އިސްލާމްދީނުގައި އެންމެ ބުރަ އަޅުކަން

އަހަރެން މިދީނަށް ނަޒަރު ހިންގާލުމުން އަދި މިދީނުގެ ނިޝާން ތަކާއި އަޅުކަމުގައިވީ ގިނަ ތަޖުރިބާ ތަކުން އަހަރެންނަށް އެނގުނު ގޮތުގައި އަޅާގެ މައްޗަށް އެންމެ ބުރަވެގެންވާ އަޅުކަމަކީ ޖިހާދު ކުރުމެވެ. އެހެންކަމުން މި އުދަގޫތަކާއިހުރެ އިސްލާމްދީނުގެ އެންމެމަތީ ދަރަޖައެއް ދެވިފައި ވަނީވެސް ޖިހާދަށެވެ. ﷲ & މުޖާހިދުންނަށްޓަކައި ތައްޔާރު ކުރައްވަވާފައިވާ އަޖުރަކީ އޭގެން އުނި ކުރެވުމެއް ނުވާ މަތިވެރި އަޖުރެކެވެ.

އަބޫ ޛައްރު ގެ އަރިހުން ރިވާވެގެންވެއެވެ. ތިމަންކަލޭގެފާނު ރަސޫލާ ؛ ގެ އަރިހުގައި ދެންނެވީމެވެ.[އޭ ﷲގެ ރަސޫލާއެވެ. ޢަމަލު ތަކުގެ ތެރެއިން އެންމެ ހެޔޮކަން ބޮޑުވެގެންވާ ޢަމަލަކީ ކޮބައިތޯއެވެ؟] އެކަލޭގެފާނު ހަދީޘް ކުރެއްވިއެވެ. [ﷲ އަށް އީމާންވެ އެއިލާހުގެ މަގުގައި ޖިހާދު ކުރުމެވެ.] (ބުޙާރީ އަދި މުސްލިމް)

އަދި އަބޫ ހުރައިރާ > ގެ ރިވާޔަތުގައި ވަނީ މިފަދައިންނެވެ:

ރަސޫލާ ؛ އަށް ސުވާލު ވެވުނެވެ. [ﷲގެ މަގުގައި ޖިހާދު ކުރުމާއި އެއްފަދަވެގެންވާ (ދަރުމައިގެ ގޮތުން) އަޅުކަމަކީ ކޮބައިތޯއެވެ؟] އެކަލޭގެފާނު ހަދީޘް ކުރެއްވިއެވެ. [އެއީ ތިޔަބައިމީހުންނަށް ކުޅަދާނަވެގެންވާ ކަމެއް ނޫނެވެ.] ދެތިންފަހަރަކު އެޞަޙާބީ އެސުވާލު ތަކުރާރު ކުރެއްވިއެވެ. ކޮންމެފަހަރަކުވެސް ޖަވާބުގައި އެކަލޭގެފާނު ޙަދީޘް ކުރައްވަނީ އެއީ ތިޔަބައިމީހުންނަށް ކުޅަދާނަވެގެންވާނޭ ކަމެއް ނޫންކަމަށެވެ. އެއަށްފަހު އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. [ﷲގެ މަގުގައި ޖިހާދު ކުރާ މުޖާހިދެއްގެ މިސާލަކީ އެމުޖާހިދު އެނބުރި އަންނަންދެން ވީއްލުމެއްނެތި ރޯދައަށްހުރެ، އަދި ހުއްޓުމެއްނެތި ނަމާދު ކުރާ މީހެއްގެ މިސާލެވެ.] (ބުޙާރީ އަދި މުސްލިމް)

އަދި މުސްނަދް އަހުމަދު އަދި އައް ތިރިމިޒީގައި އައިސްފައިވާ ޞައްޙަ ހަދީޘެއްގައިވެއެވެ: [ﷲގެ މަގުގައި ހަނގުރާމަ ކުރުމުގައި ސަފެއްގައި ހިނދުކޮޅަކު ހޭދަކުރުން 60 އަހަރުވަންދެން ނަމާދުގައި ހުރުމަށްވުރެ ހެޔޮކަންބޮޑެވެ.]

އެހެންކަމުން ދަރުމައިގެ ގޮތުން ޖިހާދާއި އެއްފަދަ ވެގެންވާ އެހެން އެއްވެސް ކަމެއް ނުވާކަމަށް އިޖުމާޢްވެއެވެ. އަދި ހަމައެއާއިއެކު ރިބާތުގައި ހުރުމަކީ (އެބަހީ:ﷲގެ މަގުގައި ފާރައަށް ހުރުން) ކައުބާގައި (ނަމާދަށް) ހުރުމަށްވުރެ ހެޔޮކަމެކެވެ. އަބޫ ޙުރައިރާ ގެ އަރިހުން ރިވާވެގެންވެއެވެ. ރަސޫލާ ؛ ހަދީޘް ކުރެއްވިއެވެ. [ތިމަންކަލޭގެފާނަށް ލޮބުވެތިވެގެންވަނީ ލައިލަތުލް ޤަދުރް ވިލޭރޭގައި ޙަޖަރުލް އަސްވަދް ކައިރީގައި ނަމާދަށް ހުރުމަށްވުރެ ﷲ ގެ މަގުގައި ރިބާތު ގައި ހުރުމެވެ.] މިރިވާޔަތް އަބޫ ޙުރައިރާ ގެ ޤައުލެއްގެ ގޮތުގައި ވެސް އައިސްފައިވެއެވެ. (ބުޚާރީ، މުސްލިމް)

އަދި ކީރިތި ޤުރުއާންގައި ﷲ ` ވަޙީ ކުރައްވާފައިވަނީ މިފަދައިންނެވެ:
¢أَجَعَلْتُمْ سِقَايَةَ الْحَاجِّ وَعِمَارَةَ الْمَسْجِدِ الْحَرَامِ كَمَنْ آمَنَ بِاللَّهِ وَالْيَوْمِ الآخِرِ وَجَاهَدَ فِي سَبِيلِ اللَّهِ لا يَسْتَوُونَ عِنْدَ اللَّهِ وَاللَّهُ لا يَهْدِي الْقَوْمَ الظَّالِمِينَ (١٩)الَّذِينَ آمَنُوا وَهَاجَرُوا وَجَاهَدُوا فِي سَبِيلِ اللَّهِ بِأَمْوَالِهِمْ وَأَنْفُسِهِمْ أَعْظَمُ دَرَجَةً عِنْدَ اللَّهِ وَأُولَئِكَ هُمُ الْفَائِزُونَ (٢٠)يُبَشِّرُهُمْ رَبُّهُمْ بِرَحْمَةٍ مِنْهُ وَرِضْوَانٍ وَجَنَّاتٍ لَهُمْ فِيهَا نَعِيمٌ مُقِيمٌ (٢١)خَالِدِينَ فِيهَا أَبَدًا إِنَّ اللَّهَ عِنْدَهُ أَجْرٌ عَظِيمٌ (٢٢)£

[ޙައްޖުވެރިންނަށް ބޯފެންދީ، މަސްޖިދުލް ޙަރާމް (ކަޢުބާ) މަރާމާތުކޮށް ބަލަހައްޓައި އުޅޭ މީހަކާއި، ﷲ އަށާއި އާޚިރަތްދުވަހަށް އީމާންވެ، ﷲގެ މަގުގައި ޖިހާދުކޮށްއުޅޭ މީހަކާ ދެމީހުން، އެއްފަދަކަމަށް ތިޔަބައިމީހުން ހީކުރަނީ ހެއްޔެވެ؟ (އެހެނެއްކަމަކު) ﷲގެ ޙަޟްރަތުގައި އެ ދެބައިމީހުން ހަމަހަމައެއް ނުވާނެއެވެ. އަދި (ދަންނާށެވެ) އަނިޔާވެރި ބަޔަކަށް، ﷲ ތެދުމަގެއް ނުދައްކަވާނެއެވެ. އީމާންވެ ހިޖުރަކޮށް، ﷲގެ މަގުގައި އެބައިމީހުންގެ މުދައުތަކާއި، ނަފްސުތަކުން ޖިހާދުކޮށް އުޅުނު މީހުންނީ، ﷲ ހަޟްރަތުގައި ދަރަޖަ އެންމެ މަތިވެރިވެގެންވާ މީހުންނެވެ. އަދި އެބައިމީހުންނީ، ހަމަ ކާމިޔާބު ލިބިގެންވާ މީހުންނެވެ. އެބައިމީހުންގެ ވެރި އިލާހުގެ ހަޟްރަތުން އެބައިމީހުންނަށް ރަޙްމަތާއި، ރުހިވޮޑިގަތުމާއި، ބަގީޗާތައް (ޖަންނަތު) ހުރިކަމުގެ އުފާވެރި ޚަބަރު އެބައިމީހުންނަށް ދެއްވައެވެ. އެތާނގައި، އެބައިމީހުންނަށް އަބަދުގެ އަބަދަށް ދެމިހުންނަނިވި ނިޢުމަތްތައް ވެއެވެ. އެތާނގައި، އެބައިމީހުން އަބަދުގެ އަބަދަށް ދެމިތިބެނިވި ގޮތުގައެވެ. ހަމަކަށަވަރުން، ﷲގެ ޙަޟްރަތުގައި ބޮޑުވެގެންވާ ދަރުމަހުއްޓެވެ.] (ސޫރަތުލް ތައުބާ: 19-22)

ޞަޙީޙް މުސްލިމްގައި ބަޔާން ވެގެންވާ ގޮތުގައި މި އާޔަތް ބާއްވައިލެއްވުނު ސަބަބެއް ކަމުގައިވަނީ ދަރުމައިގެ ގޮތުން އެންމެ ހެޔޮކަން ބޮޑުވެގެންވާ އަޅުކަމަކީ ކޮބައިތޯ އާއި ބެހޭ ގޮތުން ޞަޙާބީންގެ މެދުގައި އުފެދުނު އިޚްތިލާފް އަކާއި ގުޅިގެންނެވެ. އެއަޅުކަމަކީ ޙައްޖުވެރިންނަށް ފެން ފޯރުކޮށް ދިނުންތޯ؟ ނުވަތަ މަސްޖިދުލް ހަރާމް ބެލެހެއްޓުންތޯ؟ ނުވަތަ ﷲ ` ގެ މަގުގައި ޖިހާދު ކުރުންތޯ؟ (މިކަމުގައި އިޚްތިލާފް އާއި ގުޅިގެންނެވެ.)

އަހަރެންނަށް ހޯދުނުގޮތުގައި ޖިހާދުގައި އެންމެ ބުރަ ކަމަކީ ކެތްތެރިކަމާއިއެކު މަޑުން ހުރުމެވެ. ހަނގުރާމައަށް ފާރައަށް (ރިބާތުގައި) ތިބުމަކީ ހަޤީޤީ ހަނގުރާމައަށް ވުރެ މާ ބުރަކަމެކެވެ. ރިބާތުގައި ހޭދަކުރަން ޖެހޭ ވަގުތު ދިގުވާވަރަކަށް އިންސާނާގެ ކަންނެތް ފުރާނައަށް ފޫހިކަން އިޙުސާސް ކުރުވައެވެ. އެ ނަފްސަކަށް ބޭނުންވާ ޝައުޤުވެރިކަމާއި ޖޯޝު ގެނުވައިދޭ ކަންތައްތައް ކުރިމަތި ނުވާނަމަ އަދި މައިދާނުގައި ހިތްވަރު ގަދަކުރުމަށް ބޭނުންވާނޭ ޝައުޤުވެރިކަން ނުވާނަމަ އެކަމަށް ހުންނަ ފޯރި ދުވަހަކަށް ފަހު ދުވަހެއް ކުޑަވެގެން ދާނެއެވެ.

ޚާއްޞަކޮށް ދުނިޔޭގެ ޒީނަތްތެރިކަމާއި ޚަޒާނާތައް ދޫކޮށް، އަދި އެބައިމީހުންގެ ވިދާބަބުޅަމުންދާ އުއްމީދީ ހުވަފެންތަކަށް ފުރަގަސްދީ، ދުރު ކަންކޮޅުތަކުން ޖިހާދު ކުރުމަށް އައިސް، މުޖާހިދުންނާއި އެކުގައިތިބި އަޙުންނަށް މިކަމުގެ ހަޤީޤަތް ވަރަށް ރަނގަޅަށް ސާފުވާނެއެވެ. އެފަދަ އަޚުންގެ ގާތަށް ޝައިތާނުންތައް އައިސް، ދޫކޮށްފައި އައި ދުނިޔެއަށް އެބައިމީހުން ހައްލުވަން މަސައްކަތް ކުރާނެއެވެ. އަދި ޝައިޠާނާ ގާތްވެގަންނަނީ އެ ޢަމަލެއްގެ’ ފައިދާ‘ އަދި ’އަޅާކިރުމުގެ‘ އަދި ’ގެއްލުމާއި، ހަލާކު‘ މިކަންތައްތަކުގެ މައްޗަށް ދީނުގައި ހުޅުވިފައިވާ ދޮރުތަކުގެ ތެރެއިންނެވެ.

ފުރަތަމަ އޭނާ އެބައިމީހުންގެ ގާތުގައި ސީދާސީދަލަށް ޖިހާދުކުރުން ދޫކޮށްލުމަކަށް ގޮވައެއްނުލާނެއެވެ. އެކަމަކު ޖިހާދަށްޓަކައި އެބައިމީހުން އެބަޔަކު ދޫކޮށްފައި އައި އެބައިމީހުންގެ ދަރިންނާއި، ދޫކޮށްފައި އައި މިސްކިތްތައް ބަލަހައްޓާނޭ މީހަކުނެތްކަމާއި، ދޫކޮށްފައި އައި އާއިލާތައް ރޫޅޭނޭ ކަމުގެ މަތިން ވިސްނައިދީ މިދޮރުތަކުން ސިކުނޑީގެ ތެރެއަށް ވަދެއެވެ.

ނިދާއުލް އިސްލާމްގެ، 5 ވަނަ އަދަދުގެ ގެ 22 ވަނަ ޞަފްޙާ