“ލުއިވިޔަސް ނުވަތަ ބުރަވިޔަސް (ﷲ ގެ މަގުގައި) ކުރިޔަށް ހިގާށެވެ.”

¢انفِرُوا خِفَافًا وَثِقَالًا وَجَاهِدُوا بِأَمْوَالِكُمْ وَأَنفُسِكُمْ فِي سَبِيلِ اللَّهِ ۚ ذَٰلِكُمْ خَيْرٌ لَّكُمْ إِن كُنتُمْ تَعْلَمُونَ£
[ލުއިވިޔަސް ނުވަތަ ބުރަވިޔަސް (ﷲ ގެ މަގުގައި) ކުރިޔަށް ހިގާށެވެ. އަދި ﷲ ގެ މަގުގައި ތިޔަބައިމީހުންގެ މުދަލުންނާއި ނަފްސުތަކުން ޖިހާދު ކުރާށެވެ. މިކަން ތިޔަބައިމީހުންނަށް ހެޔޮވެގްންވެއެވެ. (ތިޔަބައިމީހުންނަށް) އެކަން އެނގޭނެނަމައެވެ.](ތައުބާ ސޫރަތުގެ 41)

ޤުރުތުބީ \ މި އާޔަތުގައި މިވާ [ލުއި] އަދި [ބުރަ] ގެ ޝަރަހާގައި 10 ރަޢުޔެއް ގެންނަވާފައިވެއެވެ.

1. އިބްނުލް ޢައްބާސް ކިބައިން: ޒުވާން އަދި ހަރު.
2. އިބްނު ޢައްބާސް އަދި ޤަތާދާ ކިބައިން: ފޯރި އަދި ކަންނެތް.
3. މުޖާހިދް ގެ ކިބައިން- ލުއި:މުއްސަނދި އަދި ބުރަ: ފަޤީރު.
4. ޙަސަނުލް ބަސްރީގެ ކިބައިން – ލުއި: ޒުވާން، އަދި ބުރަ: މުސްކުޅި.
5. ޒައިދު އިބްނު ޢަލީ އަދި އަލް ޙަކަމް އިބްނު ޢުތައިބާ ކިބައިން: ބުރަ-މަސައްކަތްތެރި އަދި ލުއި: ކަމެއްނެތް.
6. ޒައިދު އިބްނު އަސްލަމް ކބައިން: ބުރަ – ބަލަންޖެހޭ އާއިލާއެއްވާ މީހާ އަދި ލުއި: އާއިލާއެއް ނެތް މިހާ.
7. އިބްނު ޒައިދުގެ ކިބައިން: ބުރަ އަކީ ދޫކޮށްލަން ނޭދޭ (އާމްދަނީ ހޯދާ) މަސައްކަތެއްވާ މިހާ، އަދި ލުއި އަކީ އެފަދަ މަސައްކަތެއް ނެތް މިހާ.
8. އަލް އައުޒާއީ ކިބައިން: ލުއި: ހިނގާފައި އުޅޭ މީހުން، އަދި ބުރަ: ސަވާރީއެއްގައި އުޅޭމީހުން.
9. ލުއި: ހަނގުރާމައަށް އޭގެ އެންމެ ކުރީ ސަފުގައިވާ މީހުންފަދައިން އަވަސްވެ ގަންނަ މީހުން.
10. އައްނައްޤާޝް ކިބައިން: ލުއި:ހިތްވަރުގަދަ، އަދި ބުރަ: ފިނޑި.

އަދި މީގެ ޖުމުލަ މާނައީ މިގޮވާލެއްވުމަކީ އެންމެހާ މުސްލިމުންގެ މައްޗަށް އެކީއެއްކޮށް އައިސްފައިވާ ގޮވާލުމަކަށް ވުމެވެ. އެއީ އެކަމަށް އެބައިމީހުން ބުރަހެލި ވިޔަސް ނުވަތަ ލުއިވިޔަސް މެއެވެ. އަދި މިއާޔަތަކީ އެއްވެސް ހާލެއްގައި މަންސޫޙަ ވެފައިވާ އާޔަތެއް ނޫނެވެ. ބައެއް ފާސިޤުން ތައުބާ ސޫރަތުގެ 122 ވަނަ އާޔަތުގެ ދަށުން ބައެއް ސަލަފުއްޞާލިޙުން އެހެން ވިދާޅުވިކަމަށް އެބުނާ ބުނުން އެއީ ވަރަށް ބޮޑު އޮޅުވާލުމެކެވެ. އަދި މަގުފުރެދުގެންވާ ބޮޑު ބިދުޢައެކެވެ. މަދު ބޭކަލަކު އެހެން ވިދާޅުވެފައިވަނީ ޖިހާދުގެ އާންމު ޙުކުމާއި މެދުގައެވެ. އަދި ކިއެއްހެއްޔެވެ؟ ޙުދު އެބޭކަލުންވެސް ވިދާޅުވީ މި އާޔަތަކީ ދިފާޢީ ޖިހާދުގެ (ފަރުޟް ޢައިން) ޙާލަތުގެ މައްޗަށް ވާ އާޔަތެއް ކަމެވެ. [1]

އަދި އައްޒުހުރީ ވިދާޅުވިއެވެ: [ސަޢީދު ބިން މުސައްޔިބު \ ޖިހާދުގެ ޣަޒުވާ އަކަށް ނިކުމެވަޑައިގެން އެކަލޭގެފާނުގެ އެއް ލޯ (އަނިޔާވެ) ގެއްލުނެވެ. އެކަލޭގެފާނަށް ބުނެވުނެވެ: [ކަލޭގެފާނު ތިވަނީ އާލާސްވެފައެވެ. (އެބަހީ: ޢުޒުރުވެރިވެފައެވެ.)] އެކަލޭގެފާނު ޖަވާބު ދެއްވިއެވެ.: [ﷲ ވަނީ ލުއި އަދި ބުރަ މީހުންނަށްވެސް (ޖިހާދަށް) ނިކުތުމަށް އަމުރުކުރައްވާފައެވެ. އެހެންކަމުން އަހަރެންނަށް ހަނގުރާމަ ނުކުރެވޭނޭ ކަމުގައިވަނީ ނަމަ، (ޖިހާދުގެ ޤާފިލާއާއި އެކު ނިކުތުމުން) ކަލޭމެންގެ މީހުން ގިނަކަމަށް (އަހަރެންގެ ސަބަބުން) ދައްކުވައިދޭނެއެވެ. އަދި (ހަނގުރާމަ ބުރަވެގެންދާއިރު) ކަލޭމެންގެ ތަކެތި ބެލެހެއްޓުމަށް އަހަރެންނަށް ހުރެވޭނެއެވެ.] [2]

މަސްދަރު: ޖިހާދުގެ އަޑުން އެކުލަވާލާފައިވާ ފޮތް “އޭ ޖިހާދުން އެކަހެރިވެގެން ތިބި މީހުންނޭވެ” މި ފޮތުގެ 36 ވަނަ ފޫޓްނޯޓުން
_______________________________
  1. އިތުރު ތަފްސީލަށް ބައްލަވާ: ޞ. 56 ވާ ޙާއްޞަ މައުޟޫ ބައްލަވާށެވެ.
  2. ބައްލަވާ: “އަލްޖާމިޢު ލިއަޙްކާމް އަލް ޤުރުއާން” 8/150 އަދި މާތް ޞަޙާބީ އަބޫ ޠަލްޙާ > އާއި، އަދި މިނޫންވެސް އެތައް ސަލަފެއްގެ ކިބައިން މިފަދައިން ރިވާވެފައިވެއެވެ.

ޙިޔާލު ހުށަހެޅުއްވުމަށް....