ޠާޣޫތަށް ކާފަރުވުމުގެ ބަޔާން-8

 al_141010_02ޠާޣޫތުންނަކީ އެންމެ ނުބައިވެގެންވާ ކާފިރުންކަމާއި، އެބައިމީހުންގެ ޞިފަތަކާއި އަދި އެނޫންވެސް ބައެއް ފައިދާތަކުގެ ބަޔާން ނަންގަތް ބާބު

ﷲ ވަޙީ ކުރެއްވިއެވެ:

¢اللَّهُ وَلِيُّ الَّذِينَ ءَامَنُوا يُخْرِجُهُمْ مِنَ الظُّلُمَاتِ إِلَى النُّورِ وَالَّذِينَ كَفَرُوا أَوْلِيَاؤُهُمُ الطَّاغُوتُ يُخْرِجُونَهُمْ مِنَ النُّورِ إِلَى الظُّلُمَاتِ أُولَئِكَ أَصْحَابُ النَّارِ هُمْ فِيهَا خَالِدُونَ (257) (البقرة)£

މާނައީ:

([اللَّه އީ، إيمان ވި މީހުންނަށް އެހީތެރިވެ، ވާގިވެރިވެ ވޮޑިގެންވާ އިލާހެވެ. އެއިލާހު، އަނދިރިކަމުގެ ތެރެޫޫއިން އަލިކަމަށް އެއުރެން ނެރުއްވައެވެ. އަދި، كافر ވި މީހުންގެ އެކުވެރި ވާގިވެރިންނަކީ، ޠާޣޫތެވެ. އަލިކަމުގެ ތެރެއިން އަނދިރިކަމަށް، އެ ޠާޣޫތު އެއުރެން ނެރެތެވެ. އެއުރެންނީ، ނަރަކައިގެ أهل ވެރިންނެވެ. އެއުރެން އެތާނގައި ދެމިތިބޭނެތެވެ.] )

މިޢާޔަތުން ލިބިދޭ ބައެއް ފައިދާތައް:

  • اللَّه އީ، إيمان ވި މީހުންނަށް އެހީތެރިވެ، ވާގިވެރިވެ ވޮޑިގެންވާ އިލާހުކަން އެނގުން.
  • كافر ވި މީހުންގެ އެކުވެރި ވާގިވެރިންނަކީ، ޠާޣޫތުންކަން އެނގުން.
  • ކާފިރުން ޠާޣޫތުންގެ ކިބައިން ވާގިހޯދާނެކަން. މިއީ އެބައިމީހުންގެ ޞިފައެއްކަން އެނގުން.
  • ﷲ އެއިލާހަށް އީމާންވި މީހުން އަނދިރިކަމުގެ ތެރެއިން އަލިކަމަށް ނެރުއްވާކަން. މާނައަކީ ކުފްރުން އީމާންކަމުގެ ތެރެއަށް ނެރުއްވާކަން އެނގުން.
  • ޠާޣޫތުން، ﷲ އަށް ކާފިރު ވިމީހުންނަށް އަލިކަމުން އަނދިރިކަމަށް ނެރޭކަން. މިއީ އެބައިމީހުންގެ ޞިފައެއްކަން އެނގުން.
  • ޠާޣޫތުން ﷲއާއި ފުރިހަމައަށް ޚިލާފު ވާނެކަން އެނގުން.
  • ظُّلُمَات (އަނދިރިކަން) ޖަމްޢުކޮށް އޮތުމުން، މަގުފުރެދުމާއި، ޝައިޠާނާގެ މަގުތަކުގެ ޢަދަދު ގިނަކަން އެނގުން.
  • نورُ (އަލިކަން) މުފްރަދުކޮށް އޮތުމުން، ސީދާވެގެންވާ ތެދުމަގަކީ، ޙައްޤަކީ އެންމެ މަގެއްކަން އެނގުން.
  • ޠާޣޫތުން މީސްތަކުންގެ ތެރެއިން ގިނަ ބަޔަކު މަގުފުރައްދާނެކަން އެނގުން.
  • ހިދާޔަތް ދައްކަވާ ފަރާތަކީ އެންމެ ފަރާތެއްކަން. އެއީ ﷲ ތަޢާލާކަން އެނގުން.
  • ކާފިރުންނަކީ އީމާންކަމުން ކުފްރުގެ ތެރެއަށް ނިކުމެ ކާފިރުވާމީހުންކަން އެނގުން.
  • ޠާޣޫތުންނަކީ އީމާންކަމުން ކުފްރުގެ ތެރެއަށް ނިކުމެ ކާފިރުވެފަ އަދި އެހެން މީސްތަކުން ކުފްރަށް ނެރޭ ބައެއްކަން. އަދި އެބައިމީހުންގެ ކާފިރުކަން ބޮޑުވެ ނުބައިވެގެންވާކަން އެނގުން.
  • ޠާޣޫތުންނަކީ ކާފިރުންގެ ބޮޑުންކަން. ރައީސުންކަން. ވެރިންކަން އެނގުން.

ހޭއަރުވާލުމެއް: ފަހެ ކޮންމެ ކާފިރަކީ އީމާންކަމުން ކުފުރަށް ނިކުތް މީހެއް ނޫންކަމަށް ބުނެފި ނަމަ ޖަވާބަކީ، އެހެނަކުން ނޫނެވެ. ކޮންމެ ކާފިރެއްވެސް އުފަންވީ ފިޠުރަތުގެ ސާފުކަމުގެ މައްޗަށެވެ. އަދި ޠާޣޫތުން އެބައިމީހުން ކުފްރަށް ނެރުނީއެވެ…

ނުނިމޭ…

ޙިޔާލު ހުށަހެޅުއްވުމަށް....