ޝެއިޚް އުސާމާގެ އަލްޤާޢިދާއާއި އައިމަން ޒަވާހިރީގެ އަލްޤާޢިދާގެ ތަފާތު

ދުވަހަކަށްފަހު ދުވަހަކުން އަދި ހާދިޘާއަކަށް ފަހު ހާދިޘާއަކުން ބުއްދީގެ އަހުލުވެރިންނަށް އެނގި ފާޅުވެގެންދާ ހަޤީޤަތަކީ، ޝެއިޚް އުސާމާ\ ގެ އަލްޤާޢިދާއާއި، އަދި އުއްމަތުގެ ހިޔާނަތްތެރިޔާ އައިމަން އަލް ޒަވާހިރީގެ އަލްޤާޢިދާގެ ޢަޤީދާއަކީ މުޅިން ތަފާތު ދެ ޢަޤީދާއެއްކަމެވެ.

ޝެއިޚް އުސާމާ\ ބެއްލެވުމުގެ ދަށުގައި އަލްޤާއިދާ އޮތް އިރު އޮތް އަޤީދާ މިއަދަކު ފެންނާކަށް ނެތެވެ. އެނގިގެންދާ ކަމަކީ އެއަޤީދާގެ މަތީގައި ވަނީ އިސްލާމީ ދަޥްލަތްކަމެވެ. މިކަން އެނގިގެންދާ އެތަކެއް ކަމެއް ފެންމަތިވެއްޖެއެވެ. އިސްލާމީ ޚިލާފަތުން ދާދިފަހުން، ނުބައި އިލްމުވެރިން ޤަތުލުކުރުމަށް ގޮވާލައި ނެރުނު ވީޑިއޯތަކާއި ގުޅިގެން ޒަވާހިރީގެ އަލްޤާޢިދާގެ ޔަމަނުގެ ގޮފިން ނެރޭ ނޫސްމަޖައްލާވަނީ އެކަމާއި އިންކާރުކޮށް އެތަކެއް ވާހަކަތަކެއް ދައްކާފައެވެ. މިކަން އެންމެފަހުން މިނިމިގެން ދިޔައީ ބޮޑު ބޭޒާރަކަށް ވެގެންނެވެ.

ޒަވާހިރީގެ އަލްޤާޢިދާ ނޫހުގައި ލިޔުމުގައި އިސްލާމީ ދައުލަތާއިމެދު ތުހުމަތުކުރިއެވެ:

[ބައެއްމީހުން ދެކޭގޮތުގަ ދަޥްލަތް “ގުރޫޕު” ގެ ދަޢުވަތުގައި، މިވަގުތު ވަރަށް ގިނަ މާނަތަކެއް އެކުލެވެއެވެ. އެހެން ބުނާމީހުން ދެކޭގޮތުގައި ދަޥްލަތް “ގުރޫޕު” ވަނީ ވަރަށް ބޮޑަށް ފިތިފައެވެ. އެއީ އެބައިމީހުންގެ އެންމެ ބޮޑެތި ރަށްތައް ކަމުގައިވާ އިރާޤުގެ މޫޞަލް އަދި ސޫރިޔާގެ ރައްޤާއަށް ބެލިކަމަށްވިޔަސްމެއެވެ. މީގެ ސަބަބުން ދަޥްލަތުގެ ޙާލަތާއިހެދި ދައުވަތައް ދަނީ އޭގެ އަސަރު ކުރަމުންނެވެ. އެމީހުންނަށް މިދަތި ހާލުއައީ އުލަމާއުއް ސުލްތާނުގެ ފަތުވާތަކާ ހެދި އެމީހުންގެ ބިންތައް ގެއްލުމުގެ ސަބަބުންކަމަށް ދެކެއެވެ.]

މިތާގައި، ނުސީދާ ގޮތެއްގައި އިސްލާމީ ދައުލަތުގެ މައްޗަށް މިތުހުމަތުކުރަނީ، އެދައުލަތުން ޠާޣޫތުންގެ ކާހިނު ޢިލްމުވެރިން ޤަތުލުކުރުމަށް މިގޮވާލީ “ޖަޒުބާތެއްގައި” ޖެހިގެންކަމެއެވެ. އަދި މިއީ އިސްލާމީ ދައުލަތުގެ ކުރިން އެއްވެސް މުޖާހިދުންގެ މަޖިލީހަކުން ނުނެރޭ ފަތުވާއެއްފަދައެވެ! މިލިޔުމުގެ ނިމުމުގައި މިކަމަށް ރައްދެއް ލިޔެލާނަމެވެ.

ދެންވެސް ޢަޤީދާ އާއި އުސާމާ އެއަށް ތަބައުވި މަންހައްޖު ދޫކޮށްލި މިނޫހުގައި ވެއެވެ:

[އަނެއްބަޔަކު ދެކޭ ގޮތުގައި ދަޥްލަތުން “ގުރޫޕު” ދަނީ އެމީހުންނާ ދެކޮޅުވާ ހުރިހާ އިލްމުވެރިން މެރުމަށް ގޮވާލަމުންނެވެ. އެޢިލްމުވެރިންނަކީ ސުލްޠާނުންނާއި އެއްކޮޅަށް ތިބި އިލްމުވެރިންނާއި އަދި ތާޢޫތުންނާއި “ދެކޮޅަށް” ތެދުވި އިލްމުވެރިންކަމުގައި ވިޔަސް މެއެވެ! ޖިހާދުގެ ތަރިއަކީ އެހާ ގަދަޔަށް ވިދަމުންދާ ތަރިއަކަށްވާ ހާލުގައިވެސް މިބައިމީހުން މިކަންމިކުރަނީ އެމީހުން މިތަރީގެ އަލި ކިލަނބުކޮށްލުމަށް އަޅާ އިތުރު ފިޔަވަޅެއްގެ ގޮތުންނެވެ. އަދި ދަޥްލަތް ގުރޫޕުން އިލްމުވެރިން ޤަތުލު ކުރާވާހަކަ އައުމުން، މިގޮވާލުން ކޮލަމިސްޓު “އަބޫ މާޖިދު އަލް ހަބޫބީ” މިނޫހުގެ ކުރީގެ އަދަދެއްގައި ދަޥްލަތާއިމެދު ޔަޤީންކޮށްދީފައިގޮތާ ބަރާބަރަށް ދިމާވެއެވެ. އެއީ ފަސޭހަ އަމާޒުތައް ހޯދުމެވެ. އަދި އެމީހުންގެ މިކަންތައްތައް ޚަވާރިޖުން ވިސްނުންތަކާއި ދިމާވެއެވެ. އެއީ ދުއްވާލުމަށްޓަކައި އެކަމުގެމޫގަނޑު ހޯދައި ދުއްވާލުމެވެ. ދެންފަހެ އެބައިމީހުންނަށް (އެބަހީ އިހުގެ ޚަވާރިޖުންނަށް) ފެނުނީ ބަލާޔާއި ފަސާދައިގެ އަސްލުކަމަށް އަލީ ބިން އަބީ ތާލިބެވެ!]

ފަހަރެއްގައި ޢަޤީދާ ފަސާދަވެފައިވާ ޢައިމަނުގެ އަލްޤާޢިދާއިން ޢަލީ ބިން އަބީ ޠާލިބު އާއި ޠާޣޫތުންގެ ކާހިނު މިޒަމާނުގެ ޢިލްމުވެރިން އެއްހަމަޔެއްގައި ފެންނަނީބާއެވެ؟ ދެން މިލިޔުން ނިއްމާލަމުން ޒަވާހިރީގެ އަލްޤާޢިދާއިން އެބައިމީހުންގެ ބަދަލުވެފައިވާ މަންހައްޖު ސާފުކޮށް ބަޔާންކުރިއެވެ. އެއީ އެބައިމީޙުންގެ ލިޔުންތެރިޔާ އަލްޙައްބޫބީގެ މިޚުލާސާއިންނެވެ:

[އަހަރުމެން (އަލްޤާޢިދާއިން) ސަރުކާރުގެ ޝެއިޚުންނާއި ސުލްޠާނުންގެ އިލްމުވެރިންނާއި ޙިޔާލުތަފާތުވިއެއްކަމަކު، މިޒަމާނުގެ ޚަވާރިޖުން ކަންތައް ކުރާފަދައިން އެބައިމީހުން ކާފަރުކޮށް، ލޭހުއްދަކޮށް އަދި އެބައިމީހުންގެ ގެދޮރުގެ ހުރުމަތެއް އަހަރެމެންނެއް ނުކަނޑަމެވެ.]

photo_2017-02-21_00-38-08_small

ވަރަށް ފަސޭހައިން އެކަމަކީ އެބައި މީހުންގެ އަޤީދާއެއް ނޫންކަމަށް މިވަނީ ބަޔާންކޮށްފައެވެ! މިއީ އުއްމަތުގެ ޚިޔާނަތްތެރިޔާ އައިމަން އައްޒަވާހިރީގެ އަލްޤާޢިދާއެވެ!

ދެން މިބަލާލަނީ، ޝެއިޚް އުސާމާ\ ގެ އަލްޤާޢިދާގެ އިސް ޢިލްމުވެރިއެއްކަމަށްވާ ޝެއިޚް ފާރިސް އައްޒަހްރާނީ އިސްލާމީ ޚިލާފަތުން ޠާޣޫތުންގެ ކާހިނުން މެރުމަށް ގޮވާލުމުގެ 10 އަހަރު ކުރީން، އަދި އިސްލާމީ ޚިލާފަތް ވުޖޫދަށް އައުމުގެ އެތައް އަހަރެއް ކުރިން، ޝެއިޚް އުސާމާގެ ޤިޔާދަތުގެ ދަށުގައި ދެއްވާފައިވާ ފަތުވާއަކަށެވެ. އޭގައި ވިދާޅުވިއެވެ:

[އޭމީސްތަކުންނޭވެ! ހަމަކަށަވަރުން، މި(އާލް ސައުދުގެ) ދަޥްލަތް މިވަނީ ވެއްޓި ނެތިގެން ދިޔުމާއި ގާތްވެފައެވެ. އަދި އެމީހުންގެ ނިމުން ކައިރިވެއްޖެކަން އަހަރެންނަށް ޔަޤީނެވެ. އެހެންކަމުން (އާލުއްސަޢުދުގެ ފިރުޢައު އަމީރުން، މަގުތަގުގައި) ދެމުމަށް ނޫނީ އެލުވުމަށް އެދޭނަމަ – (ޠާޣޫތުގެ ޝެއިޚުން) ސަޢުދު އަލްބަރީކް، އާއިދް އަލް ޤަރްނީ، މުޙްސިން އަލް އަވާޖީ، ސުލައިމަން އަލް އީދީ، މުޙައްމަދު އަލް އަވިން، ހާމިދު އަލް ޣާމިދީ އަދި [ބޮޑެތި އޭޖަންޓުންގެ މަޖިލީސް” (ހައިޢާ ކިބާރު އަލްޢުލަމާ) ގެ މެމްބަރުންގެ (ބަނޑުފަޅައި އެބައިމީހުންގެ) ގޮހޮރުތަކުގައި ނޫނީ އެކަން ނުކުރާށެވެ. އަދި މި(ޝެއިޚުންގެ) ލިސްޓު ވަރަށް ދިގެވެ. އެހެނަސް އެޔެއް ތިޔަބައިމީހުންނަށް ފޮރުވިފައެއް ނުވެއެވެ. އެހެންކަމުން ތިޔަބައިމީހުން ކޮންމެ ފަރުދެއްމެ ވަޅި ތޫނު ކުރާށެވެ. އަދި މިބައިމީހުންގެ ހަންގަނޑު ދަމައި، ގުނަންތައް ބުރިކުރަމުން ތާޢޫތުންނަށް އަޒާބުދޭށެވެ. އެއީ ހަމަހަމަ ވެގެންވާ ބަދަލުހިފުމެކެވެ. އަދި އެބަދަލުހިފުންވަނީ އެބަޔަކު ކުޅަ ޢަމަލަކާއި އެއްގޮތަށެވެ.]

photo_2017-02-21_00-38-51_small

ވިސްނައިފި ބަޔަކަށް މިކުޑަކުޑަ ލިޔުންކޮޅުން ދެއަލްޤާއިދާގައި ހުރިތަފާތު އުޑާއި ބިންހައި ތަފާތުވެގެންވާކަން ބަޔާންވާނެއެވެ. ޝެއިޚް ފާޜިސް އައްޒަހްރާނީ ހައްޔަރުކޮށް ޖަލުގައި އެއްތައް އަހަރުތަކެއް ބޭއްވުމަށްފަހު ސަޢޫދީއިންވަނީ ދާދިފަހުން މަރުގެ ޙުކުންކޮށް ޤަތުލުކޮށްލާފައެވެ. އެހެނަސް ޒަވާހިރީގެ ޚިޠާބުތަކުގައި އަލްޤާޢިދާގެ ނަޒަރިއްޔާތު ބައްޓަމުގައި އިސްވެ ތިބިކަމަށް ބަޔާންކޮށް ޝުކުރުއަދާކޮށްފައިވާ “އިއްޒަތްތެރި ޝެއިޚުން” ކަމަށްވާ ސިބާއީ އާއި ޠާރިޤު އަބްދުލް ހަލީމް ދަނީ ލަންޑަނުގެ ގަނޑުވަރެއްގައި އާއި ކެނެޑާގެ މިލިއަންޑޮލަރުގެ ބިޒްނަސްއެއް އަމާންކަމާއިއެކު ހިންގަމުންނެވެ. ވިސްނާބަޔަކަށް މީގައި ހެކިތަކެއް ވެއެވެ.

ހަނދުމަކުރާށެވެ. ޝެއިޚް އުސާމާ\ ޚުދު ވަނީ ޠާޣޫތުންގެ ޢިލްމުވެރިންނާއި ދެކޮޅަށް ވާހަކަ ދައްކަވައި އެބައިމީހުންނަކީ ފާސިޤުވެފައިވާ ބަޔެއްކަމާއި، މުފްތީއަކަށްވިޔަސް ލަޤަބުތަކެއްވިޔަށް، ކިތައްމެ ގިނަ ފޮތްތަކެއް ލިޔުނެއްކަމަކުވެސް، އިސްލާމީ އުއްމަތް އެބަޔަކަށް އިޖާބަދިނުން ޙައްޤުނޫން ބާޠިލުބަޔެއްކަމަށް “ތައުޖީހާތު” ފަދަ އެމެރިކާގެ ޙަމަލާގެ ކުރިން އެންމެ ފަހުން ދެއްވާފައިވާ ފަތުވާތަކުގައި ބަޔާން ކުރައްވާފައެވެ. އަދި މިކަމުގެ މައްޗަށްވާ ސާފުދަލީލުތައް ފަތުވާތަކުގައި ތަފްސީލުދެއްވާފައިވެއެވެ. ނަމަވެސް މިއަދު މިވަނީ އިހުގައި އޮތް އަލްޤާއިދާ އޮޔާ ގޮސްފައެވެ. މިއަދު ޖިހާދުގެ ނަމުގައި އެބައި މީހުންތިބީ އެއްވެސް އަޤީދާއެއް ނެތި، މުރުތައްދުންތަކަކާއި ގުޅި، ހިފެއްޓުމެއްނެތި މާކަނޑެއްގައި އޮޔާދާ އޮޑިއެއްފަދައިންނެވެ. އިސާހިތަކު ނަގާ ރާޅަކައިގެން ބަންޑުން ޖާހާލަފާނެފަދަ ގޮތަކަށެވެ.

ޙިޔާލު ހުށަހެޅުއްވުމަށް....

ޙިޔާލު

  1. Allah thi akhunn almalugai barakaailahvaa illmu ithuru kohdhehvaashi…haqqu bayaan kohdhinumugai saabithuve thibumah naseyhaitherivann…