ގާތުން ބުއްދޭ ކުދިންނަށް އިންފެކްޝަންތައް ޖެހުމުގެ ފުރުސަތު މާ ކުޑަ

hl_060515_gaathunbuhdhinunތުއްތު ދަރިފުޅުގެ އުމުރުން ހަ މަސްދުވަސް ވަންދެން (އެހެން އެއްޗެއް ނުދީ) ގާތުން ކިރު ދިނުމުން އެކުދިންނަށް ޖެހޭ ތަފާތު އިންފެކްޝަންތަކުން ރައްކާތެރި ކޮށްދޭ ކަމަށް ދިރާސާ ތަކުން ދައްކާފައިވެއެވެ.

ހާހެއްހާ ތުއްތު ކުދިންގެ މެދުގައި ކުރެވުނު ދިރާސާއަކުން ދެއްކި ގޮތުގައި މަދުމަދުން ގާތުން ބުއްދީފައިވާ ކުދިން ނުވަތަ އެއްގޮތަކަށްވެސް ބުއްނުދޭ ކުދިންނަށް ވުރެ ގާތުން ރަނގަޅަށް ބުއްދޭ ކުއްދިންނަށް އިންފެކްޝަން ޖެހިފައިވާ މިންވަރު މާބޮޑުތަން ވެސް މަދެވެ. މަދުން މަދުން ބައެއް ފަހަރުން ބުއްދިނުމުން، ޤަވައިދުން ރަނގަޅަށް ބުއްދިނުމުން ލިބޭ ހުރިހާ ފައިދާތަކެއް ނުލިބޭނެކަމުގައި ދިރާސާތަކުން ދައްކައެވެ. ޤަވައިދުން ރަނގަޅަށް ބުއްދޭ ތުއްތު ކުއްޖާއަށް އިންފެކްޝަންއެއް ޖެހުނު ކަމުގައި ވިޔަސް، އެ އިންފެކްޝަން އަށަގަނެ ވަރުގަދަވާ މިންވަރު ކުޑައެވެ.

ދިރާސާ ކުރި ފަރާތްތަކުން ބުނާ ގޮތުގައި ތުއްތު ދަރިފުޅަށް ޤަވައިދުން ރަނގަޅަށް ބުއްދޭ މުއްދަތު އިތުރު ކުރި ވަރަކަށް (2 އަހަރު ވަންދެން) ތުއްތު ކުއްޖާއަށް އިންފެކްޝަން ޖެހުމުގެ ފުރުސަތު ކުޑަވާނެއެވެ.

މައިމީހާ ގާތުން ބުއްދިނުމަކީ ހުރިހާ ގޮތަކުންވެސް ތުއްތު ދަރިފުޅަށް އެންމެ ފައިދާ ހުރި ގޮތް ކަމުގައިވާ ސަބަބަކީ އޭގެން ތުއްތު ދަރިފުޅަށް ލިބިދޭ ނިއުޓްރިޝަނަލް އަދި ދިފާއީ ފައިދާތަކުގެ ގިނަކަމެވެ. މައިމީހާގެ ކިރުގައި އެކުލެވޭ އެންޓިބޮޑީސް ތަކުގެ ސަބަބުން ތުއްތުދަރިފުޅުގެ ދިފާޢީ ނިޒާމާށް އޭގެ މަސައްކަތް ފުރިހަމަ ގޮތުގައި ކުރިއަށް ގެންދިއުމަށް އެހީތެރިވެދެއެވެ. އަދި އިންފެކްޝަންތަކުން ރައްކާތެރި ކޮށްދެއެވެ.

މަޞްދަރު: http://www.healthymuslim.com

ޙިޔާލު ހުށަހެޅުއްވުމަށް....