަށް ތިމާގެ އަމިއްލަ ނަފްސާއި ތިމާގެ އަނބިދަރިން ތައްޔާރުކުރުމެވެ. އާއެކެވެ. ﷲ އަށް ވަކީލުކުރާ ޙާލުއެވެ. އެއީ އޭގެ ސަބަބުން ހިޖުރަ ލަސްވީކަމުގައި ވިޔަސް މެއެވެ.

¢وَمَن يَتَّقِ اللَّهَ يَجْعَل لَّهُ مَخْرَجًا وَيَرْزُقْهُ مِنْ حَيْثُ لَا يَحْتَسِبُ ۚ وَمَن يَتَوَكَّلْ عَلَى اللَّهِ فَهُوَ حَسْبُهُ ۚ إِنَّ اللَّهَ بَالِغُ أَمْرِهِ ۚ قَدْ جَعَلَ اللَّهُ لِكُلِّ شَيْءٍ قَدْرًا£
އަދި اللَّه އަށް تقوى ވެރިވާމީހާ (ދަންނާށެވެ!) އެކަލާނގެ އޭނާޔަށް ނުކުންނާނެ މަގެއް ދައްކަވާނެތެވެ. އަދި ހީވެސްނުކުރާފަދަ ގޮތްގޮތުން އެކަލާނގެ އޭނާޔަށް رزق ދެއްވާނެތެވެ. އަދި اللَّه އަށް وكيل ކުރާމީހާ (ދަންނާށެވެ!) ފަހެ، އޭނާޔަށް އެކަލާނގެ ފުދެއެވެ. ހަމަކަށަވަރުން، اللَّه އީ، އެކަލާނގެ أمر ފުޅު ހިންގަވައި، ފުރިހަމަކުރައްވާ އިލާހެވެ. ހަމަކަށަވަރުން، اللَّه ކޮންމެ އެއްޗަކަށް މިންވަރެއް ކަނޑައަޅުއްވާފައިވެއެވެ.(އައްޠަލާޤް:2)

އަދިވެސް އެއިލާހު ތަޢާލާ ވަޙީ ކުރެއްވިއެވެ:

¢وَالَّذِينَ جَاهَدُوا فِينَا لَنَهْدِيَنَّهُمْ سُبُلَنَا ۚ وَإِنَّ اللَّهَ لَمَعَ الْمُحْسِنِينَ£
ތިމަންއިލާހު މަގުގައި جهاد ކުރި މީހުން (ދަންނާށެވެ!) ހަމަކަށަވަރުން، އެއުރެންނަށް ތިމަންރަސްކަލާނގެ މަގުތަކަށް މަގު ދައްކަވާހުށީމެވެ. އަދި ހަމަކަށަވަރުން، اللَّه ވޮޑިގެންވަނީ، إحسان ތެރިންނާ އެކުގައިކަން ކަށަވަރެވެ.(އަލްޢަންކަބޫތު:69)

ދެންފަހެ، އެމީހެއްގެ އަނބިމީހާ ހިޖުރަކުރުމަށް ދެކޮޅުހަދައިފި ނަމަ އަދި ދާރުލްކުފްރުގައި ހުރުމަށް ރުހިއްޖެނަމަ އެމީހައްކަ އޮތީ އެއަންހެނާ ވަރިކުރުމެވެ. އަދި އެއަށް ފަހު އޭނާގެ ވެރި ރައްބުގެ ރުހިވޮޑިގަތުން އިސްކޮށް އޭނާގެ މައްޗަށް ވާ ވާޖިބު އަދާކުރުމަށްޓަކައި ހިޖުރަކޮށް އޭނާގެ އަޖުރު ﷲ ގެ ޙަޟްރަތުގައި ޘާބިތުކުރުމެވެ.

ﷲ ތަޢާލާ ވަޙީކުރެއްވިއެވެ:

¢وَمَن يُهَاجِرْ فِي سَبِيلِ اللَّهِ يَجِدْ فِي الْأَرْضِ مُرَاغَمًا كَثِيرًا وَسَعَةً ۚ وَمَن يَخْرُجْ مِن بَيْتِهِ مُهَاجِرًا إِلَى اللَّهِ وَرَسُولِهِ ثُمَّ يُدْرِكْهُ الْمَوْتُ فَقَدْ وَقَعَ أَجْرُهُ عَلَى اللَّهِ ۗ وَكَانَ اللَّهُ غَفُورًا رَّحِيمًا£
اللَّه ގެ މަގުގައި هجرة ކުރާ މީހަކަށް، ބިމުގައި هجرة ކޮށްއުޅޭނެ ގިނަތަންތަނާއި، ތަނަވަސްކަން ފެންނާނެތެވެ. އަދި، اللَّه އާއި، އެކަލާނގެ رسول އާއަށްޓަކައި هجرة ކުރާ حال، އެމީހެއްގެ ގެއިން ނުކުންނަމީހާ، ދެން މަރުއައިސް އެމީހަކު އަތުލާމީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އެމީހެއްގެ ދަރުމަ اللَّه ގެ حضرة ގައި ثابت ވެއްޖެއެވެ. ގިނަގިނައިން ފާފަފުއްސަވާ رحيم ވަންތަ ކަލަކު ކަމުގައި اللَّه ވޮޑިގެންވެއެވެ.(އައްނިސާ:100)

ފަހެ، އެމީހެއްގެ އަހުލުން ގޮވައިގެން ހިޖުރަކުރުމުގެ މަގު ތަނަވަސްވެފައި ނުވެ، އޭނާ އަމިއްލައަށް މަގު ތަނަވަސްވެފައިވާނަމަ، އަދި އޭނާއަށް އެމަގު ބަންދުވެދާނޭކަމުގެ ބިރު ހީވެއްޖެ މީހަކަށް އޮތީ އޭނާގެ އަނބިމީހާ ވަރިކުރުމެވެ. އެއީ އެކަނބުލޭގެގެ ޙައްޤުން އޭނާ މަރްޙޫމު ނުކުރުމަށްޓަކައެވެ. އަދި އޭނާއަށް އޮތީ އެއަށްފަހު އޭނާގެ މައްޗަށް ވާ ވާޖިބު އަދާކުރުމަށްޓަކައިއާއި ޙަރާމުން ނިކުތުމަށް ހިޖުރައަށް އަވަސްވެގަތުމެވެ. އެހެނީ ދީން ރައްކާތެރިކުރުމުގެ މަޤްޞަދު، ޢިރުޟާއި ނަސްލާއި މާލު ރައްކާތެރިކުރުމުގެ މަޤްޞަދަށްވުރެ އިސްވެގެންވެއެވެ. ފަހެ، ޞަޙާބީންވަނީ އެބޭކަލުންގެ މުދަލާއި އެބޭކަލުންގެ އަހުލުންދޫކޮށް ހިޖުރަ ކުރައްވާފައެވެ. އަދި ހަމައެހެންމެ، މުއުމިނުންގެ މައްޗަށް ﷲ ޖިހާދު ލިޔުއްވާފައިވާއިރު އެބައިމީހންގެ އަނބިންނާއި ދަރިންނަކީ އެއީ އެޖިހާދުން އެއްކިބާވުމަށް އޮތް ހުރަހެއްކަމުގައި އެއިލާހު ތަޢާލާ ނުލައްވައެވެ. އެހެންކަމުގައިވާއިރު، ޖިހާދަކީ ޢައިނިއްޔަ ފަރްޟުކަމަށްވާއިރު ޙާލުއޮތީ ކިހިނަކުންތޯއެވެ؟
އެއިލާހު ތަޢާލާ ވަޙީކުރެއްވިއެވެ:

¢قُلْ إِن كَانَ آبَاؤُكُمْ وَأَبْنَاؤُكُمْ وَإِخْوَانُكُمْ وَأَزْوَاجُكُمْ وَعَشِيرَتُكُمْ وَأَمْوَالٌ اقْتَرَفْتُمُوهَا وَتِجَارَةٌ تَخْشَوْنَ كَسَادَهَا وَمَسَاكِنُ تَرْضَوْنَهَا أَحَبَّ إِلَيْكُم مِّنَ اللَّهِ وَرَسُولِهِ وَجِهَادٍ فِي سَبِيلِهِ فَتَرَبَّصُوا حَتَّىٰ يَأْتِيَ اللَّهُ بِأَمْرِهِ ۗ وَاللَّهُ لَا يَهْدِي الْقَوْمَ الْفَاسِقِينَ£
ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުންގެ މައިންބަފައިންނާއި، ދަރިންނާއި، أخ ންނާއި، އަނބިންނާއި، ގާތްތިމާގެ މީހުންނާއި، ތިޔަބައިމީހުން ހޯދާފައިވާ މުދާތަކާއި، ގެއްލުންވެދާނެކަމަށް ތިޔަބައިމީހުން ބިރުގަންނަ ވިޔަފާރިއާއި، ތިޔަބައިމީހުން ހިތްރުހޭ ގެދޮރާއި (މިހުރިހައި ތަކެތި) اللَّه އާއި، އެކަލާނގެ رسول އާއާއި، އެކަލާނގެ މަގުގައި جهاد ކުރުމަށްވުރެން، ތިޔަބައިމީހުންނަށް ލޯބިވެތި ކަމުގައިވާނަމަ، اللَّه ގެ އަމުރުފުޅު އަތުވެއްޖައުމަށް ދާނދެން ތިޔަބައިމީހުން ބަލަބަލައި ތިބޭށެވެ! فاسق ވީ މީހުންނަށް، اللَّه ތެދުމަގެއް ނުދައްކަވާނެތެވެ.(އައްތަޥްބާ:24)

ދެންފަހެ ކޮންމެ މީހަކަށްވެސް އޮތީ މަސައްކަތް ކުރުމެވެ. ތަވްފީޤު ދެއްވާނީ ﷲ އެވެ. ހިޖުރަކުރުމުގެ މަގު ތަނަވަސްވުމަށް އޮތް އެއްވެސް އަސްބާބެއްގައި ނުހިފާ ހުންނަ މީހާ ދަންނާށެވެ. އޭނާ އެގޮތުގައި މަރުވެއްޖެ ނަމަ އޭނާ އެމަރުވީ ބޮޑު ފާފައެއްގެ މަތީގައެވެ. ނަމަވެސް މަސައްކަތްކުރުމަށްފަހު ހިޖުރަކުރުމަށް ނުކުޅެދުނު މީހަކަށް އެއްވެސް ފާފައެއް ނެތެވެ.
ﷲ ތަޢާލާ ވަޙީކުރެއްވިއެވެ:

¢إِنَّ الَّذِينَ تَوَفَّاهُمُ الْمَلَائِكَةُ ظَالِمِي أَنفُسِهِمْ قَالُوا فِيمَ كُنتُمْ ۖ قَالُوا كُنَّا مُسْتَضْعَفِينَ فِي الْأَرْضِ ۚ قَالُوا أَلَمْ تَكُنْ أَرْضُ اللَّهِ وَاسِعَةً فَتُهَاجِرُوا فِيهَا ۚ فَأُولَٰئِكَ مَأْوَاهُمْ جَهَنَّمُ ۖ وَسَاءَتْ مَصِيرًا. إِلَّا الْمُسْتَضْعَفِينَ مِنَ الرِّجَالِ وَالنِّسَاءِ وَالْوِلْدَانِ لَا يَسْتَطِيعُونَ حِيلَةً وَلَا يَهْتَدُونَ سَبِيلًا .فَأُولَٰئِكَ عَسَى اللَّهُ أَن يَعْفُوَ عَنْهُمْ ۚ وَكَانَ اللَّهُ عَفُوًّا غَفُورًا£
ހަމަކަށަވަރުން އެއުރެންގެ نفس ތަކަށް އަނިޔާވެރިވެގެން ތިބޭ حال ގައި، ملائكة ން، އެއުރެންގެ މަރު ހިއްޕަވާ މީހުންނަށް ވިދާޅުވާނެތެވެ. ތިޔަބައިމީހުން އުޅުނީ ކޮންގޮތެއްގައިހޭ؟ އެއުރެން ދަންނަވާނެތެވެ. ތިމަންމެންވީ، ބިމުގައި ނިކަމެތިކަން ލިބިގެންވީ ބަޔަކު ކަމުގައެވެ. އެބޭކަލުން ވިދާޅުވާނެތެވެ. ތިޔަބައިމީހުން، އެ ބިމުގައި هجرة ކުރުމަށް اللَّه ގެ ބިން ތަނަވަސްވެގެންނުވޭހޭ؟ ފަހެ (قيامة ދުވަހުން) އެއުރެން ތިބެނިވި ތަނަކީ ނަރަކަޔެވެ. އެއީ، ނުބައިވެގެންވާ ނިމިދިޔުމެކެވެ. (هجرة ކުރާނެ) ގޮތެއްގެ ކުޅަދާނަކަން ލިބިގެންނުވާ، އަދި، (هجرة ޔަށް) ދާނެމަގެއް ފެނިފައިނުވާ ނިކަމެތި ފިރިހެނުންނާއި، އަންހެނުންނާއި، ކުޑަކުދިން މެނުވީއެވެ. އެއުރެންގެ ކިބައިން اللَّه، عفو ކުރެއްވުން ގާތްވެގެންވެއެވެ. ގިނަގިނައިން عفو ކުރައްވާ، ގިނަގިނައިން ފާފަފުއްސަވާ ކަލަކުކަމުގައި اللَّه ވޮޑިގެންވެއެވެ.(އައްނިސާ:97-99)

والله عزَّ وجلَّ أعلَى وأعلم، وصلى الله على نبيِّنا محمَّدٍ وعلى آله وصحبِهِ وسَلَّم.

ޙިޔާލު ހުށަހެޅުއްވުމަށް....

ޙިޔާލު

  1. يا أبا منذر، اذهب فتتعلم الفرق بين القبور والغبور ثم نتكلم في “الغبور” التي تهمك هنا آنفا، أو أفضل لك التكلم بلغتك حتى لا يرى الناس جهلك. هو ليس بعيب، صدقني!! إلا إن كنت مريدا بها الرياء. هداك الله وعافاك.

    1. ޖިނާ، ޙައްޤަކީ ވަކި ނަމެއްގެ މައްޗަށް ލިބިފައިވާ ތަރިކައެއްނޫން، ޙައްޤަކީ ޤުރުއާނާއި ސުންނަތުގެ މަތީގައި ދެމިތިބޭ ބައިގަނޑު، އެހެންވެ ސަލަފުން ވިދާޅުވަނީ، ޙައްޤު ދެނެގަތުމަށް “ޙައްޤުގެ އަހުލުވެރިން” ނުހޯދާށޭ، އެހެނަސް ޙައްޤު ޤުރުއާނާއި ސުންނަތުގެ މިންގަނޑުން ހޯދާށޭ، ދެން ތިބާއަށް ޙައްޤުގެ އަހުލުވެރިން އެނގޭނެއޭ…