ޑިމޮކްރެސީ އާއި ޝުރާގެ ފަރަޤަކީ ކޮބާ؟ ރައްޔިތުންގެ މަޖިލިހަށް ވަނުމުގެ ޙުކުމަކީ ކޮބާ؟

ސުވާލު: ޑިމޮކްރެސީގެ މާނައަކީ ކޮބައިހެއްޔެވެ؟ އަދި ޑިމޮކްރެސީ އާއި ޝޫރާގެ ހުރި ތަފާތަކީ ކޮބައިހެއްޔެވެ؟ ރައްޔިތުންގެ މަޖިލިހަށް ވަނުމުގެ ޙުކުމަކީ ކޮބައިހެއްޔެވެ؟

ޑިމޮކްރެސީ ބުނާގޮތުގައި (ޙުކުމްކުރުމާއި ކަނޑައެޅުމުގެ) ބާރުތައް ވަނީ ރައްޔިތުންގެ އަތުގައެވެ. އެހެންކަމުން، އޭގެ މާނައިން ޑިމޮކްރެސީ އަކީ ކުފުރެކެވެ. ބާރުވަނީ ﷲ ` އަށް އެކަންޏެވެ. އަދި އިންސާނުންނަށް އެއިން ބައިއެޅިފައެއް ނުވެއެވެ. ޑިމޮކްރެސީ އަކީ ޝޫރާއާއި މުޅިން ތަފާތު އެއްޗެކެވެ. ޑިމޮކްރެސީގައި ކޮންމެކަމެއްވެސް ބަދަލުވުން އެކަށީގެންވެ، މަޝްވަރާކުރެވިދާނެއެވެ. އެހެނަސް ޝޫރާ ކަނޑައެޅެނީ ހަމައެކަނި ސާފު އަދި އެއަކަށް ޤިޔާޞެއްކުރެވޭނޭ އެހެން ޙުކުމެއް ނެތް ކަމެއްގައެވެ. ޑިމޮކްރެސީގައި އެންމެންނަށްވެސް ވޯޓުލެވިދާނެއެވެ. ޝޫރާ ކުރެވެނީ ހަމައެކަނި މަދު ޢިލްމުގެ ވެރިބަޔަކަށެވެ.

ރައްޔިތުންގެ މަޖިލިހުގައި ބައިވެރިވުމަކީ، ނުރައްކާތެރި ކުފުރުގެ ޢަމަލެކެވެ. އެހެނީ އޭގައި އިސްލާމީ-ނޫން އަދި ޝަރީޢަތާއި ޚިލާފު ޤާނޫނު ހަދާ މަޖިލިހެއްގެ ބާރު ބަލައިގަންނަށް ޖެހެއެވެ. މީގެ އިތުރުން ރައްޔިތުންގެ މަޖިލިހުގައި ބައިވެރިވުމަށް އޭގެ ޤާނޫނަށް ކިޔަމަންތެރިވުން ލާޒިމުކުރެއެވެ. އެ (ޤާނޫނު) އަކީ ކުފުރުގެ ލިޔުންގަނޑެކެވެ.

ސުވާލު: [އަހަންނަކީ ޑިމޮކްރެޓް އެކޭ] ނުވަތަ [އަހަރެން ޑިމޮކްރެސީއަށް ޝަޢުޤުވެރިވަމޭ] ބުނާމީހާ، އޭގެ ހަޤީޤީ ބަރުދަން އޭނާއަށް ނޭގި އަދި އޭގެ މާނައަކީ [ޝޫރާ] ކަމަށް ހީކުރާނަމަ، އޭނާގެ ޙުކުމަކީ ކޮބައިތޯއެވެ؟

އޭނާއަށް [ޑިމޮކްރެސީ] މިލަފްޠުގެ މާނަ ނޭނގޭނަމަ، އަދި އެއީ (އެބަހީ އެލަފުޠުގެ މާނައަކީ) ޝޫރާކަމަށް ހީކުރާނަމަ، ނޫނީ ޑިމޮކްރެސީ އަކީ ކޮބައިކަން އޭނާއަށް ނޭގި އޭނާ މާނަކުރަނީ އެއިން ޝޫރާނަމަ، ދެން އޭނާ އަކީ ކާފަރެއް ނޫނެވެ. އެހެނަސް އޭނާ ރަނގަޅުކޮށްދިނުން ތިބާގެ މައްޗަށް ލާޒިމްވެގެންވެއެވެ. އަދި އެދެ ލަފްޠު ދެމެދުގައި ބޮޑު ފަރަޤެއް ވާކަން ބަޔާންކޮށްދޭން ޖެހޭނެއެވެ. އޭނާއަށް ޑިމޮކްރެސީގެ މާނަ އެނގޭނަމަ، އަދި އޭނާގެ ނިޔަތަކީ (ސީދާ) އެއީކަމަށް ވާނަމަ، ފަހެ، އޭނާއަކީ ކާފަރެކެވެ.

ޖަވާބުދެއްވީ އައްޝައިޚް ޝެއިޚް ނާޞިރު އަލް ފަހްދު (ސުޢޫދީ ޠާޣޫތުގެ އަނިޔާވެރި ޖަލުން ޝައިޚް މިނިވަން ކުރައްވާށިއެވެ!)

ޙިޔާލު ހުށަހެޅުއްވުމަށް....