އެތައް މިލިއަން މުސްލިމުންގެ ލޭއޮހޮރުވާލެވޭ ހިނދުވެސް ނަޞާރާއިންގެ ހެޔޮކަން ކިޔައިދީދީ ހެވިފައި ބަލަން ތިބެންވީހެއްޔެވެ؟

news_240415_bilalflip
ބިލާލް ފްލިޕް ކުރުސިކޮޅުގައި އިށީނދެ އިންނަވައިގެން ޖީބަށް ބަރުކުރައްވާ ފަޠުވާ ދެއްވަނީ

އިނގިރޭސި ވިލާތުގެ ޔުނިވާރސިޓީއަކުން ޕީއެޗްޑީ ހަދާފައިވާ ބިލާލް ފްލިޕް، އިސްލާމްދީނުގެ ފެށުމުގައި މުސްލިމުންނަށް ނަޞާރާއިންގެ (ހެޔޮލަފާ ޢަދުލުވެރި ރަސްގެފާނުގެ) ފަރާތުން ލިބުނު ޙިމާޔަތާއި ރައްކާތެރިކަމުގެ ބަދަލުގައި، އެރަސްގެފާނަށް ފަހު މިއަދު ދުނިޔޭގައި ތިބި ޙައްދުފަހަނައެޅި އިންސާނިއްޔަތުކަމުގެ ޒައްރެއްގެ މިންވަރުވެސް ނެތް ޖަންގަލީ އުޞޫލުތައް ގެންގުޅޭ، އެތައްއެތައް ހާސް މުސްލިމުންނެއް ދިރިތިއްބާ އަންދާ ހުސްކުރަމުންދާ އެފްރިކާ ބައްރުގެ ނަޞާރާއިން މުސްލިމުން އަންދާކަތިލާނެ ވަރަކަށް ކަތިލާން ދޫކޮށްލުމަކީ، އޭރުގެ އެނަޞާރާއިންގެ ޢަދުލްވެރި ރަސްގެފާނުގެ ހެޔޮކަމަށް ވެވޭނެ އިޙްސާންތެރިކަމެއް ކަމުގައި ޞިފަކޮށްފިއެވެ. އަދި މުސްލިމުންނަށް ލިބެމުންދާ އަނިޔާއިން ސަލާމަތް ވެވޭނެ ކަމެއް ކަމުގައިބުނެފިއެވެ.

ބިލާލު ފްލިޕް ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ، (އެތައް އެތައް ހާސްމުސްލިމުންނެއް ދިރިތިއްބާ އަންދާ އަދި ކަތިލަމުންދާ އިތިއޯޕިޔާގެ ހައްދުފަހަނައެޅި) ނަޞާރާއިން ތަކެއް، (އެމީހުން މުސްލިމުންނަށް ދޭ އަނިޔާގެ ބަދަލު ހިފުމުގެގޮތުން) އިސްލާމީ ޚިލާފަތުގެ މުޖާހިދުން ގަތުލުކޮށްލުމަކީ މުސްލިމުތަކުންގެމައްޗަށް އެމީހުންގެ އަނިޔާވެރިކަން އިތުރުވުމަށް ވާނެ ސަބަބެއް ކަމުގައި ވާނެކަމަށެވެ. އަދި މިޓްވީޓްގައި، އިސްލާމް ދީނުގެ ފެށުމުގައި ނަޞާރާއިންގެ ފަރާތުންލިބުނު އެހީތެރިކަމުގެ ބަދަލުދޭންވީ ގޮތަކީ މީތޯ އޭނާ ސުވާލު އުފައްދާފައި ވެއެވެ.

news_240415_bilalflip2

މުސްލިިމުންނަށް އެހީތެރިވިކަމަށް ބިލާލް ފްލިޕް އިޝާރާތްކުރާ ނަޞާރާއިންނަކީ އެދުވަސްވަރުގައި އުޅުއްވި ޢަދުލުވެރި ނަޞާރާއިންގެ ރަސްގެފާނެކެވެ. ބިލާލް ފްލިޕް މިކުރާ ދަޢުވާއަކީ އެދުވަހު އެރަސްގެފާނުވެސް އެކަމަކުން މުސްލިމުން ސަލާމަތްކޮށްދިން ކަންތައްވަމުންދާ މަންޒަރު ބަލަން ދަތްޕިލަ އަތަށްލައިގެން އިނުން އެއީ ހެޔޮ ރަނގަޅުގޮތް ކަމުގައެވެ. އެރަސްގެފާނުވެސް މުސްލިމުން މައްކާގެ މުޝަރިކުންގެ އަނިޔާވެރިކަމުގެ ދަށަށް ދޫކޮށްނުލާ ރައްކާތެރިކަން ދެއްވިއެެވެ. އެހެނަސް ބިލާލް ފްލިޕް މިކަމުން މިސާލު ނަގާފައި މިބުނަނީ އަނިޔާކުރާނެ ވަރަކަށް ކުރަން ދޫކޮށްލުމަކީ އެރަސްގެފާނުގެ ހެޔޮކަމަށް އިޙްސާންތެރިވުން ކަމުގައެވެ.

އިސްލާމީ ޚިލާފަތުގެ މުޖާހިދުން އެމުޖްރިމް ނަޞާރާއިން ޤަތުލުކުރި ކުރުމަކީ އިތުރު މުސްލިމުންތަކެއް ޤަތުލުވުމަށް ހުޅުވޭ މަގެއް ކަމަކަށް ބުނާއިރު މިހާތަނަށްއެމީހުން ޤަތުލުކޮށް އެންދިހާ މުސްލިމުން އެންދީ ކޮންކަމަކާ ހުރެތޯ ސުވާލު ކޮށްލަންޖެހެއެވެ. އެއީ މިފަދަ ސަބަބަކާ ހުރެ އެއް ނޫނެވެ. އެމީހުންގެ ކުށަކީ އެމީހުން ﷲއަށް އީމާން ވުމެވެ. އަދި ﷲ އަށް އީމާންވުމުގެ ސަބަބުން ނަޞާރާއިންނާ ޞަލީބީން މިއަދު މުސްލިމުންނާއި މެދު ހިންގަމުންދާ ޤަތުލު ޢާންމުތައް ހުއްޓުވޭނެ ހަމައެކަނި ހައްލަކީ ކަނޑިއެވެ.

ބިލާލް ފްލިޕް ވަނީ މީގެ ކުރީގައި އިސްތިޝްހާދީ ޙަމަލާއަކީ ހުއްދަކަމެއްކަމުގައި ބުނެފައެވެ. ނަމަވެސް އޭގެ ފަހުން އޭނާގެ ބުނުންވަނީ ފްލިޕްވެފައެވެ. މިސަަބަބާއިހުރެ އޭނާއަށް ބިލާލް ފްލިޕްގެ ނަމުން ނަންދެވުނެވެ. އޭނާގެ ބުނުން ފްލިޕް ކުރުމަށް އޭނާގެ ޖީބު މަޖުބޫރު ކުރުވީއެވެ. އަދި ޙައްޤު ބަސްބުނުމަށް މަނާ ކުރީއެވެ.

ޙިޔާލު ހުށަހެޅުއްވުމަށް....