ޝައިޚް ޢަދުނާނީގެ މުބާހަލާއަށްފަހު…

ޖަބުހަތުއް ޖައުލާނީ ޝަރުޢީއެއް ކަމުގައިވާ އަބޫ ޢަބުދު ﷲ އައްޝާމީ އިސްލާމީ ދަޥްލަތަކީ ކުރީގެ ޚަވާރިޖުންނަށް ވުރެންވެސް ނުބައިވެގެންވާ ބައެއް ކަމުގައި އަދި އިސްލާމީ ދަޥްލަތަށް ނިސްބަތް ކޮށް ބޮޑެތި ތުޙުމަތު ތަކެއްކޮށް ދިގު ބަޔާނެއް ނެރުނެވެ. މިއާ ވިދިގެން މާރޗް 2014 ގައި އިސްލާމީ ދަޥްލަތުގެ ރަސްމީ ތަރުޖަމާނު ޝައިޚް އަބޫ މުޙައްމަދު އަލް އަދުނާނީ އަލް ޤުރައިޝީ އަލްޙުސައިނީ އެބޭފުޅާގެ މަޝްހޫރު ޚިތާބު “ލަޢުނަތުﷲ ޢަލަލް ކާޛިބީން” ނެރުއްވިއެވެ. މި ޚިތާބުގައި އެހުރިހާ ތުޙުމަތުތަކަށް ރައްދުދެއްވައި، އެއީ ބާޠިލް ތުހުމަތު ތަކެއް ކަމުގައި ވިދާޅުވެ މުބާހަލާ ކުރެއްވިއެވެ. ޝައިޚް ދުޢާ ކުރެއްވިއެވެ. “އޭ ﷲ އެވެ. އަހަރެމެން ދެމީހުން ކުރެ ދޮގުހަދާ މީހާގެ މައްޗަށް އިބައިލާހުގެ ލަޢުނަތް ލައްވާށިއެވެ…” ހަމަ މިގޮތަށް އެޕްރީލް 2014 ގައި ނެރުއްވި އޯޑިޔޯ ޚިތާބު “މަން ކާނަ ހާޒާ މަންހަޖުނާ ވަލަން ޔަކުން” ގައިވެސް ދުޢާ އެއް ތަކުރާރު ކުރެއްވިއެވެ. “ޔާ ﷲ މި ދަޥްލަތަކީ ޚަވާރިޖު ދަޥްލަތެއްނަމަ، އެއިގެ މައިބަދަ ބިންދަވާށިއެވެ. އެއިގެވެރިން މަރުއްވާށިއެވެ. އެއިގެ ދިދަ ތިރިކުރައްވާށިއެވެ. އަދި އެއިގެ ޖުންދުންނަށް ތެދު މަގު ދައްކަވާށިއެވެ. ޔާ ﷲ މި ދަޥްލަތަކީ އިބައިލާހުގެ ފޮތުން އަދި އިބައިލާހުގެ ނަބިއްޔާގެ ސުންނަތުން ޙުކުމް ކުރާ ދަޥްލަތެއް ނަމަ، އަދި އިބައިލާހުގެ ޢަދުއްވުންނާއި ދެކޮޅަށް ޖިހާދު ކުރާ ދަޥްލަތެއްނަމަ، ދެން އެއަށް ޘާބިތިކަންދެއްވައި، ބާރުވެރިކުރައްވައި، ނަޞްރުދެއްވައި، ބިމުގައި ތަމްކީން ދެއްވައި، ނަބަވީ މަންޙަޖުގެ މަތީގައިވާ ޚިލާފަތެއް ކަމުގައި ލައްވާށިއެވެ.”

ޝައިޚް ޢަދުނާނީގެ މި މުބާހަލާއަށްފަހު ވަރަށް ގިނަ ކަންތައްތަކެއް ފެންމަތިވެއްޖެއެވެ. ޖަބުހައްތުއް ޖައުލާނީގެ އެކުވެރިންގެ މުރުއްތައްދު ކަމާއި އެމީހުންގެ ބާތިލް ޢަޤީދާތަކާއި މަންހަޖުތައް ފާޅުވެއެއްޖެއެވެ. އަލް ޤައިދާގެ އަމީރުގެ ދެކޮޅު ނުޖެހޭ ވާހަކަތާއި ތައާރުޟް ވާ ކަންތައްތައް މުޅި ދުނިޔެއަށް ހާމަވެއްޖެއެވެ. ޖައުލާނީ ގެ ގުރޫޕުން ސެކިޔުލާ ޑިމޮކުރެޓިކް ޖަމާޢަތްތަކާއި އެއްބައިވެ ކޯލިޝަންތައް ހަދައިފިއެވެ.

ޝައިޚް ޢަދުނާނީގެ މުބާހަލާއަށްފަހު، އިސްލާމީ ދަޥްލަތް ކުރިއަށްޖެހި ބިންތައް ފަތަޙަކޮށް، ޝިރުކު ނައްތާލައި ، ތަޥްޙީދުގެ ދިދަ ވިހުރުވައި، މިއްލަތު އިބުރާހިމް ފާޅުކޮށް، ސަފުތައް އެކަތިކޮށް، ޤުރައިޝުންގެ ތެރެއިންވާ ނަބިއްޔާގެ މާތް ނަޞަބުފުޅުން އައިސްހުރި ޝަރަފުވެރި އިމާމަކު މުސްލިމުންގެ ވެރިއަކަށް ޢައްޔަންކޮށް ޚިލާފަތެއް ޤާއިމުކޮށްފިއެވެ.

އާނ އެކެވެ! އިސްލާމީ ދަޥްލަތް މުބާހަލާއަށް ފަހު:

  • ހަމަ ކުރީގެ ޢަޤީދާ އާއި މަންހަޖުގެ މަތީގައެވެ.
  • ތަޥްޙީދު އުނގަންނައިދީ ޝިރުކު ނައްތާލުމުގައެވެ.
  • އަލް ވަލާ ވަލް ބަރާ ގެ ސާފު އަޤީދާ ރައްކާތެރި ކުރުމުގައެވެ.
  • ބިންތަކަށް ﷲ ގެ ޝަރީޢާ ގެނެސްފިއެވެ.
  • ޖިޒިޔަ އަނބުރާ އިޢާދަ ކޮށްފިއެވެ.
  • ﷲ ގެ ޙުދޫދުތައް ޤާއިމުކުރަން ފަށައިފިއެވެ.
  • މަޢުރޫފަށް އަމުރު ކޮށް މުންކަރު މަނާ ކުރުމުގައެވެ.
  • ޚިލާފަތް އަނބުރާ ރުޖޫޢަ ކޮށްފިއެވެ.
  • 100 އަށް ވުރެ ގިނަ މިސްކިތް ބިނާކޮށްފިއެވެ.
  • ގިނަ ބިންތަކެއް ފަތަޙަ ކޮށްފިއެވެ. ބައެއް ބިންތައް ގެއްލިފައިވީ ނަމަވެސް މުބާހަލާގެ ކުރިން ލިބިފައިވާ ބިންތަކަށް ވުރެ ބޮޑު ބިންތަކެއް އިރާޤާއި ޝާމްގައި މިހާރުވެސް ދަޥްލަތުގެ ބާރުގެ ދަށުގައި ވެއެވެ. މީގެ އިތުރުން ޚުރާސާން، ޝީޝާން، ޔަމަން، ލީބިޔާ، ސޯމާލިޔާ، ނައިޖީރިޔާ އަދި ތޫނިސް އަށް އިސްލާމީ ދަޥްލަތް ފުޅާވިއެވެ.
  • ސައިކްސް ޕިކޮޓް ބޯޑަރު އަދި ޤައުމިއްޔަތު ނައްތާ ފުނޑާލައިފިއެވެ.
  • މުޝްރިކު ފިރުޤާތަކާއި އެމީހުންގެ އަޅުކަން ކުރާ ތަންތަން ނައްތާލިއެވެ.
  • އަލްޤައިދާގެ އިސް މީހުން އެމީހުންގެ ޖުންދުންނާއި އެކު ބަޢިޔަތު ދޭން ފެށިއެވެ.

އެހެނަސް އަލް ޤައިދާ، ޖަބުހަތުއް ނުޞްރާ އަދި އެމީހުންގެ އައުވާނުން މުބާހަލާއަށް ފަހު:

ﷲ ގެ ޝަރީޢަތް ޤާއިމުކުރުން ހުއްޓާލައި، އެކަމުން މަނާވެގަނެ އެކަމަށް އިންކާރު ކުރިއެވެ. މި ގޮތުން ސޫރިޔާ، ޔަމަން، ޚުރާސާން އަދި އަލްޖީރިއާގައި ކަންކުރިއެވެ. އަދި އިސްލާމީ ޝަރީޢަތް ޤާއިމުކުރާ މީހުންނާ ދެކޮޅަށް މުރުތައްދުންނާއި އެކު ހަނގުރާމަ ކުރިއެވެ.

މަންހަޖު ބަދަލުކުރިއެވެ. ޝިރުކުކުރެވާ ތަންތަން (ޙުސައިނިއްޔާތު) އެއީ މިސްކިތްތައް ކަމުގައި ރަމްޒުކުރިއެވެ. މުރުތައްދު ސަރުކާރު ތަކަށް ތަކުފީރުކުރުން ހުއްޓާލައި، އެއްބާރުލުން ދޭންފެށިއެވެ.

  • އަލް ވަލާ ވަލް ބަރާ މުޅިން ދޫކޮށް އެމެރިކާ އާއި ޠޯޣޫތުންގެ އެޖޭންޓުން އަދި އައުވާނުން އެއީ އަޚުންކަމުގައި ހަދައި މުޥަޙިދުންނާއި ދެކޮޅަށް އެމީހުންނާއި އެއްބައި ވިއެވެ.
  • އެމީހުންގެ އައުވާނުން ރުއްސުމަށްޓަކައި، މިއްލަތު އިބުރާހިމް ދޫކޮށްލިއެވެ. އަދި ތަޥްޙީދާއި ކުފުރުބިިއް ޠާޣޫތު އުނގަންނައި ދިނުން ދޫކޮށްލިއެވެ. އެއީ އެމީހުންގެ އައުވާނުން، ޠޯޣޫތުންތައް އެއީ މުސްލިމުން ކަމުގައި ދެކޭތީއެވެ. އެހެންކަމުން އެމީހުންގެ ޖުންދުންނާއި ސަޕޯޓަރުން ކުފުރުބިއް ޠާޣޫތު އެއީ ބޮޑު ކަމެއް ކަމުގައި ނުހެދިއެވެ. އެއިގެ ނަތީޖާ އަކީ ބައެއް ޠޯޣޫތުން އެއީ މުސްލިމް ވެރިން ކަމުގައި އެއުރެން ދެކެން ފެށުމެވެ.
  • މުއްލާ ޢުމަރު ގެ މަރު ފޮރުވައި، ޢަމަރުގެ ނަމުގައި ޤައުމިޔަތަށް ހިއްވަރުދޭ ބަޔާންތަކެއް ނެރެމުން ދަނިކޮށް، މުއްލާ ޢުމަރު މަރުވެފައިވާކަން ފަޅާ އެރުން.
  • މުއްލާ ޢުމަރުގެ ނަމުގައި ދޮގުބަޔާންތަކެއް ނެރުނު، އަލްޤައިދާ ބައިޢަތުދީފައިވާ އަދި ޠާލިބާނުންގެ ވެރިޔާ މުއްލާ އަޚްތަރު، މަޖޫސީ-އީރާން އަށް ދަތުރު ކުރާކަމާއި، އީރާން އެއީ އިސްލާމީ ދަޥްލަތެއް ކަމުގައި ދެކޭކަން ހާމަވުން.
  • އެމީހުންގެ ވެރިޔާ އަޚްތަރު މަންޞޫރު އެމީހުންގެ “އިމިރޭޓުސްއިން” ބޭރުގައި އިރާނަށް ރައްވެހިވެ، ޢާއިލާވަޒަންވެރިކޮށް އެތަނުން، ޕާކިސްތާން އަށް ދިޔަ ދަތުރެއްގައި މަރުވިކަން ހާމަވުން.
  • ޝާމުގެ އެމީހުންގެ އެކުވެރިންނާއި، އަދި ޙުރާސާންގެ އެމީހުންގެ ބައިވެރިން ސައިކްސް ޕިކޮޓް ބޯޑަރު ހިމާޔަތްކޮށް ރައްކާތެރި ކުރަން ތިބި ކަން ހާމަވުން.
  • އަލްޤާއިދާއިން އެމީހުންވަކިވެ ތާލިބާނުންނަށް އޮތް ބަޢިޔަތު މުގުރާލުން.
  • އެބައެއްގެ އަޤީދާ އާއި މަންހަޖު ޞައްޙަކަމަށް ހުވާކޮށް މުބާހަލާ ކުރި ޖަމާޢަތްތައް، އެމެރިކާ އަދި ނޭޓޯގެ މެންބަރެއް ކަމުގައިވާ ތުރުކީ އާއި އެއްބާރުލުންދީ ސީރިޔާގެ ޙަލަބުގައި އިސްލާމީ ދަޥްލަތާއި ދެކޮޅަށް ހަނގުރާމަ ކުރުން. އަދި މިއީ ރަސްމީކޮށް އެމެރިކާގެ ވައުގެ ބާރުތަކުގެ ދަށުގައިކަމަށް އިޤުރާރުވުން، މީގެ ތެރޭގައު ޖައިޝުލް މުޖާހިދީން، ޖަބުހަ އަލް އިސްލާމިއްޔާ، އަދި ޖައިޝުލް ފަތުޙު މެންބަރެއް ކަމުގައިވާ ފައިލްޤުއް ޝާމް ހިމެނެއެވެ. އަދި އަހްރާރުއް ޝާމުވެސް ބައިވެރިވިއެވެ.
  • އެބައެއްގެ އަޤީދާ އާއި މަންހަޖު ޞައްޙަކަމަށް ހުވާކޮށް މުބާހަލާ ކުރި ޖަމާޢަތްތައް، ސައުދީ ޢަރަބިއްޔާގެ ރިޔާޟަށް ގޮސް ޓެރަރިޒަމާއި ދެކޮޅަށް ހަނގުރާމަ ކުރުމަށާއި އަދި ސޫރިޔާގައި ސެކިޔުލާ ދަޥްލަތެއް ޤާއިމުކުރުމަށް އެއްބަސްވެ ސޮއިކުރުން.
  • އަލް ޤައިދާގެ ވެރިންނާއި ޖުންދުން އިސްލާމީ ދަޥްލަތަށް ބަދަލުވާން ފެށުމުން ޔަހޫދީން ފަދައިން ކަންކުރުމަށް މަސައްކަތްކުރުމަށް ރާވައި ފޮނުވާފައިވާ ސިޓީއެއް ލީކުވެ، އެއަށް އިޤުރާރުވުން

ޙިޔާލު ހުށަހެޅުއްވުމަށް....