އަލްޤުޟާތު ޤަބީލާއިން އިސްލާމީ ޚިލާފަތުގެ މުވައްޒަފުންނަށް މެހެމާންދާރީ އަދާކޮށްފި

އިސްލާމީ ޚިލާފަތުގައި މުސްލިމުންގެ އުުޚުއްވަތްތެރިކަން
އިސްލާމީ ޚިލާފަތުގައި މުސްލިމުންގެ އަޚުވަންތަކަން

އަލްޤުޟާތު ޤަބީލާގެ ދަޢުވަތަކަށް އިޖާބަދޭ މަންޒަރު ދައްކުވައިދޭ ފޮޓޯތަކެއް އިސްލާމީ ދަޥްލަތުގެ ވިލާޔަތެއްކަމުގައިވާ އަލްބަރްކާގެ ޢާއްމު ގުޅުންތަކާއިބެހޭ އިދާރާއިން ޢާއްމެކޮށްފިއެވެ. އެފޮޓޯތަކުން ފެނިގެންދަނީ އިސްލާމީ ޚިލާފަތުގެ މުވައްޒަފުންނާއި އަލްޤުޟާތު ޤަބީލާގެ ޝައިޚުންނާއި އިސްވެރިންނާއި ބައްދަލުކުރާ މަންޒަރުތަކެކެވެ.

އެބައްދަލުވުން ފައްޓަވައިދެއްވާފައިވަނީ އިސްލާމީ ޚިލާފަތުގެ ޝިޢާރުކަމުގައިވާ ތަޥްޙީދުގެ ކަލިމަ ޝަރަހަކޮށް، އެކަލިމައަށް ނަޞްރުވެރިވުމަށް ޤުޟާތު ޤަބީލާގެ އަހުލުވެރިންނަށް ގޮވާލަމުންނެވެ. ޠަޥްހީދަކީ އިސްލާމް ދީނުގެ އަޞްލުކަމަށްވާއިރު އެކަލިމައިގެ ޙަޤީޤީ މަފްހޫމް ޢާއްމުންނަށް އޮޅުންފިލުވައިދޭން އިސްލާމީ ދަޥްލަތުން ކުރަމުންގެންދާ އެކި މަސައްކަތްތަކުގެ ތެރެއިން، މިފަދަ ބައްދަލުވުންތަކުގައި އެކަލިމަ ޝަރަޙަކުރެވޭކަމީ މުޥައްޙިދުންގެ ހިތްތަށް ފުރިގެންދާނެ ކަމެކެވެ. މީގެ އިތުރުން، މިބައްދަލުވުމުގައި ޤުޟާތު ޤަބީލާގެ އަހުލުވެރިންނާއި ޢާއްމު މީހުންގެ ޝަކުވާތަކަކީ ކޮބައިތޯ ބަލައި، އެމީހުންގެ ޚިޔާލު ހޯދައި އެކަން ނޯޓް ކުރެވޭ މަންޒަރުވެސް ފެނިގެންދެއެވެ. މިޙަފްލާ ނިންމާލައިފައިވަނީ ﷲ ` ގެ މަގުގައި ޖިހާދުކުރުމާއި މުޖާޙިދުންގެ މާތްކަމާއި ގުޅޭގޮތުން ތައްޔާރުކުރެވިފައިވާ ޅެމަކުންނެވެ.

ޢިރާޤާއި ސޫރިޔާއާއި އަދިވެސް ދުނިޔޭގެ އެކި ހިސާބުތަކުގެ ބިންތައް އިސްލާމީ ޚިފާތުގެ ދަށަށް އަންނަމުން ދިއުމާއިއެކު، ކުރެވޭ ގިނަގުނަ މަސައްކަތްތަކުގެ ތެރޭގައި ޢާއްމުންނާއި ބައްދަލުކޮށް އެމީހުންގެ ޙިޔާލުތަށް ހޯދައި، ޝަކުވާތައް އަޑުއެހުންވަނީ ޢާއްމުކަމެއް ކަމުގައި ހަދައިފައެވެ. އެއީ ނަބިއްޔާ ؛ ދެއްކެވި ރިވެތި ނަމޫނާއެވެ. އެކަލޭގެފާނުގެ ރިވެތި މަންހަޖެވެ.

ޙިޔާލު ހުށަހެޅުއްވުމަށް....