ޑިމޮކުރަސީ އަކީ ޠާޣޫތެކެވެ

އަލް އައްލާމާ އައްޝައިޚް ޢަލީ އަލް ޙުޟައިރު ( حفظه الله) ފޮތް الحقائق في التوحيد އިން ނެގިފައި

ތަރުޖަމާ: އަބޫ ޔޫސުފް

ޠާޣޫތަށް ކާފަރުވުން، ﷲ ވަޙީ ކުރެއްވިއެވެ. : (فَمَنْ يَكْفُرْ بِالطَّاغُوتِ وَيُؤْمِنْ بِاللَّهِ فَقَدِ اسْتَمْسَكَ بِالْعُرْوَةِ الْوُثْقَى) ” ޠާޣޫތަށް ކާފަރުވެ ﷲ އަށް އީމާންވެއްޖެ މީހާ  ނެއްޓިގެން ނުދާނޭ ވަރުގަދަ އުޅަށް ގަނޑެއްގައި ހިފައިފިއެވެ.”

އަދި ޙަދީޘް ގައި އައިސްފައި ވެއެވެ. (من قال لا إله إلا الله وكفر بما يُعبد من دون الله حرم ماله ودمه  )  “ﷲ ފިޔަވައި އަޅުކަންވެވޭ ހުރިހާ ތަކެއްޗަށް ކާފަރުވާ ޙާލު لا إله إلا الله ކިޔަފި މީހާގެ ލެޔާއި މުދާ ހުރުމަތްތެރި ވެއްޖެ އެވެ.” ޙަދީޘް ރިވާކުރެއްވީ މުސްލިމް އަބީ މާލިކް އަލް އަޝްޖައީ  އެކަލޭގެފާނުގެ ބައްޕަގެ ފަރާތުން ރިވާ ކޮށްފައިވާ ޙަދީޘުންނެވެ.

އެހެންކަމުން އިންސާނާ لا إله إلا الله މި ކަލިމަ ޢިލްމާއި،ތެދުވެރިކަމާއި،ޔަޤީނާއި،އަދި ޝިރުކު ދޫކޮށްލުމާއި،އިންޤިޔާދާއި،ޤަބޫލާއި، ލޯއްބާއި، އަދި އެއަށް އެދިގެން( ﷲ ގެ ލޯބަށް) އެހެނެއް ކަމަކު އޭނާ ޠާޣޫތަށް ކާފަރު ނުވާ ކަމުގައިވާނަމަ އޭނާ އަކީ ދުވަހަކުވެސް މުސްލިމަކު ކަމުގައި ނުކިޔޭނެއެވެ.

އަދި ޠާޣޫތަށް ކާފަރުވުން ވަނީ ފަސްކަމެއްގެ މައްޗަށެވެ.

1. ޠާޣޫތަށް ކުރެވޭ އަޅުކަން ބާޠިލް ކަމުގައި އިޢުތިޤާދު ކުރުން.

2. ދުރުވެ ގަތުމާއި (އެބަހީ ޠާޣޫތުގެ ކިބައިން)

3. ޠާޣޫތަށް ރުޅި އައުމާއި އަދި ޢަދާވާތްތެރި ވުން.

މި ކަންކަން މި ވަނީ ޠާޣޫތާއި މެދުގައެވެ.

އަދި ދެން އޮތް ދެކަންތައް ވަނީ ޠާޣޫތުންނަށް އަޅުކަން ކުރާ މީހުންނާއި މެދުގައެވެ.

4. ޠާޣޫތަށް (އަޅުކަންކުރާ) އެއިގެ އަހުލުންނަށް ޢަދާވާތް ތެރިވުން.

5. ޠާޣޫތަށް (އަޅުކަންކުރާ) އެއިގެ އަހުލުން ކާފަރު ކުރުމެވެ.

މީގެ މިސާލަކީ، ޑިމޮކުރަސީ އަކީ ޠާޣޫތެކެވެ. އަހަރެމެން ޑިމޮކުރަސީ އަށް ކާފަރުވުމަށްޓަކައި، އަހަރެމެން ފުރަތަމަ ޖެހޭނީ ޑިމޮކުރަސީ ގެ ބާޠިލުކަން އިޢުތިޤާދު ކުރާށެވެ. މިއީ ހިތުގެ ބަހެވެ. ދެން އެ ދޫކޮށްލުމެވެ. ދެން އެއަށް ރުޅި އައުމާއި،އެނެތި ދިޔުމަށް އެދުމާއި އެއަށް ޢަދާވާތްތެރި ވުމެވެ. މިއީ ހިތުގެ ޢަމަލެވެ. ދެން ޑިމޮކުރަސީގެ އަހުލުންނަށް ޢަދާވާތެރިވުމެވެ. ދެން (އެއިގެ އަހުލުން) ތަކުފީރު (ކާފަރު) ކުރުމެވެ.

އަދި ޑިމޮކުރަސީ ގެ މިސާލުގައި، ޢިލްމާނިއްޔަތު (ސެކިޔުލަރިޒަމް) ވެއެވެ. އެހެނީ ޠާޣޫތު މި ނަން ވަނީ ޝާމިލުގޮތެއްގައެވެ. އެއީ ނަޟަރިއްޔާތު ތަކާއި،ނިޡާމް ތަކާއި،މަޒުހަބު ތަކާއި، ދިރުން ނެއް ތަކެއްޗާއި، ޝަޚުސުންނާއި، ޤައުމިއްޔަތާއި،ބާތިޒަމް އާއި، ކޮމިޔުނިޒަމް އާއި، ވަޟްޢީ ޤާނޫން ތަކުން ޙުކުމް ކުރެވޭ ކޯޓް ތަކާއި، ޔަހޫދީންނާއި ނަޞާރާއިންގެ ތެރެއިން އެމީހުން ބަދަލުކޮށް ތަޣައްޔަރު ކޮށްފައިވާ ފޮތްތަކުގެ މަތީގައި ތިބި ބޮޑުން ވެސް ހިމެނޭ ގޮތުގައެވެ. އެމީހުންގެ ބޮޑުންނާއި ވެރިންވެސް މެއެވެ. މި އެންމެންނަކީ ޠާޣޫތުންނެވެ.

ޙިޔާލު ހުށަހެޅުއްވުމަށް....

ޙިޔާލު

  1. ސުވާލަކީ ޑިމޮކްރަސީ އައް ރުހި އެއަށް ވޯޓްލާމީހުންވެސް ކާފަރުވާނެ ތޯ ؟