[ސަޢުދީގައި ދެބެން އެމީހުންގެ މަންމަ އާއި ބައްޕަ މަރާލުމަށްފަހު ފިލައިފި!] ޙަޤީޤަތަކީ ކޮބާ؟

twinpicސަޢުދީގައި ދެބެން އެމީހުންގެ މައިންބަފައިން މަރާލައި، ކޮއްކޮ ޒަހަމުކޮށްލުމަށްފަހު ފިލަނިކޮށް ހައްޔަރު ކުރި ވާހައަކީ މި ދުވަސްވަރު މީޑިޔާ ގައި ދައުރުވަމުންދާ ވާހަކައެކެވެ. އެހެނަސް ސަޢުދީ ސަރުކާރުން އަދި ޚަބަރު ފަތުރާ މީޑިއާ ތަކުން އަންނަނީ މި ޚަބަރު ގެ ޙަޤީޤަތް އޮޅުވާލައި މި ޚަބަރު ފަތުރަމުންނެވެ. އަދި ބައެއް ސަޢުދީގެ ރަސްކަމަށް ލޯބި ޖެހިފައިވާ މީހުންވެސް އަންނަނީ މި ޚބަރުގެ ނާޖައިޒް ފައިދާ ނެގުމުގެ ގޮތުން ފަތުރަމުންނެވެ. މިއީ ތަކްފީރީ ފިކުރު ގެންގުޅޭ އިސްލާމީ ދަޥްލަތާއި ގުޅުން އޮންނަ ބައެއް ކަމަށް ތުޙުމަތުކޮށް މި ޚަބަރު ފަތުރާފައި ވެއެވެ.

ޙަޤީޤަތަކީ ކޮބާ؟

މަންޒަރުދުއް މީހުން ބުނެފައިވާ ގޮތުގައި އެކުދިންގެ މައިންބަފައިންނަށް ހަމަލާ ދީ މަރާލައިފައިވަނީ ސަޢުދީގެ ފުލުހުންނެވެ. [ﷲ ގަންދީ ބުނަން އެ ކުދިންގެ މައިންބައިން މެރީ ސައުދީ އިމާޖެންސީ ލަޝްކަރުން،ﷲ ގަންދީ ބުނަން އެ ދެބެއިންނަކީ ޒައްރެއްގެ މިންވަރަށްވެސް ޓެރަރިޒަމް އާއި ގުޅުމެއް އޮންނަ ބައެއް ނޫން، އެމަޖެންސީ ލަޝްކަރުން އެ ގެއަށް ވަދެގަތް އަދި މި ދެބެއިން އެމީހުންނާއި ކުރިމަތި ލި،ދެން އެއަށްފަހު އެކުދިން މައިންބަފައިން ބޭރަށް ނުކުތުމުން، އެމީހުންވެސް ކުރިމަތި ލުމުގައި އެކުދިންނާއި ބައިވެރިވާ ކަމަށް ހިތާ،ސައުދީ ފުލުހުން ބަޑި ޖަހައި އެމީހުން މަރާލީ،ދެން ފަހުން މިމީހުން ދޮގު ހަބަރު ފެތުރީ،އެ ކުދިންނަކީ ދާޢިޝީންނޭ، މިކަހަލަ ދޮގުތައް.] މަންޒަރު ދުއް މީހަކު ކިޔާ ދީފައިވެއެވެ.

މީގެ އިތުރުން މި ކުދިންގެ ބޮޑު ބޭބެވެސް ވަނީ މިކަން މިގޮތަށް ކަށަވަރު ކޮށްދީފައެވެ. އަދި އެކަން ހިނގި ޑިސްޓްރިކްޓް ގައި އުޅޭ އެހެން މީހަކުވެސް ވަނީ މިކަން ކުރީ ސަޢުދީގެ ފުލުހުން ކަމުގައި ބުނެފައެވެ. ޚަބަރު ލިބޭ ގޮތުގައި މަރުވެފައިވަނީ މަންމަ އެވެ. ބައްޕައަށް އަންނަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.

bodubeybe
ކުދިންގެ ބޮޑު ބޭބެ ޓުވިޓަރގައި ނެރެފައިވާ ބަޔާން

 

district
މަންޒަރު ދުށް މީހެއްގެ ބަޔާން

 

manzaru1
ކުދިންގެ ބޮޑުބޭބެގެ އާއިލާއާއި ހަވާލާދީ ކަމުގެ ޙަޤީޤަތް ބަޔާންކުރި ފަރާތެއްގެ މެސެޖް

 

ޙިޔާލު ހުށަހެޅުއްވުމަށް....

ޙިޔާލު