އެމެރިކާ ސިފައިން އައުމުން FSA ގެ [އަޙްރާރުއް ޝަރުޤިއްޔާ] ކުލީސިފައިން އެކަމާ ދެކޮޅުހެދީ ކީއްވެ؟

ފޮޓޯ:- އެމެރިކާއިން ދީފައިވާ ޔުނީފޯރމް ތަކާއި ޓޯކީގައި އައްޝަރްޤިއްޔާގެ އިސްވެރިން ބަޔާނެއް ދެނީ

އެމެރިކާގެ ހަނގުރާމައިގެ އިސްޕެޝަލް ފޯރސަސްގެ ޕުލެޓޫނެއް އިއްޔެގެ ވަޤުތެއްގައި ތުރުކީވިލާތާއި ކައިރީގައިވާ އައްރާއީ ޝަހަރަށް ވަދެއްޖެއެވެ. އެމެރިކާގެ ސިފައިން އެތަނަށް ވަނުމާއި ވިދިގެން އެމެރިކާއިން ހަތިޔާރުދީ ތަމްރީނުކޮށްފައިވާ [އަޙްރާރުއް ޝަރްޤިއްޔާ] ގުރޫޕަށް ނިސްބަތްވާ ހަތިޔާރުއެޅި ބައިގަނޑެއް އެކަމާއި ދެކޮޅުހެދިއެވެ. އެމީހުން ނެރެފައިވާ އިސްޓޭޓުމަންޓެއްގައިވަނީ އެމެރިކާ ސިފައިންނާއި ދެކޮޅުމިހެދީ އެމީހުންގެ ޢަދުއްވު ކުރުދީ ވައި.ޕީ.ޖީ ބައިގަނޑަށް މަދަދުދޭ ބަޔަކަށް އެމެރިކާނުން ވާތީކަމަށެވެ.

މައްސަލައަކީ ކުރުދީންނަށް އެމެރިކާއިން އެހީތެރިވާތީކަމަށް ޝަރްޤިއްޔާއިން ނެރެފައިވާ ބަޔާނުގައި ބުނެފައިވޭ.
މައްސަލައަކީ ކުރުދީންނަށް އެމެރިކާއިން އެހީތެރިވާތީކަމަށް ޝަރްޤިއްޔާއިން ނެރެފައިވާ ބަޔާނުގައި ބުނެފައިވޭ.

ޙަޤީޤަތަކީ [އަޙްރާރުއް ޝަރްޤިއްޔާ] އާއި ކުރުދީންނާއި ދެބައިމީހުންނަކީ، އެމެރިކާއިން ލާރިދީފައިވާ ކުލީ ސިފައިންނަށް ވާއިރު، އެދެބައިދެމެދު ނަސްލީ ކޯޅުމެއް ހިނގުމުގެ ސަބަބުން، އެމެރިކާއިން [އަހްރާރުއް ޝަރްޤިއްޔާ] އަށް ދެމުންއައި ލާރި ހުއްޓާލުމުން އެކަމަށްޓަކައި އައިރުޅިވެރިކަމެއް ކަމުގައެވެ.

sharugy3
ސީރިޔާގެ ޚަބަރުތައް ދިރާސާކުރާ އަޙްރާރުއް ޝަރުޤިއްޔާ އަކީ ކުލީ ސިފައިން ހާމަކޮށް ބުނެފައިވާ ޓްވީޓްއެއް

ސީރިޔާގެ ޚަބަރުތަކުގެ މާހިރެއް ކަމުގައިވާ އަލްވާއު މުހީބު ޝަލަތީ ވިދާޅުވިގޮތުގައި، އަޙްރާރުއް ޝަރުޤިއްޔާއަކީ ހަމައެކަނި އިސްލާމީ ދައުލަތާއި ދެކޮޅަށް ހަނގުރާމަކުރުމަށް ރޭވުނު ގުރޫޕެކެވެ. އަދި އަސަދުއާއި ހަނގުރާމަކުރުމަކީ އެމީހުންގެ އެޖެންޑާގައި ހިމެނޭކަމެއް ނޫންނެވެ. އަދި މިވީހާތާކަށް އެކަން ކޮށްފައެއްވެސް ނުވާކަމަށް އޭނާ ހާމަކޮށްފައިވެއެވެ.

މިޖަމާޢަތް ނެގިފައިވަނީ ޑެއިރައްޒޯރުގައި އިސްލާމީ ދައުލަތާއި ދެކޮޅަށް ހަނގުރާމަކޮށް ބަލިކުރެވުނު ޤަބީލާތަކާއި ޖަބަހަތުއް ނުޞްރާއަށް އެތަނުގައި މަދުދުދިން ޤަބީލާތަކުގެ މީހުން އެއްކޮށްގެނެވެ. އަދިވެސް ޝަލަތީ ވިދާޅުވިއެވެ: މިޤުރޫޕުގެ މަސްއޫލަކަށް އައްޔަން ވެފައިވަނީ ޖަބަހަތުއް ނުޞްރާގެ އިސް ޝަރުޢީ އަބޫ މާރިޔާ އަލްޤަހްތާނީ ނުވަތަ އަލްޤެލެކްސީއެވެ. މިހަމަނުޖެހުމާއި ވިދިގެން އެމެރިކާގެ ސިފައިން ވަގުތީގޮތުން އެތަނުން ބޭރަށް ޖެހުނެވެ. އަދި ދެތިން ގަޑިއިރެއްފަހުން އެމެރިކާއިން ތަމްރީނުކޮށް ހަތިޔާރު ދީފައިވާ އެފް.އެސް.އޭ ގެ [އަލްމުޢުތަޞިމް ބުރިގޭޑު] ގެ ނެގޯޝިއޭޝަނާއިއެކު އަނެއްކާ އެނބުރި އައެވެ.

އަލްމުޢުތަޞިމް ބުރިގޭޑުން ނެރެފައިވާ ފޮޓޮއެއް: އެމެރިކާއިން އިސްލާމީ ޚިލާފަތާއި ދެކޮޅަށް މާރިޢުގައި ހަނގުރާމަކުރަން މުޢުތަޞިމް ބުރިގޭޑަށް [އެއަރ ޑުރޮޕް] ކުރި ހަތިޔާރު ލިބިއްޖެ ކަމަށް ބުނެފައިވޭ.
އަލްމުޢުތަޞިމް ބުރިގޭޑުން ނެރެފައިވާ ފޮޓޮއެއް: އެމެރިކާއިން އިސްލާމީ ޚިލާފަތާއި ދެކޮޅަށް މާރިޢުގައި ހަނގުރާމަކުރަން މުޢުތަޞިމް ބުރިގޭޑަށް [އެއަރ ޑުރޮޕް] ކުރި ހަތިޔާރު ލިބިއްޖެ ކަމަށް ބުނެފައިވޭ.
އެއާރ ޑުރޮޕް ކުރި ހަތިޔާރު ޕެކޭޖް ލިބިއްޖެކަން ކަށަވަރުކޮށް ޕެންޓަގަންނަށް ފޮނުވުމަށް މުޢުތަޞިމް ބުރިގޭޑުގެ ހަނގުރާމަވެރިން ފޮޓޯއަކަށް ދިދަޔާއިއެކު ހުއްޓިލައިގެން.
އެއާރ ޑުރޮޕް ކުރި ހަތިޔާރު ޕެކޭޖް ލިބިއްޖެކަން ކަށަވަރުކޮށް ޕެންޓަގަންނަށް ފޮނުވުމަށް މުޢުތަޞިމް ބުރިގޭޑުގެ ހަނގުރާމަވެރިން ފޮޓޯއަކަށް ދިދަޔާއިއެކު ހުއްޓިލައިގެން.

ޙިޔާލު ހުށަހެޅުއްވުމަށް....

ޙިޔާލު