[ބަރަކާތްތެރި ރަމަޟާން މަހުގެ ހަނދު ދުނިޔެ މައްޗަށް ފާޅުވެފައިވާ ހިނދު ….]

ބަރަކާތްތެރި ރަމަޟާން މަހުގެ ތަހުނިޔާއާއި މުބާރިކްބާދު އެންމެހާ މުސްލިމުންގެ ދޫތަކުން ތަކުރާރު ވަމުން ދާހިނދު، އެ މައްސަރާ ބައްދަލު ކުރުމުގެ އުއްމީދުގައި ފުމެމުންދާ އަހަރެންގެ ޖަޒުބާތުތައް ފުރި ބަންޑުންވަމުންދާ ހިނދު، ނިކަމެތި އަޑަކުން އަހަރެންގެ ހިތް ގޮވާލިއެވެ. އޭ ﷲ ގެ އަޅާއެވެ! ތިބާ ހަނދުމަނެތި އެކަމަކުން ބޯދަމައިގެންފައިވާ ކަމެއް ހަނދުމަކޮށްދެމު ހެއްޔެވެ؟ އެހިނދު ނިކަމެތި އަޅުގެ ދެފައި ތުރުތުރު އަޅަން ފެށިއެވެ. ދިލަވޭނެއް މުޅި ޖިސްމުގައި ހިނގައިގަތެވެ. އަދި އަޅާގެ ލޯ ކަރުނައިން ފުރިގެންދިޔައެވެ. އެއަށް ފަހު ލިޔަމެވެ.

އާދޭހެވެ! އަޅުކަމުގެ ޢީދެއްގެ ގޮތުގައި އެންމެހާ މުސްލިމުންނާ ކޮންމެ އަހަރަކު ބައްދަލު ކުރާ މި މައްސަރު ލިބުމަށް ނަސީބު މިންވަރު ކޮށްދެވުމަށް އަހަރުމެން ﷲ ` ޙަޟްރަތުގައި، އެތަކެއް މަސްތަކެއް ކުރިން ދުޢާ ކުރަމެވެ. އަދި އެ މައްސަރު ގާތްވީވީހެން އެ މައްސަރަށް ތައްޔާރުވުމުގައި އަހަރުމެން އަވަދިނެތިވެގަންނަމުއެވެ. ރޫޙާނީ ގޮތުންނާއި ޖިސްމާނީ ގޮތުންނާއި މާއްދީ ގޮތުންނެވެ. ގޭގެ ފަރުނީޗަރާއި ހިފާގެންގުޅޭ ތަކެއްޗާއި ކާނާގެ ތަފާތު ބާވަތްތައް ގެއަށް ޖަމާކުރުމުގައެވެ. އަދި ކޮންމެ މުސްލިމެއްގެ މޫނުމައްޗަށް ނަޒަރު ހިންގާލި ކަމުގައި ވިޔަސް ފެންނަމުންދާ އުފާވެރި މަންޒަރުން ދޭހަކޮށްދެނީ މިމާތް މައްސަރުގައި އަހަރުމެންނަށްވާ ރަޙްމަތާއި ބަރާކާތުގެ ގިނަކެމެވެ. ނަމަވެސް މިއަދު އަހަރުމެން ކޮންމެ މުސްލިމަކު އެމީހެއްގެ ޢާއިލާއާއި ގާތްތިމާގެ މީހުންނާއި އަނބިދަރިންނާއި އެކު މިސަކީނަތުގެ މައްސަރު ލިބި އަހަރުމެންވަނީ އަހަރުމެންގެ އުފަލުގައި ވަރަށް ވެސް މުހިއްމުކަން ބޮޑު އެހާމެ މަތިވެރި ކަމެއްގެ މަތިން ހަނދުމަނެތި ވެފައެވެ. އާދެ ރަމަޟާން މަސް އައިކަމުގެ ޚަބަރުވެސް އެބަޔަކަށް ނުވާ ބަޔަކު މުސްލިމު އުއްމަތުގައި ވާކަމާއިމެދު ޣާފިލުވެފައި ވަމުއެވެ. މިއަދު ދުނިޔޭގެ އެކި ކަންކޮޅުގައި ޢަދުއްވުންގެ އަތްދަށުވެ ޢަދުއްވުންގެ ޖަލުތަކުގައި ޖަނަވާރުތަކެއް ފަދައިން ބަންދު ކުރެވި ވޭންދެނިވި ޢަޛާބުތައް ދެވެމުންދާ އަހަރުމެންގެ އަޚުންނާއި އުޚުތުންނާއި މައިންނާއި ދަރިންގެ މަތިންނެވެ.

ފަހެ މި ކުށެއްނެތް މުސްލިމުންވަނީ ކުދިކުދި ގޮޅިތަކުގައްޔާއި ކޮންޓޭނާތަކުގައި އަތްފައި ކަސްތަޅުއެޅި ބަންދު ކުރެވިފައެވެ. އަދި އައުރަ ނިވާނުކުރެވި އޮރިޔާން ޙާލުގައި ރެއެއް ދުވާލެއް ވަކި ނުކުރެވޭނޭ ފަދައިން އެބައިމީހުންގެ ވަގުތުތައް ހިތިވޭނުގައި ހޭދަކުރަމުންދާ މިއަޚުންނާއި އުޚުތުންނަކީ އެބައިމީހުންގެ ދުނިޔެވީ އެންމެހާ އުފަލަކާ އަރާމެއް ހަމައެކަނި ﷲ ` ގެ ވަޖުހުފުޅަށްޓަކައި ޤުރުބާން ކޮށްފައިވާ ބައެކެވެ.

އަދި އަހަރުމެން މިއުފާފާޅުކޮށް އުޅޭ ގޮތާއި އެއްވެސް ކަމެއް އެބައިމީހުންނެއް ނުދެކޭނެތެވެ. ކޮންމެ ދުވަހަކު އެބައިމީހުންގެ ހަށިތަކަށް އެތަކެއް އަނިޔާތަކެއް ދެވެއެވެ. ކޮންމެ ދުވަހަކު އެބައިމީހުންގެ ޢިތްފަތްތެރިކަން އެތަކެއް ފަހަރަކު ނިގުޅައިގަނެވެއެވެ. އުކާލެވިފައިވާ މަސްގަނޑުތަކެއް ފަދައިން ލެއާ ތަތްތެޅިފައިވާ މި އަޚުންނާއި އުޚުތުންގެ ގާތުގައި އެބައިމީހުންގެ ޢައިލާ މީހުންނާއި އަނބިދަރިންނެއް ނެތެވެ. ހަމައެހެންމެ މުސްލިމުންނަށް އަންނަ ރަމަޟާނާއި ޢީދު ފަދަ މުސްލިމުން އުފާ ލިބިގަންނަ ދުވަސްތަކުގައި މިފަދަ އަޚުންނާއި އުޚުތުން ވަނީ ޢަޛާބާއި ކެކުޅުމުގައެވެ. ހަމަކަށަވަރުން މިބައިމީހުންނީ މިއުންމަތުގެ ޢިއްޒަތާއި އަބުރަށްޓަކައި، އިސްލާމްދީނުގެ ދިފާޢުގައި ނިކުތް، ﷲ ގެ އެއްކައުވަންތަކަން ހެކިކޮށް ސާބިތުވީ މީހުންނެވެ. ކީރިތި ޤުރުއާނާއި ނަބިއްޔާ ؛ ގެ ސުންނަތް ދިފާޢު ކުރުމަށްޓަކައި ތެދުވުމުން އަނިޔާ ދެވެމުންދާ މީހުންނެވެ.

އެހެންކަމުން ބުނަމެވެ. މިކާމިޔާބާއި ފަލާޙުގެ މައްސަރަކީ ދީލަތި ވަންތަ ﷲ ` އެއިލާހުގެ ދީލަތިވަންތަކަން އެއިލާހުގެ އަޅުތަކުންގެ މައްޗަށް އޮއްސަވާލައްވަވާ މައްސަރެވެ. ފަހެ އަހަރުމެންނީ އެއިލާހު ޚަލްޤު ކުރެއްވި އަޅުތަކުންކަމުގައި ވީހިނދު އަހަރުމެންގެ ވެރި ރަސްކަލާނގެ އަހަރުމެންގެ މައްޗަށް އެހާ ދީލަތިވެވޮޑިގަތުމުން އެއިލާހަށްޓަކައި އަހަރުމެންގެ ބާރުމުއްތަކަށް ދުލެއް ނުދޭނަމު ހެއްޔެވެ؟ މުސްލިމު އަސީރުންނާއި އެބައިމީހުންގެ ޢާއިލާތަކަށް އޯގާތެރިކަމާއި ހަމްދަރުދީގެ އަތެއް ދިއްކޮށްނުލާނަމުހެއްޔެވެ؟ ހަމަކަށަވަރުން މުސްލިމު އަސީރަކު މިނަވަން ކުރުން ނުވަތަ އަސީރަކަށްޓަކައި އެންމެ ފައިސާ ފޮއްޗެއް ހޭދަކޮށްލުމަކީ ﷲ ގެ ޙަޟްރަތުގައި ކޮންފަދަ ބޮޑުވެގެންވާ ހެޔޮކަމެއް ހެއްޔެވެ؟ ރަޙުމަތުގެ ދޮރުކޮޅުތައް ހުޅުވި ދުޢާ އިޖާބަ ކުރެއްވެވުމަށް ﷲ ތަޢާލާ އަވަސްވެވޮޑުގަންނަވާ މި މައްސަރުގައި އަހަރުމެން ކުރާ ދުޢާ ތަކުގައި އަހަރެމެންގެ މުސްލިމު އަސީރުންގެ މަތިން ހަދުމަނެތި ކޮށްނުލައްވާށެވެ!

[އޭ އަހަރެންގެ ވެރިރަސްކަލާކޮ! އޭ ރަޙުމަތުގެ ވެރި އިލާހެވެ! މި ބަރަކާތްތެރި މައްސަރުގައި ޙާޟިރުވެ ތިބި ބަޔަކުކަމުގައި އަޅަމެން ލެއްވި ފަދައިން އަޅަމެންގެ އާދޭސްތައް އަޑު އައްސަވާފާނދޭވެ! މިއަދު އަޅަމެންނާއި އަޅަމެންގެ އަހުލުވެރިން މި އުފާ ފާޅުކުރަމުންދާ ފަދައިން އެމުސްލިމު އަސީރުންނަށް މި އުފަލުގައި ބައިވެރި ނުވެވުނު ކަމުގައި ވިޔަސް އެ ނިކަމެތި އަސީރުންގެ ހިތްތަކަށް ހިތްހަމަޖެހުމާއި އުފާވެރިކަން ބާއްވާލައްވާނދޭވެ! އަޅަމެންގެ ސުފުރާތަކަށް އެރުވޭ ކާތަކެއްޗާއި އަޅަމެންގެ އަޅުކަމާއި ދުޢާތަކުގައި އެބައިމީހުން ޖާމިނު ކޮށްދެއްވާނދޭވެ! ޔާ ﷲ! މިމަތިވެރި މައްސަރުގައި އިބައިލާހު ދެއްވަވާ ހެޔޮޖަޒާއާއި ބަރާކާތުގެ އެތައް ގުނައެއް އެބައިމީހުންނަށް ދެއްވާނދޭވެ! ފަހެ އެބައިމީހުންނީ އިބައިލާހަށް ދީން ޚާލިސްވެއްޖައުމަށް ދާންދެން ހަނގުރާމަ ކުރުމަށް ތެދުވި މަތިވެރި އަބްޠާލުންނެވެ. އެބައިމީހުންނީ އިބައިލާހުގެ ރުއްސެވުމާއި ފުއްސެވުން އެދި އިބައިލާހުގެ ލޯބީގައި ދީވާނާ ވެފައިވާ ޢާޝިގުންނެވެ. އިބައިލާހުގެ ޙަޟްރަތުން މަތިވެރިވެގެންވާ ޝަހާދަތަށް އެދި މޮޔަވެފައިވާ މަޖްނޫނުންނެވެ. ހިސާބެއް ނެތި ދެއްވާ، އިލާހެވެ! ކެތްތެރިކަމާއި ސަކީނަތު އެބައިމީހުންނަށް މިންވަރު ކޮށްދެއްވަވާ ޖަންނަތުލް ފިރުދައުސްގައި މަތިވެރި މަޤާމެއް އެބައިމީހުންނަށް ދެއްވަވާންދޭވެ! برحمتك يا أرحم الراحمين ]

ޙިޔާލު ހުށަހެޅުއްވުމަށް....