މަހްދީގެ ކުރިން ޚިލާފަތެއް ނުވާނެކަމަށް ބުނާ މީހުންގެ ޝުބުހަ ފިލުވާލުން

Khilafah_bannerމާތް ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރެއްވިކަމަށް އެކަލޭގެފާނުގެ އަނބިކަނބަލުން ام سلمة ރިވާކުރެއްވިއެވެ.”ޚަލީފާއެއް އަވަހާރުވުމާ ގުޅިގެން ޚިލާފް އުފެދިގެންދާނެތެވެ.ފަހެ މަދީނާގެ އަހުލުވެރިންގެ ތެރެއިން މީހަކު މައްކާއަށް ފިލައިގެން އަންނާނެތެވެ. ދެންފަހެ، މައްކާގެ އަހުލުވެރިންގެ ތެެއިން ބައެއް މީހުން އޭނާގެ އަރިހަށް އައިސް އޭނާގެ ނުރުހުމުގައި ރުކުނާއި މަޤާމާއި ދެމެދު އޭނާއަށް ބައިޢަތު ހިފާނެތެވެ. ޝާމުގެ އަހުލުވެރިން އޭނާއާއި ދެކޮޅަށް ލަޝްކަރެއް ފޮނުވާނެތެވެ. ނަމަވެސް މައްކާއާއި މަދީނާގެ ދެމެދުގައިވާ ސަހަރާއެއްގެ ތެރެއަށް އެލަޝްކަރު ގަންބަވައިގެންދާނެތެވެ. ދެންފަހެ، މީސްތަކުންނަށް އެތަން ފެންނަހިނދު، ޝާމުގެ އަބްދާލުންނާއި އަދި ޢިރާޤުގެ އެންމެ އަރައިތިބި މީސްތަކުން އޭނާގެ އަރިހަށް އައިސް ރުކުނާއި މަޤާމާއި ދޭތެރޭގައިވައި ތަނެެއްގައި އޭނާއަށް ބައިއަތު ހިފާނެތެވެ. ދެން އެއަށްފަހު، ކަލްބުގެ ދަރިކޮޅަށް އެމީހެއްގެ މަންމަ ފަރާތު ބޮޑުބޭބެއިންވާ ޤުރައިޝުންގެ މީހަކު ފާޅުވާނެތެވެ. އަދި އެމީހާ އޭނާއާއި ދެކޮޅަށް ލަޝްކަރެއް ފޮނުއްވާނެތެވެ އަދި އެމީހުން ބަލިވެގެންދާނެތެވެ. މިއީ ކަލްބުގެ ލަޝްކަރެވެ. އަދި ކަލްބުގެ ޣަނީމާ ނުލިބިއްޖެމީހާ މާޔޫސްވާނެތެވެ. ދެންފަހެ، އޭނާ އެމުދާ ބައްސަވައި، މީސްތަކުންގެ މެދުގައި އެބައިމީހުންގެ ނަބިއްޔާ صلى الله عليه وسلم ސުންނަތާއި އެއްގޮތަށް ޢަމަލުކުރައްވައި ބިމުގައި އިސްލާމްދީން ޤާއިމްކުރައްވާނެތެވެ. އޭނާ ހަތް އަހަރު ވަންދެން އެގޮތުގައި ހުންނަވާނެތެވެ. އަދި އެއަށް ފަހު އޭނާ މަރުވާނެތެވެ. އަދި މުސްލިމުން އޭނާގެ މައްޗަށް ނަމާދުކުރާނެތެވެ.” މިއެވެ.

މިޙަދީޘް ނެރުއްވި އަބޫ ދާވޫދު އެކަލޭގެފާނުގެ ސުނަނުގައި ވިދާޅުވިއެވެ. هِشَامٍ ގެ ފަރާތުން ބައެއް ބޭކަލުން އެއީ “ނުވަ އަހަރު” ކަމުގައި ވިދާޅުވިއެވެ. އަދި އަނެއްބައި ބޭކަލުން އެއީ “ހަތް އަހަރު” ކަމުގައި ވިދާޅުވިއެވެ.

المنارالمنيف އޭކިޔުނު ފޮތުގައި ابن القيم މިޙަދީޘަކީ حسن ދަރަޖައިގެ ޙަދީޘެއްކަމުގައި ވިދާޅުވިއެވެ. (ބައްލަވާ المنارالمنيف ގެ 2/35)

އަދި ابن حبان އެކަލޭގެފާނުގެ صحيح ابن حبان ގައި މިޙަދީޘް ނެރުއްވާފައިވެއެވެ. (ބައްލަވާ صحيح ابن حبان ގެ 6757)
المهدي ފާޅުވުމުގެ ކުރިން އިސްލާމީ ޚިލާފަތެއްގެ ދައުލަތެއް ޤާއިމް ނުވާނެކަމަށް ބުނާ މީހުންނަށް ރައްދުދެއްވަމުން الألباني ވިދާޅުވިއެވެ. “ދެންފަހެ، ދަންނާށެވެ! މުސްލިމު އަޚާއެވެ. މިއަދު މުސްލިމުންގެ ތެރެއިން ގިނަ ބަޔަކުވަނީ މިއުޟޫޢުގައި ތެދުރަނގަޅު ގޮތުން އެއްކިބާވެފައެވެ. ފަހެ އެބައިމީހުންގެ ތެރޭގައި المهدي ފާޅުވުމުން މެނުވީ އިސްލާމީ ޚިލާފަތެއްގެ ދައުލަތެއް ޤާއިމް ނުވާނެކަމަށް އަމިއްލަ ނަފްސަށް ދެކިގެން އުޅޭބަޔަކުވެސް އުޅެއެވެ. މިއީ އާއްމުންގެ ތެރެއިން ގިނަ ބައެއްގެ ހިތްތަކަށް ޝައިތާނާ ވައްދާފައިވާ ޚުރާފަތެކެވެ. އަދި މަގުފުރެދުމެކެވެ. ވަކިން ޚާއްޞަކޮށް އެމީހުންގެ ތެރޭގައިވާ ސޫފީންނެވެ. المهدي އާއި ބެހޭގޮތުން އައިސްފައިވާ ޙަދީޘްފުޅުތަކުގައި މިކަމަށް އިޝާރާތްކުރަ ހަމަ އެއްވެސް ޙަދީޘެއް ނުވެއެވެ.” (ބައްލަވާ الجماعات الإسلامية في ضوء الكتاب والسنة )

ޙިޔާލު ހުށަހެޅުއްވުމަށް....