މުސްލިމުންގެ ޚަލީފާ އަބޫބަކްރު އަލްބަޣްދާދީ | އިސްލާމީ އުއްމަތަށް ދެއްވި ޚިޠާބުގެ ޚުލާޞާ

ޚަލީފާގެ އެންމެފަހުގެ ޚީޠާބު
ޚަލީފާގެ އެންމެފަހުގެ ޚީޠާބު

¢انْفِرُوا خِفَافًا وَثِقَالا£ (ލުއިކަމާއެކުގައްޔާއި، ބުރަކަމާއެކުގައި، ތިޔަބައިމީހުން (ހަނގުރާމައަށް) ނުކުންނާށެވެ!) ގެ ނަމުގައި މުސްލިމުންގެ ޚަލީފާ އަބޫބަކްރު އަލްބަޣްދާދީ | ޚިޠާބެއް ދެއްވައިފިއެވެ. އަލްފުރްޤާން މީޑިއާއިން ނެރުއްވި މި އޯޑިއޯ ޚިޠާބު އަމާޒުކުރައްވާފައިވަނީ އިސްލާމީ އުއްމަތުގެ ކޮންމެ ފަރުދަކަށެވެ. ވަރަށް ގިނަ ކަންކަމަށް މި ޚިޠާބުގައި ޚަލީފާ އަލިއަޅުވާ ލެއްވެވިއެވެ. އޭގެތެރެއިން ބައެއް ކަންކަން ފޮއިންޓު ކޮށްލާނަމެވެ.

 • ﷲގެ މަގުގައި ހަނގުރާމަކުރުމަށްޓަކައި ﷲ އަންގަވާފައިވާ އަމުރު ހަނދުމަކޮށްދިނުން.
 • އަހަރެމެން އިޤްތިދާވާކަމަށް އަދި ލޯބިވާކަމަށް ދަޢުވާކުރާ ނަބިއްޔާ މުޙައްމަދު ؛ އަކީ މުޖާހިދެއްކަމާއި އަދި އެކަމަށްޓަކައި އެކަލޭގެފާނު ބެހެއްޓެވި އަހައްމިއްޔަތު ކަމާއި، އެކަލޭގެފާނުގެ ޙަޔާތްޕުޅުގައި ކުރެއްވި ހަނގުރާމަތަކާއި، ލިބިލެއްވި ޒަޚަމްތައް ހަނދުމަކޮށްދިނުން.
 • ﷲގެ މަގުގައި ހަނގުރާމަކުރުން ފަރުޟުކުރެވުނީ އަހަރެމެންގެ ފާފަތަށް ފުއްސަވާދެއްވާ، ދަރަޖަ މަތިވެރިކޮށްދެއްވާ، ޝަހީދުން އިޚްތިޔާރުކުރައްވާ، މުއުމިނުން ޠާހިރުކުރައްވާ، ކާފަރުން ހަލާކުކުރެއްވުމުގެ އިތުރުން އަހަރެމެން އިމްތިޙާން ކުރެއްވުމުގެ ގޮތުންކަން ހަނދުމަކޮށްދިނުން.
 • ޔަހޫދީންނާއި ނަޞާރާއިންނާއި އަދި އެހެނިހެން ކާފަރުންގެ ރުހުން ހޯދައިގެން ގުޅުން ބަދަހިކޮށްގެން އުޅެވިދާނެކަމަށް ދެކޭ މުސްލިމުންނަކީ ﷲގެ ބަސްފުޅުތައް ދޮގުކުރާ ބައެއްކަން ނައްސުގެ ދަލާއިލުތަކުން ހަނދުމަކޮށްދިނުން.
 • ކާފަރުންނާއި ދެކޮޅަށް ހަނގުރާމަކުރުމާއި، ހިޖްރަކުރުމާއި އަދި ޖިހާދު ޤިޔާމަތުގެ ވަގުތާއި ހަމައަށް ދެމިގެންދާނެކަން ޙަދީޘްގެ އަލީގައި ހަނދުމަކޮށްދިނުން.
 • އިސްލާމީ ދަޥްލަތާއި ދެކޮޅަށް ކުރެވޭ ހަނގުރާމައަކީ ހަމައެކަނި އެ ދަޥްލަތުގެ ހަނގުރާމައެއްކަމުގައި ނުދެކުމަށާއި، އެއީ އެންމެހާ މުސްލިމުންނާއި ދެކޮޅަށް ފަށައިފައިވާ ޙަމަލާއެއްކަން ހަނދުމަކޮށް އެރުވުން.
 • އެހެންކަމުން ދަޥްލަތަށް ހިޖުރަކުރުމަށާއި އަދި އެހުރިތާކުން ހަތިޔާރެއް އުފުލައިލުމުގެ ކުޑަވެސް ޤާބިލުކަމެއްހުރި މީހަކު އެކަންކަން ނުކޮށް ހުރުމަށް އެއްވެސް ޢުޛުރެއް ނެތްކަން ހަނދުމަކޮށްދިނުން.
 • ދުވަހަކުވެސް އިސްލާމްދީނަކީ ކާފަރުން އެބުނާ [ޞުލްޙައިގެ] ދީނެއް ނޫންކަމާއި، މިއީ ހަނގުރާމައިގެ ދީނެއްކަމާއި، ނަބިއްޔާ ؛ އެންމެހާ މަޚްލޫޤުންގެ ގާތަށް ރަޙްމަތުގެ ނަބިއްޔާގެ ގޮތުގައި ފޮނުއްވުނީ ކަނޑި އައިގެންކަން ހަނދުމަކޮށްދިނުން.
 • ﷲ އަށް އެކެނި އަޅުކަން ޚާލިޞްވެއްޖައުމަށް ދާންދެން ޢަރަބީންނާއި އަދި ޢަަޖަމީންނާއި ދެކޮޅަށް ނަބިއްޔާ ؛ ހަނގުރާމަކުރެއްވިކަމާއި އަދި އެކަލޭގެފާނުގެ ފަހުން ޞަޙާބީން އެމަގަށް އިޤްތިދާވިކަން ހަނދުމަކޮށްދިނުން.
 • [އަލްމަލާހިމް] ގެ ބޮޑު ޤަތުލްޢާއްމު ހިނގާ ހަނގުރާމައިގެ ޚަބަރު މިއަދު ތެދުވަމުން އަންނަ ކަމަށާއި، ނަޞްރުގެ ވައިރޯޅިތަކުގެ އިޙްސާސްތަށް މިއަދު ކުރެވެން ފަށައިފިކަން ހަނދުމަކޮށްދިނުން.
 • ތިމަންނަމެން ޙަމަލާދެނީ ހަމައެކަނި ހަތިޔާރު އެޅި މުސްލިމުންނަށޭ ކިޔާ ޞަލީބީން ކުރާ ދަޢުވާ، މާދަމާ ވަކިވަކި ކޮންމެ މުސްލިމަކާއި ދިމާލަށް އަނބުރާލާނެކަމާއި، ދީނުން ބޭރުވެ މުރުތައްދު ނުވެއްޖެނަމަ، އެމީހުންގެ ބިންތަކުގައި ހިޔާވަހިކަން ހޯދައިގެން އުޅޭ މުސްލިމުންނަން ޖާސޫސުކޮށް، ހައްޔަރުކޮށް، ތަޙްޤީޤުކޮށް، ގެދޮރުން ނެރެ ހަދާނެކަން ހަނދުމަކޮށްދިނުން.
 • ޢަރަބިކަރައިގެ މުރުތައްދުވެރިންގެ ޙާލަތާއި ޚާއްޞަކޮށް ސުޢޫދީގެ ވެރިކަންކުރާ އާލްސަލޫލުގެ އާއިލާގެ ނުބައި ނުލަފާކަން މިއަދު އެންމެ އާދައިގެ މުސްލިމު ފަރުދަކަށްވެސް އެނގޭކަމާއި، ޔަހޫދީންނާއި ނަޞާރާއިން އެމީހުންގެ ބޭނުން ކެނޑި ޞަފަވީ ޝިޔަޢީ ރާފިޟީންނަށް ސަރަޙައްދުގެ ބާރުދޭން އުޅޭކަން އެނގި އެކަމާއި ދެކޮޅަށް ޔަމަނުގައި ހަނގުރާމަކުރަން ތެޅޭ ތެޅުމަކީ، ﷲގެ އިޛުނަފުޅާއިއެކު މަރަށް ތެޅޭ މީހެއްގެ ފަހު ނޭވާގެ ވަގުތުގައި ފައިން ޖަހާލާ ޖަހާލުމެއްކަމަށް ޞިފަކޮށްދިނުން.
 • އާލްސަލޫލުން ރާފިޟީންނާ ދެކޮޅަށް ފެށި ހަނގުރާމައަކީ ދަޅަ ދައްކާލުމެއްކަމަށާއި، އޭގެ ޙަޤީޤީ ސިއްރަކީ، ރާފިޟީން ޢަރަބިކަރައިގެ ތަޙްތުތަކަށް ވެރިވެއްޖެނަމަ، މުސްލިމު އުއްމަތް ދެން އެނބުރޭނީ އިސްލާމީ ޚިލާފަތުގެ ދަޥްލަތާއި ދިމާލަށްކަން އެނގި، އާލްސަލޫލާއި އަދި އެހެން ޢަރަބި ވެރިން އެކަމަށް ގަންނަ ބިރެއްގެ ސަބަބުން ކުރާ ހަނގުރާމައެއްކަން ހަނދުމަކޮށްދިނުން.
 • އަހުލުއްސުންނަތުގެ ބައެއް އާއިލާތައް އަދިވެސް ރާފިޟީންނާއި ކުރުދީންގެ ހިމާޔަތުގެ ދަށުގައި ނިކަމެތިކަމުގައި ދިރިއުޅެމުން އަންނަކަމާއިމެދު ހިތާމަކުރާކަމަށާއި، އަދި މިފަދަ ނިކަމެތިކަމެއް ވެރިކުރުވީ، މުރުތައްދު ވެރިންނަށް ތާޢީދުކުރާ ނުބައި ޢިލްމުވެރީންކަން ހަނދުމަކޮށް އެރުވުން.
 • އެ އާއިލާތަކުގެ ގާތްތިމާގެ ބަޔަކު މުރުތައްދުވެ ﷲގެ ދީނާއި ދެކޮޅަށް ހަނގުރާމަކުރިއެއް ކަމަކު، އެކަމުގެ ޖަޒާ އެއާއިލާތަކުން އުފުލަން ނުޖައްސާނެކަން ހަނދުމަކޮށް އެރުވުމާއި، އޭގެ ބަދަލުގައި ދަޥްލަތުން ހޫނު މަރުހަބާއަކާއި އަަމާންކަން ލިއްބައިދޭނެކަން، ޚާއްޞަކޮށް އަންބާރުގައި އާއިލާތަކަށް ހަނދުމަކޮށްދިނުން.
 • ރާފިޟިންނާއި، ޢަސްކަރީ ޞަލީބީންނައި، ފުލުހުންނާއި އަދި ސަޙަވާތުންނަށް، ވަގުތު ފާއިތުވެ ނުދަނީސް އަދި މުޖާހިދުންގެ އަތު ނުޖެހެނީސް ތައުބާވުމަށް ގޮވާލުމާއި، އަދި ތައުބާވެއްޖެނަމަ، ރަޙުމްކުރާ ބައެއްގެ ގޮތުގައި ފެންނާނެކަމަށާއި އަދި ހެޔޮކޮށް ހިތުމާއި އޯގާތެރިވުން ނޫންކަމެއް ނުފެންނާނެކަން ހަނދުމަކޮށް އެރުވުން.
 • ނިންމަވާލެއްވުމުގެ ކުރީން، އިސްލާމީ ދަޥްލަތުގެ ސިންގާތަކުގެ މަޖްމޫޢުތައް ވަކިވަކިން އަލިއަޅުވާލެއްވުމަށްފަހު ހިއްވަރުދެއްވެވުން.
 • މަޖްމޫޢުތަކުގެ ތެރޭގައި، ބަޣްދާދުގެ އުތުރާއި ދެކުނުގައި ރާފިޟީންގެ މައި މަރުކަޒުތަކަށް ޙަމަލާދެމުންދާ އަނގުރު އަލިފާނުގައި ހިފައިގެން ތިބިފަދަ ސިންގާތައް، އެއިން އެކަކުވެސް އެއްހާސް މީހުންފަދަކަމުގައި ޞިފަކުރެއްވުން.
 • އުތުރުގައިވާ އަހުލުއްސުއްނާގެ އެންމެ ވަރުގަދަ ކިއްލާ، ބައިޖީގެ ސަރަޙައްދުގައި ތިބި ތަޥްޙީދުގެ ހިއްވަރުގަދަ ބަޠަލުންނާއި، ކާފަރުންގެ ގުޅިފައިވާ ފައުޖުތަކާއި ދެކޮޅަށް ހަނގުރާމަކުރަމުން އަންނަ ކިރްކުކްގެ މުޖާހިދުން، މުރުތައްދުންގެ ކިއްލާތައް ބިމާހަމަކުރަމުން އަންނަ އަލްއަންބާރުގައި ތިބި އަލްވަލާ ބަލްބަރާގެ ސިންގާތަކާއި، މިޞްރުގެ ސައިނާ ސަރަޙައްދުގެ މުޥައްޙިދުންނާއި، ރައްޤާ، މޫޞަލް، ޙަލަބް، ދިޖްލާ، އަލްފުރާތު، އަލްޖަޒީރާ، އަލްބަރަކާ، އަލްޚައިރު، ހުމްޞް، ދިޔާލާ، އަދި ހަމާގެ ސިންގާތަކާއި، ލީބިޔާ، އަލްޖީރިއާ، ތޫނިސްގެ ޚިލާފަތުގެ ސިފައިންނާއި، ޚުރާސާނާއި ހުޅަނގު އެފްރިކާ އަދި ޔަމަނުގައި ތިބި ޚިލާފަތުގެ ސިފައިންގެ މުޖާހިދުންނަށް ވަކިވަކިން ހިއްވަރުދެއްވެވުން.
 • މުރުތައްދުންގެ ޖަލުތަކުގައިވާ އަސީރުން މަތީން އެންމެ ދުވަހަކުވެސް ހަނދުމަނުނެތޭކަމަށާއި، އެންމެ ފަހު މީހާ މިނިވަން ކުރެވެންދެން މަސައްކަތްކުރާނެކަމަށާއި، ކެތްތެރިކަމާއިއެކު ޘާބިތުވުމަށް، ޚާއްޞަކޮށް އަލްސަލޫލުގެ ޖަލުތަކުގައި ތިބި ޢިލްމުގެ އަހުލުވެރިންނަށް ގޮވާލެއްވެވުން.
 • ފާފަފުއްސެވުން އެދި ދުޢާކުރުމަށްފަހު ޚިޠާބު ނިންމަވާލެއްވުން.
¢وَلِلَّهِ الْعِزَّةُ وَلِرَسُولِهِ وَلِلْمُؤْمِنِينَ وَلَكِنَّ الْمُنَافِقِينَ لَا يَعْلَمُونَ£
[އަދި ޢިއްޒަތްވަނީ ﷲ އަށާއި އެއިލާހުގެ ރަސޫލާއަށާއި އަދި މުއުމިނުންނަށެވެ. އެހެނަސް، މުނާފިޤުން އެކަމެއް ނުދަނެއެވެ.]( سورة المنافقون:8)

 

ޙިޔާލު ހުށަހެޅުއްވުމަށް....

ޙިޔާލު

 1. އިތުރު ލިންކް އޮންލައިންކޮށް ކިޔާލެވޭގޮތަށް އިނގިރޭސި އަދި އެނޫން

  justpaste.it/infirooo
  nasheer.me/infirooo