އިސްލާމީ ޚިލާފަތުގެ ސިފައިންގެ ޙަމަލާތައް – 15 ރަޖަބް 1436

ޚިލާފަތުގެ ސިފައިންގެ ބޭފުޅަކު ޢަދުއްވުންނަށް ޙަމަލާދިނުމުގެ ބުރަ މަސައްކަތުގައި
ޚިލާފަތުގެ ސިފައިންގެ ބޭފުޅުންތަކެއް ޢަދުއްވުންނަށް ޙަމަލާދިނުމުގެ ބުރަ މަސައްކަތުގައި

ވިލާޔަތު ޙަލަބް: ތުރުކީއާ އިންވެގެން އޮންނަ ޢައިނުލް އިސްލާމް (ކޫބާނީ) ގެ ދެކުނު ރަށްބޭރު ސަރަޙައްދުތަކުގެ އިތުރު ތަންތަން ޚިލާފަތުގެ ބާރުގެ ދަށަށް ގެނެސްފިއެވެ. މީގެ އިތުރުން، ކުވައިރިސް ވައިގެ މަރުކަޒުގެ ފާރުތަކުގެ ނިވަލުގައި ހަދާފައިވާ ނުޞައިރީންގެ ޢަސްކަރީ ޕޮއިންޓުތަކަކަށްވެސް ޚިލާފަތުގެ ސިފައިން ޙަމަލާތައް ދީފައިވެއެވެ. މި ޙަމަލާތަކުގެ އިތުރު ތަފްޞީލުތަކާއި ވީޑިއޯތައް އަދި ހާމަކޮށްފައެއް ނުވެއެވެ. ހަމައެއާއެކު، ކުވައިރިސްގެ ވައިގެ މަރުކަޒުގެ ވަށައިގެންވާ ސަރަޙައްދުތަކަށް ނުޞައިރީންގެ ވައިގެ އުޅަނދުތަކުން 6 ޙަމަލާ ފޮނުވާލާފައިވެއެވެ. އަހަރެމެންގެ ދުޢާއަކީ މިބައިމީހުންގެ އަނިޔާވެރިކަމުން ﷲ މުސްލިމުން ރައްކާތެރިކޮށްދެއްވެވުމެވެ.

ވިލާޔަތު ޞަލާޙުއްދީން: ބީޖީ ތެޔޮކާރުޚާނާގެ ކައިރީގައި އަދިވެސް ޙަމަލާ ބަދަލުކުރުންތައް ދަނީ ކުރިއަށެވެ. މި ޙަމަލާތަކުގައި ޕާކިސްތާނުގެ އަޚެއްކަމުގައިވާ އަބޫ ހަންޛަލާ \ ގެ އިސްތިޝްހާދީ ޙަމަލާއެއްވެސް ދެވުނެވެ. އެ ޙަމަލާގައި ޞަފަވީންގެ ގިނަ ޢަދަދެއްގެ ސިފައިން މަރުވިއެވެ. މޯޓަރު ތަކުން އެތަނުގެ މައިމަރުކަޒަށް ޙަމަލާތައް ރައްދުކުރިއެވެ. އަދި ޞަފަވީންގެ ޙަމަރެއްވެސް ގޮއްވާލެވުނެވެ. ސްނަޕަރ ޙަމަލާއެއްގައި ޞަފަވީންގެ ސިފައިންގެ މީހަކު މަރާލެވުނުކަމަށް ޚިލާފަތުން މަޢުލޫމާތު ދެއެވެ.

ވިލާޔަތުލް ޖަނޫބް: ޞަޙަވާތު ހަނގުރާމަވެރިންނާ ދެކޮޅަށް ޢަރަބް ޖަބޫރު ސަރަޙައްދުގައި ޚިލާފަތުން ދިން ޙަމަލާތަކުގައި 2 މުރުތައްދަކު މަރުވެ 5 މުރުތައްދަކު ޒަޚަމްވިއެވެ. ހަަމަ އެ ސަރަޙައްދުގައި ޞަޙަވާތުންެގެ ޗެކްޕޮއިންޓަކަށް ދިން ޙަމަލާއެއްގައި، 2 މުރުތައްދަކު މަރާލައި އިތުރު 3 މުރުތައްދަކު ޒަޚަމްވިއެވެ. ޞަފަވީންގެ އިތުރު ސިފައިން އެހީއަށް އައުމުން، އައި.އީ.ޑީ ބޭނުންކޮށްގެން އޭގައި ތިބި މުރުތައްދުން މަރާލާއި އަދި ޒަޚަމްކޮށްލެވުނެވެ. ޞަފަވީންގެ ޢަސްކަރިއްޔާއަށް ޖާސޫސުކޮށްދޭން އުޅުނު ޚާލިދު ހާދީ މުޙައްމަދު ނަމަކަށް ކިޔުނު މުރުތައްދަކުވެސް މަދާއިން ކިޔުނު ސަރަޙައްދެއްގައި މަރާލެވުނެވެ. މީގެ އިތުރުންވެސް ޞަފަވީންގެ ކޭމްޕުތަކާއި އަދި ބެރެކްސް ތަކަށް ޚިލާފަތުގެ މޯޓަރު ޙަމަލާތައް ރައްދުކުރެވުނެވެ.

ވިލާޔަތުލް އަންބާރު: ރަމާދީގެ އަލްބޫޢިޔާދާ ކިޔުނު ސަރަޙައްދުގައި ޞަފަވީންގެ 2 ޢަސްކަރީ ޓޭންކަށް ގައިޑަޑް މިސައިލް ބޭނުންކޮށްގެން ޙަމަލާދީ ގޮއްވާލިއެވެ. ސްނައިޕަރު ޙަމަލާއެއްގައި އަލްބަޣްދާދީގެ ޖަވާޢިނާ ފާލަން ކައިރިން ޞަފަވީ ޢަސްކަރިއްޔާއެއް މަރާލިއެވެ. އަދި އެސަރަޙައްދުގައި ހުރި ޞަފަވީ ބެރެކްސްތަކަކަށް ޚިލާފަތުގެ ސިފައިންގެ މެޝިން ބަޑީގެ ޙަމަލާތަކެއް ރައްދުކުރިއެވެ. ރަމާދީގެ އަލްބޫޢުލްވާންް ސަރަޙައްދުގެ ސްވަޓް ސިފައިންނަށް އަމާޒުކޮށް ވަރުގަދަ ޢަމަލިއްޔާތެއް ޖެއްސިއެވެ. މި ޢަމަލިއްޔާތުގައި އެމީހުން 4 ބެރެކްސް ރޯކޮށްލިއެވެ. މި ޙަމަލާގައި ބެރެކްސްތަކުގައި ތިބި މުރުތައްދުން މަރުވިއެވެ. އަދި ޒަޚަމްވިއެވެ. ޞަފަވީންގެ ޢަސްކަރީ ވައިގެ އުޅަނދަކުން އޮޅުމުގެ ތެރޭގައި އެމީހުންގެ އަމިއްލަ ޔުނިޓަކަށް ޙަމަލާދީ މުރުތައްދުން މަރާލިއެވެ.

ވިލާޔަތު ދިޔާލާ: އިސްލާމީ ޚިލާފަތުގެ ސިފައިން ބަޢުޤޫބާގެ ފުލުހުންގެ އުޅަނދުތަކަކަށް އަމާޒުުކޮށް އައި.އީ.ޑީ ތައް ގޮއްވާލިއެވެ. މި ޙަމަލާތަކުގައި 6 މުރުތައްދު ފުލުހަކު މަރުވެ އިތުރު ފުލުހުންނަށް ނުރައްކާތެރި ޒަޚަމްތައް ވިއެވެ. ޢަސްކަރީ ސިފައިން ގޮވައިގެން ބަހްރާޒަށް ދިއުމަށް ދަތުރުކުރި އުޅަނދެއްވެސް ގޮއްވާލިއެވެ.

ޙިޔާލު ހުށަހެޅުއްވުމަށް....