ދެމީހެއްގެ މައްޗަށް ޤިޞާޞްގެ ޙައްދު ތަންްފީޛުކޮށް ބޯ ޗިސްޗިސް ކޮށްލައިފި

މުޙާރިބުންގެ މައްޗަށް ޤިޞާޞްގެ ޙައްދު ތަންފީޒުކުރަނީ
މުޙާރިބުންގެ މައްޗަށް ޤިޞާޞްގެ ޙައްދު ތަންފީޒުކުރަނީ

ވިލާޔަތު ނައިނަވާގެ 3 އަންހެނަކަށް ޙަމަލާދީ ގަލުން ތެޅިތެޅީނުން ބޯ ޗިސްޗިސް ކޮށްލުމަށްފަހު މުދާތައް ފޭރިގަނެގަނެގެން ފިލަން ދުވި ބަޔަކު އިސްލާމީ ޚިލާފަތުގެ ފުލުހުން ހައްޔަރުކޮށް އިސްލާމީ ޚިލާފަތުން ޝަރުޢީ ޙައްދު ތަންފީޛުކޮށްފިއެވެ. މިމީހުން ހައްޔަރުކުރުމަށްފަހު ޝަރުޢީ ކޯޓުގައި މިމީހުންގެ މައްޗަށް އަލްޙަރާބާގެ ކުށްވަނީ ޘާބިތުވެފައެވެ. އަދި މަރުގެ ދިޔަ ލިބެންޖެހޭ ފަރާތުން، އޭނާގެ މަންމައާއި އަންހެނުންނާއި އުޚްތާގެ މަރުގެ ބަދަލުގައި ޤިޞާޞް ހިފުމަށް އެދެމުން އެމީހުން މެރިގޮތަށް ޤާތިލުންގެ ބޯތައްވެސް ގަލުންތަޅައި ޗިސްކޮށް ޤިޞާޞް ހިފުމަށް ޙުކުމް އިއްވި އެގޮތަށް ތަންފީޒުކުރެވުނެވެ.

ޙުކުމް ތަންފީޒުކުރާ މައިދާނުގައިހުރެ، މަރުގެ ދިޔަ ލިބުން ޙައްޤުވާ ފަރާތުންވަނީ އޭނާގެ މަންމައާއި އަންހެނުންނާއި އުޚްތާއާއިމެދު ޤާތިލުން ކަންކުރިގޮތުގެ ތަފްޞީލް އެންމެންގެ ކުރިމަތީގައިވެސް ކިޔައިދީ މީސްތަކުންނަށް ކަމުގެ ޙަޤީޤަތް ބަޔާންކޮށްދީފައެއެވެ. ދެން ތިބި ބަޔަކަށްވެސް މިކަމުން ޢިބުރަތެއް ޙާޞިލްވާނޭ ފަދަ ގޮތަކަށެވެ.

ބައެއް މީހުން ދެކޭނެގޮތުގައި މިއީ ވަރަށް އިންސާނިއްޔަތާއި ޚީލާފު ޢަމަލެކެވެ. އަދި ކާފަރުންނާއި އެމީހުންނަށް އަޅުދާސްތުވެފައިވާ ޠާޣޫތީ ސަރުކާރުތަކުގެ މީޑިއާތަކުންވެސް މިކަންކަމުގެ ޙަޤީޤަތް އޮޅޭގޮތަށް ދަނީ ޚަބަރުތައް ފަތުރަމުންނެވެ. ނަމަވެސް ނަބިއްޔާ ؛ ގެ ދުވަސްވަރުވެސް މިފަދަ ޙާދިޘާއެއް ހިނގާފައިވެއެވެ. އަނަސް > ގެ އަރިހުން ރިވާވެގެންވެއެވެ.

(ރިހި ގަހަނާތަކުގެ ދަހިވެތިކަމުގައި) ޔަހޫދީއަކު އަންހެންކުއްޖެއްގެ ބޯ ދެގަލުގެ ދެމެދަށްލައި ޗިސްޗިސް ކޮށްލިއެވެ. (ﷲގެ ރަޙްމަތުން އަދި އެކުއްޖާގެ ފުރާނަ ނުގެންދަވާ އޮތުމުން) ކާކު ކުރިކަމެއްތޯ އޭނާއާއި ސުވާލުކުރެވުނެވެ. އަދި ޔަހޫދީ މީހާގެ ނަން ގަނެވުނު ހިނދު (އަނގައިން ބަސް ނުބުނެވުނެއް ކަމަކު) ބޯ ޖަހައިލިއެވެ. އެހިނދު އެ ޔަހޫދީ މީހާ ރަސޫލުﷲ ؛ ގެ އަރިހަށް ގެނެވުނެވެ. އަދި އޭނާގެ ކުށަށް އިޢުތިރާފުވިއެވެ. އޭނާގެ ބޯ ދެ ގާ ދޭތެރެއަށްލައި ޗިސްޗިސްކޮށްލުމަށް ނަބިއްޔާ ؛ އަމުރުކުރެއްވިއެވެ. (ޞަޙީޙުލް ބުޚާރީ، ބާބު: އައްދިޔާތު)

ޙިޔާލު ހުށަހެޅުއްވުމަށް....

ޙިޔާލު

  1. ނުރުހޭ ބަޔަކު ނުރުހިބަލަ! އިސްލާމީ ޝަރީއަތް މިއޮއްގެން ތަންފީޒު ކުރަނީ. އިސްލާމް ދީނުގަ ހުރިކަންކަން މިއީ. މިކަންކަމާ ފާޑުކިޔަންޏާ ތިކިޔެނީ އިސްލާމްދީނަށް ނަބިއްޔާއަށް. ތިހާ އުޅޭހިއްނުވާ ދީނެއްވެއްޖެއްޔާ ޚިލާފަތާ ދެކޮޅަށް ހަނގުރާމަކޮށް މަރުވެ ކުނިވާންދޭ!