ފޮތް: [!HIGHWAY ROBBERS]

މި އުއްމަތް 73 ފިރުޤާއަށް ބެހި، އެ އެންމެންވެސް ޙައްޤުގައިވާކަމަށް ދަޢުވާކޮށް، ޙައްޤާއި ބާޠިލް މަސްހުނިކޮށް އޭގެ މައްޗަށް އެތައް ދޮގެއް ގެނައި ހިނދު، ޙައްޤު މަގަކީ ކޮބައިކަމާއި ބާޠިލްގެ އަހުލުވެރިންގެ ޙަޤީޤަތް ދެނެގަތުން ކޮންމެހެންވެސް ޖެހެއެވެ. އެއީ ތިބާގެ އުޚްރަވީ ޙަޔާތުގެ ސަލާމަތަށެވެ.

އަބޫ ޢަމްރުލް އަޥްޒާވީ \ ވިދާޅުވިއެވެ. [މި ޢިލްމަކީ ދީންކަން ތިބާ ދަންނާށެވެ. އެހެންކަމުން ތިބާކުރަނީ ކޮންކަމެއްތޯ، ތިބާ ޢިލްމު ހޯދަނީ ކޮންފަރާތަކުންތޯ، ތިބާ ބުރަވަނީ ކޮން އަތަކަށްތޯ އަދި ތިބާގެ ދީން (އުނގެނުމަށް) ތިޔަ އިތުބާރުކޮށް އެކަން ޙަވާލުކުރަނީ ކާކާތޯ ދެނެގަންނާށެވެ. އެހެނީ ހަމަކަށަވަރުން ބިދުޢައިގެ އަހުލުވެރިންނަކީ، އެއެންމެންނީ ހުސް ވަގުންނެވެ. އަދި ފާފަވެރި ދޮގުވެރިންނެވެ.]

އެހެންކަމުން، [ޙައްޤު މީޑިއާ] އިން މި ނެރޭ ފޮތަކީ މިހާރު ދިވެހިރާއްޖޭގައި، ދީނުގެ ނަމުގައި އެކިއެކި ޝިޢާރުތަކާއި ދިދަތަކުގެ ދަށުގައި ކޮންމެ ބައެއްވެސް ތިމާމެންނަކީ ޙައްޤުމަތީގައިވާ މީހުންކަމަށް ބުނެ އެކަމަށް ދަޢުވާކުރާ ދަނޑިވަޅުގައި، ޙަޤީޤީ ޙައްޤުގެ މަގު ބަޔާންކުރުމަށް ޤުރްއާނާއި ސުންނަތާއި އަދި ސަލަފުއްޞާލިޙުންގެ ފޮތްތަކުން ޖަމާކޮށް އެކުލަވާލާފައިވާ ކުރު ފޮތެކެވެ.

ފޮތުގެ ނަން: They are seemingly guides, but in fact they are
!HIGHWAY ROBBERS
ފޮތުގެ މުއައްލިފް: އަބޫ ޤާބޫސް އަލްމާލްދީފީ |
ޞަފްޙާގެ ޢަދަދު: 36
ޕަބްލިޝްކުރީ: ޙައްޤު މީޑިއާ ސެންޓަރ
ބަސް: އިނގިރޭސި
އެކްސްޓެންޝަން: .pdf
ފައިލް ސައިޒް: 11.6 MB

foi_download1

ޙިޔާލު ހުށަހެޅުއްވުމަށް....

ޙިޔާލު

  1. ހައްގު މީޑިއާ އިން ތިކުރައްވާ މަސައްކަތުގައި ﷲ ބަރަކާތް ލައްވާށި. އަދި ދައްޖާލުއަށް ވުރެ ބޮޑަށް އަހަރުމެންގެ ނަބިއްޔާ މުހައްމަދު ސައްލަﷲ އަލައިހި ވަސައްލަމް އެކަމަކާއިމެދު ކަންބޮޑުފުޅުވީ ނުބައި އިލްމުވެރިންގެ ނުބައި ކަމުން އަހަރުމެން ސަލަމަތް ކުރައްވާށި/
    އާމީން