ތަވްޒޙީދު ދޫކޮށްލާ މީހާ ކާފިރުވުމުގައި ފައިދާ ހޯދާ މީހާއަށްވާ ފައިދާކޮށްދިނުމެއް

މަކްތަބަތުލް ހިމްމައިން ނެރެފައިވާ މިރިސާލާއަކީ ތަޥްޙީދާއި ބެހޭގޮތުން އައްޝެއިޚް މުޙައްމަދު ބްނު ޢަބްދުލްވައްހާބު\ (مفيد المستفيد في كفر تارك التوحيد) މިނަމުގައި ލިޔުއްވާފައިވާ ރިސާލާއެކެވެ. ޙައްޤު ޓީމްގެ ތަރުޖަމާ ޑިޕާޓްމަންޓްގެ މަސައްކަތުން މިއަދު މިވަނީ މިރިސާލާ ތަރުޖަމާކުރެވި ޗާޕްކުރެވިފައެވެ.

މިރިސާލާއަކީ ހިޖުރައިން 1167 ވަނަ އަހަރު (ޙުރައިމިލާ) ގެ އަހުލުވެރިން މުރުތައްދުވިހިނދު، ޢިލްމުގެ އަހުލުވެރިން ކަމަށް ދަޢުވާކުރާ ބަޔަކު އެމީހުން ކާފަރުކުރުމާއި ދޭތެރޭ ޝައްކު ކުރުމުން ޝައިޚް މުޙައްމަދު ބްނު ޢަބްދުލް ވައްހާބް \ ލިޔުއްވި ރިސާލާއެކެވެ.

އެކަލޭގެފާނުގެ އެހެން ރިސާލާތަކޭ އެއްފަދައިން މިރިސާލާއަކީވެސް އިތުރު މުޤައްދިމާއަކަށް އަދި ޘަނާއަކަށް ބޭނުންވާނޭ ރިސާލާއެއް ނޫނެވެ. ކިޔުންތެރިޔާގެ ފުރަތަމަ ނަޒަރާއި އެކީވެސް މިރިސާލާގެ ފުރިހަމަކަމާއި ޢިލްމުގެ ތަނަވަސްކަމުގެ މައްޗަށް ޙުކުމް ކުރާނެތެވެ. ޚާއްޞަކޮށް – މުޅި ޙަޔާތްޕުޅު ރަސޫލުން އެކަމަކާއިގެން ވަޑައިގެންނެވި، އަދި ފޮތްތައް އެކަމަކާއި ބެހޭގޮތުން ބާވައިލެއްވުނު ތަޥްޙީދު ބަޔާންކޮށްދެއްވުމުގައި ހޭދަކުރެއްވި އަދި އަޅުތަކުންގެ މައްޗަށްވާ ﷲ & އަށް އަދާކުރަންޖެހޭ ޢުބޫދިއްޔަތު (އަޅުވެތިކަމުގެ) ޙައްޤުތަކާއި، އަދި އަޅުކަން އޭގެ ހުރިހާ ވައްތަރުތަކާއި އެކީ އެކަލާނގެއަށް އިޚްލާޞްތެރިކަމާއި އެކީ އަދާކުރަންޖެހޭނެކަން ބަޔާންކޮށްދެއްވި – މުޖައްދިދު އިމާމެއްގެ އަރިހުން މިރިސާލާ އައިސްފައިވުމުންނެވެ.

މިއަދު އަހަރުމެން މިވަނީ މިއަގުބޮޑު ރިސާލަތު އަލުން ފެތުރުމާއި އެސާފު ޢަޤީދާ ފެތުރުން އައުލާވެގެން ވެފައެވެ. އެޢަޤީދާއަކީ ޝެއިޚް މުޙައްމަދު ބްނު ޢަބްދުލްވައްހާބު \ ޤަބޫލުކުރެއްވާއި، އެއަށް ގޮވާލައްވާ އަދި އެއަށްޓަކައި ހަނގުރާމަކުރެއްވި ސާފު ޚާލިޞް ތަޥްޙީދުގެ ޢަޤީދާއެވެ.

ފޮތުގެ ނަން: ތަޥްޙީދު ދޫކޮށްލާ މީހާ ކާފިރުވުމުގައި ފައިދާ ހޯދާމީހާއަށްވާ ފައިދާކޮށްދިނުމެއް
ފޮތުގެ މުއައްލިފް: ޝައިޚް މުޙައްމަދު ބްނު ޢަބްދުލް ވައްހާބް \
ޞަފްޙާގެ ޢަދަދު: 132
ތަރުޖަމާކުރި ފަރާތް: އަބޫ އުސާމާ |
އެކްސްޓެންޝަން: pdf
ފައިލް ސައިޒް: MB 2.1

ކުލަ ވާރޝަން

foi_download1

ހުދައިކަޅު ވާރޝަން

foi_download1

 

ޙިޔާލު ހުށަހެޅުއްވުމަށް....