ހިޖްރައިގެ ބާބުން ހޮވާލެވިފައިވާ ބައެއް ފައިދާ – 1

ޚިލާފަތުގެ ސިފައިން ޔަރްމޫކް ކޭމްޕުގެ ތެރޭގައި ތަޥްޙީދުގެ ދިދަ ހިފަހައްޓައިގެން
ޚިލާފަތުގެ ސިފައިން ޔަރްމޫކް ކޭމްޕުގެ ތެރޭގައި ތަޥްޙީދުގެ ދިދަ ހިފަހައްޓައިގެން

ﷲ ` ވަޙީކުރެއްވިއެވެ:

¢وَمَنْ يُهَاجِرْ فِي سَبِيلِ اللَّهِ يَجِدْ فِي الأَرْضِ مُرَاغَمًا كَثِيرًا وَسَعَةً وَمَنْ يَخْرُجْ مِنْ بَيْتِهِ مُهَاجِرًا إِلَى اللَّهِ وَرَسُولِهِ ثُمَّ يُدْرِكْهُ الْمَوْتُ فَقَدْ وَقَعَ أَجْرُهُ عَلَى اللَّهِ وَكَانَ اللَّهُ غَفُورًا رَحِيمًا  [النساء: 100]£
(ﷲ ގެ މަގުގައި ހިޖުރަކުރާ މީހަކަށް، ބިމުގައި ހިޖުރަކޮށްއުޅޭނެ ގިނަތަންތަނާއި، ތަނަވަސްކަން ފެންނާނެތެވެ. އަދި، ﷲ އާއި، އެކަލާނގެ ރަސޫލާއާއަށްޓަކައި ހިޖުރަކުރާ ހާލު، އެމީހެއްގެ ގެއިން ނުކުންނަމީހާ، ދެން މަރުއައިސް އެމީހަކު އަތުލާމީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އެމީހެއްގެ އަޖުރު ﷲގެ ހަޟުރަތުގައި ޘާބިތުވެއްޖެއެވެ. ގިނަގިނައިން ފާފަފުއްސަވާ ރަޙީމުވަންތަ ކަލަކު ކަމުގައި ﷲ ވޮޑިގެންވެއެވެ.)

 

އިބްނު ޢައްބާސް { ވިދާޅުވިއެވެ:

[މި އާޔަތް…

¢ إِنَّ الَّذِينَ تَوَفَّاهُمُ الْمَلائِكَةُ ظَالِمِي أَنفُسِهِمْ قَالُوا فِيمَ كُنتُمْ قَالُوا كُنَّا مُسْتَضْعَفِينَ فِي الأَرْضِ قَالُوا أَلَمْ تَكُنْ أَرْضُ اللَّهِ وَاسِعَةً فَتُهَاجِرُوا فِيهَا فَأُوْلَئِكَ مَأْوَاهُمْ جَهَنَّمُ وَسَاءَتْ مَصِيرًا £[النساء:97]. (ހަމަކަށަވަރުން އެއުރެންގެ ނަފްސުތަކަށް އަނިޔާވެރިވެގެން ތިބޭ ހާލުގައި، މަލާއިކަތުން، އެއުރެންގެ މަރު ހިއްޕަވާ މީހުންނަށް ވިދާޅުވާނެތެވެ. ތިޔަބައިމީހުން އުޅުނީ ކޮންގޮތެއްގައިހޭ؟ އެއުރެން ދަންނަވާނެތެވެ. ތިމަންމެންވީ، ބިމުގައި ނިކަމެތިކަން ލިބިގެންވީ ބަޔަކު ކަމުގައެވެ. އެބޭކަލުން ވިދާޅުވާނެތެވެ. ތިޔަބައިމީހުން، އެ ބިމުގައި ހިޖުރަކުރުމަށް ﷲ ގެ ބިން ތަނަވަސްވެގެންނުވޭހޭ؟ ފަހެ (ޤިޔާމަތް ދުވަހުން) އެއުރެން ތިބެނިވި ތަނަކީ ނަރަކަޔެވެ. އެއީ، ނުބައިވެގެންވާ ނިމިދިޔުމެކެވެ.)

…ބާވައިލެއްވުނުއިރު، މައްކާގައި އުޅުއްވި ބަނޫ ބަކްރުގެ ޟަމްރާ އޭ ކިޔުނު ބޭކަލަކު، އޭނާ ބަލިހާލުގައި އޮންނަވަނިކޮށް އޭނާގެ އަހުލުންނަށް ދެންނެވިއެވެ: އަހުރެން މައްކާއިން ނެރެދޭށެވެ… ދެން އެމީހުން ދެންނެވިއެވެ: ކަލޭ ގެންދަންވީ ކޮންތަނަކަށް ހެއްޔެވެ؟ ދެން އޭނާ މަދީނާއަށް އިޝާރާތް ކުރެއްވިއެވެ.

ދެން މި އާޔަތް ބާވައިލެއްވުނެވެ.

¢وَمَنْ يُهَاجِرْ فِي سَبِيلِ اللَّهِ يَجِدْ فِي الأَرْضِ مُرَاغَمًا كَثِيرًا وَسَعَةً وَمَنْ يَخْرُجْ مِنْ بَيْتِهِ مُهَاجِرًا إِلَى اللَّهِ وَرَسُولِهِ ثُمَّ يُدْرِكْهُ الْمَوْتُ فَقَدْ وَقَعَ أَجْرُهُ عَلَى اللَّهِ وَكَانَ اللَّهُ غَفُورًا رَحِيمًا £

[النساء: 100].

(ﷲ ގެ މަގުގައި ހިޖުރަކުރާ މީހަކަށް، ބިމުގައި ހިޖުރަކޮށްއުޅޭނެ ގިނަތަންތަނާއި، ތަނަވަސްކަން ފެންނާނެތެވެ. އަދި، ﷲ އާއި، އެކަލާނގެ ރަސޫލާއާއަށްޓަކައި ހިޖުރަކުރާ ހާލު، އެމީހެއްގެ ގެއިން ނުކުންނަމީހާ، ދެން މަރުއައިސް އެމީހަކު އަތުލާމީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އެމީހެއްގެ އަޖުރު ﷲގެ ހަޟުރަތުގައި ޘާބިތުވެއްޖެއެވެ. ގިނަގިނައިން ފާފަފުއްސަވާ ރަޙީމުވަންތަ ކަލަކު ކަމުގައި ﷲ ވޮޑިގެންވެއެވ)]

ޙިޔާލު ހުށަހެޅުއްވުމަށް....