ޚިލާފަތުގެ ބިމަށް ކުރި ދަތުރު 2

ނޫސްވެރިޔާ ޙުސައިން އަލްމަޢާޟީދީ ޚިލާފަތުގެ ބިމަށް ދަތުރުމަތީގައި ފޮޓޯއަކަށް ހުއްޓިގެން
ނޫސްވެރިޔާ ޙުސައިން އަލްމަޢާޟީދީ ޚިލާފަތުގެ ބިމަށް ދަތުރުމަތީގައި ފޮޓޯއަކަށް ހުއްޓިގެން

100 އެތައް މީޓަރު ދުރުން، ގާތްގަނޑަކަށް ކިލޯ މީޓަރެއްހާ ހިސާބުން، އިސްލާމީ ދަޥްލަތުގެ އެންމެ ފުރަތަމަ ޗެކްޕޮއިންޓާއި އަރާ ހަމަވެއްޖެއެވެ. ފާލަން މަތީގައި ތަޥްޙީދުގެ ކަޅުދިދަ ހުއްޓެވެ. ޢަމަލީ ގޮތެއްގައި، އިސްލާމީ ދަޥްލަތުގެ ކުރީ ޞަފާއި ޢަދުއްވުންގެ ޞަފުތައް ވަކިކޮށްދޭ އެއްޗަކީ އެއީއެވެ. ޢިއްޒަތާއި މަތިވެރިކަމާއިއެކު އިސްލާމީ ބިމުގައި ވިހުރެމުން ދިޔަ ދިދަޔަށް ބަލަހައްޓައިގެން އަހަންނަށް އެއާއިމެދު ވިސްނެން ފެށިއެވެ. އެ ދިދަ ތަނެއްގައި ނަގައިފިނަމަ، އެއީ ޓެރަރިސްޓު ޢަމަލެކެވެ. އަދި އެ ނަގައިފިމީހާ ހައްޔަރުކޮށް އަދަބު ދެވެއެވެ. ގައުމުތަކުން ބޭނުންވާ ގޮތްތަކާއި ޚިލާފަށް، އެ ދިދައިން ދައްކުވައިދޭ ޙަޤީޤީ އިސްލާމްކަމުގެ ބިރަށެވެ. އެހެންކަމުން، ޙަޤީޤަތުގެ ބަދަލުގައި އެނޫން މަންޒަރެއް ދެއްކޭތޯ އެމީހުން ހަނގުރާމަކޮށް މަސައްކަތްކުރެއެވެ. ނަބިއްޔާ ؛ އަށް ތަބަޢުވާ މީހުންނާއި ދެކޮޅަށް ހުއްޓުމެއްނެތި ކުރަމުން އަންނަ ހަނގުރާމައިގައެވެ.

އަހަރެން އެންމެ ފުރަތަމަ ޢަޖައިބުވީ، އިސްލާމީ ދަޥްލަތާއި ޢަދުއްވުންނާއި ދެމެދުގައިވާ ރާސްތާގެ ކުރުކަން ފެނިފައެވެ. ފާލަމުން އެތައް މަގަކަށް މަގުތައް ހުރެއެވެ. އެތަނަށް ބޮން އެޅިއެވެ. ޙަމަލާގެ ވަރުގަދަަކަމާއިއެކުވެސް އެތަން ކޮޅަށް ހުރެއެވެ. އެމެރިކާ، ފަރަންސޭސިވިލާތް، އުރުދުން، ސުޢޫދީ ޢަރަބިއްޔާ، ގުޅިފައިވާ ޢަރަބި ޢިމާރާތް އަދި މޮރޮކޯގެ ޖެޓުތަކުން 6 ރޮކެޓެއް އެތަނަށް ފޮނުވާލުމުންވެސް، ހަލާކުވީ އެ ފާލަމުގެ ބައެއް ބައިތަކެވެ. އެތަނުގެ ދަށުން ދަތުރުކޮށްފައި ދިޔައިރު އަހަންނަށް އެތަންތަން ފެނުނެވެ. ޚިލާފަތުގެ ބިމަށް ދިއުމަށްޓަކައި 1000 ކިލޯ މީޓަރު ކަޑައްތުކުރުމަށްފަހު، އިސްލާމީ ދަޥްލަތުގެ އެންމެ ފުރަތަމަ ހަނގުރާމަވެރިޔާ އެތަނުގައި ހުއްޓިހުރިތަން އަހަންނަށް ފެނުނެވެ.

އިސްލާމީ ދަޥްލަތުގެ މުޖާހިދުން ޗެކްކުރަމުން ދިޔަ އުޅަނދެއްގެ ފަހަތުގައި އަހަރެމެންގެ ކުޑަ ވޭނު މަޑުކޮށްލިއެވެ. އެހެންކަމުން، މީހުން ފާސްކޮށް ކުރިމަތިލައި އުޅުމުގައި ކަންތައްކޮށް އުޅެނީ ކިހިނެއްތޯ ބެލުމަށް ޝައުޤުވެރިވެ ހިތްއެދޭވަރުން، ވޭނުން އަހަރެން ފޭބީމެވެ. ފާސްކުރަމުން ދިޔަ މީހުން (މުޖާހިދުންގެ) އެއްވެސް މަނާކުރުމެއްނެތި، އަނެއް އުޅަނދުގެ ޕެސެންޖަރުންގެ ކައިރީގައި އަހަރެން މަޑުކޮށްލައިގެން ހުރީމެވެ.

އުޅަނދުގެ ޕެސެންޖަރުން ކުރެން، އެއްވެސް މީހެއްގެ ދަބަހުގައި ނުވަތަ ޖީބުގައި ސިނގިރެޓު އުފުލާތޯ އިސްލާމީ ދަޥްލަތުގެ ސިފައިންގެމީހާ ސުވާލުކުރިއެވެ. އެންމެވެސް ޖަވާބުގައި ނޫނެކޭ ބުނެލިއެވެ. އެމީހުންގެ ތެރޭގައި 50 އަހަރުގެ އަންހެނަކުވެސް ހުއްޓެވެ. އެކަމަކު އެއަންހެންމީހާގެ ކުޑަދަރިފުޅު އެކުއްޖާގެ މަންމަ ގާތުގައި ސުވާލުކުރިއެވެ. [މަންމާ! މަންމަ އަތުގަ ސިނގިރެޓު ނެތީތޯ! ކީއްވެ ނެތޭ ތިބުނަނީ؟]

ކުޑަކުއްޖާގެ މައުސޫމްކަމުން އިސްލާމީ ޚީލާފަތުގެ ސިފައިންނަށް ހެވޭގޮތްވިއެވެ. ދެން އަނެއްކާވެސް އެއްވެސް މީހަކަށް އިޝާރާތްނުކޮށް ކުރިން ކުރި ސުވާލު ކުރިއެވެ. އެހިނދު، އެއަންހެންމީހާ ބުންޏެވެ. [އާނ! ދަރިންނޭވެ! އަހަރެންގެ އަތުގައި ސިނގިރެޓު އެބަހުރި!]

އެމީހުން ވަރަށް އަދަބުވެރިކަމާއިއެކު ސިނގިރެޓުތައް ޙަވާލުކުރުމަށް އެދުނެވެ. އެ ސިނގިރެޓުތައް ހުރީ އޭނާގެ ކަމަރު (ބޮޑު ހެދުމުގެ) ތެރޭގައި ކަމުގައި އެ އަންހެންމީހާ ބުންޏެވެ. އެހެންކަމުން، ވައިގެ ޙަމަލާތަކުން ސަލާމަތްވުމަށްޓަކައި ވަރުގަދަ ކޮންކުރިޓުން ހަދާފައިވާ ބިނާއަކަށް ދިއުމަށް އެ އަންހެންމީހާގެ ގާތުން އެދުނެވެ. އިސްލާމީ ދަޥްލަތުގެ ސިފައިން އެހެން ޕެސެންޖަރުންނާ ވާހަކަ ދެއްކުމުގައި މަޝްޣޫލުވެރިވެ ތިއްބަވަނިކޮށް އެ އަންހެންމީހާ އެތަނަށް ހިނގައްޖެއެވެ. އެމީހުން ދެއްކި ގިނަ ވާހަކަތަކެއް އަޑެއް ނީވެއެވެ. 3 ކާޓަން ސިނގިރެޓާއިއެކު އެ އަންހެންމީހާ އަތުވެއްޖެއެވެ. (ކޮންމެ ކާޓަނެއްގައި 20 ސިނގިރެޓުގެ 10 ފޮށި އެކުލެވިގެންވެއެވެ.) އޭނާ އެހުރިހާ އެއްޗެއް ހުރީ ހެދުން ތެރެއަށްލައި ނިވާކޮށްފައެވެ. އެތަނުން މުޖާހިދަކު އޭނާއާއި ދިމާއަށް ނުބަލައި މުޢާމަލާތު ކުރަމުން ބުންޏެވެ. [މަންމާ! ޒުވާނުން ސިނގިރެޓު އުފުލާތީ އެމީހުންނާއި ކުރިމަތިލުމަށް އަހަރެމެން ލަދުގަތީމެވެ. އެހެންކަމުން އަދި މަންމައާއި މެދު ކިހިނެއްވާނެތޯއެވެ؟] އަދިވެސް ބުންޏެވެ. [އަހަރެން އެދެނީ ﷲ އަހަރެމެންނަށާއި އަދި މަންމަ އަށް ފާފަ ފުއްސެވުމެވެ. އެނބުރި ގޮނޑިއަށް ވަޑައިގަންނަވާށެވެ! ﷲ ބަރަކާތް ލައްވާށިއެވެ!]

އެ މަންޒަރު އަހަރެންގެ ހިތަކުން ފިލައިގެނެއް ނުދެއެވެ. ޝިޔަޢީންނާއި ކުރުދީންގެ އަތުން މިނިވަންކުރެވުނު ސުންނީ ސަރަޙައްދުތަކުގެ މީހުންނާއިމެދު އިސްލާމީ ދަޥްލަތުގެ ސިފައިން ކަންކުރަނިކޮށް އަހަންނަށް ފެނުނު އެންމެ ފުރަތަމަ މަންޒަރަކީ އެއީއެވެ. ޙަޤީޤަތަށް ބުނާކަމުގައިވާނަމަ، އަންހެންމީހާއާއިމެދު ކަންތައް ކުރިގޮތާއި، އިސްލާމީ ޝަރީޢަތުގެ މައްޗަށް ބިނާވެފައިވާ އިސްލާމީ ދަޥްލަތުގެ ޙުކުމްތަކުގައިވާ ފަދައިން، ސިނގިރެޓުފަދަ މަނާކުރެވިފައިވާ ތަކެތި އުފުލާ މީހުންނާއިމެދު ކަންތައް ކުރެވޭގޮތް ބަލަން އަހަރެން ހުރީމެވެ. އެ އަންހެންމީހާއާއިމެދު ކަންތައްކުރި މުރުއްވަތްތެރި ޢަފޫކުރަނިވި ގޮތާއިމެދަކު އަހަރެން ޢަޖައިބެއް ނުވެއެވެ. އެކަމަކު، ޢިރާޤާއި ޢަރަބި އަދި ކުރުދީ ބައިނަލްއަޤްވާމީ މީޑިއާތަކުން ބުނާއެއްޗެހި އަޑުއަހާމީހުން ޔަޤީންކުރާގޮތުގައި، އިސްލާމީ ދަޥްލަތުން އެފަދަ އަންހެންމީހާގެ ބޯ ކަނޑާލައި، ޗެކްޕޮއިންޓާއި އިންވެގެން ހުންނަ ހޮރެއްގެ ތެރެއަށް އެ ބޯ ވައްޓާލައި އަންދާލާނެއެވެ. ހުރިހާ ވައްތަރެއްގެ މީޑިއާއަކުން އަހަރެމެންނަށް އިވޭ އަޑުތަކަކީ މިއީ ކަމުގައިވާތީއެވެ.

އިސްލާމީ ދަޥްލަތުގެ ސިފައިންގެ މީހަކު ޑްރައިވަރުގެ ކައިރީގައި ބަލައި ފާސްކުރުމަށްޓަކައި ވޭނު ކުރިއަށް ޖެއްސުމަށް އެދުނެވެ. އެހެންކަމުން، އަހަރެން އެނބުރި އަހަރެންގެ ގޮނޑިއަށް އައިސް އިށީނުމުން، އުޅަނދު މަދު މީޓަރުކޮޅެއް ކުރިއަށް ޖައްސާލިއެވެ. އަހަރެންގެ ގާތުގައި އިން ޒުވާނާ ކަންބޮޑުވިކަން އަހަންނަށް ފާހަގަވިއެވެ. އޭނާ ސުވާލުކުރިއެވެ. [އަހަރެން ހަދާނީ ކިހިނެއް؟ އަހަންނަށްވާނީ ކިހިނެއް..!]

އަހަރެން އޭނާ ކުރެން އޭނާގެ މައްސަލައަކީ ކޮބައިތޯ ސުވާލުކުރީމެވެ. އޭނާގެ ޖީބުގައި ސިނގިރެޓު ހުރި ކަމަށް ޖަވާބުގައި އޭނާ ބުންޏެވެ. އަދި އެކަމުގެ ސަބަބުން އޭނާ ހައްޔަރުވެދާނެކަމަށް ބިރުހީވާ ކަމަށްވެސް ބުންޏެވެ. އަދި އަހަރެންގެ ޚިޔާލަކީ ކޮބައިތޯ ސުވާލުކުރިއެވެ. އޭނާ އޭތި ކާރުން ބޭރަށް އެއްލައިލަންވީތޯ ނޫންނަމަ، ސީޓު ދަށަށްލައި ފޮރުވަންވީތޯ އެއްސެވެ. އޭނާގެ ގާތުގައި ކެތްތެރިވުމަށް އަހަރެން ނަޞޭޙަތްތެރިވީމެވެ. އަދި އެއްވެސް ކަމަކާއި ފިކުރުކުރާނެކަމެއް ނެތްކަމާށާއި ހަމަޖެހިގެން އިނުމަށް އޭނާގެ ގާތުގައި ބުނީމެވެ. އަހަރެން އެހެންބުނީ، އަހަރެމެންގެ އުޅަނދުގެ ކުރީގައިއޮޮތް އުޅަނދުގައި އިން އަންހެންމީހާއާއިމެދު ސިފައިން ކަންތައްކުރިގޮތް ފެނުމަށް ފަހުގައެވެ. އެހެނަސް، އޭނާ އިނީ ކަންބޮޑުވެގެންގޮސް ތުރުތުރު އަޅައަޅައެވެ.

އިސްލާމީ ދަޥްލަތުގެ ސިފައިންގެ މީހަކު ވޭނުގެ އަރިމަތީ ދޮރުގެ ކައިރީގައި އައިސް ހުއްޓިލިއެވެ. އޭނާގެ ޢުމުރުން ވާނީ 20 އަކަށް އަހަރެވެ. އޭނާހުރީ ޢަޖައިބުވެ އަންތަރީސްވާހާ ހަމަޖެހިލައިގެންނެވެ. އަބަދުވެސް ހިނިތުންވުމުގައެވެ. އުޅަނދުން ފޭބުމަށް އަހަރެމެންގެ ގާތުގައި ބުނުމުގެ ކުރިން އޭނާ އެންމެ ފުރަތަމަ ފެށީ ސަލާމް ބަލައިގަތުމަކުންނެވެ. މީގެ ކުރީ އުޅަނދާއިމެދުވެސް ކަންތައްކުރި ގޮތަށެވެ. އެއަށްފަހު، ސިނގިރެޓު އުފުލާ އެއްވެސް މީހަކު ހުރިތޯ އެއްސެވެ. އަހަރެމެންނަކީ ކޮންބައެއްތޯ ކޮންތަނަކަށްދާ ބައެއްތޯ އެހުމުގެވެސް ކުރިންނެވެ. އަހަރެންގެ ގާތުގައި އިން ޒުވާނާ ހައްތަހާ ހާސްވާން ފަށައިފިއެވެ. އަދި އެމީހުންނަށް ޖަވާބު ދޭނެގޮތެއް ނޭނގިގެން އަހަންނަށް ބަލަން ފެށިއެވެ. އެމީހުން އެއްވެސް މީހެއް ފާހެއް ނުކުރެއެވެ. ހަމައެކަނި އަހާލަނީއެވެ. ޒުވާނާ ބިރުން އިންވަރުން، އޭނަގެ މަތީން އަހަރެން ޖަވާބުދިނީމެވެ. [ސިނގިރެޓު އުފުލައިފި މީހަކަށް އެއްވެސް އަދަބެއްވޭތޯއެވެ؟]

އިސްލާމީ ދަޥްލަތުގެ ސިފައިންގެ ބޭފުޅާ ހިނިތުންވުމާއިއެކު ޖަވާބުދިނެވެ. [އަމިއްލަ އިޚްތިޔާރުގައި ޙަވާލުކޮށްފި މީހަކަށް އެއްެވެސް ކަމެއް ނެތެވެ.] އަހަރެން ބުނީމެވެ. [އަހަރެމެންގެ އަތުގައި ސިނގިރެޓު އެބަހުއްޓެވެ. އެކަމަކު އެންމެ ފޮށްޓެކެވެ.] އެގޮތަށް އަހަރެން ޖަވާބު ދިނުމުން، އޭނާ ހިނިތުންވެފައި އެއްސެވެ. [އަހަރެން އަތަށް ދިއްކޮށްލާށެވެ! ﷲ ތިބާއަށް ފާފަ ފުއްސަވާށިއެވެ!]

އަހަރެންގެ ގާތުގައި އިން ޒުވާނާ ކުރެން ސިނގިރެޓުތައް ދިނުމަށް އެދުނީމެވެ. އޭނާގެ އަތް ތުރުތުރު އަޅައިޙާލު އެތަކެތި ދިއްކޮށްލިއެވެ. މުޖާހިދު ހުރީ ޢަޖައިބުވެފައެވެ. އެއީ ސިނގިރެޓު އުފުލިމީހަކީ އަހަރެންކަމުގައި ނުވީތީއެވެ. އެހެނަސް، އެ ޒުވާނާގެ ފަރާތުން ވާހަކަ ދެއްކީތީއެވެ.

މުޖާހިދުގެ އަތަށް ސިނގިރެޓު ފޮށި ލިބުމުން، މަގުގެ އެއްފަރާތުގައި ޖަހާފައިހުރި ކުޑަ އަލިފާންގަނޑަކާއި ދިމާލަށް ހިނގައިގަތުމުގެ ކުރިން ބާރަށް ފިއްތާލުމަށްފަހު ސިނގިރެޓު ފޮށި އަލިފާންގަނޑުގެ ތެރެއަށް އެއްލައިލިއެވެ. ދެން އެނބުރި ޒުވާނާގެ ކައިރިއަށް އައުމަށްފަހު އިތުރު ފޮށްޓެއް އޭނާގެ ދަބަހުގައި އުފުލާތޯ ސުވާލުކުރިއެވެ. އޭނާ އެކަމަށް އިންކާރުކުރިއެވެ. އަދި މުޖާހިދު އެދޭނަމަ، ދަބަސް ބެލުމަށްވެސް އެދުނެވެ. އެކަމަކު، އެކަމަށް ބޭނުމެއް ނެތްކަމަށް މުޖާހިދު ބުންޏެވެ. އަދި ކުޑަކޮށް ވާހަކަދައްކާލުމަށްޓަކައި ވޭނުން ނުކުތުމަށް އެދުނެވެ.

ޒުވާނާ އުޅަނދުން ނުކުމެގެން ދިޔަ ހިނދު، ބިރުންހުރިވަރުން މޫނުގެ ކުލަ ބަދަލުވިއެވެ. މުޖާހިދު އޭނާ ކުޑަތަންކޮޅެއް ދުރަށް ގެންދިޔައެވެ. އަދި އޭނާއާއި ވާހަކަ ދައްކަން ފެށިއެވެ. އަހަރެން އޭނާގެ ފަހަތުން ދިއުމަށްޓަކައި ހިނގައިގަތީމެވެ. އެހެނަސް، އިސްލާމީ ދަޥްލަތުގެ ހަނގުރާމަވެރިއަކު އަހަރެންގެ ގާތުގައި މަޑުކޮށްލުމަށް އެދުނެވެ. އެހެނެއްކަމަކު، އެޒުވާނާއަށް އަނިޔާއެއް ނުވާނެކަމަށް އަހަރެންވީ ވަޢުދު ހަނދުމަކޮށްދިނުމުގެ ގޮތުން ހަނގުރާމަވެރިޔާގާތު ބުނީމެވެ. އޭނާ ހިނިތުންވުމަށްފަހު އަހަންނަށް ބުނެލިއެވެ. [އަހަރެން މިހުރީ އަހަރެންގެ ވަޢުދުގެ މަތީގައެވެ. މުސްލިމު ފިރިހެނަކު އޭނާގެ ބުމަ އަންހެނުން ކޮށާހެން ކޮށާލާނީ ކިހިނަކުންހެއްޔެވެ!] އެ މުޖާހިދު އެޒުވާނާއަށް މިކަމާއިބެހޭގޮތުން ނަބިއްޔާ ؛ ގެ ޙަދީޘްފުޅު ހަނދުމަކޮށް އެރުވިއެވެ. އަހަރެން އެ ޒުވާނާއާއިއެކު އެ މުޖާހިދުގެ ބަސްތައް އަޑުއަހަން ހުރީމެވެ. އެންމެފަހުން، ޒުވާނާގެ ކޮނޑުގައި އަތްޖަހާލުމަށްފަހު ބުނެލިއެވެ. [ދެން އެފަދަ ކަމެއް ނުކުރައްވާށެވެ! ތިޔައީ ޒުވާނެކެވެ. ފިރިހެނެކެވެ. މިއީ އަންހެނުންނަށްވެސް އެކަށީގެން ނުވާވަރުގެ އެއްޗެކެވެ. ދެން ތިޔަފަދަ ފިރިހެނަކަށް އެކަށީގެންވާނީ ކޮންފަދައަކުންތޯއެވެ؟..]

މިއީ އެ ޒުވާނާގެ އެންމެ ފަހު ފަހަރުކަމުގައި އޭނާ ވަޢުދުވިއެވެ. މީގެ ކުރިން ޝަރުޢީގޮތުން އެކަމުގެ ކަންކަން އޮންނަގޮތް ނޭނގޭކަމުގައި އޭނާ ބުންޏެވެ. އޭނާގެ ވަޢުދަކީ ﷲއަށްޓަކައި ވާ ވަޢުދެއްކަމުގައި ހެދުމަށާއި، އަޅުތަކުންނަށް ވެވޭ ވަޢުދެއްކަމުގައި ނުހެދުމަށް މުޖާހިދު ބުންޏެވެ. ޝަރީޢަތުގައި މިކަމަކީ ހުއްދަކަމެއް ކަމުގައި ނުވާތީ، އެކަމުން އޭނާ ދުރުހެލިވާނެކަމަށްވީ ވަޢުދުގައި ޘާބިތުވާނެކަމަށް އޭނާ ބުނެފައި، މޫނު އުޖާލާވެގެންވާ ޙާލު ސީޓަށް އެނބުރި ދިޔައެވެ.

އަހަރެމެން އެނބުރި އުޅަނދަށް އައުމުން، އަހަރެން ހަނދާންވީ އިސްލާމީ ދަޥްލަތުގެ ޗެކްޕޮއިންޓުތަކަށް އަހަރެންގެ ބޭރު ގައުމެއްގެ ޕާސްޕޯޓު ނުދެއްކުމަށް އިންޒާރު ދިން މީހާގެ މަތިންނެވެ. ދައްކައިފިނަމަ އެމީހުން މަރާލާނެކަމަށް އޭނާ ބުނި ބުނުމުގެ މަތިންނެވެ. އެހެންކަމުން، އަހަރެންގެ އެންމެ ފުރަތަމަ މަރުގެ ދަތުރު ތަޖުރިބާ ކޮށްލުމަށްޓަކައި ނިންމީމެވެ. ބައެެއްމީހުން ދެކޭނެ ގޮތަކީ އެއީއެވެ. އެހެންކަމުން، ހަމަ އެ މުޖާހިދުގެ ގާތަށް އަހަރެން ދިޔައީމެވެ. އަދި ބުނީމެވެ. [މޫޞަލްއަށް ދާ މަގުމަތީގައި ޝިޔަޢީ އަދި ޕަޝްމަރްކާ އެއްވެސް ބަޔަކު ވާނެ ހެއްޔެވެ؟] މޫނުމަތިން ހިނިތުންވުމާއިއެކު ޖަވާބުގައި ބުންޏެވެ. [މިތަނުން ފެށިގެން 1000 ކިލޯމީޓަރަށް ހިނގިކަމުގައިވީނަމަވެސް، ތިބާއަކަށް އެމީހުންގެ އަސަރެއްވެސް ނުފެންނާނެއެވެ. އެންމެހާ ޙަމްދެއްވަނީ ﷲ އަށެވެ. ވާނީ ހަމައެކަނި އިސްލާމީ ދަޥްލަތާއި އެތަނުގެ މުސްލިމު ރައްޔިތުންނެވެ.]

ދެން އަހަރެން ނުރައްކާތެރި ސުވާލުކޮށްލީމެވެ. [އަހަރެން އައީ ބޭރު ގައުމަކުންނެވެ. އަދި އަހަރެން އިސްލާމީ ދަޥްލަތަށް ވަންނަން ޤަޞްދުކުރަމެވެ. ހުއްދަގޮތުގައި އެތެރެވުމަށްޓަކައި ކޮންކަހަލަ ލިޔެކިޔުންތަކަކާއި ތަޒްކިޔާތަކެއް އަހަރެންގެ އަތުގައި އޮންނަން ޖެހޭނެތޯއެވެ؟]

އަހަރެންގެ ސުވާލާއިމެދު ހައިރާވެފައި އޭނާ ބުނެލިއެވެ. [ތިޔައީ މުސްލިމެއްތޯއެވެ؟]

އަހަރެން [އާނ!] އެކޭ ބުނީމެވެ. އޭނާ ބުންޏެވެ. [ﷲ ފިޔަވައި ޙައްޤުވެގެން އަޅުކަންވެވޭ އެހެން އިލާހަކު ނުވާކަމަށާއި އަދި މުޙައްމަދުގެފާނީ އެއިލާހުގެ ރަސޫލާކަމަށް ތިބާ ހެކިވަމު ހެއްޔެވެ؟]

ޖަވާބުގައި އަހަރެން [އާނ! ﷲގެ ފަޟްލުވަންތަކަމުން.] އޭ ބުނީމެވެ.

އޭނާ ޖަވާބުގައި ބުންޏެވެ. [ދެން އެހެންވެއްޖެނަމަ، ތިބާއަކަށް ޕާސްޕޯޓެއް ބޭނުމެއް ނުވާނެއެވެ. ތިޔަ އެތި ޖީބަށް ލާށެވެ. ތިބާގެ ޕާސްޕޯޓަކީ ޝަހާދަތުގެ ދެކަލިމައެވެ. އިސްލާމީ ޚިލާފަތަށް ވަނުމަށްޓަކައި ތިބާއަށް ބޭނުންވާ ހަމައެކަނި އެއްޗަކީ އެއީއެވެ.]

އަހަރެންގެ ދެދޮލުން ހޯސްލައިފައި ކަރުނަތައް އޮހޮރިގަތެވެ. އެތައް ބަޔަކު އުއްމީދުކުރާ އަހަރެންގެ ޕާސްޕޯޓަކީ، އިސްލާމީ ދަޥްލަތުގެ އިލާހީ ޕާސްޕޯޓުގެ ކުރިމަތީގައި އެއްވެސް އަގެއްނެތް އެއްޗެއްކަން އެނގުމުންނެވެ. އެ ޕާސްޕޯޓަކީ އިސްލާމީ ދަޥްލަތުން އޭގެ މުސްލިމު ރައްޔިތުންނަށް ކަނޑައަޅާފައިވާ ޕާސްޕޯޓެވެ. އަހަރެން އުފަލުން ފޮޅުނެވެ. ނޫންނަމަ، ހޭލުމަށް ނޭދޭ ހުވަފެނެކެވެ. އެ ހުވަފެނުން އަހަރެން ހޭލެއްވީ ހަމައެކަނި [އިސްލާމީ ޚިލާފަތުގެ ބިމަށް މަރްހަބާއެވެ!] ބުނެ އަހަރެންގެ ގައިގައި މުޖާހިދު ބައްދާލުމުންނެވެ.

ޙިޔާލު ހުށަހެޅުއްވުމަށް....