ވޯޓްގެ ޒަރިޔާއިން ޝަރީޢަތް ގެނައުން އިސްލާމް ކަމުން ބޭރުކޮށްލާ ކަމެއްހެއްޔެވެ؟

ސުވާލު: ވޯޓްގެ ޒަރީޔާއިންޝަރީއަތް ގެނައުން ނުވަތަ ވޯޓުގެ ޒަރީޔާއިން ޝަރީއަތުގެ ޚުކުމްތައް ގެނައުން މިއީ މިއްލަތުން ބޭރުވާ އިސްލާމްކަން ނަފީ ކޮށްލާ ކަމެއްތޯއެވެ؟ އަދި އޭނާ މިހެން ބުނެފި ނަމަ ”   އެއްވެސް ޝައްކެއްނެތި  އަގުލަބިއްޔަތު (ޝަރިޢާ އަށް) ތާއީދު ކޮށް ވޯޓް ދޭނެކަން އަހަރެންނަށް އެނގެއެވެ.” (މިފަދައިން ބުނާނަމަ) ވާނީ ކިހިނެއްތޯއެވެ.؟

.

އާނ އެކެވެ.! (އެއީ އިސްލާމްކަން ގެއްލޭ ކަމެކެވެ.) (އެހެނީ) މިއީ އެއަށް “ޑިމޮކުރަސީ އޭ” ކިޔާ މީސްތަކުންގެ ޙުކުމެވެ. ﷲ ގެ ޙަޟްރަތުގައި އަހަރެމެން އެއިން ބަރީޢަވެގެންވާކަން އިއުލާން ކުރަމެވެ. އަދި ކޮންމެ ޠާޣޫތެއްގެ ކިބައިންވެސް މެއެވެ. އެހެނެއް ކަމަކު އޭނާ ބުނީ އަގުލަބިއްޔަތު ކީތްކުރަން، އެންމެން އެއަށް ވޯޓް ދިން ކަމުގައިވިޔަސް އެއީ ޞައްޙަ އެއްޗެއް ނޫނެވެ. އެއީ ﷲ ގެ ޙުކުމެއް ނޫނެވެ. އެހެނެއްކަމަކު އެއީ މީސްތަކުންގެ ޙުކުމެވެ.

އެހެނީ ޝައްކެތްނެތި އެބައިމީހުން އެއިން ޙުކުމް އެ ކުރަނީ ﷲ ވާޖިބު ކުރެއްވީތީއެއް ނޫނެވެ. ނުވަތަ އެއިލާހު ޝަރުޢު ކުރެއްވީތީ އެއްވެސް ނޫނެވެ. އެހެނެއްކަމަކު އެމީހުން އެއިން ޙުކުމް ކުރަނީ މީސްތަކުން އެ ގޮތަށް ބޭނުން ވީތީއެވެ. އެހެން ގޮތަކަށް އެދެފި ނަމަ އެ ގޮތަކަށެވެ.

އެހެން ކަމުން އިސްލާމީ (ހަރަކާތްތަކަށް) ނިސްބަތްވެގެންވާ ޕާޓީ ތަކުގެ މަގުފުރެދުން މި ބާބު ގައި ގިނަވެގެން ވެއެވެ. އަދި ތިބާއަށް ބޭނުން ވެގެންވަނީ ޚަވާރިޖުންނާއި މެދު ވާރިދުވެގެން އައިސްފައިވާ ޙަދީޘް ތަކާއި މެދު ވިސްނާލުމެވެ. އެއީ އެމީހުން އިސްލާމް ކަމުގެ ދާއިރާއިން ބޭރުވެފައިވާ ގޮތާއި، އަދި އެމީހުން ޤަތުލު ކުރުމަށް އަމުރުވެވިގެންވާ  ގޮތާއި މެދުއެވެ. އަދި އެމީހުންގެ ގިނަގުނަވެގެންވާ އަޅުކަން ތަކާއި އެކުވެސް، އަދި އިސްލާމް ދީނާއި ޝަރީޢަތަށް އެމީހުން ގެ އިޙްތިރާމް މަތިވެރިވެގެންވާ ހިނދުވެސް އެމީހުންނާއި މެދު އިންކާރު ކުރެވިގެންވާ ގޮތާއި މެދުއެވެ. އަދި އެއީ އެމީހުންގެ ނިޔަތްތައް ހެޔޮވެގެންވާ އިރުވެސް މެއެވެ. މީގެ ސަބަބަކީ ކޮބައިތޯއެވެ؟ އެއީ އެމީހުން ނަބިއްޔާ  އަދި އެކަލޭގެފާނުގެ ޞަހާބީންގެ މަންޙަޖު ނޫން ގޮތެއް އެމީހުންގެ އަމިއްލަ ބުއްދިން ޚިޔާރު ކުރުމެވެ. އެހެން ކަމުގައިވާ ވާ އިރު މި (ޚަވާރިޖުންގެ) ކިބައިގައި ވާ ފަދަ އަޅުވެރިކަމެއްވެސް އަދި ޝަރީޢާ މަތިވެރި ކުރުމެއްވެސް ނުވާ މި މީހުންނަށް އޮތީ ކޮންގޮތެއް ހެއްޔެވެ. މި ބައިމީހުން ( ވޯޓްލައިގެން ޝަރީޢަތް ގެންނަށް އުޅޭ މީހުން)  ވަނީ ކުފުރުގެ ހުރިހާ ދޮރަކުންވެސް ވަދެފައެވެ. އެހެންކަމުން މި ބައި މީހުންގެ ހެޔޮ ނިޔަތް އެމީހުންނަށްޓަކައި ޝަފާޢަތްތެރިވާނެ ހެއްޔެވެ؟ މި ކަމުގައި ދަންކަން ހުރި ވާހަކަ ވަރަށް ގިނަވެގެންވެއެވެ.والله المستعان

ޙިޔާލު ހުށަހެޅުއްވުމަށް....