ވިލާޔަތު ޙިމްސްގެ ބާދިޔާ އަވަށުގެ ޢާންމުންނަށް ޢިލްމީ ދައުރާއެއް ބާއްވައިފި

ޙިމްސްގެ ބާދިޔާ އަވަށުގައި ބޭއްވުނު ދައުރާގެ ތެރެއިން
ޙިމްސްގެ ބާދިޔާ އަވަށުގައި ބޭއްވުނު ދައުރާގެ ތެރެއިން

ތަޥްޙީދު އަދި މުސްލިމަކު ކޮންމެހެން ދަންނަންޖެހޭ ޝަރްޢީ އެހެނިހެން ޢިލްމުތަށް އުނގަންނައިދިނުމަށްޓަކައި ޢާންމުންނަށް ޚާއްޞަކޮށްގެން ވިލާޔަތު ޙިމްސްގެ ބާދިޔާ އަވަށުގައި ދައުލަތުން ޢިލްމީ ދައުރާތަކެއް ބާއްވާފިއެވެ.

މިސްކިތްތަކާއި އަވްޤާފާއިބެހޭ އިދާރާއިން ބޭއްވި މިދައުރާތަކުގައި، ބާދިޔާ އަވަށުގެ ގިނަ ޢާންމުންތަކެއް ބައިވެރިވެ މި މަޝްރޫޢުއަށްވަނީ ޢާންމުންގެ ބޮޑު ތަރުހީބެއް ލިބިފައެވެ.

ޙައްޤު ނިއުސް ޓީމަށް މަޢުލޫމާތު ލިބިފައިވާގޮތުގައި މިދައުރާގައި ޢާންމުންގެ އެކި ގިންތީގެ މީހުންނާއި އެކި ޢުމުރުފުރައިގެ މީހުންވަނީ ބައިވެރިވެފައެވެ. މިގޮތުން އެފަރާތުން ހާމަކުރާގޮތުގައި ޑަކްޓަރުންނާއި، އައިޓީ ދާއިރާގައި މަސައްކަތްކުރާ މީހުންނާއި، ވިޔަފާރިވެރިންނާއި، ގެރިބަކަރި ގެންގުޅޭ މީހުންނާއި އަދި ތަފާތު އެކިއެކި ދާއިރާތަކުގެ މީހުންވަނީ ބައިވެރިވެފައެވެ.

މަޢުލޫމާތު ލިބޭގޮތުގައި މިދައުރާތަކަށްފަހު ބައިވެރިންގެ ފެންވަރު ބެލުމުގެ ގޮތުން އިމްތިޙާންތަކެއްވެސް ބާއްވާނެއެވެ.

ޙިޔާލު ހުށަހެޅުއްވުމަށް....