ޞަޙަވާތުންގެ ބޮޑު ބޭޒާރު: ޝެއިޚް ޢަދުނާނީގެ މުބާހަލާއަށްފަހު…

  • ޞާލިޙް އަލްހަމަވީ ޖަބަތުއް ނުސްރާއިން ބޭރުކޮށްލެވުމުން ނެރުނު ބަޔާނެއްގައި ޖަބަހަތުއް ނުޞްރާގެ އެތައް މައްސަލަތަކެއް ޢާއްމުކުރިއެވެ. އަދި އޭނާ އެގުރޫޕުން ވަކިވާން ބޭނުންވެ އެކަން ނުވެހުރީވެސް، އެދުވަސްވަރު ވަކިވެއްޖެނަމަ އެއީ އަދްނާނީގެ މުބާހަލާގެ ސަބަބުން ދިމާވިކަމެއް ކަމަށްބުނެ މަލާމާތް ރައްދުވާނެކަމަށް ނަޞޭހަތް ލިބުމުން ކަމަށް ބަޔާންކުރިއެވެ. އަދި އައްނުޞްރާއަށް ބައިޢަތު ދިނުމުން ފެށިގެން ޖައުލާނީއާއި ދެން ބައްދަލުވި ތިން ފަހަރުވެސް، ޙަޤީޤީ ބައިޢަތު ދޭންޖެހޭނީ ސީދާ މުއްލާ ޢުމަރަށް ނޫންހޭ ޝަކުވާކުރަމުން ދިޔަކަމަށް ބުނެފައިވެއެވެ. (އެހެނީ ނުޞްރާ ބައިޢަތު ދެމުންދަނީ ޖައުލާނީފުށުން، ޖައުލާނީގެ ބަޣާވާތުގެ ކުރިން އަސްލު އަމީރު – އަދި މިހާރުގެ އިސްލާމީ ޚިލާފަތުގެ ޚަލީފާ – އަބޫބަކުރު އަލްބަޣްދާދީއަށް ކަމަށްވުމުން) އަލްހަމަވީ ހާމަކުރި ގޮތުގައި ޖައުލާނީ އާއި ބައްދަލުވި އެންމެ ފަހު މީޓިންގްގައި ދެން އެވާހަކަ ޝަކުވާ ނުކުރުމަށާއި، [ޢިރާޤުގައި ތިބި އަހަރެމެންގެ އަޚުން] ދެކޭ ގޮތުގައި (ޠާލިބާނުންގެ ދައުލަތަށް) ބައިޢަތު ދިނުމަކީ ބޮޑުކުށެއް ކަމަށް ޖައުލާނީ ބުނިކަން ހާމަކުރިއެވެ. މީގެން ހާމަވެގެން ދިޔައީ، އިސްލާމީ ދައުލަތާ ދެކޮޅަށް ބާޣީއެއްގެ ގޮތުގައި ޖައުލާނީ ވަކިވި އިރުވެސް އެދައުލަތަކީ ގުރޫޕެއް ނޫންކަމާއި އަދި މިނިވަން ދައުލަތެއްކަން އޭނާއަށް އެނގިހުރި ކަމެވެ.
  • އިސްލާމީ ދައުލަތާއި ވަކިވެގަތުމަށްފަހު، ޖަބަހަތުއް ނުޞްރާ ޖަމާޢަތުގެ ފައުންޑަރ މެމްބަރެއް ކަމަށްވާ ޞާލިޙް އަލްހަމަވީ އެގުރޫޕުން ބޭރުކޮށްލެވުނީވެސް މިމުބާހަލާއަށް ފަހުގައެވެ.
  • އަބޫ މާރިޔާ ގެލެކްސީ ޖަބަހަތުއް ނުސްރާގެ މުފްތީކަމުން ބޭރުކުރެވުނެވެ.
  • ޖަބަހަތުއް ނުސްރާގެ މުފްތީ އަބޫ މާރިޔާ (އަލްގެލެކްސީ) ގެ ނައިބު، އަބުލް ހަސަން އަލްކުވައިތީ، ސީރިއާގެ ހައްދުފަހަނައެޅުމުގެ އަސްލަކީ އަލްމަޤްދިސީކަމަށް ބުންޏެވެ. (ޞަޙަވާތުންގެ ތެރޭގައި އޮތް ބައިބައިވުން އިންތިހާޔަށް މިދުވަސްވަރު ފެނިގެން ދިޔައެވެ.)
  • ޖަބަހަތުއް ނުސްރާގެ ތެރޭގައި އޮތް ބާޠިލް އަޤީދާ ފާޅުވެ، ޙައްޤުގައި ތިބި ކޮންމެ ބަޔަކަށް ކަމަކަށް ފަހު ކަމެއް ﷲ ` ހާމާކުރެއްވެވިއެވެ.
  • ޔަރްމޫކް ކޭމްޕް އިސްލާމީ ދައުލަތުގެ ދަށަށް ގޮސް އެތާނގައި ޙާލުގައި ޖެހިފައިތިބި އެތަށް ބަޔަކަށް، އިސްލާމީ ދަޢުލަތުގެ ހިޔާވަހިކަމުގެ ދަށުގައި ﷲ ގެ ރަޙްމަތުން ސަލާމަތްކަން ލިބިގެން ދިޔައެވެ.
  • ހަސަކާ އެއްކޮށްހެން އިސްލާމީ ޚިލާފަތުގެ ދަށަށް ދިޔައެވެ. މި ބިންތައް އިސްލާމީ ދަޢުލަތުގެ ދަށަށް ދިއުމުގެ ސަބަބުން ޞަހަވާތުންނާއި ކުރުދީ ލާދީނީ ވައި.ޕީ.ޖީ އާ ގުޅިގެން، އެމެރިކާގެ ޖައްވީ އަދި ތަމްރީނީ އެހީތެރިކަމާއިއެކު މިތަންތަން އަނބުރާ ހިފުމަށް އަމާޒުކޮށް، ކާފަރުންނާ ގުޅިގެން މުސްލިމުންނާ ދެކޮޅަށް ހަނގުރާމަކުރުންމަތީ ބޮޑެތި ބޭޒާރުތަކެއްވިއެވެ.
  • ޖަބަހަތުއް ނުޞްރާގެ އެންމެ ގާތް އެކުވެރިޔާ ޖަމާލް މަޢުރޫފާއި އޭނާގެ ގޭންގާއި ޖަބަހަތުއް ނުޞްރާ ޖެހި، އަރައިރުންވެ، ހަނގުރާމަކޮށް ޖަމާލް މަޢުރޫފް ތުރުކީއަށް ފިލިއެވެ.
  • ޖަބަހަތުއް ނުސްރާގެ ހެޑްކުއަޓަރުތައް (ތިމަންނާމެން ހުއްދަކަމެއް ކަމުގައި ނުދެކޭ ކަމަށްބުނެ، ސީދާ ގޮތުގައި ޙަވާލު ނުކުރާކަން ދެއްކުމުގެ މަކަރުވެރި ރޭވުމުގެ ދަށުން) ތުރުކީގެ ކޯލިޝަނެއް ކަމަށްވާ ޖަބަހަތުއް ޝާމިއްޔާ އާއި ހަވާލުކުރެވުނެވެ. އަދި ތުރުކީގެ މިކޯލިޝަންއަށް – އެއީ ޣައިރު ޝަރުޢީ ނޭޓޯ ޤައުމެއްކަމަށް ވާހިނދުވެސް – ބައިވެރިވެވޭނެކަމަށް ބުނެ ނުޞްރާއާއިއެކު އޮޕަރޭޓު ކުރަމުން އައި އަޙްރާރުއްޝާމް ފަތުވާއެއް ނެރި، އެވެރިންގެ ބާޠިލު ޢަޤީދާ ހާމަކޮށް ބޭޒާރުވިއެވެ. މިކުފުރުގެ ޢަމަލުގެ ސަބަބުން އެ ކޯލިޝަނުގައި ޝާމިލުވި ޖުންދުލް ޢަޤްޞާ، އެކޯލިޝަންއިން ނިކުމެ ބަޔާނެއް ނެރި، ދައުލަތާއި ދެކޮޅަށް ހަނގުރާމަކުރުމުގައި މަޖުބޫރުކުރުވާކަމަށާއި، ލާދީނީ ޤައުމުތަކާއި އޮންނަ ގުޅުން ކަނޑާނުލަނީސް އަލުން ބައިވެރި ނުވާނޭ ކަމަށް ބުންޏެވެ.

img_20160914_104327img_20160914_104437img_20160914_104401bodu15_1bodu15_2

ޖަބަހަތުއް ނުޞްރާގެ އެކުވެރިންގެ ކޯލިޝަން ޖަބަހަތުއް ޝާމިއްޔާ، ބައިނަލްއަޤްވާމީ ކާފަރުންގެ ކޯލިޝަންއާއި ގުޅިގެން އިސްލާމީ ދައުލަތާއި ދެކޮޅަށް ހަނގުރާމަކުރުން ޙަލާލުކަމަށް ނެރެފައިވާ ބަޔާން.
ޖަބަހަތުއް ނުޞްރާގެ އެކުވެރިންގެ ކޯލިޝަން ޖަބަހަތުއް ޝާމިއްޔާ، ބައިނަލްއަޤްވާމީ ކާފަރުންގެ ކޯލިޝަންއާއި ގުޅިގެން އިސްލާމީ ދައުލަތާއި ދެކޮޅަށް ހަނގުރާމަކުރުން ޙަލާލުކަމަށް ނެރެފައިވާ ބަޔާން.
ނޭޓޯގެ މެންބަރު ތުރުކީއާއެކު [ސޭފް ޒޯން] އެއް ހަދައި، އިސްލާމީ ދައުލަތާއި ދެކޮޅަށް އެއްވުމުގެ މައްޗަށް އަޙްރާރުއް ޝާމް އިން ނެރެފައިވާ ބަޔާން.
ނޭޓޯގެ މެންބަރު ތުރުކީއާއެކު [ސޭފް ޒޯން] އެއް ހަދައި، އިސްލާމީ ދައުލަތާއި ދެކޮޅަށް އެއްވުމުގެ މައްޗަށް އަޙްރާރުއް ޝާމް އިން ނެރެފައިވާ ބަޔާން.

ޙިޔާލު ހުށަހެޅުއްވުމަށް....

ޙިޔާލު