ޚަވާރިޖުންނަކީ ކޮބާ؟

ޚަވާރިޖުންނާއި އެބައިމީހުންގެ މަޛްހަބާއިމެދު الشيخ: عبدالله بن عبدالرحمن أبابطين رحمه الله ސުވާލު ދެންނެވުނެވެ. ދެންފަހެ ޖަވާބުގައި ވިދާޅުވިއެވެ.Khilafah_banner

ޚަވާރިޖުންނާއި މެދު ދަންނައެވެ. ފަހެ އެބައިމީހުންނީ علي رضي الله عنه އާއި ދެކޮޅަށް ނިކުތް މީހުންނެވެ. އަދި އޭގެ ކުރިން އެބައިމީހުންވަނީ عثمان رضي الله عنه ޤަތުލުކޮށްފައެވެ. އަދި އެބައިމީހުންވަނީ عثمان އަދި عليއަދި طلحةއަދި الزبيرއަދި معاويةކާފަރުކޮށްފައެވެ. އަދި علي އާއި معاويةއާއެކުގައިވި ބޭކަލުންވެސް ކާފަރުކޮށްފައެވެ. އަދި އެބައިމީހުންވަނީ އެބޭކަލުންގެ ލޭ ހުއްދަކޮށްފައެވެ. އެބައިމީހުންގެ މަޛްހަބުގެ އަޞްލަކީ الله އެކަމެއް ނަހީކުރައްވާ އެކަމަކުން މާތް ނަބިއްޔާ صلى الله عليه وسلم ތަޙްޛީރުދެއްވާފައިވާ الغلوއެވެ. ހައްދުފަހަނައަޅާދިއުމެވެ. ފަހެ އެބައިމީހުން ބޮޑުފާފައަށް ވެއްޓިގަންނަ މީހާ ކާފަރުކުރެއެވެ. އަދި ކިއެއް އޭގެ ތެރެއިން ބަޔަކު ކުޑަފާފައިންވެސް ކާފަރުކުރެއެވެ. އަދި ކިއެއް އެބައިމީހުން علي އާއި އެކަލޭގެފާނުގެ އަޞްޙާބުން އެއްވެސް ފާފައަކަށް ނުވާކަންކަމުގައި ކާފަރުކުރިއެވެ. އެބައިމީހުން އެބޭކަލުން (علي އާއި އެކަލޭގެފާނުގެ އަޞްޙާބުން) ކާފަރުކުރީ عمرو بن العاص އާއިأبي موسى الأشعريމިދެބޭކަލުންޙުކުމްކުރުމަށް ކަނޑައަޅެއްވުމުންނެވެ. އަދި އެބައިމީހުން ބުނޫއެވެ. ޙުކުމްވަނީ ހަމައެކަނި الله އަށެވެ

އަދި ފާފައިން ކާފަރުކުރުމަށް އެބައިމީހުންތަށް ދާލިލުތަށް އޭގެ އާންމުމާނައިގައި ނަގައި، ގޯސްހެދިއެވެ. އޭގެތެރޭގައި الله سبحانهގެ އަންނަނިވި ބަސްފުޅުތަށް ހިމެނެއެވެ. [وَمَنْ يَعْصِ اللَّهَ وَرَسُولَهُ فَإِنَّ لَهُ نَارَ جَهَنَّمَ خَالِدِينَ فِيهَا أَبَداً] (سورة الجن آية: 23)މާނައީ، اللَّهއަށާއި، އެކަލާނގެ رسولއާއަށް އުރެދޭ މީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އެމީހަކަށްހުރީ، ނަރަކައިގެ އަލިފާނެވެ. އެތާނގައި އެއުރެން އަބަދަށް ދެމިތިބެނިވި ގޮތުގައެވެ. މިއެވެ.][وَمَنْ يَعْصِ اللَّهَ وَرَسُولَهُ وَيَتَعَدَّ حُدُودَهُ يُدْخِلْهُ نَاراً خَالِداً فِيهَا] (سورة النساء آية: 14)މާނައީ، އަދި، اللَّهއަށާއި، އެކަލާނގެ رسولއާއަށް އުރެދި، އެކަލާނގެ ކަނޑައަޅުއްވާފައިވާ އިންތައް ފަހަނަޅައިދާމީހަކު، ނަރަކަޔަށް ވައްދަވާނެތެވެ. އެތާނގައި އެމީހަކު ދެމިހުންނަނިވި ގޮތުގައެވެ. މިއެވެ. [وَمَنْ يَقْتُلْ مُؤْمِناً مُتَعَمِّداً فَجَزَاؤُهُ جَهَنَّمُ خَالِداً فِيهَا] الآية (سورة النساء آية: 93)މާނައީ، އަދި، قصدގައި مؤمنއަކު މަރާމީހާ (ދަންނާށެވެ!) ފަހެ، އެމީހާގެ ޖަޒާއަކީ ނަރަކަޔެވެ. އެތާނގައި ދެމިހުންނަނިވި ގޮތުގައެވެ. މިއެވެ. އަދި އެނޫންވެސް އާޔަތްތަކެވެ

ހަމަކަށަވަރުންވެސް ތަޥްޙީދުގެ މަތީގައި މަރުވެއްޖެކަމުގައިވާނަމަ ބޮޑެތިފާފައިގެ އަޞްޙާބުން ނަރަކައިގައި ތާއަބަދަށް ދެމިނުތިބޭނެކަމަށާއި އަދި ނަބިއްޔާ صلى الله عليه وسلم ގެ ފަރާތުން ތަވާތުރުކޮށް އައިސްފައިވާ ޙަދީޘްތަކުން އިނގޭފަދައިން އޭގެ ތެރެއިން އެބައިމީހުންގެ ފާފަތަކުގެ ސަބަބުން ނަރަކައަށް ވެއްދެވޭ މީސްތަކުން އެތަނުން ނެރެލެވޭނެކަމަށް أهل السنة والجماعة ވަނީ އިޖްމާޢުވެވަޑައިގެންފައެވެ. ފަހެ، ޒިނޭކުރާމީހާއާއި، ބަނގުރާބޯމީހާއާއި، ޤަޛްފުކުރާމީހާއާއި، ވައްކަންކުރާމީހާއާއި އަދި އެފަދަ މީހުންނަކީ އެއީ ކާފަރު މުރްތައްދުންކަމުގައިވާނަމަ އެބައިމީހުންގެ މިދުނިޔެމަތީގެ ޙުކުމެއްކަމުގައި އެބައިމީހުން ޤަތުލުކުރުންކަމުގައިވީހެވެ. ފަހެ މުރްތައްދުންގެ މައްޗަށް ވާ الله ގެ ޙުކުމަކީ އެއީއެވެ. ފަހެ، މީހާކާ ނީނގެ ޒިނޭކުރާ މީހާގެ ޙުކުމަކީ ޖިލްދުކުރުން ކަމުގައިވެފައި، ވައްކަންކުރާ މީހާގެ ޙުކުމަކީ އަތްބުރިކުރުން ކަމުގައިވެފައި، އަދި ބަނގުރާބޯމީހާ އާއި ޤަޛްފުކުރާމީހާގެ ޙުކުމަކީ ޖިލްދުކުރުންކަމުގައި الله ޙުކުމް ކުރައްވާފައިވުމުން އަހުރެމެންނަށް ދަލީލުކޮށްދެނީ ޚަވާރިޖުން ދަޢުވާކުރާފަދައިން އެބައިމީހުން އެފާފަތަކުގެ ސަބަބުން ކާފަރުވެގެން ނުދާކަމެވެ

ފަހެ ތިބާއަށް ޚަވާރިޖުންގެ މަޛްހަބަކީ ކޮބައިކަން އެނގިއްޖެނަމަ، އަދި އެބައިމީހުންގެ އުޞޫލަކީ ފާފައިން ތަކްފީރުކުރުންކަމާއި، އަދި އެބައިމީހުން މާތް ރަސޫލާ صلى الله عليه وسلمގެ އަޞްޙާބުން ކާފަރުކުރިކަމަށާއި އަދި އެބޭކަލުން ޤަތުލުކުރުން ހުއްދަކުރިކަމަށާއި އަދި އޭގެން الله އަށް އެބައިމީހުން ކުއްތަންވިކަން އެނގިގެންދާނެއެވެ. ފަހެ މިކަން ތިބާއަށް އެނގިއްޖެނަމަ، މިޒަމާނުގެ ގިނަ އަހުލުވެރިން محمد بن عبد الوهاب رحمه الله تعالى އާއި އެކަލޭގެފާނަށް ތަބާވެވަޑައިގެންނެވި ބޭކަލުންނީ ޚަވާރިޖުންކަމަށް ބުނާބުނުމުގެ ދޮގުކަމާއި، އެދަޢުވާގައި ހުރި މަގުފުރެދުން ތިބާއަށް ހާމަވެ ބަޔާންވެގެންދާނެއެވެ. އަދި އެބޭކަލުންގެ މަޛްހަބަކީ އެއީ ޚަވާރިޖުންގެ މަޛްހަބާއި ޚިލާފުވެގެންވި މަޛްހަބެއްކަން ހާމަވެގެންދާނެއެވެ. ފަހެ އެބޭކަލުން ރަސޫލު صلى الله عليه وسلمގެ ހުރިހާ އަޞްޙާބު ބޭކަލުންނަށް ލޯބިކުރެއެވެ. އަދި އެއަޞްޙާބު ބޭކަލުންނަށްވުރެ ފަހުން އައި މީސްތަކުންނަށްވުރެ އެބޭކަލުންގެ ފަޟްލު މަތިވެރިވެގެންވާކަން އިޢުތިޤާދު ކުރެއްވިއެވެ. އަދި އެބޭކަލުންނަށް ތަބާވުން ވާޖިބުކުރައްވައި އެބޭކަލުންގެ މަގަށް ގޮވާލެއްވިއެވެ. އަދި އެއަޞްޙާބު ބޭކަލުންނަށް ނުވަތަ އޭގެ ތެރެއިން އެންމެ ބޭކަލަކާއިމެދު ކުޑައިވެސް ބަދުބަހެއް ބުނެފި މީހެއްގެ މަގުފުރެދުން ހާމަކުރެއްވިއެވެ. އަދި ހަމަކަށަވަރުން محمد بن عبد الوهاب رحمه الله تعالى އާއި އެކަލޭގެފާނަށް ތަބާވެވަޑައިގެންނެވި ބޭކަލުން ފާފައިން ކާފަރެއް ނުކުރައްވައެވެ. އަދި ފާފައިގެ އަހްލުވެރިން އިސްލާމްގެ ދާއިރާއިން ބޭރެއް ނުކުރައްވައެވެ. ފަހެ އެބޭކަލުން ކާފަރުކުރައްވަނީ اللهއަށް ޝިރުކުކުރާ މީހުންނާއި އެޝިރުކަށް ގޮވާލާ މީހުންނެވެ. ހަމަކަށަވަރުން ޝިރުކުކުރާ މީހާއީ ފޮތާއި ސުންނަތާއި އަދި އިޖްމާޢުއަށް ކާފަރުވެއްޖެ މީހެކެވެ. ދެންފަހެ އެބޭކަލުންނާއި އެޚަވާރިޖުން އެއްފަދަ ކުރާނީ ކިހިނަކުން ހެއްޔެވެ؟ އެފަދައިން ބަސްބުނާނީ އެބޭކަލުންނާއި މިސްތަކުން ދުރުކުރުމަށް ޤަސްތުކޮށްފި މުޢާނިދެކެވެ. ނުވަތަ ޚަވާރިޖުންގެ މަޛްހަބަކީ ކޮބައިކަން ނުދަންނަ ޖާހިލެކެވެ.”أهـ[ مجموعة الرسائل والمسائل النجدية 2/175 ]

ޙިޔާލު ހުށަހެޅުއްވުމަށް....