ދިވެހި އާންމުންނަށް އޮތް ނަޞޭހަތެއް

ޢަލީ ޖަލީލް \

ދެން އޮތީ އާންމު މީހުންނަށް އޮތް ނަޞޭހަތެއް: އެއީ ފުރަތަމަ ކަމަކީ ކަލޭމެން ބިރުވެތިވޭ ﷲ & އަށް. ކަލޭމެން ބިރުވެތިވޭ ތިނުބައި ޢިލުމުވެރީންގެ ފަރާތުން. އެމީހުންނަކީ ކަލޭމެންނަށް ހުރިހާ ބާޠިލެއް ޒީނަތްތެރިކޮށްދޭ މީހުން. އެމީހުންނަކީ ކަލޭމެންނަށް ހުރިހާ ބާޠިލަކީ ޙައްޤުގޮތުގައި ދައްކައި އަދި ހުރިހާ ޙައްޤަކީ ބާޠިލް ކަމުގައި ދައްކާ މީހުން. އެމީހުން ހަމައެކަނީ އެމީހުންގެ އަމިއްލަ ފައިދާ ތަކުގަ ހުރަސް ނުވާ ކަންތައް ތަކުގައި އެކަނި ކަލޭމެންނަށް އެ ނަޞޭޙަތްދެނީ، އިތިރު ކަންތައްތަކެއް ވެއްޖެނަމަ، އެމީހުންގެ އަމިއްލަ ފައިދާ އަށް ކިރިޔާވެސް ބުރޫއެރެން އަޅާކަމެއް ވެއްޖެ ނަމަ، އެމީހުންގެ ރިޒްޤާއި އެއްޗެހިމަދުވެ، އެމީހުންނެގެ މުސާރަ ގެއްލި ނުވަތަ އެމީހުން ޖަލަށް ލައި، ނުވަތަ އެމީހުންނަށް އަނިޔާވެދާނޭ ފަދަ ކަމެއް ނަމަ އެމީހުން ތިބެނީ އަނގަ މަޑުންލައިގެން. އެފަދަ މީހުންނަ އަޅާ ނުލާ. އެމީހުން ދޫކޮށްލާފައި ޙައްޤަށް ގޮވާ ޢިލުމްވެރީންގެ ފަހަތުންދޭ! އެމީހުން ދޫކޮށްލާފަ ޙައްޤަށް ﷲ & ގެ ސާފުވެގެންވާ މަގަށް، އެއްވެސް ކަހަލަ ޠާޣޫތެއް އަދި އެއްވެސް ކަހަލަ މީހަކަށް ބިރުނުގަންނަ ކަހަލަ މީހުންގެ ފަހަތުން، އެމީހުންނަށް ދޭ. އަދި ކަލޭމެންގެ މައްޗަށްވެސް ވާޖިބު ވެގެންވޭ – އެންމެންގެ މައްޗަށް، ތި ހުރިހާ ކުފުރުތަކާއި ޝިރުކުތައް ދޫކޮށްލާފަ، ތި ހުރިހާ ޑިމޮކުރަސީގެ ކުފުރުތަކާއި، ތިކެޕްޓަލިޒަމްގެ ކުފުރުތަކާއި، ތި ހުރިހާ އެއްޗެއް ދޫކޮށްލާފައި، ކަލޭމެންގެ މައްޗަށް ވާޖިބުވެގެންވޭ ﷲ & ގެ ޙައްޤުވެގެންވާ ދީނަށް، އެއިލާހުގެ ޙައްޤުވެގެންވާ ތައުޙީދަށް، އެނބުރި އައުން! ކަލޭމެންގެ މައްޗަށް ވާޖިބުވެގެންވޭ ކަލޭމެން ތިޔަތިބި ހުރިހާ ޝިރުކެއް ދޫކޮށްލުން. އެއީ ކަލޭމެންނަށް ﷲ & ސުވާލު ކުރައްވާނެ، ކަލޭމެންނަށް ސީދާ ގެނެސް ސުވާލު ކުރައްވާނެ! ޤިޔާމަތް ދުވަހު އެމީހުންނެއް ނާންނާނެ ކަލޭމެންނަށް ޒިންމާ ނަގާކަށް! ޤިޔާމަތް ދުވަހު އެމީހުން ކަލޭމެންގެ ފަރާތުން ބަރީޢަ ވާނެ! ﷲ ވަޙީ ކުއްރައްވާފައިވޭ:

¢يَوْمَ تُقَلَّبُ وُجُوهُهُمْ فِي النَّارِ يَقُولُونَ يَا لَيْتَنَا أَطَعْنَا اللَّهَ وَأَطَعْنَا الرَّسُولَا (66) وَقَالُوا رَبَّنَا إِنَّا أَطَعْنَا سَادَتَنَا وَكُبَرَاءَنَا فَأَضَلُّونَا السَّبِيلَا (67) رَبَّنَا آتِهِمْ ضِعْفَيْنِ مِنَ الْعَذَابِ وَالْعَنْهُمْ لَعْنًا كَبِيرًا£

އެދުވަހު ނަރަކައިގައި އެމީހުންގެ މޫނު އެފުށުން  އަނެފުށަށް ޖެހެމުންދާއިރު، އެމީހުން ބުނާނެ ހުރި ހިތާމައެއްގެ ބޮޑުކަމާއެ – މިއީ ކޮންބައެއް؟ މިއީ ހަމައެކަނި ޢިލުމްވެރިންނެއް ނޫން، އެމީހުންނަށް ތަބަޢަވީ މީހުންބުނާނީ، މާނަ އަކީ ކާލޭމެން، ތި އާންމު މީހުން ބުނާނީ يَا لَيْتَنَا ހުރިހިތާމައްގެ ބޮޑުކަމާއެ.  އަހަރެމެން ﷲ އަދި ރަސޫލާ އަށް ކިޔަމަންތެރި ވެވުނު ނަމައެވެ إِنَّا أَطَعْنَا އަހަރެމެން ހަމަކަށަވަރުން ކިޔަމަންތެރިވީމޭ އަހަރެމެންގެ ބޮޑެތިންނާއި،އަހަރެމެންގެ ވެރިންނަށް ފަހެ،އެމީހުން އަހަރެމެން މަގުފުރެއްދީއޭ – މިތާ މިއޮތީ ކަލޭމެން ކަނުކޮށް  ތަބަޢަވެގެން، ތިތިބަ ޢިލުމްވެރިން ކިޔާ އެއްޗެހިތައް، އެއިގެ ޙައްޤަކާއި ބާޠިލަކާއި އެއްޗެހި ނުބަލައި، އެއެއްވެސްފަދަ އެއްޗެސް ނުބަލައި، ކަލޭމެން ކިޔަމަންތެރިވުމުގެ ސަބަބުން، އެދުވަހު ބޮނޑި އަޅާ ވާހަކަ މިއަންނަނީ! އެހެންވީމަ އެއްގޮތަކަށް ވެސް ކަލޭމެން މިފަދަ މަގުފުރެދުމަކަށް ނުވެއްޓޭ!

ދެން ކަލޭމެންނަށް ދޭން އޮތް ނަޞޭޙަތަކީ: ނަބީ ؛ އަށް ތަބާޢަވޭ އަދި އެއްގޮތަކަށްވެސް ތަޤްލީދު ނުކުރޭ! މިތިބަ ފެންނަ ނުބައި ޢިލުމްވެރީންނަށް ތަޤްލީދު ނުކޮށް ﷲ & ގެ ނަބިއްޔާގެ ސާފު ބަސްފުޅު، އެއިގެ ޙައްޤު ރަނގަޅު މީހުން ފަރާތުން ހޯދައިގެން އެއަށް ތަބަޢަވޭ. މިއީ ހަމައެކަނި ކަލޭމެނަށް އޮތް ރަނގަޅު ގޮތަކީ! އަދި މިއީ ކަލޭމެން ޤިޔާމަތް ދުވަހު ސަލާމަތްވާނެ ގޮތަކީ، ނަބީ ؛ ޙަދީޘް ކުރައްވާފައިވޭ: ” މި ޢުއްމަތް ބެހިގެންދާނޭ 73 ބަޔަކަށް، އެއިގެ ތެރެއިން އެންމެން ވަނީ ނަރަކާގައޭ، އެންމެ ބައެއް ފިޔަވައި! ޞަޙާބީން އެއްސެވި އެއީ ކޮން ބައެއްތޯއެވެ؟ ޙަދީޘް ކުރެއްވި ما أنا عليه اليوم وأصحابي ތިމަން ؛ އާއި ތިމަން ؛ ޞަޙާބީން މިއަދު މިތިބަ ގޮތުގައި ތިބި މީހުންނެވެ.” އެހެންވީމަ އެމަގު ހޯދާ އެހެންނޫނީ ޤިޔާމަތް ދުވަހު ކަލޭމެންނަށް ރައްކާތެރި ކަމެއް ނެތް.

އަދި ކަލޭމެން ހަނދާން ކުރާތި، ކަލޭމެންގެ މައްޗަށްވެސް އަހަރެމެންގެ މައްޗަށް މި ވާޖިބު ވާ ހުރިހާ ކަމެއް ވާޖިބު ވެގެންވޭ. ކަލޭމެންގެ މައްޗަށް މި ޖިހާދާއި އެއްޗެހި ވާޖިބު ވެގެންވޭ އަހަރެމެންގެ މައްޗަށް ވާޖިބުވެގެންވާ ފަދައިން. ކަލޭމެންގެ މައްޗަށް(ވޭ) މިކަމަށް އެހީތެރިވުން، މިކަމަށް ނުތެދުވެ ތިބުމަކީ ކަލޭމެން ޤިޔާމަތް ދުވަހު، ކަލޭމެންނަށް ގެއްލުންތަކެއް ލިބޭނެ ކަމެއް. ނަބީ ؛ ޙަދީޘް ކުރައްވާފައިވޭ: މީހަކު މަރުވީ އަދި އޭނާ ހަނގުރާމައެއް ނުކުރޭ އަދި ހަނގުރާމަ ކުރުމަށް ނިޔަތެއްވެސް ނުގަނޭ – އަދި އެހެން ރިވާޔަތަކާއި އެއްކޮށްލައިފި ނަމަ އަންނާނެ – އޭނާ ހަނގުރާމައަށް ދާނެ މީހަކުވެސް ތައްޔާރެއް ނުކޮށްދޭ، އަދި އޭނާ ހަނގުރާމައަށް ދިޔަ މީހާގެ އަހުލުންނަކާއިވެސް ހަވާލެއް ނުވޭ. މިފަދަ މީހެއް ނަމަ ﷲ & ޤިޔާމަތުގެ ކުރިން އޭނާ އަށް ޢަޒާބު އަންނާނެ، – އަދި ފުރަތަމަ ރިވާޔަތުން ވެއްޖެ ނަމަ އޭނާ – މަރުވާނީ މުނާފިޤުކަމުން ބަޔެއްގައޭ!

އެހެންވީމައި ހުރިހާ އާންމު މީހުން ވިސްނާތި! މިއީ އެއްގޮތަކަށްވެސް ހަމައެކަނި އަހަރެމެންގެ މައްޗަށް އޮތްވާޖިބެއް ނޫން. އަހަރެމެން މިތާ ރެޔާއި ދުޥާލު، މުޖާހިދުން މި މަސައްކަތް ކުރަނީ، ކަލޭމެންގެ މައްޗަށް އައިސް މި ކާފަރުންތައް އަރައި ނުގަންނާނެ ގޮތެއް ހަދަން. ކަލޭމެންނާއި މުސްލިމުންނާއި އިސްލާމްދީން ސަލާމަތް ކުރަންވެގެން. މިއަދުވެސް މުޖާހިދުންތައް މިތަނުން ބަލިވެއްޖެ ނަމަ ދެން އަންނާނީ ކަލޭމެންގެ ފަހަތުން. އެއްގޮތަކަށްވެސް އެމީހުންނެއް ނުހުއްޓާނެ ކަލޭމެން އެމީހުންގެ ދީނަށް އެނބުރި ނުދާހާ ހިނދަކު.

(މިއީ ވަޒީރިސްތާނުގައި، ހިޖްރައިން 1429 ވަނަ އަހަރުގެ އަޟްޙާ ޢީދު ދުވަހު އަލީ ޖަލީލު \ ދެއްވާފައިވާ ނަޞޭޙަތުން ފުރިގެންވާ ޚުޠުބާއިން ނެގިފައިވާ ބަޔެކެވެ. ޚުޠުބާ: http://haqqu.info/?p=2744)

ޙިޔާލު ހުށަހެޅުއްވުމަށް....

ޙިޔާލު

  1. Mi liun kolhu gai kaleymen in than than thiyabai meehun nuvatha thiba genaun heyo. Ehenee. Naseyhatheh kamuga v hindhube naseyhadhevey farathah e naseyhatheh qabool kurumah fasey kama kamah vegen dhey ogaatheri kama eki muhaathab kurevijje nama.
    Adhi Allah molhah denevodigen vey.