އަހަރެމެން ފަދަ ފާފަކުރެވޭ އަޅުތަކުންނަށްވާ ފުރިހަމަ ހަނދުމަކޮށްދިނުމެއް…

ޢަބްދު ﷲ އިބްނު ޢައްބާސް > ވިދާޅުވިއެވެ.

[އޭ ފާފަކުރާ މީހާއެވެ!، އެ ފާފައިގެ ނަތީޖާއިން ސަލާމަތްވެގެންވާ ކަން ނުދެކޭށެވެ. ތިބާ ކުރި ފާފައަށް ވުރެ ފާފައާއި ވިދިގެން ނިކުތް ނަތީޖާ ބޮޑުވެގެންވާ ހިނދު އެވެ. ތިބާ ފާފަ ކުރި ހިނދު، ތިބާގެ ވައަތް ފަރާތާއި ކަނާތް ފަރާތުގައި ތިބި މީހުންގެ ކުރިމަތީގައި ކުޑަކޮށް ލަދުގަނެ ނުވަތަ އެއް ގޮތަކަށްވެސް ލަދުނުގަތުން، ތިބާ ކުރި ފާފައަށް ވުރެ ބޮޑެވެ.

ﷲ ` ތިބާއަށް ދެއްވާނެ އަދަބެއް ނޭގުމާއި އަދި ތިބާގެ ހުނުން، ތިބާ ކުރި ފާފައަށް ވުރެ ނުބައިކަން ބޮޑެވެ.

ކުރުމަށް ގަސްތުކުރި ފާފަ ކުރެވުމުން އެކަމާއިމެދުގައި ތިބާ ކުރާ އުފާ، އެ ކުރި ފާފައަށް ވުރެ ނުބައިކަން ބޮޑެވެ. އަދި ކުރަން ގަސްތު ކުރި ފާފަ ނުކުރެވުމުގެ ސަބަބުން އެކަމާ ތިބާ ކުރާ ހިތާމަ، ތިބާ ކުރަން އުޅުނު ފާފަ ކުރުމަށްވުރެ ނުބައިކަން ބޮޑުވެގެންވެއެވެ.

ތިބާ ފާފަ ކުރަމުން ދިޔަ ހިނދުގައި، ތިބާ ފާފަކުރަމުންދާ ތަނުގައި ދޮރު ވަންހަނާ ވާގޮތަށް ކުރެވިފައި ހުރި ފަރުދާ ވަޔާ ދުރަށް ޖެހުމުން އެކަމާއި ތިބާ ގަތް ބިރާއި، އަދި ތިބާ ފާފަ ކުރަމުން ދިޔަ އިރުގައި ﷲ ` ދެކެވޮޑިގެންވާކަމާމެދުގައި ހިތުގައި ނުތަނަވަސްކަމެއް ނުއުފެދުން ތިބާ ކުރި ފާފައަށްވުރެ ނުބައިކަން ބޮޑުވެގެންވެއެވެ.

ތިބާއަށް ހަލާކު ހުއްޓެވެ!

އައްޔޫބު ^ ކުރެއްވީ ކޮން ކުށެއްކަން އެނގޭހެއްޔެވެ؟ އަދި އެކަލޭގެފާނުގެ ހަށިކޮޅާއި މުދާތައް ނެތިކުރެއްވުމުން ﷲ ` އެކަލޭގެފާނު އިމްތިޙާން ކުރެއްވީ ކީއްވެގެން ކަން އެނގޭހެއްޔެވެ؟

އައްޔޫބު ^ ކުރެއްވި ކުށަކީ ފަޤީރު މީހަކަށް ކުރިމަތިވި ނާއިންސާފީއެއް އޭނާގެ ކިބައިން ފިލުވައި ދިނުމަށް އެކަލޭގެފާނުގެ ފަރާތްޕުޅުން އެދުމުން އެމީހާއަށް އެހީތެރިވެ ނުދިނުމެވެ. އަދި އެކަލޭގެފާނު ހެޔޮކަމަށް ގޮވާ ނުލައެވެ. އަދި ފަޤީރު މީހާއާ ދޭތެރޭގައި ބޭއިންސާފުން ކަންތައް ކުރި އަނިޔާވެރިމީހާ ކުރި ނުބައި ކަންތައް މަނައެއް ނުކުރެއެވެ. އެހެންކަމުން، ﷲ ` އެކަލޭގެފާނަށް މުޞީބާތް ޖެއްސެވިއެވެ.]

حلية الأولياء وطبقات الأصفياء

ޙިޔާލު ހުށަހެޅުއްވުމަށް....