އައްޝަރްޤާޠުގައި ޒަކާތުގެ ޙައްޤުވެރިންނަށް ޒަކާތް ރައްދުކޮށްދީފި

އިސްލާމީ ޚިލާފަތުގައި ފަރުޟު ޒަކާތްބެހުން
އިސްލާމީ ޚިލާފަތުގައި ފަރުޟު ޒަކާތްބެހުން

އައްޝަރްޤާޠުގައި ދިރިއުޅޭ ޒަކާތުގެ ޙައްޤުވެރިންނަށް އިސްލަމީ ޚިލާފަތުން ޒަކާތް ހަވާލުކޮށްފިއެވެ. އައްޝަރްޤާޠަކީ އަލަށް އިޢުލާން ކުރެވުނު ވިލާޔަތެއް ކަމުގައިވާ ވިލާޔަތު ދިޖްލާގެ ބައެކެވެ. މީސްތަކުންނަށް ޒަކާތް ބަހާފައިވަނީ ޒަކާތް ހަވާލުކުރަންޖެހޭ މީހުން ދިރާސާކުރުމަށްފަހު އެކުލަވާލާފައިވާ ލިސްޓަކާއި އެއްގޮތަށެވެ.

ޒަކާތް ޙަވާލުކުރެވޭއިރު އިސްލާމީ ޚިލާފަތުގެ ލެޓަހެޑްގައި ޕްރިންޓް ކުރެވިފައިވާ ލިޔުންކޮޅެއްވެސް ޙަވާލުކުރެއެވެ. އެލިޔުންކޮޅުގައި ޢަރަބި ބަހުން ލިޔެވިފައިވަނީ [ﷲ` މުއްސަންދިންގެ މުދަލުން ތިޔަބައިމީހުންނަށް ފަރުޟުކޮށްފައިވާ ޙައްޤު ތިޔަބައިމީހުންނާއި ހަމައަށް ވާޞިލްކޮށްދިނުމަށްޓަކައި އިސްލާމީ ދަޥްލަތް ވަނީ އަމާނާތްތެރި ކުރެވިފައެވެ. އަދި އެކަމަށް ޝައުގުވެރިވެފައެވެ.] މިފަދައިންނެވެ.

ޙިޔާލު ހުށަހެޅުއްވުމަށް....