ބަލިކަށި ދުނިޔެއަކާއި ގިނަގުނަ ފުރުސަތުތަކެއް

ދުނިޔޭގެ ތާރީޚް ދިރާސާކޮށްފި ކޮންމެ މީހަކަށް އަދި އަދުގެ ހާލަތު ދެކެފި ކޮންމެ މީހަކަށްމެ މިދުނިޔެއަކީ ބޮޑެތި އުނދަގޫތަކެއް ކުރިމަތިވަމުން އަންނަ ބަލިކަށި ތަނެއްކަން އެނގޭނެއެވެ. ވަކިން ޚާއްޞަކޮށް ޠާޣޫތުން އަތްގަދަކޮށް އަދި ޞަލީބީން އިސްތިޢްމާރު ކޮށްފައިވާ މުސްލިމް ޤައުމުތަކެވެ. އިރާޤާއި ޝާމްގައި، މުޖާހިދުން ހޯދި ނަޞްރުތަކުގެ މައްޗަށް އިސްލާމީ ދަޥްލަތެއް ބިނާވުންވީ، އެކަމެއް ޙާޞިލް ކުރުމުގެ ނިޔަތެއް އޮތް ކޮންމެ ބަޔަކަށް ﷲގެ އިޛްނަފުޅާ ލައިގެން އެކަމެއް ޙާޞިލްކުރެވިދާނެ ކަމެއްގެ ހެއްކެއް ކަމުގައެވެ. އިރާޤުގައި މުޖާހިދުންނަށް ލިބުނު ފިލާވަޅުތަކުން އެންމެ ބޮޑު ފިލާވަޅަކީ ތަޥްހީދަށް އިސްކަންދީ އެކަމުގެ އުޞޫލުތަކުގައި ރައްކާތެރިވެ، ދަތިތަކާއި އުނދަގޫތަކުގައިވެސް އެކަމުގެ އަސްލުތަކުގައި ވަރުގަދަޔަށް ހިފަހައްޓާ ﷲގެ ނަޞްރު ލިބޭނެކަމަށް ޔަޤީންކޮށް، މުޝްރިކުންގެ ލަޝްކަރުތަކުގެ އަދަދުގެ ގިނަކަމާއި، ބާރުގެ ވަރުގަދަކަމާއިއެކުވެސް، އެބައިމީހުން ބަލިކުރެވޭނެކަމަށް ހަމައެކަނި ﷲއަށް ވަކީލުކުރުމެވެ. އަދި ޖިހާދަށް އެހީތެރިވުމުގައި ހަމައެކަނި ޣަނީމާ މުދަލަށް ބަރޯސާވެ، މުރުތައްދުން އަތުން ވާގިވެރިކަން ނުހޯދާ، އެމީހުންނާއި ދެކޮޅަށް ހަނގުރާމަ އިޢުލާނުކޮށް، އެމީހުންނާއި މެދު ސަމާލުވެ ރައްކައުތެރިވެ، މުޖާހިދުންނާ ދެކޮޅަށް ހަނގުރާމަ ކުރުމަށް އެބައިމީހުންނަށް ހިއްވަރު ލިބުނަނުދީ، ކޮންމެ ޙާލެއްގައިވެސް މުޅި ޖަމާޢަތުގެ މަސްލަޙަތު އިސްކޮށް، މުސްލިމުންގެ އިމާމަށް އަޑުއަހާ ކިޔަމަންތެރިވެ، އެއްބައިވަންތަކަން ޤާއިމްކޮށް، ދީން ފާޅުކޮށް ﷲގެ ޝަރީޢާ ޤާއިމްކުރެވެން އޮތް ކޮންމެ ދަނޑިވަޅަކަށް ބަލަމުން ދިޔުމެވެ. މިހުރިހާ ފިލާވަޅުތަކެއް ވެގެންދިޔައީ އިސްލާމީ ދަޥްލަތް ޝާމްގައި ޞަޙަވާތުންގެ ދަންމަޅީގައި ނުބެދި އަދި ޢިރާޤުގައި ރާފިޟީންގެ ފަރާތުން ލިބުން އަނިޔާތަކަށް އެނބުރި ނުގޮސް ރައްކާތެރިވާން ލިބުނު ބޮޑު ފިލާޅުތަކަކަށެވެ. އަދި އޭގެ ބަދަލުގައި އެއްބައިވަންތަކަމާއެކީ ޚިލާފަތް އަނބުރާ ގެނައުމަށް ލިބުނު ފިލާވަޅުތަކަކަށެވެ.

އިސްލާމީ ދަޥްލަތުން ގޮވާލަމުން ދަނީ ޙައްޤު ތެދު މަގަށްކަން ﷲގެ ރަޙްމަތުން މިވަނީ އެނގިފައެވެ. އެއީ ފޮތާއި ސުންނަތް އަނބުރާ އުއްމަތަށް ރައްދުކުރުން އެކަންޏެއްނޫނެވެ. ނަމަވެސް މިކަމަކީ އީމާނުގެ އަހުލުންނަށް ފުދިގެންވާކަމެކެވެ. މިކަމުގެ އިތުރުން ﷲގެ ޙައްޤުގައި ހަނގުރާމަ ކުރަމުންދާ ކޮންމެ މުޖާހިދެއްގެ އެންމެ ބޮޑު އެއްއަމާޒަކީ އަދި ޙާޞިލްކުރަން ބޭނުންވާ ލަނޑުދަނޑިއަކީ ދާރުލް އިސްލާމެއް ޤާއިމްކޮށް، އެތަނަކީ ހަމަ އެކަނި ﷲގެ ޝަރީޢަތް ހިނގާ، ހުރިހާ ވައްތަރެއްގެ ކުފުރުން ރައްކާތެރިކަން ލިބިގެންވާ ތަނެއްކަމުގައި ހެދުމެވެ. އަދި މުސްލިމުން ﷲގެނިމުމެއްނުވާ ނިޢުމަތާއި، އެކަލާނގެ ރަޙުމަތާއި، އެއްބައިވަންތަ ކަމުގެ ތެރޭގައި ވުމެވެ.

ޙަޤީގަތަކީ މި ނަބަވީ މަންހަޖުގެ މަތީގައިވާ ދަޢުވަތާއި، ޖިހާދު މިވަނީ މުސްލިމުންގެ ތެރޭގައި ވަރަށް ބޮޑަށް ފެތުރިގެން ގޮސްފައެވެ. އަދި މުޖާހިދުންނަށް ފޮރުވިގެންވާ އެއްވެސްކަމެއް ނުވެއެވެ. އެހެންކަމުން މިމަންހަޖަށް ތަބައުވާ މީހުން ފާޅުވާންފަށައި، މި ގްރޫޕަތައް ހުސްވެ، އަމީރުލް މުއުމިނީންއަށް ބައިޢަތު ދިނެވެ. ﷲ އަމީރުލް މުއުމިނީންއަށް، ދުނިޔޭގެ އިރުމައްޗާއި ހުޅަނގުގައި ވާގިވެރިވޮޑިގެންނަވާފާނދޭވެ! މުޖާހިދުންނާއި އިސްލާމީ ދަޥްލަތުގެ ވެރިކަމުން، ﷲގެ ވާޤިފުޅާއިއެކު، މިފުރުސަތުގެ ބޭނުންހިފާނެއެވެ. އަދި މިކަން ދުނީޔޭގެ އެކި ކަންކޮޅުތަކުގައި އެކި ވަގުތުތަކުގައި ތަކުރާރުވަމުންދާނެއެވެ. އިސްލާމީ ދަޥްލަތުން މިކަންތައްތައް ތަންފީޒުކޮށް އަދި ހުރިހާތަނެއްގައި އިސްލާމީ ދަޥްލަތުގެ ވިލާޔަތުތައް ޤާއިމްކުރާނެއެވެ. ޞަލީބީންނާއި، ޠާޣޫތުންނާއި، އެބައި މީހުންގެ އޭޖެންޓުންނާއި، އެންމެން ގުޅި އެތަންތަނުން ތަނެއް ހިފައިފިކަމުގައި ވާނަމަ ދުނިޔޭގެ އެހެން ދިމާލެއްގައި އެބައިމީހުން ނާކާމިޔާބުވާނެއެވެ. ދީން އެކީއެކަށް ﷲއަށް ޚާލިސްވެ، ﷲގެ އިޛްނަފުޅާލައިގެން ކޮންމެ ގެއަކަށްމެ އިސްލާމްދީން ވަނުމަށްދާންދެން މިގޮތުގައި އިސްލާމީ ދަޥްލަތުން އެބައިމީހުންނާއި ހަނގުރާމަކުރަމުން ދާނެއެވެ. އަދި މިޔަޤީންކަމަކީ ﷲއާއި މެދު އަހަރުމެންގެ ހިތްތަކުގައި އޮންނަން ޖެހޭނެ ޔަގީންކަމެކެވެ. އަދި މިކަމުގެ އާޚިރު ނަތީޖާވަނީ ޞާލިޙުންނަށެވެ.

ޙިޔާލު ހުށަހެޅުއްވުމަށް....