ތަޥްޙީދާއި ޝަރްޢީ އެހެނިހެން ޢިލްމުތަށް އުނގަންނައި ދިނުމަށް އާންމުންނަށް ޚާއްޞަކޮށްގެން ޢިލްމީ ދައުރާތަކެއް ބާއްވައިފި

2_copy_smallތަޥްޙީދާއި އަދި މުސްލިމާ ކޮންމެހެން ދަންނަންޖެހޭ ޝަރްޢީ އެހެނިހެން ޢިލްމުތަށް އުނގަންނައިދިނުމަށް އާންމުންނަށް ޚާއްޞަކޮށް ވިލާޔަތުލް ޚައިރުގައި ދައުލަތުން ޢިލްމީ ދައުރާތަކެއް ބާއްވާފިއެވެ.
މިސްކިތްތަކާއި އަދި އަވްޤާފާއިބެހޭ އިދާރާއިން ބޭއްވި މިދައުރާތަކުގައި ވިލާޔަތުލް ޚައިރުގެ ގިނަ އާންމުންތަކެއް ބައިވެރިވެ މިމަޝްރޫޢުއަށްވަނީ އާންމުންގެ ބޮޑު ތަރުހީބެއް ލިބިފައެވެ.
މިންބަރުލް އިޢުލާމީ އަލްޖިހާދީއިން މަޢުލޫމާތު ލިބިފައިވާގޮތުގައި މިދައުރާގައި އާންމުންގެ އެކި ގިންތީގެ މީހުންނާއި އެކި އުމުރުފުރައިގެ މީހުންވަނީ ބައިވެރިވެފައެވެ. މިގޮތުން އެފަރާތުން ހާމަކުރާގޮތުގައި ޑަކްޓަރުންނާއި، އައިޓީ ދާއިރާގައި މަސައްކަތްކުރާ މީހުންނާއި، ވިޔަފާރިވެރިންނާއި، ގެރިބަކަރި ގެންގުޅޭ މީހުންނާއި އަދި ތަފާތު އެކިއެކި ދާއިރާތަކުގެ މީހުންވަނީ ބައިވެރިވެފައެވެ.
މިދައުރާތަކަށްފަހު ބައިވެރިންގެ ފެންވަރު ބެލުމުގެ ގޮތުން އިމްތިޙާންތަކެއްވެސްވަނީ ބާއްވާފައެވެ. މިންބަރުން ބުނާގޮތުގައި ބައިވެރިވި ގިނަ ފަރާތްތަށްވަނީ އިމްތިޚާންތަކުން ރަނގަޅު ނަތީޖާތަކެއް ހޯދާފައެވެ.

ޙިޔާލު ހުށަހެޅުއްވުމަށް....