ޢީދު ދުވަހަކީ ޖުލައި މަހު 6ވަނަ ދުވަސް ކަމުގައި އިޢުލާންކޮށްފި

The-Night-Sky-With-a-Telescope-In-Octoberމިއަހަރުގެ ޝައްވާލް މަހުގެ އެއްވަނަ ދުވަހަކީ މީލާދީ ސަނަތުން ޖުލައި މަހު 6 ވާ ބުދަ ދުވަސްކަމުގައި އިސްލާމީ ޚިލާފަތުން އިޢުލާންކޮށްފިއެވެ.

ވުމާއެކު 5 ޖުލައި 2016 ވަނަ ދުވަހަކީ ރަމަޟާން މަހުގެ 30 ވަނަ ދުވަހެވެ. އަދި ޢީދު ދުވަހަކީ ބުދަ ދުވަހެވެ.

ބަރަކާތްތެރި ފިތުރު ޢީދުގެ ވެދުންތައް ހުރިހާ އަޚުންނާއި އުޚްތުންނަށް އަރިސްކުރަމެވެ. ﷲ ` އަޅުގަނޑުމެންގެ ރޯދަޔާއި، ރޭއަޅުކަމާއި، ތިލާވަތާއި ހެޔޮ ޢަމަލުތައް ޤަބޫލުކުރައްވާށި! آمين

 

އިސްލާމީ ޚިލާފަތުގެ ބަޔާނުގެ ދިވެހި ތަރުޖަމާ

بسم الله الرحمن الرحيم

الحمد لله وحده، والصلاة والسلام على من لا نبي بعده

السلام عليكم ورحمة الله وبركاته

ނަބީ ؛ ޙަދީޘްފުޅުކުރައްވާފައިވާ ބަސްފުޅު: [ތިޔަބައިމީހުންނަށް (ރަމަޟާން މަހަށް) ހަނދު ފެނުމުގެ ކުރީން ރޯދަ ނުހިފާށެވެ. އަދި (ޝައްވާލް މަހަށް) ހަނދު ފެނުމުގެ ކުރީން ރޯދަ ހިފުން ހުއްޓާނުލާށެވެ.] މިބަސްފުޅުގައިވާ ފަދައިން، ހަނދު ފެނޭތޯ މަސައްކަތްކުރުމަށްފަހު އަދި ހަނދު ފެނުން މުސްތަޙީލުވުމުގެ ސަބަބުން ހަނދުބެލުމާއި ބެހޭ ރަސްމީ ޝަރުޢީ ކޮމިޓީން މިއިޢުލާން ކުރަނީ، މާދަމާއަކީ 1437 ވަނަ އަހަރުގެ ރަމަޟާން މަހުގެ 30 ވަނަ ދުވަސްކަމާއި ﷲގެ ޢިޛުނަފުޅާއިއެކު އަންނަ ބުދަ ދުވަހަކީ މިއަހަރުގެ ޝައްވާލް މަސްފެށޭ ދުވަސްކަމެވެ. އެގޮތުން ހުރިހާ މުސްލިމުންނަށް ބަރަކާތްތެރި ފިތުރު ޢީދުގެ ތަހުނިޔާ އާއި މުބާރަކްބާދީ އަރިސްކުރަމެވެ. تقبل الله منا ومنكم صالح الأعمال. އަޅުގަނޑުމެންނާއި ތިޔައެންމެހާއި ބޭފުޅުންގެ ހެޔޮ ޢަމަލުތައް ﷲ ޤަބޫޅުކުރައްވާށިއެވެ.

والسلام عليكم ورحمة الله وبركاته

ޙިޔާލު ހުށަހެޅުއްވުމަށް....