ގިނައިން ޞަދަޤާތް ކުރުން

ސަލަފުންގެ އުޅުމާއި އަޚުލާޤުގެ ތެރެއިން ހިމެނޭ ކަމަކީ، އެބޭކަލުން އިންތިހާ ދަރަޖައަށް ޞަދަޤާތް ކުރެއްވުމެވެ. އެބޭކަލުންގެ ބޭނުންތަކުގެ މައްޗަށާއި، ރެއާއި ދުވާލު ސިއްރާއި ފާޅުގައެވެ. ކާނާއި މުދާ ހޭދަކުރެވެން ނެތް ބޭކަލަކު ނަމަ، މީސްތަކުން އުދަނގަލުން ސަލާމަތް ކުރުމުގައި އެހީވެއެވެ. އަދި އެހެން މީހުންގެ އުދަނގޫތައް ތަޙައްމަލް ކުރައްވައެވެ.

ﷲތަޢާލާ ވަހީކުރެއްވިއެވެ.
¢الَّذِينَ يُنْفِقُونَ أَمْوَالَهُمْ بِاللَّيْلِ وَالنَّهَارِ سِرًّا وَعَلانِيَةً فَلَهُمْ أَجْرُهُمْ عِنْدَ رَبِّهِمْ وَلا خَوْفٌ عَلَيْهِمْ وَلا هُمْ يَحْزَنُونَ£

[އެބައިމީހުންނީ، ރެއާއިދުވާލު، ސިއްރާއި ފާޅުގައި، އެބައިމީހުންގެ މުދާތައް ހޭދަކުރާ މީހުންނެވެ. ފަހެ، އެބައިމީހުންގެ ވެރިއިލާހުގެ ހަޟްރަތުގައި އެބައިމީހުންގެ ދަރުމަ، އެބައިމީހުންނަށް ހުއްޓެވެ. އަދި، އެބައިމީހުންގެ މައްޗަކަށް ބިރެއް ނެތެވެ. އަދި ހިތާމަކުރާނޭ ބަޔަކު ކަމުގައިވެސް އެބައިމީހުން ނުމެވޭމެއެވެ.](ސޫރަތުލް ބަޤަރާ 274)

އަދިވެސް އެކަލާނގެ ވަހީކުރެއްވިއެވެ.

¢لَنْ تَنَالُوا الْبِرَّ حَتَّى تُنْفِقُوا مِمَّا تُحِبُّونَ وَمَا تُنْفِقُوا مِنْ شَيْءٍ فَإِنَّ اللَّهَ بِهِ عَلِيمٌ£

[ތިޔަބައިމީހުން، ލޯބިވާ އެއްޗަކުން ތިޔަބައިމީހުން ހޭދަކޮށްފުމަށްދާންދެން، ތިޔަބައިމީހުންނަކަށް ހެވެއް ނުލިބޭނެތެވެ. އަދި، ތިޔަބައިމީހުން ހޭދަކުރާ ކޮންމެ އެއްޗެއް، ފަހެ، ހަމަކަށަވަރުން، ﷲ އެ އެއްޗެއް މޮޅަށް ދެނެވޮޑިގެންވެތެވެ.](ސޫރަތުލް އާލް-އިމްރާން 92)

ޢަބްދުލް އަޒީޒް އިބްން އުމައިރު \ ވިދާޅުވިއެވެ. [ނަމާދުން ތިޔަބައިމީހުންނަށް މަގުގެ ދެބައި ކުޅަ އެއްބަޔަށް ވާޞިލްވެވޭނެއެވެ. ރޯދައިގެ ސަބަބުން ރަސްގެފާނުގެ ދޮރުކޮޅުމައްޗާއި ހަމައަށް ވާޞިލްވެވޭނެއެވެ. އަދި ޞަދަޤާތުގެ ސަބަބުން ރަސްގެފާނުގެ އަރިހުގައި ވަނުމުގެ ފުރުޞަތުލިބެއެވެ.] އަދިވެސް އެކަލޭގެފާނު ވިދާޅުވެފައިވެއެވެ. [އަހަރެމެންނަށް މުދަލަކީ، ޞަދަޤާތް ދިނުމަށްޓަކައިވާ ރައްކައުތެރިކަމެކެވެ.]

އެބޭކަލުންގެ އުޅުއްވުންފުޅު ހުންނެވި ގޮތަކީ ސަލާންޖަހާ މީހާގެ ކުރިމަތީގައި އުފާވެރިކަމާއިއެކު ހިނިތުންވެލައްވާ އެމީހަކަށް ޝައްކުނުކުރުމެވެ. އެބޭކަލުން އަބަދުވެސް ހީފުޅު ކުރައްވާނީ އެމީހާ ސަލާންޖެހީ އިންތިހާއަށް އެކަން ބޭނުންވެގެން ކަމަށެވެ.

ސުފްޔާނުއް ޘައުރީ \ ގެ ދޮރޮކޮޅުމަތިން ސަލާންޖަހާ މީހަކު ފެނިއްޖެނަމަ، އެކަލޭގެފާނު އެކަމާ ވަރަށްބޮޑަށް އުފާކުރައްވައެވެ. އަދި މިފަދައިން ވިދާޅުވެތެވެ. [އަހަރެންގެ ފާފަތައް ދޮވެދިނުމަށް އައިސްހުރި މީހާއަށް މަރުޙަބާއެވެ.]

ފުދައިލް ބިން އިޔާދު \ ވިދާޅުވިއެވެ. [ސަލާންޖަހާ މީހުންނަކީ މިފަދަ ހެޔޮބަޔެކެވެ! އެމީހުން އަހަރެމެންގެ ރިޒުޤް އެއްވެސް އަގަކާއި ނުލާ އުޚުރަވީ ޙަޔާތަށް ގެންގޮސްދެއެވެ. އަދި ﷲ ތަޢާލާގެ ކުރިފުޅުމަތީގައިވާ މީޒާނުގައި އެ ތަކެތި ބަހައްޓަވައެވެ.]

ޙިޔާލު ހުށަހެޅުއްވުމަށް....