ކޮމާންޑާރ ޝައިޚް ޢުމަރު އަލް ޝީޝާނީ \ ގެ ވަޞިއްޔަތް

މިއީ އަހަރެންގެ ވަޞިއްޔަތެވެ. ވީ އެންމެ ބޮޑަކަށް މިއަށް ޢަމަލުކުރުމަށް އަހަރެން އެދެމެވެ.

ފުރަތަމައަށް: އަހަރެންގެ ކޮމާންޑުގެ ދަށުގައިވާ އެންމެހައި މުޖާހިދުންނަށް އަހަރެން ބުނަމެވެ. ﷲ ގަންދީ އަހަރެން އަހަމެވެ. އޭ މަގޭ އަޚުންނޭވެ! ތިޔަ އަޚުންނަށް އެއްވެސް ގެއްލުމެއް ދެވިފައިވާ ނަމަ އަހަރެންނަށް މަޢާފު ކުރާށެވެ. އަދި އެކަންކަމުން އަހަރެން ކަންބޮޑުވާ ހުރިހާ ކަމަކުން ތިޔަ އަޚުންނަށް އަހަރެން މާޢާފު ކޮށްފީމެވެ. އަދި ﷲ ގެ ފާފަފުއްސެވުން ހޯދުމަށް އަދި އެއިލާހަށް ތަޢުބާވުން އައު ކުރުމަށް ތި އެންމެހާ އަޚުނަށް އަހަރެން ނަޞޭޙަތްތެރިވަމެވެ.

ދެވަނައަށް: ހިޖުރަ އާއި ޖިހާދު ދޫކޮށްނުލާށެވެ. އެހެނީ އެކަމުގައި އަހަރެމެންގެ ނަފުސުތަކުގެ ނަޖާވުން ވެއެވެ. އަދި އަހަރެމެންނަށް ނަޞްރު ލިބުންވެސް ވެއެވެ. އިންޝާ ﷲ

ތިންވަނައަށް: މި، އަހަރެން ޙާއްޞަ ކުރަނީ ކޮމާންޑަރުންގެ ތެރެއިން މި (މެސެޖު) ފޯރި ކޮންމެ މީހަކަށެވެ. އެމީހުންނަށް އަހަރެން ބުނަމެވެ. އަރިސް މީހުން ޚިޔާރު ކުރުމުގައި ގާތް ގުޅުމުގެ މައްޗަށް ބިނާ ނުކުރާށެވެ. އެހެނަސް ތަޤްވާ އާއި މަސްޢޫލިއްޔަތު އަދާ ކުރުމުގެ ކުޅަދާނަ ކަމުގެ މައްޗަށް ބިނާ ކުރާށެވެ.

ހަތަރުވަނައަށްް: މި ވަގުތީ ދުނިޔެ އާއި އެއިގެ އަގެއްނެތް މުދާތައް ދޫކޮށްލާށެވެ. އަދި ތިބާގެ އަތުގައިވާ ކޮންމެ މުދަލާކާއި ބެހޭގޮތުން ޤިޔާމަތް ދުވަހުގައި ސުވާލު ކުރެވޭނެ ކަން ހަނދާން ކުރާށެވެ. އަދި މި ޙަދީޘް ބަސްފުޅު އަހަރެން ހަނދާންކޮށްދޭން ބޭނުމެވެ: “ﷲ އަށް ވަކީލް ކުރުން ހައްޤު ގޮތުގައި ތިޔަބައި މީހުން ވަކީލުކޮށްފި ނަމަ، ދޫނި ތަކަށް ރިޒުޤުދެއްވާފަދައިން އެއިލާހު ތިޔަބައިމީހުންނަށް ރިޒުޤު ދެއްވާނެއެވެ.” އެހެންކަމުން ދުނިޔަވީ ތަކެތި ހޯދުމުގައި ވަޤުތު ބޭކާރު ކޮށްނުލާށެވެ.

ފަސްވަނައަށް: އޭ އަމީރުލް މުއުމިނީންނެވެ! ﷲ ތިބާ ރައްކާތެރި ކުރައްވާށިއެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގަ އަނިޔާ ލިބިފައިވާ މުއުމިނުންނާއި، ބަނޑުހައި ހޫނުކަމުގައިވާ މުއުމިނުންނާއި އަދި ބާކީކޮށްލެއްވިފައިވާ އެންމެހާ މުއުމިނުން ތިބާގެ އަރިހަށް ޖަމާ ކުރެވެއްޖެއުމަށް ދާންދެން ތިބާގެ ދިރިހުރުމުގައި ބަރާކާތް ލެއްވުމަށް ﷲ ގެ ޙަޟްރަތުގައި އަހަރެން އެދެމެވެ. ދެ ހަރަމާއި ބައިތުލް މަޤުދިސް ތިބާގެ އަތް މައްޗަށް ފަތަޙަވުމަށް އަހަރެން އެއިލާހު & ގެ ޙަޞްރަތުން އެދެމެވެ. އަދި ތިބާގެ އަމުރަކަށް ނުކިޔަމަންތެރި ވެވިފައިވާނަމަ، އަދި ފުރިހަމަ ކޮށްދެވިފައިނުވާނަމަ މަޢާފުކޮށްދެއްވާށެވެ. އަދި ތިބާ އާއި މަޝްވަރާ ކުރުމަށް ނުކެޅެދި ޣަޒުވާ ތަކަށް ހޭދަކުރެވިފައިވާ މުދަލާއި މެދު އަހަރެންނަށް މަޢާފުކުރައްވާށެވެ. އެހެނަސް އެފަދަ ޣަޒުވާތައް އެހާ ގިނައެއްނުވާނެއެވެ.

އޭ އަމީރުލް މުއުމިނީންނެވެ! ތިބާ ޙައްޤުގައި އަދި ﷲ އާއި އެކު ވާހާހިނދަކު، މުހާޖިދުން ތިބާ އާއި އެކު ވާނެއެވެ. އަދި މުހާޖިރުންގެ ކަންތައްތަކާއި މެދު އަމިއްލަފުޅަށް މަޝްވަރާ ހޯއްދެވުމަށް އަހަރެން އަބަދުވެސް އެދެމެވެ. އަދި ނިންންމާލަމުން ބުނަމެވެ. އޭ އަމީރުލް މުއުމިނީންނެވެ! ޤައުޤާޒުގެ މަތިން ހަނދުމަނެތިކޮށް ނުލައްވައްޗެވެ.

ޙިޔާލު ހުށަހެޅުއްވުމަށް....