“އަދި ކެތްތެރިކަމާއި ނަމާދުން ވާގިއެދޭށެވެ……” (ސޫރަތުލް ބަޤަރާ 45)

fq_200415_adhikehtherikamunބަލިކަށި، ކުރު ޢުމުރުގެ އުނި އިންސާނާ އޭނާގެ ނަފްސު އެންމެ ބާރުގަދަ ފަރާތާއި ގުޅެންޖެހޭނެ އެވެ. އެހެނީ އިންސާނާއަށް ބޭނުންވާ ހަކަތަ އެ އިންސާނާގެ ކުޅަދާނަކަން ލިބިގެންވާ މިންވަރަށްވުރެ އިތުރުވުމުން، ހަކަތައިގެ ގޮތުން އެކަލާނގެ ހަޟްރަތުން އެހީތެރިކަން ލިބުމަށެވެ. އަދި ސިއްރާއި ފާޅު ނުބައި ބާރުތަކާއި ކުރިމަތިވުމުންނެވެ. އަދި ދަހިވެތިކަމާއި އަމިއްލަ ނަފްސުގެ އެދުންތަކާއި ދުރުވުމުގެ މަގުގައި ސާބިތުކަމާއި އެކުގައި ދެމިހުރުމަށް އުދަނގޫވުމުންނެވެ. އަދި ނުބައިކަމާއި އަނިޔާވެރިކަން ބޮޑުވުމުން އެއާއި ދެކޮޅަށް ގަދައަޅާ މަސައްކަތްކުރުމަށް އުދަނގޫވުމުންނެވެ. އަދި މަގު މާ ދިގުވުމުންނާއި އޭނާގެ ހަޔާތުގެ ކުރު މުއްދަތުގައި މުޞީބާތްތައް ދެމިގެން ދިއުމުންނެވެ. އަދި އޭނާއަށް އެއްވެސް ކަމެއް ޙާޞިލެއް ނުކުރެވުނުކަން އެގުމުންނެވެ. އަދި އެއީ އޭނާ ނުހަނު އަވަހަށް ގެންދަވާނެކަމަށް އިޙްސާސްކުރެވޭ ޙާލު އެވެ. އަދި އޭނާގެ ޙަޔާތުގެ އިރު އޮއްސި އަދި ނުބައިކަން އޭގެ ބާރުގަދަކޮށްފިކަން އޭނާއަށް އެގުމުންނެވެ. ހެޔޮކަމުގައި ބާރެއް ނުވެ އުޑުގައި އެއްވެސް އުޖާލާކަމެއް ނެތި އަދި މަގުގައި އެއްވެސް ނިޝާނެއް ނެތުމުންނެވެ.

މިޙާލަތުގައި ނަމާދުގެ އަގު ވަޒަންކުރެވޭނެއެވެ.

އެއީ ނާޒުކު ބަލިކަށި އިންސާނާއި، އަބަދަށް ދެމިގެންވާ ބާރާއި ދެމެދުގައިވާ ސީދާ ގުޅުމެވެ. އެކަހެރިކޮށްލެވިފައިވާ ފެންތިއްކަކާއި ދުވަހަކުވެސް ހުއްޓުމެއްނެތި ހިނގަމުންދާ ފެންއާރާއި ބައްދަލުވުމަށް ކަނޑައެޅިފައިވާ ވަގުތެވެ. އެއީ، އޭގެ ސަބަބުން ފުރައިދޭ، ހިތްހަމަޖައްސައިދޭ އަދި ބަންޑުންވާ ޚަޒާނާތަކުގެ ތަޅުދަނޑި އެވެ. ނިކަމެތި ދުނިޔެވީ ޙަޤީޤަތުގެ އުނިކަމުން ފުޅާވެ ފެތުރިގެންވާ ކާއިނާތުގެ ޙަޤީޤަތަށް ބަދަލުވުމެވެ. އެއީ އުޖާލާކޮށްދޭ ވަޔެވެ. އަދި ގަދަ ހޫނުގެ މެދުން އަންނަ ހިޔަލެވެ. ހާސްވެކަންބޮޑުވެފައިވާ ހިތަށް ރައްކާތެރިކަމާއި އަޅާލުންދޭ އަތެވެ. މީގެ ސަބަބުން، ނަބިއްޔާ(صلى الله عليه وسلم) އުދަނގޫ ޙާލަތެއްގައި ވުމުން ޙަދީޘް ކުރައްވައެވެ. “އޭ ބިލާލް އެވެ! އެކަމުން އަހަރެމެން ހަމަޖައްސައިދޭށެވެ.” އަދި ބޮޑު ކަމަކާއި ކުރިމަތިވުމުން އެކަލޭގެފާނުގެ ދުޢާފުޅު އިތުރުކުރައްވައެވެ.

ހަމަކަށަވަރުން، މި އިސްލާމީ މަންހަޖަކީ އަޅުކަމުގެ މަންހަޖެވެ. އަދި އޭގައި އަޅުކަމުގެ އެތައް ސިއްރުތަކެއްވެއެވެ. އަދި މި ސިއްރު ތަކުގެ ތެރެއިންވަނީ ދަތުރަށް ބޭނުންވާ ކާނާއަށް މަގުފަހިކޮށްދިނުމެވެ. ނަފްސަށް ހަދިޔާއެކެވެ. އަދި ހިތަށް އޮމާންކަމެވެ. އުދަނގުލާއި ދަތިޙާލަތްވާ ކޮންމެ ތަނެއްގައި ހިތުގެ ތަޅުދަނޑިއެއްގެ ގޮތުގައި އަޅުކަން ވެގެންދެއެވެ. މި އުދަނގުލާއި ދަތިތަކަކީ ފޮނި، ސާފު އަދި އަލިގަދަ އެއްޗެއްގެ ގޮތުގައި ރަހަލުމަށް އެހީތެރިވުމަށެވެ.

(ފީ ޟިލާލް އަލް-ޤުރުއާން: 142/1)

ޙިޔާލު ހުށަހެޅުއްވުމަށް....