އިސްލާމީ ޚިލާފަތު ނައްތާލުމަށް އެމެރިކާސިފައިންނާއި ޖައިޝުލް ފަތުޙުން ގުޅިފައިވާ ލަޝްކަރެއްނެރެފި

ނޭޓޯ-ތުރުކީގެ ކޯލިޝަންގައި ބައިވެރިވުމަށް އައިސްތިބި ޖައިޝުލް ފަތުޙުގެ އެންމެ ބޮޑު އަދި މައިގަނޑު ގުރޫޕު، އަޙްރާރުއް ޝާމް އާއި ޖައިޝުލް ފަތުޙުގެ ތިންވަނަޔަށް އެންމެ ބޮޑު ފައިލަޤުއް ޝާމް އެމެރިކާ-ރަޝިޔާގެ ޑީލަށް އެއްބަސްވުމާއި އެކު، ސީރިޔާގެ ތުރުކީ ވިލާތާއި އިންވެގެންވާ އައްރާއީ ޝަހަރަށް އެމެރިކާ ސިފައިންގެ ޚާއްޞަ އޮޕަރޭޝަންސްގެ ޕުލެޓޫނެއް ވަދެ އެޖަމާޢަތްތަކާއި އެއްކޮށް އިސްލާމީ ޚިލާފަތާއި ހަނގުރާމަކުރުމަށް ތައްޔާރުވެއްޖެއެވެ.

އައްރާއީގައި އެމެރިކާމީހުން އަޙްރާރުއް ޝަރްޤިޔާއާއި އެއްބަސްވުމަކަށް އައުމަށްފަހު، އަލްއަޚްތަރިން އަދި ޖަރާބުލުސް ޝަހަރަށް ގުޅިފައިވާ ލަޝްކަރެއްގެ ގޮތުގައި ވަނުމަށް ތައްޔާރުވަމުންދާއިރު، އަޚްތަރިންގެ ކުރިން އޮތް ދެ ޝަޙަރެއް ޞަލީބީންގެ ގުޅިފައިވާ މިލަޝްކަރުން އަރައި އިއްޔެގެ ވަޤުތެއްގައި ހިފައިފައިވެއެވެ.
ameri_vanun1

ameri_vanun2

ameri_vanun3

އެމެރިކާ ސިފައިން އައްރާއީ ގައި އެފްއެސްއޭ މެންބަރުންނާއި އެކު މަޑުކޮށްލައިގެން މަޝްވަރާކުރަނީ
އެމެރިކާ ސިފައިން އައްރާއީ ގައި އެފްއެސްއޭ މެންބަރުންނާއި އެކު މަޑުކޮށްލައިގެން މަޝްވަރާކުރަނީ

ތުރުކީއިން ބަޔާންކުރާ ގޮތުގައި ޞަލީބީ މިލަޝްކަރުގެ ދެންއޮތް ހަރުފަތަކީ އަލްބާބު ޝަހަރު ފުރިހަމަ ކޮންޓުރޯލަށް ގެނައުމެވެ. އެމެރިކާއާއި ތުރުކީގެ ޗީފްއޮފް ސުޓާފުން މިކަމަށްޓަކައި މިހާރުވަނީ ބައްދަލުކޮށްފައެވެ. ނޭޓޯ-ތުރުކީ ވިލާތާއި އެމެރިކާގެ ލަޝްކަރާއިއެކު ބައިވެރިވާ ސީރިޔާގެ ޞަޙަވާތު ގުރޫޕުތަކުގެ ތެރޭގައިވަނީ، ޖަބަހަތުއް ނުޞްރާގެ އެކުވެރިން، އަޙްރާރުއް ޝާމް އާއި ފައިލަޤުއް ޝާމްގެ އިތުރުން، އެފް.އެސް.އޭ ގެ ފިރުޤަތުލް ހަމްޒާ އާއި، އަލްމުޢުތަޞިމް ބުރިގޭޑާއި، ލިވާއުލް ޙައްޤު އާއި ޖަބަހަތުއް ނުޞްރާގެ ޝަރުޢީ ލީޑަރު އަބޫ މާރިޔާ އަލް ޖުބޫރީ، އަލްގެލެކްސީގެ އަމުރުގެ ދަށުގައި އެކުލެވިފައިވާ އަޙްރާރުއް ޝަރްޤިއްޔާއެވެ.

އެމެރިކާ ސިފައިންގެ ބައިވެރިވުމުގެ ސަބަބުން ހަލަބޮލިކަމެއް އައިނަމަވެސް، އެކަންތައް ހައްލުވެ، ޞަލީބީ ލަޝްކަރުން ވަކިވުމަށް އެއްވެސް ގުރޫޕެއް މިވަގުތާއި ހަމައަށް އިޢުލާންކޮށްފައެއް ނުވާކަމަށް، ސީރިޔާގެ ޚަބަރުތަކުގެ މުޚައްޞިޞު އަލްވާއު މުހީބު ޝަލަތީ ވިދާޅުވިއެވެ.

ތުރުކީވިލާތުގެ ޢަސްކަރިއްޔާއިން މިހާރު ހާމަކޮށްފައިވާ ގޮތުން، ޞަލީބީންގެ ގުޅިފައިވާ ލަޝްކަރުގެ ޙަރަކާތުގެ ކޯޑުނަމަކީ، އޮޕަރޭޝަން ޔޫފްރޭޓްސް އެވެ. އަދި އެމެރިކާ ސިފައިންނާއި އެކު މިހާރު އައްރާއީ އަށްފައު ޢައުޒާޒުގައިވެސް އޮޕަރޭޝަންސް ހިންގާފައިވާކަން ހާމަކުރިއެވެ.

ameri_vanun5

ޖައިޝުލް ފަތުހުގެ މެންބަރުންނާއި އެކު، އަޚްތަރިން ޝަހަރަށް ވަނުމުގެ ކުރިން ދެ ވިލޭޖަކަށް އަރައިގަތުމަށްފަހު އެމެރިކާ ސިފައިން ގެ ފަސް މީހެއް މަޝްވަރާކުރަނީ
ޖައިޝުލް ފަތުހުގެ މެންބަރުންނާއި އެކު، އަޚްތަރިން ޝަހަރަށް ވަނުމުގެ ކުރިން ދެ ވިލޭޖަކަށް އަރައިގަތުމަށްފަހު އެމެރިކާ ސިފައިން ގެ ފަސް މީހެއް މަޝްވަރާކުރަނީ

ވީޑިއޯ: އައްރާޢީގައި ސީރިޔާ ޞަހަވާތުންގެ ކުލީސިފައިންގެ މީހަކު އެމެރިކާ ޞަލީބީއެއް ކައިރީ، (އިސްލާމީ ޚިލާފަތާއި ދެކޮޅަށް) ހަނގުރާމަޔަށް ދާންހޭ ތިއުޅެނީ ބުނުމުން، އޭނާ އާއެކޭ އިޝާރާތްކުރަނީ. ދެން ޞަހަވާތުކަލޭގެ އެމެރިކާ މީހާއަށް [ﷲ އަށް ތަވައްކަލް ކުރާށޭ!] ބުނަނީ.

ކަންމިހެން ހުރުމާއި އެކު، އެމެރިކާގެ ޞަލީބީންދަނީ އިލާހީ ޤާނޫނަށް ގޮންޖެހުމަށް ފޫގަޅާފައެވެ. އަދި ތިމަންމެން މިލަޝްކަރާއިއެކު އަމާޒު މިކުރަނީ [ދާބިޤު] އަށްކަމަށް ބުނެފައެވެ. ދާބިޤުއަކީ ނަބިއްޔާ ؛ ގެ ޙަދީޘްފުޅެއްގައި ފަހުޒަމާނުގައި ޞަލީބީންނާއި މުސްލިމުން ބައްދަލުކުރާނޭ ބޮޑު ހަނގުރާމައެއް ކުރެވޭނޭ ތަނެއްކަމަށް ވާރިދުވެފައިވާ ބިމެކެވެ. އެޝަހަރު މިހާރުއޮތީ އިސްލާމީ ޚިލާފަތުގެ އަތްދަށުގައި ކަމަށްވުމާއިއެކު، އެމެރިކާމީހުންގެ މަޤްޞަދަކީ ނަބިއްޔާ ؛ މިޙަދީޘްފުޅާއި ދެކޮޅަށް ސީދާ ގޮންޖެހުމެވެ.

އެމެރިކާ : އަހަރެމެންގެ އަމާޒަކީ ދާބިޤު
އެމެރިކާ : އަހަރެމެންގެ އަމާޒަކީ ދާބިޤު

މީގެ ކުރިންވެސް ﷲ ގެ ގަދަކީރިތިވަންތަކަމަށް އަބްރަހާގެ ލަޝްކަރު ގޮންޖަހަން މަސައްކަތްކުރިއެވެ. އަދި އޭގެ ނިމުންވެސް ފެނުނެވެ. ހަމަ އެފަދައިން އަބްރަހާއަށް މަގުދެއްކި އަބޫ ރިޣާލުގެ މިއަދުގެ މުމައްސިލު ސުޢޫދީ ޢަރަބިއްޔާވެސް އެވަނީ މައްކާގެ ބިން އެވެރިންގެ އަތްދަށަށް ލައިގެނެވެ. ކޮންމެއަކަސް ގަދަކީރިތިވަންތަ ﷲގެ އަމުރުފުޅުގެ ވަގުތު އަންނަހިނދު، އެކަން ގަދަފަދަވެގެންވާނޭކަން ކަށަވަރެވެ.

¢إِنَّ بَطْشَ رَبِّكَ لَشَدِيدٌ£

ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ހިއްޕަވާ ހިއްޕެވުމަކީ، ގަދަފަދަވެގެންވާ ހިއްޕެވުމެއްކަން ކަށަވަރެވެ.

ޙިޔާލު ހުށަހެޅުއްވުމަށް....

ޙިޔާލު

  1. ޞަހަވާތުން ބޭޒާރުކުރެއްވި އެއްކައުވަންތައް އިލާހަށް ޙަމްދު ކުރަން.