ޖަބްހައްތުއް ނުޞްރާގެ މުރުތައްދު ކަމާއި މެދު އިސްލާމީ ދަޥްލަތުގެ ފަތުވާ

(މިއީ އިސްލާމީ ޚިލާފަތުގެ ދަޥްލަތުގެ “އަލް މަކްތަބަތުއް މަރުކަޒީ ލި މުތާބިޢަތުއް ދީވާނުއް ޝަރުޢިއްޔާ” އިން ރަސްމީ ތައްގަޑު ޖައްސަވައި ޙިޖުރީ ތާރީޙުން 25/08/1437 ގައި ނެރުއްވާފައިވާ ބަޔާން ނަންބަރު: 175 ގެ ތަރުޖަމާއެވެ. މި ބަޔާނުގައި ދަޥްލަތުންވަނީ މުރުތައްދުންނާއި އެއްބައިވެ ދަޥްލަތާއި ދެކޮޅަށް ހަނގުރާމަ ކުރާ ޖަމާޢަތްތަކާއި މެދު ދަޥްލަތުން ޤަބޫލުކުރާގޮތް ބަޔާން ކޮށްދެއްވާފައެވެ. ޙާއްޞަކޮށް ޖަބުހަތުއް ނުޞްރާ އާއި މެދުއެވެ. ހަމަ އެހެންމެ އެ ޖަމާޢަތްތަކަށް ތަކުފީރުކުރުމުން ހުއްޓޭ މީހާއާއި މެދު ދަޥްލަތުން ޤަބޫލުކުރާގޮތްވެސް ބަޔާންކޮށްދެއްވާފައިވެއެވެ.)

بسم الله الرحمن الرحيم

الحمد لله والصلاة والسلام على رسول الله وبعد

[وَكَذَٰلِكَ نُفَصِّلُ الْآيَاتِ وَلِتَسْتَبِينَ سَبِيلُ الْمُجْرِمِينَ]
ތިމަން  އިލާހު އާޔަތްތައް ބަޔާން ކުރައްވަނީ އެފަދައިންނެވެ. އެއީ ކުށްވެރިންގެ މަގު ބަޔާންވެ އޮތުމަށްޓަކައެވެ.(އަލް އަންޢާމް 55)

ހަމަކަށަވަރުން ސީރިޔާގެ  އަލް ޤާއިދާ (ޖަބްހަތުއް ނުޞްރާ) އަދި އެމީހުންނާއި އެކުވާ ޖަމާޢަތްތަކުގެ ތެރެއިން އިސްލާމީ ދަޥްލަތާއި ހަނގުރާމަ ކުރާ ޖަމާޢަތްތަކާކީ ބާރުގެ ބޭނުން ކޮށް ﷲ ގެ ޝަރީއަތުން ޙުކުމް ކުރުމުން މަނާވެގެންފައިވާ އަދި ދިމިޤުރާތީ މަދަނީ ދަޥްލަތެއް ޤާއިމުކުރުމަށް އަވަސްވެފައިވާ މުރުތައްދުންނާއި އެއްބައިފައިވާ ބައެކެވެ. އަދި އެއްވެސް މީހަކު އެކަމުގައި ޝައްކެއް ނުކުރާނޭ، ޝަރީޢަތާއި އެއްގޮތަށް ޙުކުމް ކުރާ ދަޥްލަތް، އިސްލާމީ ދަޥްލަތާއި ދެކޮޅަށް އެކު އެކީގައި އެއް ޙަންދަޤެއްގައި އެމީހުން ހަނގުރާމަ ކުރެއެވެ. އަދި އެއާއި ދެކޮޅަށް ހަނގުރާމަ ކުރުމަށް ހުރިހާ ގޮތަކުން ހިތްވަރު ދެއެވެ. އަދި އެ ދަވްލަތުން ޙުކުމް ކުރަމުން އަންނަ ﷲ ގެ ޝަރީޢަތް ބަދަލުކޮށް ވަޟްއީ ޤާނޫނުތަކަށް ބަދަލުކުރުމަށްޓަކައި އެ ދަޥްލަތުގެ  ބާރު ބިންމަތިން ފޮހެލުމަށް އަވަސްވެ ގަނެއެވެ.

އަދި އެމީހުން މި ހުރިހާ ކަމެއް ކުރަނީ އިސްލާމީ ޚިލާފަތާއި ދެކޮޅަށް ދެވޭ ޞަލީބީ ހަމަލާތަކުގެ ނިވާފަތްގަނޑުގެ ދަށުގައި ތިބެއެވެ. އިސްލާމް ކަން ގެއްލޭ މިކަންތައް އަދި މިނޫންވެސް ކަންތައްތައް ވަނީ [ޝަރިޢަތަށާއި ޖިހާދަށް] ނިސްބަތްވާ މި ޖަމާޢަތްތަކުން ކޮށްފައެވެ. އަދި މި  މިހުންވަނީ ޚިލާފަތުގެ ލަޝްކަރާއި ހަނގުރާމަ ކުރާ މުރުތައްދުންގެ އަސްކަރިއްޔާގައި ދެމި ތިބެފައެވެ. އެއުރެން މުރުތައްދުންގެ ކިބައިން އެއްކިބާއެއްވެސް ނުވެއެވެ. އަދި އެ މުރުތައްދުންނާއި އެމީހުންގެ ކުފުރުން ބަރީޢަވުމެއްވެސް އިޢުލާނެއް ނުކުރެއެވެ. އެއާއި ޚިލާފަށް އެމީހުން (މުރުތައްދުންނާއި) އިއްތިހާދުވެ އެމީހުންގެ ފަޅީގައި ތިބެތެވެ. އަނދިރި ކަމުގެ މައްޗަށް އަނދިރި ކަމެކެވެ.

ހަމަކަށަވަރުން އިސްލާމީ ދަވްލަތުންވަނީ އެއްވެސް މީހަކު ޝައްކު ކުރުމަށް ޖާގައެއް ނުވާފަދައިން މި ޖަމާޢަތްތަކުގެ ޝަރުޢީ ޙުކުމް ބަޔާން ކޮށްދީފައެވެ. އެއީ ކުފުރު އިޢުލާން ކޮށްފައިވާ މުރުތައްދު ބައިގަނޑު ތަކެއްކަމެވެ. އަދި އެމީހުންނާއި މެދު ޝުބުހަވާނޭ މިހާގެ ޖާހިލުކަން ފިލައި ހުއްޖަތް ޤާއިމުވާނޭފަދައިން އެމީހުންގެ ޙާލަތުވަނީ ބަޔާންކޮށްދީފައެވެ. މި ގޮތުން “އައްލަޖުނަތުލް މުފައްވަޟަ” އިން 8 ރަބީޢުލް އައްވަލް 1437 ގައި ނެރުއްވާފައިވާ ސާކިއުލާ ނަންބަރު: 21-7-N  އަކީ މި ފަދަ ސާފުކޮށްދިނުމެކެވެ.

އެހެންކަމުން އަހަރެމެންގެ ޖުންދުންގެ ތެރޭގައި، ޝަރީޢަތަށްޓަކައި އަހަރެމެން އެމީހުންނާ ދެކޮޅަށް ހަނގުރާމަކުރާ އަދި އެމީހުން އަހަރެމެންނާއި ދެ ކޮޅަށް ހަނގުރާމަ ކުރާ މީހުންގެ ތެރެއިން ފަރުދުންނަށް ތަކްފީރުކުރުމުން ހުއްޓުމަކީ ޤަބޫލުކުރެވޭނޭ ކަމެއް ނޫނެވެ. އަދި އިސްލާމީ ދަޥްލަތުގެ ޖުންދުންގެ ތެރެއިން މި ޖަމާޢަތްތަކަށް ތަކުފީރު ނުކުރާ މީހާގެ ކަންތައް އޭނާގެ އެންމެ އިސް އަމީރަށް ހުށަހެޅޭނެތެވެ. އަދި އޭނާގެ މައްޗަށް އެ ތުހުމަތު ކުރެވުނު ކަންތައް ޔަޤީންކުރެވޭނެއެވެ. އަދި އޭނާ އެ ޖަމާޢަތްތަކުގެ ޙާލާއި މެދު ޖާހިލުވެގެންވާނަމަ ބަޔާން ކޮށްދެވޭނެއެވެ. އަދި މިއަށްފަހުވެސް އޭނާ (އެބައިމީހުންނަށް) ތަކުފީރު ކުރުމުން ހުއްޓޭ ނަމަ އެނާގެ ކަންތައް ތަޢުބާއާއި ބެހޭ ކޯޓަށް ހުށައެޅޭނެއެވެ.


Fatwa

ޙިޔާލު ހުށަހެޅުއްވުމަށް....