އިސްލާމީ ޚިލާފަތުގެ ވިލާޔަތުލް ބަރަކާ ގައި ރިޝްވަތު ހިފި ތިންމީހަކު ތަޢުޒީރުކޮށްފި

އަލްޙިސްބާއިން ޙައްދު ތަންފީޛުކުރަނީ
އަލްޙިސްބާއިން ޙައްދު ތަންފީޛުކުރަނީ

އިސްލާމީ ޚިލާފަތުގެ ވިލާޔަތުލް ބަރަކާ ގައި ރިޝްވަތު ހިފި ތިންމީހަކު ތަޢުޒީރު ކޮށްފިއެވެ. މި ތިން މީހުން ތަޢުޒީރުކުރީ ޢާންމުން އެއްކުރުމަށްފަހު އެންމެންގެ ކުރިމަތީގައެވެ. އަދި ތަޢުޒީރުކުރުމުގެ ކުރިން އިސްލާމީ ދަޥްލަތުގެ އަލްޙިސްބާ ފަހުލަވާނުންވަނީ ރިޝްވަތު ހިފުމާއި ކެއުމުގެ ނުބައިކަމާއި ބެހޭގޮތުން އެއްވެ ތިބި މީހުންނަށް ނަޞޭޙަތުގެ ބަސްކޮޅެއް ޙިއްޞާކޮށް ބަޔާންނެއްވެސް އިއްވާފައެވެ.

ރިޝްވަތަކީ ﷲ ތަޢާލާ ޙަރާމް ކުރައްވާފައިވާ އެއްޗެކެވެ. ރިޝްވަތު މުޢާމަލާތުގައި ބައިވެރިވާ އެންމެންނަށް ﷲ ލަޢުނަތް ލައްވާފައިވެއެވެ. ރަސޫލާ ; ޙަދީޘް ކުރައްވާފައިވެއެވެ. (لعن الله الراشي والمرتشي والرائش) މާނައަކީ: [ރިޝްވަތުދޭމީހާ، ހިފާމީހާ، އަދި މެދުވެރިއަކަށްވާ މީހާއަށް ﷲ ލަޢުނަތް ލައްވައެވެ.]

ޝައްކެއްވެސް ނެތެވެ! ރިޝްވަތަކީ މުޖުމަޢުގެ ހަލާކެވެ. މުޖުތަމަޢުތައް ފަސާދަވުމުގެ އަޞްލެކެވެ. އެކަމަކީ އެއިގެ ސަބަބުން ނިކަމެތީންގެ ޙައްޤުތައް ގެއްލިގެންދާނޭ ނުބައި ޢަމަލެކެވެ. އަދި އެއީ މީސްތަކުންގެ މުދާ ނުޙައްޤުން ކެއުމެވެ. އިސްލާމީ ޚިލާފަތުން އަންނަނީ ފަސާދައަށް އޮތް ހުރިހާ މަގެއް ބަންދު ކުރަމުންނެވެ. އަދި ޢަދުލާއި އިންޞާފު މީސްތަކުންގެ މެދުގައި ޤާއިމުކޮށް އިސްލާމީ ޝަރީޢަތް ތަންފީޛުކުރަމުންނެވެ.

ޙިޔާލު ހުށަހެޅުއްވުމަށް....