ލޫޠު ^ ގެ ޤައުމުގެ މީހުންގެ ޢަމަލު ހިންގި މީހަކު މަތިން ވައްޓާލައި ޙުކުމް ތަންފީޛުކޮށްފި

ޙުކުމް ތަންފީޛުކުރުމަށްޓަކައި އިމާރާތުގެ މައްޗަށް އެރުވިފައިވާ މުޖުރިމް
ޙުކުމް ތަންފީޛުކުރުމަށްޓަކައި އިމާރާތުގެ މައްޗަށް އެރުވިފައިވާ މުޖުރިމް

ލޫޠު ^ ގެ ޤައުމުގެ މީހުން ހިންގި ޢަމަލަކީ މީގެ ކުރިން ދުވަހަކުވެސް ކޮށްފައިނުވާ ފަދަ ބޮޑުވެގެންވާ ނުބައި ފާޙިޝް ޢަމަލެއްކަމަށް ﷲ ވަނީ ޤުރްއާނުގައި ބަޔާންކުރައްވާފައެވެ. ވިލާޔަތުލް ޖަޒީރާގައި މި ނުބައި ޢަމަލު ހިންގި މީހަކު ހައްޔަރުކޮށް ޙުކުމް ތަންފީޛުކޮށްފިއެވެ. ބޮޑަށް ލަފާކުރެވޭ ގޮތުގައި އޭނާ އެ ޢަމަަލު ހިންގާފައިވަނީ ގަދަކަމުންނެވެ.

އިސްލާމީ ޚިލާފަތުން އަބަދުވެސް ޙުކުމް ތަންފީޛުކުރުމުގެ ކުރިން ރައްޔިތުންނަށް އެކަމުގެ ތަފްޞީލްތައް ޝަރުޢީގޮތުން އޮންނަ ގޮތް ކިޔައިދީ ޙިއްސާކުރެއެވެ. އަދި އޭގެފަހުގައި ރައްޔިތުމީހުންގެ ކުރިމައްޗަށް ކަނު ބަނދެގެން ގެނެވުނު މި ފިރިހެންމީހާ އުސް އިމާރާތެއްގެ މައްޗަށް އަރުވާ އެތަނުން ވައްޓާލައި ގަލުން ތަޅައި ޙުކުމް ތަންފީޛުކުރިއެވެ.

ލޫޠު ^ ގެ ޤައުމުގެ މީހުންގެ ޢަމަލު ހިންގާ މީހުންނަށް އިސްލާމީ ޝަރީޢަތުގައި އޮތީ މަރުގެ ޙުކުމް ކަމާއިމެދަކު ޞަޙާބީންގެ މެދުގައިވެސް އިޚްތިލާފެއް ނެތެވެ. އަދި އުއްމަތުގެ ސަލަފުއްޞާލިޙުންވެސް ވަނީ މިކަމަށް އިޖުމާޢުވެފައެވެ. އަދި އެންމެ ވަރުގަދަ ރައުޔަކީވެސް މިއީއެވެ. ނަމަވެސް މަރަން ޖެހޭ ގޮތާއި މެދު އެކި ޞަޙާބީންނާއި އަދި ސަލަފުންވެސް އެކިގޮތްތަކަށް ރައުޔުތައް ނެރުއްވިއެވެ. އެގޮތުން އަބޫ ބަކްރު، ޢަލީ އަދި ޚާލިދު ބުން ވަލީދު } ވެސް ދެކިލެއްވީ މަރަންޖެހޭނެ ކަމަށެވެ. އަދި ޒިނޭކުރުމުގެ ޙައްދަށްވުރެ ޙައްދު ބޮޑުވާންޖެހޭނެ ކަމުގައެވެ. އަދި އަބޫ ބަކުރު > ގެ ޚިލާފަތުގައި އެފަދަ މީހަކު ދިރިހުއްޓާ ރޯކޮށްލުމަށް އަބޫ ބަކުރު > އަމުރުކުރެއްވިއެވެ.

ބައެއް ޢިލްމުވެރިންގެ ރައުޔުއަކީ، މިފަދަމީހާގެ ގައިމައްޗަށް ފާރެއް ވައްޓާލައި މަރުވަންދެން ބޭއްވުމެވެ. އަދި ބައެއް ޢިލްމުވެރިން ދެކެލައްވާގޮތުގައި ޝަހަރުގެ އެންމެ އުސްތަނަށް އެރުވުމަށްފަހު އެތަނުން ވައްޓާލައި، ﷲ ލޫޠު ^ ގެ ޤައުމުގެ މީހުންނަށް ހެއްދެވިގޮތަށް ގަލުން ތަޅައި މަރާލަންވީއެވެ. އަދި ބައެއް ބޭކަލުން ދެކެލައްވާގޮތުގައި އެކަމަށް އެކަށީގެންވާކަމަށް ޤާޟީއަށް ފެނުނު އެންމެ ބޮޑު އަދަބަކުން އަދަބު ދޭންވީއެވެ.

އެހެނީ މި ނުބައި ފާޙިޝް ޢަމަލުގެ ސަބަބުން ﷲގެ ކޯފާ އައިހިނދު އެކި ވައްތަރުގެ ޢަޒާބުތައް ފޮނުއްވިއެވެ. އޭގެތެރޭގައި ގެތައް އެފުށްމިފުށަށް ޖެއްސެވުމާއި، ބިމަށް ގަނބައިގެން ދިއުމާއި، އުނޑުން ހިލައިގެ ވާރޭ ވެއްސެވުމާއި، ލޮލުގެ ފެނުން ނެންގެވުމާއި، ހުއްޓުމެއްނެތި ޢަޒާބު ލިބެނިވި ބައެއްކަމުގައި ލެއްވެވުން ހިމެނެއެވެ. އެހެންކަމުން، އިސްލާމީ ޚިލާފަތުގެ ދަޥްލަތަށް ފާޑުކިޔާ ފަރާތްތަކުން ފާޑުކިޔުމުގައި ހަލާކުވާށެވެ! ﷲ ޙުކުމްފުޅުތަކާއިމެދު ނުރުހުންވެ މުރުތައްދުވާ ބަޔަކާއި ދެކޮޅަށް އެއިލާހު ގެންނަވާ މުއުމިނުންގެ ޞިފަތަކުގެ ތެރޭގައި ވެއެވެ.

¢… وَلاَ يَخَافُونَ لَوْمَةَ لآئِمٍ…£
[އަދި އެމީހުންނާއިމެދު މަލާމާތްކުރާ ފަރާތްތަކުގެ މަލާމާތަކަށް އެމީހުން ބިރުގަނެ ޖެހިލުމެއް ނުވާނެއެވެ.](المائدة:54)

ޙިޔާލު ހުށަހެޅުއްވުމަށް....