ފާފަތައް ފޮހެވިގެން ދިއުމާއި ގުޅޭގޮތުން

މިމައްސަލައާއި ގުޅޭގޮތުން ދެ ވިސްނުމެއް ވެއެވެ: ޢިލްމުވެރިންގެ އެއްބައި ޢިލްމުވެރިން ވިދާޅުވާ ގޮތުގައި، ބޮޑެތި ފާފަ ދޫކޮށްލުމަކީ، ވާޖިބު އަޅުކަންތަކުގެ ސަބަބުން ކުދި ފާފަތައް ފޮހެވިގެން ދިއުމުގެ ޝަރުތެއް ކަމުގައެވެ. އެހެންކަމުން، އެއްވެސް ބޮޑު ފާފައެއް ކުރެވިއްޖެނަމަ، މީގެ ސަބަބުން ހަމަވަގުތުން ވާޖިބު އަޅުކަންތަކުގެ ސަބަބުން ކުދި ފާފަތައް ފޮހެވުން ހުއްޓިގެންދާނެ އެވެ.

ޢިލްމުވެރިންގެ އަނެއްބައި ޢިލްމުވެރިން ވިދާޅުވާގޮތުގައި، ވާޖިބު އަޅުކަން ތަކުގެ ސަބަބުން ކުދި ފާފަތައް ފޮހެވިގެން ދާނެ އެވެ. އަދި އެއީ އޭނާ ބޮޑެތި ފާފަކުރިކަމުގައި ވިޔަސްމެއެވެ. ނަމަވެސް މީގެ ޝަރުޠަކީ އޭނާ އެފާފައަށް ތައުބާވެ ތަކުރާރުކޮށް އެފާފައެއް ނުކުރުމެވެ. އަދި މިއިން އަންގައިދެނީ ހަމައެކަނި ވާޖިބު އަޅުކަންތައް އަދާކުރުމަކުން ކުދި ފާފަތައް ފޮހެވިގެން ނުދާނެކަމެވެ.

¢إِنْ تَجْتَنِبُوا كَبَائِرَ مَا تُنْهَوْنَ عَنْهُ نُكَفِّرْ عَنْكُمْ سَيِّئَاتِكُمْ وَنُدْخِلْكُمْ مُدْخَلاً كَرِيمًا£

[ތިޔަބައިމީހުންނަށް ނަހީކުރެވިގެންވާ ބޮޑެތި ފާފަތަކުން ތިޔަބައިމީހުން ދުރުވެގެންފިނަމަ، ތިމަންއިލާހު ތިޔަބައިމީހުންގެ ކުދިފާފަތައް ފުއްސަވައިދެއްވާ ހުށީމެވެ. އަދި މާތްވެގެންވާ ވަނުމަކުން ތިޔަބައިމީހުން (ޖަންނަތަށް) ވަންނަ ހުއްޓެވެ.] (އައް-ނިސާ 31)

މަތީގައި ބަޔާންވެދިޔަ އާޔަތުގެ ތަފްސީރުގައި، މުފައްސިރެއް ކަމުގައިވާ އިބްނު އަތިއްޔާގެ ވިސްނުންފުޅުގައި ރަނގަޅީ ދެވަނަ ބައިގެ ޢިލްމުވެރިން ދެކެލައްވާ ގޮތެވެ.

އިމާމް ނަވަވީ \ ވެސް ދެކެލައްވާ ގޮތަކީ މިއީ އެވެ. ޝަރްޙް ސަޙީޙް މުސްލިމް: 98/2 ގައި އިމާމް ނަވަވީ ވިދާޅުވެފައި ވެއެވެ.

[މާނައަކީ، ވާޖިބު އަޅުކަންތައް އަދާކުރުމުން ހުރިހާ ފާފައެއް ފޮހެވިގެން ދާނެކަމެވެ. އެއީ ބޮޑެތި ފާފަ ފިޔަވައެވެ. އެހެނީ، އެ ފާފަތައް އެފަދަ ގޮތުން ފޮހެވިގެން ނުދާނެތީއެވެ. އަދި މީގެ މާނައަކީ، ބޮޑެތި ފާފަ ނެތްނަމަ ކުދި ފާފަތައް ފޮހެވޭ ވާހަކައެއް ނޫނެވެ. އަދި ބޮޑެތި ފާފަ ހުރިނަމަ ކުދި ފާފަތައް ނުފޮހެވޭނެ ވާހަކައެއް ނޫނެވެ. އެހެނީ މިއީ، ވެދާނެ ކަމެއް ކަމަށް ވާނަމަ މިއީ އެހެން ޙަދީޘްއަކާއި ތަޢާރުޟުވާ ކަމެކެވެ. އަލް-ގާޟީ އިޔާޟް ވިދާޅުވިއެވެ. “ބޮޑެތި ފާފަ ނެތް ނަމަ ކުދި ފާފަތައް ފޮހެވިގެން ދިއުމާއި ގުޅޭ ގޮތުން މިޙަދީޘްގައި ވަނީ އަހުލު ސުންނަތުގެ މަޒްހަބެވެ. އަދި ބޮޑެތި ފާފަތައް ފޮހެވިގެން ދަނީ ތައުބާ ވުމުންނާއި ނޫންނަމަ މަތިވެރި ވަންތަ ﷲ ` ގެ ރަޙްމަތުންނެވެ.]

އަދި މޮޅަށް ދެނެވޮޑިގަންނަވަނީ ﷲ ` އެވެ.