އަބޫ ޣުރައިބު ޖަލުގެ ޞަފްޙާތަކުން ޞަފްޙާއެއް

ޢިރާޤުގެ ނޫސްވެރިޔާ، ޙުސައިން އަލްމަޢާޟީދީ
ޢިރާޤުގެ ނޫސްވެރިޔާ، ޙުސައިން އަލްމަޢާޟީދީ

އިސްލާމީ ޚިލާފަތު ރުޖޫޢަވުމުން، ހުޅަނގުގެ ކާފަރުންނާއި، މެދުއިރުމައްޗާއި އަދި އެނޫނަސް ނަމުން މުސްލިމު ސަރުކާރުތަކުގެ ލޭބަލް ޖަހައިގެން ތިބި ޠާޣޫތީ ދަޥްލަތްތަކުން، ޚިލާފަތުގެ ލޯބި މީސްތަކުންގެ ހިތްތަކުގައި އާލާވެ އެކަމަށް އެދިދާނެކަމުގެ ބިރަށްޓަކައި، މީޑިއާ އަދި ނޫސްމަޖައްލާތަކާއި އެހެނިހެން ޚަބަރު ފަތުރާ ވަޞީލަތްތައް ބޭނުންކޮށްގެން، ޚިލާފަތުގެ މައްޗަށް ރޯ ބުހުތާނު ދޮގުތައް ފަރުތަން މަސައްކަތްކުރަން ފެށިއެވެ.

ނަތީޖާއެއްގެ ގޮތުން، ހުޅަނގުގެ ޚަބަރުތަކަށް ބަރޯސާވެ ޤަބޫލުކުރާ އުނި ސިކުނޑިތަކުން އެ ވާހަކަތަށް ތެދުކުރިއިރު، ދުވާލުހާ ސާފުކޮށް އެމީހުންގެ ދޮގުވެރިކަން ފަޅާއަރަމުންދާ ދިއުމަށް ހޭ ޖެހިފައިވާ މީހުން އެކަންކަން ބަލައެއް ނުގަތެވެ. އެއާއި ޚިލާފަށް، ޚިލާފަތުގެ ޚަބަރުތައް އަމިއްލައަށް ދިރާސާކުރަން އިށީނުމުގެ އިތުރުން، ނުވިތާކަށް ޚިލާފަތުގެ ބިމަށް ދަތުރުކުރަންވެސް ފެށީއެވެ.

ހުސައިނުލް މަޢާޟީދީއަކީ މިފަދަ އެކަކެވެ. ހަނގުރާމައިގެ ޚަބަރުތައް ދިރާސާކުރާ ނޫސްވެރިއެއްގެ އިތުރުން ފޮތްވެސް ލިޔާ މުއައްލިފެކެވެ. އަލްޖަޒީރާ، އެންބީސީ، އޭއެޕްޕީ، އަލްޢަރަބިއްޔާ އަދިވެސް އިތުރު ނޫސްތަކަށް މަސައްކަތްކޮށްފައިވާ މި ނޫސްވެރިޔާއަކީ 2003 ވަނަ އަހަރު ޢިރާޤުގެ ހަނގުރާމަ ފެށުނުއިރު، އެންބީސީ ޚަބަރުގެ ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތްކުރަމުން ދަނިކޮށް، އެމެރިކާ ސިފައިން އޭނާ ހައްޔަރުކޮށް، އެއްވެސް ކޯޓު މަރުޙަލާއަކަށް ނުގޮސް 200 އަހަރުގެ ޖަލު ޙުކުމެއް އިއްވިގެން ދިޔަމީހެކެވެ. ކާފަރުންގެ އެ ޙުކުމުން ﷲ އޭނާ ސަލާމަތްކޮށްދެއްވި ނަމަވެސް، 361 ދުވަސް އޭނާ ހޭދަކޮށްފައިވަނީ ޢިރާޤުގެ އެކިއެކި ޖަލުތަކުގައްޔާއި އަދި ނުބައިކަމާއި އަނިޔާވެރިކަމަށް މަޝްހޫރު [އަބޫ ޣުރައިބު] ޖަލުގައެވެ.

ހީވެސް ނުކުރާގޮތަކަށް އޭނާ އެތަނުން މިންޖުކުރެއްވުމުން، [ނަރަކައިގައި 361 ދުވަސް] ގެ ނަމުގައި އޭނާގެ ޙަޔާތުގެ އަނދިރި ޞަފްޙާތައް ބަޔާންކޮށް ފޮތެއްވެސް ލިޔުނެވެ. އޭގެ ފަހުގައިވެސް، އެމެރިކާއަށް ބަސް އެއްލަމުން ދިއުމާއެކު، 2007 ވަނަ އަހަރު ޢިރާޤު ދޫކޮށް ދިއުމަށް އޭނާއަށް މަޖުބޫރު ކުރެވުނެވެ. އޭގެ ފަހުގައި އޭނާގެ ދެ ފިރިހެން ކުދިންނާއިއެކު އޭނާ ދިރިއުޅެމުން ގޮސްފައިވަނީ ފިންލޭންޑުގެ ރައްޔިތެއްގެ ގޮތުގައެވެ.

2013 ވަނަ އަހަރު ނޫސްވެރިޔަކު ކުރި ސުވާލުތަކަށް ޖަވާބުދެމުން، އޭނާގެ ޙަޔާތުގެ އަނދިރި ޞަފްޙާތައް ކުޑަކުޑަކޮށް ކިޔައިދީފައިވެއެވެ. އޭނާ ބުނިގޮތުގައި، އެމެރިކާ ސިފައިން އޭނާ ހައްޔަރުކުރުމުން، ހީވެސް ނުކުރާ އެތައްކަމެއް ތަޙައްމަލްކުރަން ޖެހުނެވެ.

[އެމީހުން އަހަންނާމެދު ކަންތައްކުރަމުން ދިޔައީ ޖަނަވާރެއްހެން! ޙަޤީޤަތަށް ބުނަންޏާ، އެމީހުން އަހަންނާމެދު ކަންތައްކުރަމުން ދިޔައީ އަހަންނަކީ ދެން އެއްވެސް އެއްޗަކަށް ނުވާހެން! އެެހެންމިބުނީ، ޖަނާވަރުންނަށްވެސް ކޮންމެވެސް އަގެއްވޭ. އެމީހުން އަހަންނަށް ކުޅަ ކަންކަމާއި އަހަންނަށް ފެނުނު ކަންކަމުގެ ސަބަބުން އަހަރެންގެ ނަފްސުދެކެ ނަފްރަތުކުރުމަށާއި އަދި އަހަރެން އުފަންވިކަމަށްޓަކައިވެސް ނަފްރަތުކުރުމަށް އަހަންނަށް މަޖުބޫރުކުރުވި. އެހެންމީހުނާއިމެދު އެމީހުން ކަންތައް ކުރީ އަހަންނާއި މެދު ކަންތައްކުޅަ ގޮތަށްވުރެ މާ ނުބައިކޮށް. އެމީހުން އަހަރެންގެ ކުރިމަތީގައި އެފަދަ ގޮތްގޮތަށް ކަންތައްތައް ކުރީ ސައިކޮލޮޖިކަލް ގޮތުން އަހަންނަށް ބިރުދެއްކުމަށްޓަކައި. އެހެންވީމަ އެކަންކަން އަހަރެން ބެލުމަށް އެމީހުން ބޭނުންވި!]

އެމެރިކާ ސިފައިންގެ ވާހަކަ ކިޔައިދެމުން އޭނާ ބުނަމުން ދިޔައެވެ. ތަރުޖަމާ ކޮށްދޭން ޢަރަބިން ތިއްބެއްކަމަކު، ހުރިހާ ކަމެއް ކުރަނީ އެމެރިކާނުންނެވެ. ވަކި މީހަކު އައިސް އަނިޔާ ކުރަނީކީއެއްވެސް ނޫނެވެ. ގާޑުންނަށާއި ސިފައިންނަށްވަނީ މަތިން އެކަންކަމަށް އޯޑަރު ދެވިފައެވެ. ބައެއްފަހަރު އިސް އޮފިސަރުން ޚުދު އަމިއްލައަށް އައިސް އަނިޔާކޮށް ހެދިއެވެ. އެންމެ ފުރަތަމަ ހައްޔަރުކުރެވުނު ދުވަހުވެސް ހުރިހާ ނޫސްވެރިންގެ ކުރިމަތީގައި ޙުސައިންގެ ގައިގައި ތަޅަމުން ގެންދިޔައެވެ. އޭގެ ފަހުގައި ޢިރާޤުގެ ޕާލަމަންޓު ޢިމާރާތުގެ ބިމުއަޑީގައި ހުންނަ ތަނަކަށް ގެންގޮސް ވަރަށް ތެޅިއެވެ. އަދި ސިފައިންގެ ކުއްތާތައް ފޮނުވާ ދަތް އަޅުވާވެސް ހެދިއެވެ. އޭގެ ފަހުގައި [ރޫޙު ޖަލު] ގެ ނަމުން މަޝްހޫރުވެފައިވާ ޖަލަށް ގެންދެވުނެވެ. އަދި އެއަށްފަހުގައި [ޢިރާޤުގެ ޤުއަންޓަނާމޯ] ގެ ނަންދެވިފައިވާ [އައްސުޖޫދު ޕެލެސް] ޖަލަށް ގެންދެވުނެވެ.

[އެތަނުގައި އަހަރެންގެ ލޯ ކުރިމަތީގައި އަންހެންވެރިން ރޭޕުކޮށް ހެދި! އަހަރެން އޮރިޔާންކޮށް ޖަނަވާރުންނަށް ހެދިފައިވާ ކޮށްޓަކަށް އަހަރެން ވެއްދި! އަދި ދޮގުބުނާމީހުން ދެނެގަންނަ މެޝިނަކަށް އަހަރެން ގުޅައި، އަހެރެން ނުވެސް ކުރާކަންކަމަށް އެއްބަސް ކުރުވާވެސް ހެދި! އަދި މިއީ އަބޫ ޣުރައިބު ޖަލަށް އަހަރެން ގެންދިއުމުގެ ކުރިން. އަބޫ ޣުރައިބުގައި ވީ ކަންތަކުގެ ވާހަކަ ދައްކަންވެއްޖެނަމަ، ކަލޭގެ އިސްތަށިގަނޑު ނުރަ ވެދާނެ! އެއީ އެތަން ވަރަށް.. ވަރަށް.. ބުއްދިފިލައިދާވަރުވޭ!]

އަލްމަޢާޟީދީ ބުނިގޮތުގައި، އަބޫ ޣުރައިބުގެ ޖަލަކީ އޭނާ ހޭދަކުރި ދުވަސްތަކުގައި އޭނާއަށް ކުރިމަތިވި އެންމެ ނުބައި ޖަލެވެ. އަބޫ ޣުރައިބު ޖަލަށް ގެންދިއުމަށްފަހު އޭނާއަށް ދިމާވި ކަންކަން ވަރަށް ކުރުގޮތަކަށް ކިޔައިދިނެވެ.

[އެމީހުން އަހަރެންގެ ހެދުންތައް ބޭލި! އަދި އަހަރެންގެ އަތައި ފައި ބަނުމަށްފަހު، މޫނު މައްޗަށް ކުޑަކަމުދިޔަ! އެމީހުންބުނި، އަހަރެން ފެންބޯން ބޭނުންނަމަ، އެމީހުންގެ ކުޑަކަމުދާ ތަކެތި ބޯށޭ! އެމީހުން ކުނިބުންޏާއި އަދި ބޮޑުކަމުދާ ތަކެތި އަހަރެންގެ ގަޔަށް އުކާހެދި! އެހެނަސް، އެހެންމީހުންނަށް ދިމާވި ކަންކަން މާ ނުބައިކަން ބޮޑު. އަހަންނަށް ކުރި ކަންކަމަށްވުރެ، އެކަންކަމުގެ ސަބަބުން އަހަންނަށް ކުރި އަސަރު ބޮޑު. ކަލޭގެ ކުރިމަތީގައި އަންހެނަކާއި ކުޑަކުއްޖަކު ރޭޕުކޮށްލެވޭއިރު، ކަލެއަށް ކުރެވޭނީ ކޮން އިޙްސާސެއް؟ ކޮންކަމެއް ކުރެވެން އުޅޭނީ؟ އެހެނެއްކަމަކު، އެއްވެސް ކަމެއް ކަލެއަށް އެމީހުންނަކަށް ކޮށްނުދެވޭނެ! ކަލޭ ކަލޭގެ ނަފްސު ދެކެ ނަފްރަތުކުރަން ފަށާނެ! ކަލޭ ކަލޭގެ ދިރިއުޅުންދެކެ ނަފްރަތުކުރާނެ! އިންސާނިއްޔަތުދެކެ ނަފްރަތުކުރާނެ! އެހެނީ، މިގޮތަށް އެހެންމީހުންނަށް އިހާނެތިކޮށްހިތާ އިންސާނަކަށް، އިންސާނެކޭ ބުނުމުގެ ޙައްޤު ލިބިގެނެއްނުވޭ!]

އަބޫ ޣުރައިބުގެ ޖަލުން ލީކުވި އެމެރިކާ ސިފައިންގެ މުޑުދާރު އަނިޔާވެރިކަމުގެ ފޮޓޯތަކަކީ އެތަނުގައި ކުރި ކަންކަމުގެ އަދި ހަމަ އެންމެ %5 ކަމުގައި ޙުސައިން ބުނެއެވެ. އޭނާ ޞިފަކުރާގޮތުގައި، މިފަހުގެ ޤަރުނުތަކުގައި ހިނގި އެންމެ ނުބައިކަން ހިނގިތަނަކީ އެއީއެވެ. ޙުސައިން އޮތް ޖަލު އެޕާޓްމަންޓުގައި، އޭނާގެ އިތުރުން 68 އަންހެނުން އޮތެވެ. ކުރިމަތީގައި އޮތް ގޮޅީގައި އޮތް އަންހެންމީހާގެ ޢުމުރުން 70 އަހަރެވެ.

[ބައެއް ފަހަރު އެމެރިކާ ސިފައިން ބޭނުންވާ މީހާ އަތުނުޖެހުމުން، އޭނާގެ ބަދަލުގައި އޭނާގެ އަންހެނުން، ނުވަތަ ދަރިފުޅު، ނުވަތަ މައިންބަފައިން ހައްޔަރު ކޮށްގެން ގެނޭ! އާއިލާގެ މީހުން ގެނެސްގެން، މި އުކުޅު ބޭނުންކޮށްގެން އެމީހުން އަމިއްލައަށް ޙަވާލުވޭތޯ އެމީހުން ތިބޭ! ހަނގުރާމައިގަވެސް ކޮންމެވެސް ވަރެއްގެ އުޅުމެއް ހުންނަންވާނެ! އެކަމަކު ޢިރާޤުގައި ހިނގި ހަނގުރާމައިގައި އެފަދަ އެއްވެސް އުޅުމެއް އަދި އަޚްލާޤެއް ނެތް! މިސާލަކަށް ބުނާނަމަ، އެމެރިކާ ސިފައިންނަށް ޙަމަލާއެއް ނުވަތަ މަގުތައްމަތީގައި ބޮމެއް ގޮއްވާލައިފިނަމަ، އެމީހުން މުޅި އެ ސަރަޙައްދު ބަންދުކޮށްލާނެ. އަދި މަގުތަކުގައި ތިބި ކުޑަކުދިންނަށް ދާންދެން ހައްޔަރުކޮށްގެން ގެންދާނެ… އެކުޑަކުދިންނެއް ވަކި އަނިޔާއަކުން ސަލާމަތެއް ނުވޭ! އެކުދިންނަށްވެސް އަނިޔާތައް ދެވުނު. ކުޑަކުދިންވެސް ރޭޕުކުރި އަދި އަންހެންކުދިން ރޭޕުކުރެވެނީ އެކުދީންގެ މައިންގެ ކުރިމަތީގައި. 11 އަހަރުގެ އަންހެން ކުއްޖަކު އޭނާގެ މަންމަގެ ކުރިމަތީގައި 4 ސިފައިން ވެގެން ރޭޕުކޮށްލި! ރޭޕްކޮށް ނިމުމުން އެކުއްޖާއަކަށް ނޭނގުނު އޭނާއަށް ވީގޮތެއްވެސް. (ހެޔެއް ނުހުރޭ) ދެން އަންހެންކުއްޖާ އޭނާގެ މަންމަގެ ގާތުގައި އެހި. “ކީއްވެގެން ތިޔަ ރޮނީ؟ އަހަރެންގެ ބައްޕަ މަރުވީތަ ނޫނީ ކިހިނެއްވީތަ؟”]

އަބޫ ޣުރައިބަށް ޙުސައިން ވެއްދިއިރު، އޭނާގެ ޢަދަދަކީ 153000 އެވެ. މާނައަކީ އޭނާގެ ކުރިން ދޮޅު ލައްކައެއްހާ މީހުން އެ ޖަލަށްވަނީ ވަދެފައެވެ. ބައެއްމީހުން އަނބުރާ ނުކުތްް ނަމަވެސް، އަނެއްބައެއްގެ ކަށްވަޅެއްކަމުގައި އެތަން ވަނީ ވެފައެވެ. [އަހަރެމެން މި ޖަލު ތައްޔާރުކުރީ، ޢިރާޤުގެ އެންމެން ގެނެސް ތަޙްޤީޤުކުރުމަށްޓަކައި!] އެމެރިކާގެ ޢަސްކަރީ ޖާސޫސީ އިދާރާގެ އިންވެސްޓިގޭޓަރަކު ބުނި ބުނުން އޭނާގެ ހިތުން ފިލައި ނުދެއެވެ. ޢިރާޤުގެ ކޮންމެ އާއިލާއަކުން މީހަކު ހައްޔަރުވެ ނުވަތަ ޤަތުލްވެ ގޮސްފައިނުވާ އާއިލާއެއް ނުވާނެއެވެ. ޙުސައިންގެ އާއިލާގެ 4 ބެއިންވެސް އެކި ފަހަރުމަތިން ހައްޔަރުކޮށްފައިވެއެވެ.

ޙުސައިން ބުނާގޮތުގައި، އެމެރިކާ ސިފައިން ޢިރާޤުން ފޭބީ ހަމައެކަނި ގަނޑަކުންނެވެ. ޢިރާޤުގެ އެމެރިކާ އެންބަސީގައި އެކަނިވެސް 16000 މުވައްޒަފުން މަސައްކަތްކުރެއެވެ. ޢަސްކަރީގޮތުން އެމެރިކާނުން ފޭބިނަމަވެސް، ސިޔާސީގޮތުން ތަން ހިންގާ ބަޔަކީ އެމެރިކާއެވެ. ނަމަވެސް އަދި ކޮންމެވެސް ދުވަހަކުން ޢިރާޤު މިނިވަންވާނޭ ކަމަށް ޙުސައިން އުއްމީދުކުރެއެވެ. ޙުސައިނުގެ ޖިސްމާނީގޮތުން ފެންނަންހުރި ޒަޚަމްތައް ރަނގަޅުވިއެއް ކަމަކު، ހިތުގައި ޖެހިފައިވާ ޒަޚަމްތަކެއް ރަނގަޅެއް ނުވާނެކަމަށް އޭނާ ބުންޏެވެ.

ޒަޚަމްތަކަކީ ރޫޙާނީ ފެންވަރުގައި ލިބިފައިވާ ޒަޚަމްތަކެއް. ކަލޭމެންނަށް އަހަރެންނަކީ ޞިއްޙަތު ރަނގަޅު މީހެއްގޮތުގައި ފެނިދާނެ. އެކަމަކު އަހަރެންގެ އެތެރޭގައިވާ ޒަޚަމްތައް ހުރީ ވަރަށް ފުންކޮށް. އެއީ، ހިނގި ކަންކަން ހަނދާންވާ ކޮންމެ އިރެއްގައި، އެހެންމީހުންދެކެ ނަފްރަތު ކުރުމުގެ ކުރީން، އަހަރެން އަހަރެންގެ އަމިއްލަ ނަފްސުގެ މައްޗަށް ނަފްރަތުކުރަން!

ޙިޔާލު ހުށަހެޅުއްވުމަށް....

ޙިޔާލު

  1. އޭ މިކަންކަމަށް ޣާފިލުވެފައި ތިބި ދިވެހިންނޭވެ. ކަލޭމެން ތިޔަބުނަނީ އަހަރެމެންނަކީ 100% މުސްލިމުން ކަމުގައެވެ. ތިޔަކުރާ ދައުވާގެ ދޮގުކަން ބޮޑުކަމާއެވެ. ދީނުގެ ހައްޤުގައި ކަލެއަށް ލިބުނީފަހެ ކޮން އަނިޔާއެއްޔެވެ؟ ދީނުގެ ޙައްޤުގައި އެއްވެސް ޖަލަކަށް ވަންނަން ޖެހުނުހެއްޔެވެ؟ އެންމެ ކުޑަމިނުން އެއްފަހަރު ނަމަވެސް ހައްޔަރުކުރެވުނު ހެއްޔެވެ؟ ނިކަން ދެކިބަލާށެވެ! އަނިޔާލިބުނު މީހުންގެ ވާހަކަ މިހެރަ ހުށައެޅެނީއެވެ. މާމައެއް! މަންމައެއް! ބޮޑުދައިތައެއް! ދަރިއެއް! އުޚުތެއް! އެމީހުނަށް ކުރެވިފައިމިވާ ލާއިންސާނީ އަނިޔާގެ ސަބަބަކީ ކޮބާއެއްޔެވެ؟ އެއީ އެމެރިކާނުންނެވެ. އިޒުރޭލުގެ ބައްޕައެވެ. އިޒުރޭލަށް ރުޅިއަރާ ބަޔަކު، އެމެރިކާއަށް ރުޅިނޭރުމަކީ ބޮޑު މައްސަލައެކެވެ.

  2. އެމެރިކާގެ އަނިޔާވެރިކަން އެއްބަޔަކަށްެވެސް އޮޅިފައެއް ނުވެއެވެ. ނަމަވެސް މުސްލިމުންގެ ޙަޤިޤީ މަޤާމުގައި އުޅުމުގެ ހިތްވަރު ނެތި ޣާފިލުވެފައި ވަނީއެވެ.