ޖާހިލިއްޔަތުގެ މައްސަލަތައް: ޖާހިލިއްޔަތުގެ އަހުލުވެރިންނާއި އިސްލާމްދީން ޚިލާފުވި އެންމެ މުހިއްމު މައްސަލަތައް

މިއީ އިސްލާމީ ޚިލާފަތުގެ މަކްތަބަތުލް ހިމްމަ އިން ޗާޕްކޮށްފައިވާ މަސާއިލުއް ޖާހިލިއްޔާގެ ދިވެހި ތަރުޖަމާއެވެ. މިފޮތަކީ ޝައިޚުލް އިސްލާމް މުޙައްމަދު ބްނު ޢަބްދުލް ވައްހާބް \ ލިޔުއްވާފައިވާ އަގުހުރި ރިސާލާއެކެވެ.

މަކްތަބަތުލް ހިމްމައިގެ މުޤައްދިމާއިން ތަންކޮޅެއް މިތަނުގައި ނަޤުލުކޮށްލާނަމެވެ.

ނަބިއްޔާ މުޙައްމަދު ؛ ނަބީކަމައިގެން ފޮނުއްވުމުގެ ކުރިން ފެތުރިފައިވީ ޖާހިލިއްޔަތުގެ މައްސަލަތަކުގެ ގިނަކަންތައް، އަހަރުމެންގެ މިޒަމާނައި ހަމައަށް އަދިވެސް އެގޮތުގައި ޘާބިތުވެފައި އެބަހުއްޓެވެ. އިސްވެ ގޮސްފައިވާ ޤަރުނުތަކުގެ ޖާހިލިއްޔަތުގެ އަހުލުވެރިންގެ ޞިފަތަކުން، އަހަރުމެންގެ މިޒަމާނުގެ ޖާހިލިއްޔަތުގެ އަހުލުވެރިންގެ ގިނަބަޔަކު އަދިވެސް ދަނީ ޞިފަވަމުންނެވެ. އަދި ކިއެއް، އެމީހުން ވަނީ އެޞިފަތަކުގެ އިތުރަށް އެއަށްވުރެ ނުބައިކަން ބޮޑު ޞިފަތަކެއްވެސް ހޯދައިގަނެފައެވެ!
ޖާހިލިއްޔަތުގެ މިޞިފަތައް، އަހަރުމެންގެ ޒަމާނުގެ އަހުލުވެރިންގެ ތެރޭގައި، ދަރުތަކެއްގައި އަލިފާން ފެތުރިގެންދާ ފަދައިން ވަނީ ފެތުރިގެން ގޮސްފައެވެ. އެއީ ކުފުރާއި ބިދުޢަތަކާއި ނުބައިކަންތައް ޢާއްމުކުރި، އަދި ތައުޙީދާއި ސުންނަތާއި ހެޔޮކަންތަކާއި ދެކޮޅަށް ހަނގުރާމަ ކުރި، ޢަރަބި ޤައުމުތަކުގެ ޠާޣޫތުންގެ ވެރިކަމުގެ ދަށުންނެވެ. އެކަމަށްޓަކައި ޖާހިލިއްޔަތުގެ މައްސަލަތައް އެނގުން ކޮންމެ މުސްލިމަކަށް ލާޒިމްވެގެން ދިޔައެވެ. އެއީ އެކަންތަކުން ދުރުވެގަތުމަށާއި އަދި އެކަންތަކުންނާއި އެކަންތަކުގެ އަހުލުވެރިންގެ ކިބައިން އިންޛާރު ދިނުމަށްޓަކައެވެ.
އައްޝެއިޚް މުޙައްމަދު ބްނު ޢަބްދުލް ވައްހާބު( ) ވަނީ، މީގެ އެންމެ ނުރައްކާތެރި މައްސަލަތައް އެކަލޭގެފާނުގެ ރިސާލާއެއްގައި ޖަމަޢަކުރައްވާފައެވެ. އެއީ އޭގެ ފައިދާ ބޮޑުވެގެންވާ ރިސާލާއެކެވެ. ޢިލްމުގެ އަހުލުވެރިންގެ ތެރޭގައި އެރިސާލާ މަޝްހޫރުވެފައި ވަނީ مسائل الجاهلية [މަސާއިލުލް ޖާހިލިއްޔާ] ގެ ނަމުންނެވެ. ކޮންމެ މުސްލިމަކުވެސް އެރިސާލާކިޔައި އެއާއި އެއްގޮތަށް ޢަމަލުކުރުން އައުލާވެގެންވެއެވެ. ފަހެ ﷲ ` އަހަރުމެންނަށް މިވަނީ މިރިސާލާ ތަޙުޤީޤުކުރުން ފަސޭހަކޮށްދެއްވާފައި އެވެ. އެއީ އެރިސާލާގެ އެތަކެއް ކޮޕީތަކަކާއި އެއްގޮތްވެ، އަދި ކޮންމެހެން ބަޔާންކުރުމަށް އަހަރުމެން ފެނުނު ކަންތައްތައް އޭގައި ތަޢުލީޤުކޮށް ހިމަނައި ހެދުމަށް ފަހުގައެވެ. ﷲ ގެ ޙަޟްރަތުން އަހަރުމެން އެދެނީ މިފޮތުގެ މުޞައްނިފަށް ރަޙްމަތްލައްވާ އަދި މިފޮތް ފެތުރުމުގައި ބައިވެރިވި އެންމެންގެ ކިބައިން ޤަބޫލުކުރައްވާ އަދި މިފޮތުގެ ސަބަބުން މުސްލިމުންނަށް ފައިދާކުރުމެވެ.

 

ފޮތުގެ ނަން: ޖާހިލިއްޔަތުގެ މައްސަލަތައް: ޖާހިލިއްޔަތުގެ އަހުލުވެރިންނާއި އިސްލާމްދީން ޚިލާފުވި އެންމެ މުހިއްމު މައްސަލަތައް
ފޮތުގެ މުއައްލިފް: އައްޝައިޚް މުޙައްމަދު ބްނު ޢަބްދުލް ވައްހާބް \
ޞަފްޙާގެ ޢަދަދު: 96
ތަރުޖަމާކުރީ އަބޫ އުސާމާ |
އެކްސްޓެންޝަން: pdf
ފައިލް ސައިޒް: MB 2.37

ކުލަ ވާރޝަން

foi_download1

ހުދައިކަޅު ވާރޝަން

foi_download1

ޙިޔާލު ހުށަހެޅުއްވުމަށް....