ޞަޙަވާތުންގެ ޖަމާޢަތްތަކަށް [ޞުލްޙަ] ވުމުގެ ފުރުޞަތު އަނެއްކާވެސް ދައުލަތުން ހުޅުވާލައިފި

halab

ޢާންމު މުސްލިމުންގެ ޙައްޤުގައި، ދައުލަތާއި ދެ ކޮޅަށް ހަނގުރާމާ ކުރަމުންދާ ޞަޙަވާތުންގެ ޖަމާޢަތްތަކަށް އަނެއްކާވެސް ޞުލްޙަ ވުމުގެ ފުރުޞަތު ދައުލަތުން ހުޅުވާލައިފިއެވެ. މިއީ ދައުލަތުން މީގެ ކުރިން ވެސް ގޮވާލާފައިވާ ގޮވާލުމެކެވެ. ދައުލަތުގެ ރަސްމީ ތަރުޖަމާނު ޝައިޚް އަބޫ މުޙައްމަދު އަލް އަދުނާނީ | ވަނީ މީގެ ކުރީންވެސް ދައުލަތާ ހަނގުރާމަ ނުކުރުމަށް އެ މީހުންނަށް ގޮވާލާފައެވެ. އެއިރުން ދައުލަތުންވެސް އެމީހުންނާއި ހަނގުރާމަ އެ ނުކުރާނެ ކަމަށެވެ.

[ރަފިޟާއިންނާއިންނާއި ހަނގުރާމަ ކުރުމަށް އަހަރެމެން ދޫކޮށްލާށެވެ. ނުޞައިރީންނާއި ހަނގުރާމަ ކުރުމަށް އަހަރެމެން ދޫކޮށްލާށެވެ. ޞަލީބީންނާއި ހަނގުރާމަ ކުރުމަށް އަހަރެމެން ދޫކޮށްލާށެވެ. ޔަހުދީންނާއި ހަނގުރާމަ ކުރުމަށް އަހުރެމެން ދޫކޮށްލާށެވެ..] ޝައިޚް އަދުނާނީ | ވިދާޅުވެފައި ވެއެވެ.

އެހެނަސް މި ގޮލުންތަކަށް އިޖާބަ ނުދީ ޞަޙަވާތުން އަންނަނީ އެމީހުންގެ އައުވާނުން ރުއްސުމަށްޓަކައި ނުޞައިރީންނަށް ވުރެވެސް ހަނގުރާމައިގައި ދައުލަތް އިސްވެސްގެންވާ ކަމަށް ބުނެ ދައުލަތާއި ދެ ކޮޅަށް ހަނގުރާމަ ކުރަމުންނެވެ.

ޞަޙަވާތުން ބައްޝާރުގެ އަތުން ބަލިވަމުންދާ މި ދަނޑިވަޅުގައި އަދި އެމީހުންގެ އައުވާނުން ޞަލީބީންނާއި، އަރަބި ޠާޣޫތުން އެމީހުން ދޫކޮށްލާފައިވާ މި ދަނޑިވަޅުގައި އިސްލާމީ ދައުލަތުގެ ވިލާޔަތުލް ހަލަބް ގެ މީޑިޔާ ގޮފިން ނެރުއެވި ވީޑިޔޯ رسائل إلى أهل حلب- [ޙަލަބުގެ އަހުލުންނަށްވާ މެސެޖެއް] ގައި ވަނީ މިކަމަށް ގޮވާލާފައެވެ. ދައުލަތުން ނުޞައިރީންނާއި ދެކޮޅަށް ހަނގުރާމަ ކުރުމަށް ދޫކޮށް ލުމަށެވެ. ނޫންނަމަ އެމީހުންގެ ކަނދުރާތަކުގެ މައްޗަށް ދަމައިގެންވާ ތޫނު ކަނޑިއެއް މެނުވީ ނުފެންނާނެ ކަމުގައި ބުނެފައި ވެއެވެ. ހަމަ އެހެންމެ ޞަޙަވާތުންނަށް ތައުބާގެ ދޮރު ވަނީ ހުޅުވިގެންކަމާއި، އަވަހަށް ތައުބާވެ ދައުލަތަށް އައުމަށް ގޮވާލާފައިވެއެވެ.

މި ވީޑިޔޯ މެސެޖުގައި ވަނީ އެ ސަރަހައްދުގައި ދިރި އުޅެމުންދާ މުސްލިމުންނަށްވެސް ދައުލަތުގެ ބިމަށް އައުމަށް އަވަސްވެ ގަތުމަށް ގޮވާލާފައެވެ. އަދި އާންމު މުސްލިމުންނާއި މެދު އެއްވެސް ޢަދާވާތްތެރިކަމެއް ނެތް ކަމަށާއި ،ޢަދާވާތްތެރިކަންވަނީ ޞަޙަވާތުންނާއި މެދުގައި ކަމުގައި ބުނެފައި ވެއެވެ.  އަދި ޢިއްޒަތުގެ ބިމަށް، ޚިލާފަތުގެ ބިމަށް، ﷲ & ގެ ޝަރީއަތުން ޙުކުމް ކުރެވޭ ބިމަށް އައުމަށް ޙަލަބުގެ އަހުލުންނަށް ގޮވާލާފައިވެއެވެ.

 

ޙިޔާލު ހުށަހެޅުއްވުމަށް....