ޒަވާހިރީ – މަކަރުވެރިކަމާއި ދޮގުހެދުމުގެ [ޖިހާދެއްގައި]

މީގެ ކުރިން މީހަކު (ޒަވާހިރީ) ބުނެފައިވާހާއި އެއްޗެކާއި ޚުދު އޭނާ ފުށުއަރާނީ ކިހިނަކުންކަން ތިބާ ދުވަހަކުވެސް ހިތަށް އެރިހެއްޔެވެ؟

އަދި ސަފުތަށް ބައިބައިކޮށް ދަޥްލަތަށް ޖަވްލާނީ ހަރާންކޯރުވީ ކިހިނަކުންކަން ތިބާ ދުވަހަކުވެސް ހިތަށް އެރިހެއްޔެވެ؟

ކުރިން އެއީ ދަޥްލަތެއް ކަމަށް ޚުދު އެބައިމީހުންގެ ދޫތަކުން ބުނުމަށްފަހު، ދަޥްލަތެއް ކުއްލިއަކަށް އެބައިމީހުންގެ ކުރިމަތީގައި ޖަމާޢަތަކަށް ބަދަލުވީ ކިހިނަކުންކަން ތިބާ ދުވަހަކުވެސް ހިތަށްއެރިހެއްޔެވެ؟

އަދި ކުރިން އަނިޔާލިބެމުންދިޔަ ދަޥްލަތެއް އެބައި މީހުންގެ ކުރިމަތީގައި އަނިޔާވެރިންނަށްވީ ކިހިނަކުންކަން ތިބާ ދުވަހަކުވެސް ހިތަށް އެރިހެއްޔެވެ؟

އަދި ތެދުވެރިންއެއީ ދޮގުވެރިންކަމުގައިވެ ދޮގުވެރިން އެއީ ތެދުވެރިންކަމުގައިވީ ކިހިނަކުންކަން ތިބާ ދުވަހަކުވެސް ހިތަށް އެރިހެއްޔެވެ؟ ރަސޫލާ މޫޙައްމަދު ؛ ހަދީޘް ކުރެއްވިއެވެ:

[މީސްތަކުންގެ މައްޗަށް މަކަރާއި ހީލަތުގެ އަހަރުތެކެއް އަންނާނެއެވެ. އަދި ދޮގުވެރިޔާއަކީ އެންމެ ތެދުވެރިޔާކަމަށް ދެކި އަދި ތެދުވެރިޔާއަކީ ދޮގުވެރިޔާކަމަށް ދެކޭނެއެވެ. އަދި ޚިޔާނަތްތެރިއާ އެއީ އަމާނަތްތެރިޔާކަމަށް ދެކި އަމާނަތްތެރިޔާއަކީ ޚިޔާނަތްތެރިޔާގެ ގޮތުގައި ދެކޭނެތެވެ.[

އަލްޤައިދާގެ އިސްވެރިން (ޒަވާހިރީއާއި އޭނާގެ ޖަމާޢަތުގެ މީހުން) ކެމަރާތަކުގެ ކުރިމަތީގައި ދައްކާފައިވާ ވާހަކަތަކުގައި، އެހެން ގްރޫޕްތަކަށް ދަޥްލަތުލް އިސްލާމަށް ބައިޢަތު ދިނުމަށް ގޮވާ، އަދި އޭގެ ވެރިންނަށް ތަޢުރީފުކޮށް އަދި އިރާޤުގައި އިސްލާމީ ދަޥްލަތް ޤާއިމުވުން ފާހަގަކޮށް ދެއްކިހާވާހަކަތަކަކީ މުޅިން ދޮގުހަދައިގެން ދެއްކި ވާހަކަތަކެއްކަމަށް ވަނީ ފަޅާއަރުވާލެވިފައެވެ. އަދި މިޔާމުޅިން ޚިލާފަށް އޭނަޔާއި އޭނާގެ ވާގިވެރިންގެ އެއްވުންތަކުގައި އިރާޤުގެ އިސްލާމީ ދަޥްލަތުގެ މަންހަޖާއި އެމީހުން ދެކޮޅުކަމާއި އަދި އިރާޤުގައި ﷲ ގެ ޝަރީޢަތް ތަންފީޒުކުރުންވެސް ދެކޮޅުކަމާއި އަދި އިސްލާމީ ދަޥްލަތެއް އެކުލަވާލާއި އެންގި އެނގުމަށްވެސް ދެކޮޅުކަމަށް ވާހަކަދައްކާފައިވެއެވެ. އަދި މިކަންތައް މިހެންވުމުގެ ސަބަބަކީ އެމީހުން ދެކޭ ގޮތުގައި މުޅި އިރާޤަކީ ދާރުލް ޙަރްބެއްކަމުގައި ދެކޭ ދެކުމެވެ. އެމީހުންގެ މިޚިޔާލުތަކަކީ އިސްލާމީ ދަޥްލަތް ޤާއިމުކުރުމުގެވެސް މާކުރީން ޝެއިޚް އަބޫ މުޞްޢަބު އައްޒަރްޤާވީ \ ގެ ދެވަސްވަރުވެސް ގެންގުޅުން ޚިޔާލުތަކެވެ. އަދި ޒަވާހިރީ ޝެއިޚް ހުންނެވި މަންހަޖާއި ދެކޮޅުހަދާއި އަދި ވަކިން ޚާއްސަކޮށް ރާފިޟީންނާއި އަމާޒުކޮށްގެން ކުރާ ކަންތަކާއި އޭނާގެ ޚިޔާލު ދެކޮޅުކަމަށެވެ.

އެހެންކަމުން މުޅި އިސްލާމީ ދަޥްލަތް ބިނާވެފައިވާ އެންމެހާ ކަމެއްގެ މައްޗަށް ޒަވާހިރީ ދެކޮޅުވުމަކީ ޝާމްގައި ހިނގަމުންދާ “ފިޠުނައިގެ” މާކުރިންވެސް ހިނގާކަމެކެވެ.

ޝާމްގައި ކުރެވެމުންދާ ހަނގުރާމާއިގެ ހުޅުގަނޑު ފަޅައިގެންދިޔަ ހިސާބުން ޖަބަހަތުއް ނުޞްރާގެ ނަމުގައި ޝެއިޚް އަބޫ ބަކްރު އަލް ބަޤްދާދީ، ގްރޫޕެއް އުފެއްދުމަށްފަހު ޖަވްލާނީ، ޝާމްގައިވާ މުސްލިމުންގެ އެހީތެރިކަމަށް ފޮނުވިއެވެ. އަދި މިޚަބަރު ޒަވާހިރީއަށް ލިބުމާއިއެކު އެނާގެ ރޭވުންތައް ފެށިއެވެ. އަދި އޭނާގެ ފުރަތަމަ ރޭވުމަކީ އެމީހުންގެ އިސްވެރިން އަޙްރާރުއް ޝާމަށް ފޮނުވުމެވެ. މިގޮތުން އެމީހުންގެ ތެރެއިން އިސްމީހެއްކަމަށްވާ ޚާލިދް އައްސޫރީ އަޙްރާރުއް ޝާމަށް ފޮނުވިއެވެ. އަދި އޭނާގެ ފުށުން ސޫރިޔާގައި ހިނގަމުންދާކަންތައްތަކުގެ ތަފްޞީލްތައް ޒަވާހިރީއަށް ފޯރުކޮށްދެމުން ދިޔައެވެ. އަދި ދެވަނަ ރޭވުމެއްގެ ގޮތުން އަޙްރާރުއް ޝާމްގެ ޝަރުޢީ [އަބޫ ޢަބްދުލް މަލިކާއި] އޮންނަ ގާތްގުޅުމުގެ މަތީން ޒަވާހިރީގެ ޝަރުޢީއެއްކަމަށްވާ “އަބޫ މަރްޔަމް އަލް ޢަޒްދީ” ފޮނުވިއެވެ. ނަމަވެސް މިރޭވުން ނާކާމިޔާބުވެގެން ދިޔައީ އަލް ޢަޒްދީ ހައްޔަރުކުރި ހިސާބުންނެވެ.

ޖާސޫސުންނާއި ޑްރޯންތަކުގެ ސަބަބުން ވަޒީރިސްތާނުގައި އަލްޤައިދާގެ ޙާލަތު ގޯސްވުމާއި ގުޅިގެން، އެމީހުންގެ ދެވަނަ ރޭވުމަކަށްވީ އެމީހުންގެ އިސްކޮށް ތިބި މީހުންގެ ތެރެއިން ޝާމްއަށް ދާން ތިބި ބަޔަކު (އަބޫ ފިރާސް އައްސޫރީމެންފަދަ މީހުން) ޚާއްސަކޮށް ޖަބަހަތުއް ނުޞްރާއަށް ފޮނުވާށެވެ. މިކަމުގެ މަޤްސަދަކަށްވީ ޝާމްގައި އެބައިމީހުން އަތްގަދަ ކުރުމެވެ. އަދި އިރާޤުގައި ތަކުރާރިވިކަންތައް ޝާމްގައި ތަކުރާރުވިޔަ ނުދިނުމެވެ. މާނައަކީ އިރާޤުގައި ޤާއިމުވި އިސްލާމީ ދަޥްލަތް ޝާމްގައި ތަކުރާރުވެވިޔަ ނުދިނުމަށެވެ. ނުވަތަ ޝާމްއަށް އިސްލާމީ ދަޥްލަތުގެ އެއްވެސް ބާރެއް ނުފޯރުވުމަށެވެ. އެއީ ޒަވާހިރީ ދެކޭގޮތުންނަމަ އިސްލާމީ ދަޥްލަތުގެ “ޙައްދުފަހަނަ އެޅި މަންހަޖާ ހެދިއެވެ”.

މިއީ ދަޥްލަތުލް އިސްލާމްގެ ގޮތްޕެއްކަމުގައިވާ ޖަބަހަތުއް ނުޞްރާގެ ތެރެއަށް އަލްޤައިދާ ވަދެގަތް ގޮތެވެ. ނުރަނގަޅު ކަންތައްތަކެއް ހިނގަމުންދާކަމަށް ޝައްކުކުރެވިގެން، ޖަބަހަތުއް ނުޞްރާއަކީ އިރާޤުގާއި އޮތް އިސްލާމީ ދަޥްލަތުގެ ބައެއްކަމުގައި އިޢުލާނުކޮށް އަދި އެވަޤުތުން ފެށިގެން ދެން އޮންނާނީ އިރާޤު އަދި ޝާމްގެ އިސްލާމީ ދަޥްލަތްކަމުގައި ޝެއިޚް އަބޫ ބަކުރް އަލްބަޤްދާދީ އިއުލާން ކުރެއްވިއެވެ. އަދި މިކަމުގެ ނަތީޖާއެއްގެ ގޮތުން %70 އަދި ބައެއް ރިޕޯޓުތަށް ބުނާގޮތުން %90 ހަނގުރާމަވެރިން ޖަބަހަތުއް ނުޞްރާދޫކޮށް އިރާޤު އަދި ޝާމްގެ އިސްލާމީ ދަޥްލަތާ ގުޅުނެވެ. އަދި ބާކިވެގެންތިބީ ޒަވާހިރީ ޚުރާސާނުން ޝާމްއަށް ފޮނުވި އަލް ޤައިދާގެ ވަފުދުތަކެވެ.

އަލް ޤައިދާއިން ދެމުން ގެންދިޔަ ވަސްވާސްތަކުން، ޖަވްލާނީ ފާޅުގައި ނިކުމެ ސަފުތަށް ބައިބައިކޮށް ޝެއިޚް ބަޤްދާދީގެ އަމުރުތަކާއި ޚިލާފުވެ ޒަވާހިރީއަށް ބައިޢަތު ދިނެވެ. އަދި ޝެއިޚް އުސާމާގެ ނަން ކުރިއަށްނެރެ އެދިން ބައިޢަތު ޤަބޫލްކޮށް ޖަބަހަތުއް ނުޞްރާއަށް “ދިރުން” ދިނެވެ.

މިދަނޑިވަޅުގައި ކުއްލިގޮތަކަށް އިސްލާމީ ދަޥްލަތް ގްރޫޕަކަށް ނުވަތަ ޖާމާޢަތަކަށް ބަދަލުވިއެވެ. އަދި މީގެ ކުރިން ދަޥްލަތަކީ އަލް ޤައިދާއާއި މުޅިން ވަކި މިނިވަން ބައެއްކަމަށް އެބައިމީހުން ބުނުމަށްފަހު ކުއްލިގޮތަކަށް އަލް ޤައިދާއަށް އިސްލާމީ ދަޥްލަތުގެ ބައިޢަތު އޮތްކަމަށް ބުނަންފެށި ހިސާބެވެ. އަދި މިއީ ހުރިހާ އެންމެންކަހަލަ ގޮތަކަށް ކުރީގައި ދަޥްލަތާއި ގުޅޭގޮތުން ދައްކާފައިވާ ވާހަކަތަކަށް ފުށުއަރަންފެށި ދަނޑިވަޅެވެ. އަދި ދަޥްލަތް އިރާޤުން ސޫރިޔާއަށް ފުޅާކުރިކަމަށް އިޢުލާންކުރި ހިސާބުން ޒަވާހިރީގެ ހުރިހާ ރޭވުންތަކެއް ފުނޑުފުނޑުވެގެން ދިޔައެވެ.

އެހެންކަމުން ދަޥްލަތަށް ބޭވަފާތެރިވެ ފަހަތުން ބުރަކަށްޓައް ވަޅި ހެރުމުގެ 2 ހަފްތާކުރިން ޖަވްލާނީ ޞަޙަވާތުގެ ގްރޫޕްތަކާއި ބައްދަލު ކުރިއެވެ. އަދި ޞަޙަވާތުން މުޖާހިދުންގެ ލޭ އޮހޮރުވަމުން ދާއިރުގައި ނުޞްރާގެ މަސައްކަތަކީ ސަރުކާރުގެ ލަޝްކަރުގެފަރާތުން އެމީހުންގެ ބުރަކަށިތައް ސަލާމަތްކޮށްދިނުން ކަމުގައިވިއެވެ. މިހެންކަމުން ނުޞްރާއިން އުފެއްދި މިނިވަން ޝަރުޢީ ކޯޓުން ދަޥްލަތަށް ހުށަހެޅި ޝަރުޠަކީ ދަޥްލަތުން ޝާމްދޫކޮށް އަލް ޤައިދާއަށް މުޅި އިރާޤުގައި ބާރުހިންގުމަށް ފުރުސަތުދީ އިރާޤަށް އެނބުރި ދިޔުމެވެ.

ޔާ ﷲ! އަލް ޤައިދާގެ ހަނގުރާމަވެރިންނަށް ހިދާޔަތް ދައްކަވާންދޭވެ! އަދި ޒަވާހިރީއާއި، އޭނާގެ ގޮފިތަކާއި، އޭނާގެ ފިކުރު ފަތުރާމީހުންނާއި، އަދި އިސްލާމީ ދަޥްލަތަކީ ޚަވާރިޖުންކަމަށް ބުނެ ފަތުޥާ ނެރެމުންދާ މީހުންނަށް ހައްޤުގޮތުގައި އެބައިމީހުންގެ ކަންތައް ނިންމަވާންދޭވެ. ޔާ ﷲ! އެބައިމީހުންގެ ސަފުތަށް ބައިބައި ކުރައްވާ، އެބައިމީހުން އެއްވުންތައް ރޫޅުއްވާ، އެބައިމީހުން ބުރަކަށިތަށް ބިންދަވައި، ބަލިތަކާއި މުޞީބާތްތަށް އެބައިމީހުންގެ މައްޗަށް ޢާއްމުކުރައްވާންދޭވެ. ޔާ ﷲ! އެބައި މީހުންގެ ފުށުން އެހެންމީހުންނަށް މިޘާލު ޖައްސަވާފާންދޭވެ. ޔާ ﷲ! ހުރިހާތަނެއްގައި އިބަ އިލާހުގެ މަގުގައި ހަނގުރާމަކުރާ މުޖާހިދުންނަށް ވާގިވެރިވެވަޑިއިގަންނަވާންދޭވެ. ޔާ ﷲ! އެބައިމީހުންގެ ހިތްތަކަށް ޘާބިތުކަން ދެއްވާ، ފައިތިލަތަށް ޘާބިތު ކުރައްވާ އަދި ފުރިހަމަވެގެންވާ ނަޞްރަކުން އެބައިމީހުނަށް ނަޞްރާއި ކާމިޔާބު ދެއްވާންދޭވެ. އާމީން! ޔާ ރައްބަލް ޢާލަމީން! ޢާލަމްތަކުގެ ވެރި އިލާހް!

އަދި އެންމެހައި ތައުރީފާއި ޘަނާ ޙައްޤުވެގެންވަނީ ޢާލަމްތަކުގެވެރި ﷲ އަށެވެ.

 

 

ޙިޔާލު ހުށަހެޅުއްވުމަށް....