ޙައްޤުގެ އަހުލުވެރިންގެ ބީރައްޓެހިކަމާއި އަދި އެމީހުންނާއިމެދު އޮންނަ ޢަދާވާތްތެރިން

ކޮންމެ ޒަމާނެއްގައިވެސް އީމާނުގެ އަހުލުވެރިންނާއި ދެކޮޅަށް ޢަދާވާތްތެރިން ނުކުމެއެވެ. އަދި ހުތުރު ޞިފަތަކުން ޞިފަކޮށް ހަދައެވެ. އެމީހުންގެ އަތުގައި ދައްކާނެ ޙުއްޖަތެއް އަދި ބުރުހާނެއްވެސް ނުވެއެވެ. އެއީ އެމީހުންގެ އަނގަތަކުން ހަދާ ދޮގު ވާހަކަތަކެއް ކަމުގައި މެނުވީ ނުވެއެވެ. ﷲ ` ވަޙީކުރެއްވިއެވެ. [އެމީހުން ބޭނުންވަނީ އެމީހުންގެ އަނގަތަކުން ﷲ ގެ ނޫރުފުޅު ފުހެލާށެވެ!] އަދި އެހެންމެ، ޢަދާވާތްތެރިކަމާއި ރުޅިވެރިކަމަކީ ޙައްޤުގެ އަހުލުވެރިންނާ ކޮންމެހެން ބައްދަލުވާނެ ކަމެކެވެ. ތިބާ އެދޭނަމަ ﷲ ގެ ބަސްފުޅު ކިޔާލާށެވެ. [އަދި ހަމައެފަދައިން، ކޮންމެ ނަބިއްޔަކަށް މުޖުރިމުންގެ ތެރެއިން ޢަދުއްވެއް ލެއްވެވީމެވެ. އަދި ތެދުމަގުދައްކަވާ ނަޞްރުދެއްވަވާ ފަރާތެއް ކަމުގައި ކަލޭގެފާނުގެ ވެރިރައްބު ފުދިގެންވެއެވެ.]

ނަބިއްޔުންގެ ސީރަތާއި މެދު ވިސްނާއި ފިކުރު ހިންގާލައިފި މީހަކަށް، މިކަން ޔަޤީންވެ ކަށަވަރުވާނެއެވެ. އަދި ކިއެއްތަ! އެންމެ ފުރަތަމަ ނަބިއްޔާ ؛ އަށް ވަޙީ ބާވާލެއްވެވުނު އިރު، އެއީ ވަޙީކަން އެކަލޭގެފާނަށް ޚުދު އެނގިވަޑައި ނުގަންނަވާއިރުވެސް، އެކަމުގެ ސަބަބުން ޢަދާވާތްތެރިކަމާއި އަދި އަމިއްލަ ވަޒަނުން ބޭރުކޮށްލެވުން ފަދަކަމެއް ކުރިމަތިވެދާނެކަން ދެނެވަޑައިގަތެވެ.

އުއްމުލް މުއުމިނީން ޢާއިޝާ < ގެ ކިބައިން ރިވާވެގެންވެއެވެ. (… ވަރަޤަތު (ބުން ނައުފަލް) އެކަލޭގެފާނު ؛ އަށް ދެންނެވިއެވެ. [އޭ އަހަރެންގެ އަޚާގެ ދަރިޔާއެވެ! ތިބާއަށް ފެނުނީ ކޮން އެއްޗެއް ހެއްޔެވެ؟] ދެން ރަސޫލުﷲ ؛ އެކަލޭގެފާނަށް ފެނިވަޑައިގަތް ކަންތައްތަކުގެ ޚަބަރު ދެއްވިއެވެ. އަދި ވަރަޤަތު ދެންނެވިއެވެ. [ތިޔައީ މޫސާ ^ ގެ އަރިހަށް ވަޑައިގެންނެވި މަލާއިކަތާއެވެ. ކަލޭގެފާނުގެ މީސްތަކުން ކަލޭގެފާނު ރަށުން ބޭރުކުރައްވާ ހިނދާ ޖެހެންދެން ޒުވާނެއްގެ ގޮތުގައި، އަދި އެހިނދާއި ޖެހެންދެން ހުންނާނޭ ނަމައޭ ހިތަށް އަރައެވެ.] (އެބަހީ އެދުވަހަކުން އެހީތެރިކަން ތިމަންގެ ފުށުން ދެއްވާނަމޭއެވެ.) ދެން ރަސޫލުﷲ ؛ ޙަދީޘްކުރެއްވިއެވެ. [އެބައިމީހުން ތިމަންކަލޭގެފާނު ނެރެލައްވާނެ ހެއްޔެވެ؟] ދެންނެވިއެވެ. [އާނއެކެވެ! ކަލޭގެފާނު ތިޔަ ވަޑައިގެންނެވި ފަދަ އެއްޗަކައިގެން މިހާތަނަށް ވަޑައިގެންނެވި ބޭކަލަކަށް ޢަދާވާތްތެރިކަމާއި މެނުވީ ކުރިމައްޗެއް ނުކުރެއްވެއެވެ.] [1]

އެއަށްފަހު، ރަސޫލުﷲ ؛ މިމަގު އިޚްތިޔާރުކޮށް، މިމަގަށް އެހީތެރިކަން ފޯރުކޮށްދެއްވާ، ދިރިއުޅުއްވަން ފެއްޓެވުމުން، މި މަގު ޞިފަކުރެއްވެވީ މިފަދައިންނެވެ. [އިސްލާމްދީން ފެށިގެން އައީ ބީރައްޓެހި އެއްޗެއްގެ ގޮތުގައެވެ. އަދި އިހު ފެށުނު ފަދައިން ބީރައްޓެހި އެއްޗެއްގެ ގޮތަށް އެ ބަދަލުވެގެން ދާނެއެވެ. ފަހެ، ޠޫބާ ވަނީ ބީރައްޓެހިންނަށެވެ.] [2]

އަލްއަޥްޒާޢީ \ މި ޙަދީޘް ޝަރަޙަ ކުރައްވަމުން ވިދާޅުވިއެވެ. [އޭގެ މާނައަކީ އިސްލާމްދީން ނެތިގެންދާ ވާހަކައެއް ނޫނެވެ. އެކަމަކު، ބިންމަތީގައި ހަމަ އެކަކުވެސް ނެތިއްޖައުމަށް ދާންދެން، ސުންނަތުގެ އަހުލުވެރިން ނެތިގެންދާ ވާހަކައެވެ.] [3]

އިބްނު މަސްޢޫދު > ވިދާޅުވިއެވެ. [މުއުމިނުމީހާއަކީ މީސްތަކުންގެ ތެރެއިން އެންމެ ނިކަމެތިވެގެންވާ މީހާކަމުގައި ވެގެންދާނޭ ދުވަސްވަރެއް މީސްތަކުންނަށް ކުރިމަތިވާނެއެވެ. އެ މުއުމިނުމީހާ އެހާ ނިކަމެތިކުރެވިގެންވާނީ، ޝައްކުތަކާއި ޝަހަވާތުގެ އަހުލުވެރިންގެ ތެރޭގައިވާ ފަސާދައިގެ އަހުލުވުރެންގެ ކުރިމަތީގައި އޭނާގެ ބީރައްޓެހިކަމުގެ ސަބަބުންކަން ކަށަވަރެވެ. ފަހެ، އޭނާގެ މަގުން އެބައިމީހުންގެ މަގަށް އަނބުރާލުމަށާއި، އޭނާގެ މަޤްޞަދުތައް އެމީހުންގެ މަޤްޞަދުތަކަށް ބަދަލުކޮށްލުމަށް މަސައްކަތްކޮށް އޭނާއާމެދު ނުރުހޭނެއެވެ. އަދި ދުއްތުރާކުރާނައެވެ.] [4]

ޝާޠިބީ \ ވިދާޅުވިއެވެ. [އަދި ޚަލްޤުތަކުންނާއިމެދު ﷲ ގެ ސުންނަތަކީ މިއީއެވެ. ޙައްޤުގެ އަހުލުވެރިންނަކީ ބާޠިލްގެ އަހުލުވެރިންނާއި އަޅާބަލާއިރު މަދުބައެކެވެ. އެއިލާހުގެ ބަސްފުޅުގައިވެއެވެ. [ކަލޭގެފާނު ކިތަންމެ މަސައްކަތެއްކުރެއްވި ނަމަވެސް، ގިނަ މީސްތަކުން އީމާނެއް ނުވާނެއެވެ.] އަދި އެއިލާހުގެ ބަސްފުޅުގައިވެއެވެ. [ތިމަން ﷲ ގެ އަޅުތަކުންގެ ތެރެއިން ޝުކުރުވެރިވަނީ މަދު ބައެކެވެ.] އަދި ﷲ އެއިލާހުގެ ނަބިއްޔާ ؛ އަށް ވަޢުދުވެވޮޑިގެންނެވި ބީރައްޓެހި ޢާދަތަކާއި ޞިފަތައް ފުރިހަމަ ކޮށްދެއްވުމަށެވެ. ފަހެ، އޭގެ އަހުލުވެރިން ގެއްލިގެން ނުވަތަ މަދުވެގެން މެނުވީ ބީރައްޓެހިކަމެއް ނާންނާނެއެވެ. އަދި އެހިނދު، ހެޔޮކަން ނުބައިކަމަށް، އަދި ނުބައިކަން ހެޔޮކަމަށް ބަދަލުވެގެން ދާނެއެވެ. އަދި ސުންނަތް ބިދުޢައަށް އަދި ބިދުޢަ ސުންނަތައް ބަދަލުވެގެން ދާނެއެވެ. އަދި ސުންނަތުގެ އަހުލުވެރިންނަށް މަލާމާތުގެ ބަސްތައް ރައްދުވެ އެއްޗެހި ގޮވެމުންދާނެއެވެ… ކޮންމެ އަކަސް، ﷲގެ އަމްރުފުޅު އަންނަންދެން ސުންނަތުގެ އަހުލުވެރިން ޘާބިތުވެ ތިބުން ލާޒިމްވާނެއެވެ. އަދި މަގުފުރެދިގެންވާ ބައިގަނޑުގެ ގިނަ ޒުވާބުތަކާއި، އެމީހުންގެ ފުށުން ކުރިމަތިވާ ޢަދާވާތްތެރިކަމާއި ރުޅިވެރިކަމާއި އެމީހުން އެއްބަސްވާ ކަންކަމަށް އެނބުރުމަށް ގޮވާލުން ގިނަކަމުގައިވީ ނަމަވެސް، ރެއާއި ދުވާލު (އެބައިމީހުންނާއި ދެކޮޅަށް) ޖިހާދުކުރުމާއި ހަރުކަށިކަމާއެކު ދެކޮޅުވެރިކަން ހާމަކުރުމާއި (ދީން) ދިފާޢުކުރުމާއި އަދި ތަޅާފޮޅަންޖެހުމަކަށް ހުއްޓުމެއް ނާންނާނެއެވެ. އަދި މިކަމުގެ ސަބަބުން، ﷲ އެބައިމީހުންނަށް ބޮޑުވެގެންވާ އަޖުރަކަށް އިތުރުކޮށްދެއްވައެވެ. އަދި މަތިވެރިވެގެންވާ ޘަވާބެއް މިންވަރުކޮށްދެއްވައެވެ.] [5]

 

މަޞްދަރު: دراسة واقعية ومقارنة شرعية بين الخوارج والدولة الإسلامية އިން.
_______________________________
  1. ޞަޙީޙް ބުޚާރީ/މުސްލިމް
  2. ޞަހީޙް މުސްލިމް
  3. ކަޝްފުލް ކުރްބަތު ފީ ވަޞަފި އަހްލުލްޣުރްބަތި، ޞ.37
  4. އަލްމަޞްދަރުއް ސާބިޤް
  5. އަލްއިޢުތިޞާމް 18/1

ޙިޔާލު ހުށަހެޅުއްވުމަށް....